ކޯތާފަތުން ތިރިއަށް ކަރުނައިގެ ރޮނގެއް ފައިބަމުން ދިޔައެވެ. އެސްފިޔަތަކުގައިވަނީ ތެތްކަމެވެ. އަޅާފައިވާ އަނދުން ތައް ކަރުނައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޭޑް ވެފައި ވެއެވެ. ބައެއްފަހަރު ހިން ދިރުވާލާ ގޮތުން އެ ހުރީ ވަރަށް ދެރަވެ ހިތަށް އަސަރު ކޮށްފައި ކަން އެނގެއެވެ. އެ އަންހެން ކުއްޖާގެ ވިސްނުން ދަތުރުކުރަމުން ދިޔައީ ކޮން ދިމާލަކަށް ކަން ލަފާ ކޮށްލާކަށް ނޭނގެއެވެ. މޫނު މަތީގައިވި އަސަރުތަކުން އެނގޭހާވެސް އެއްޗަކީ އެ ހިތުގައި ހިނގަމުން ދިޔައީ އާދައިގެ ހަނގުރާމައެއް ނޫންކަމެވެ. […]
ވެހެމުން ދިޔަ ބޯވާރޭގެ ތެރޭން ރަންވޭއަށް ބޯޓު ތިރިކުރަމުން ދިޔަ ހިނދު ދޭތެރެދޭތެރޭން ހޮނު ގުގުރީގެ އަޑު އިވެއެވެ. ގަދަ ވައިގެ ސަބަބުން އިރުއިރުކޮޅާ ބޯޓަށް އަންނަ ލޮޅުންތަކުން ދަތުރުގެ ބައިވެރިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ހިތުގައި ބިރުވެރިކަން ވެސް ވިންދު ޖަހައެވެ. ގަދަ ކެރީގެ ތެރޭން ބޯޓުގެ ފުރޮޅުތައް ރަންވޭގައި ސާބިތުކޮށްލެވުނު ވަގުތަކީ ފަޖިންޖަރުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދިން ވަގުތުކޮޅެއްކަން ގައިމެވެ. ކޮންމެ މީހަކަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ބޯޓު ގޮސް ވައިގެ ބަނދަރުގެ […]
ޒައިނާއަކީ އައްޑޫ މަރަދޫއަށް އުފަން، އުމުރުން ތޭވީސް އަހަރުގެ ޒުވާން ޖިންސުއްލަތީފެކެވެ. ލިބިފައިވާ މާތް އަޚްލާޤުގެ ސަބަބުން އޭނާ ވެފައިވަނީ ރަށުގައި މަޝްހޫރު ކުއްޖަކަށެވެ. އާދައިގެ އިސްކޮޅާއި އަންހެންވަންތަ ހަށިގަނޑުގެ ސަބަބުން އެތައް ޒުވާން ފިރިހެންކުދިންނެއްގެ ކަޅި އޭނާއަށް ހުއްޓެއެވެ. އޮޅަލި ކުލައެއްގެ ހަންގަނޑެއް ލިބިފައިވީ ނަމަވެސް އެ ހަންގަނޑުގެ އޮމާންވުމުގެ ސަބަބުން ރީތިކަން އިތުރުކޮށްދެއެވެ. ބޮޑު ދެލޮލަށް ހިޔާ އަޅާފައިވާ ބޯ އެސްފިޔަތަކުގެ ސަބަބުން އެދެލޯ އިތުރަށް ފުރިހަމައެވެ. ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގެ ތިރީ […]
މި ވާހަކައިގެ ފަހު އެޕިސޯޑު ނުގެނެސް ދެވި ގާތްގަޑަކަށް އަހަރެއްހާ ދުވަސްވާތީ އަޅުގަނޑު އިނތިހާއަށް މާފަށް ޢެދެމެވެ. އަޅުގަނޑަށް ހަމަ ދެންނެވޭނީ، ދިރިއުޅުމުގަ ދިމާވާ ކަންތަތްތަކުގެ ސަބަބުން އަޅުގަނޑުގެ އަމިއްލަ ނަފުސަށް އަދި އަމިއްލަ ކަމަކަށް ހުސްވަގުތު ނުދެވުނީއެވެ. ނަމަވެސް މިހާރު އަޅުގަނޑު އިރާދު ކުރެއްވިއްޔާ މި ވާހަކައިގެ ފަހުބައި ކިޔުންތެރިންނާ ހަމައަށް ގެނެސް ދޭނަމެވެ. އަދިވެސް އެއްފަހަރު ކިޔުންތެރިންގެ އަރިހުން އިންތިހާއަށް މާފަށް ޢެދެމެވެ.
އައިރާ ވިސްނަމުން ދިޔައެވެ. އެއީ އަރީން ބާއެވެ. ނޫނެކެވެ. އަރީން ަނަމަ އަހަރެންމީ ދަންނަމީހަކަށް ހެދީހެވެ. އެކަމަކުވެސް އެއީ ހަމަ އެ ދެލޮލެވެ. އަރީންގެ ހިޔާލުތަކުން އައިރާގެ ހިތާއި ސިކުނޑި ފުރާލައިފިއެވެ. އެހެން އޮވެފައި އޭނާ އަށް ނިދުނީ ކޮން އިރަކުކަމެްއްވެސް ނޭގެއެވެ. ***** އަރީންގެ ހާލަކީވެސް މީއެވެ. އެހެން އެއްވެސްކަމަކާ ނުވިސްނެއެވެ. އަދިވެސް އައިރާއާ ބައްދަލުކޮށްލަން ބޭނުން ވަނީއެވެ. އެއީ ކެތްތެރި ހިތްވަރުގަދަ ކުއްޖެކެވެ. އައިރާ ލިބޭ މީހަކީ ހާދަ ބޮޑު ނަސީބުވެރިއަކަށް ވާނެއެވެ. އަހަރެންގެ […]
“ދެން މާ އަނގަ ތަޅާނެ ކަމެއް ނެތޭ. ދެން ދަނީ އިނގޭ ހޮސްޕިޓަލްއަށް. މައި ދެކިލާ ހިތުން ހަމަ މިއައީ ވެސް. މާދަން ވާނެ މީޓުވެލަން” އަވްލީން ހޮސްޕިޓަލަށް ދާން ނައްޓާލީ މާ ލަސްވާތީއެވެ. ގޭތެރެއަށް ވަދެގެން އައި ރާދިން ފެނިފައި އޭނާގެ މަންމަ ރައުދާ ގޮވައިލިއެވެ. “ދަރިފުޅާ އާދޭ ކާން. ބައްޕަ ވެސް އިރުކޮޅަކުން ދުރުވާނެ ކާން.” ރައުދާ ލޯބިން އޭނާގެ ދިރިފުޅާއި ވާހަކަދެއްކިއެވެ. “އެބަ އަންނަން ފެރްޝްވެލައިގެން މަންމާ.” ރާދިން އޭނާގެ މަންމައަށް ޖަވާބު […]
“އަހަރެން ދޫކޮށްލާ…. އަހަރެން މަރާނުލާ…. އަހަރެން އެއްވެސް މީހެއްގެ ކައިރީ ނުބުނާނަން…” ޒީކްގެ އަޑުވެސް ބިރުން ތުރުތުރު އަޅަމުންދިޔައެވެ. ދެލޯ މަރާލައިގެން ހުރިގޮތުން ދާއިންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ******** “ޒީކް…. އަހަރެން މިއުޅެނީ ޒީކްއަށް ގެއްލުމެއް ދޭކަށް ނޫން…. އަހަރެން ގަބޫލުކުރަން ޒީކްގެ ފުރާނައަށް ނުރައްކާވީ އަހަރެންގެ ސަބަބުންކަން….. އެކަމަކު ޒީކްގެ ފުރާނަ ސަލާމަތްވީވެސް އަހަރެންގެ ސަބަބުން…” ޒީކް އާއި ނަޒަރު ސީދާކޮށްލަމުން ދާއިން ބުންޏެވެ. ވެދިޔަ ކަންތައްތަކަށްފަހު ދާއިން ހުރީ ދެރަވެފައެވެ. ޒީކް އޭނަ […]
ބޭވަފާތެރި އެކުވެރިޔާ ފޭސް ބުކް ހެނދުނު ހުޅުވާލުމާ އެކު ކޮންމެވެސް މީހަކު އެޑް ކޮށްފަ އިންތަން ފެނިގެން ޝައިނާ ވިސްނާލިއެވެ. ނުދަންނަނަމެކެވެ. އެހެންވެ އެ އެޑް ބުލޮކް ކުރުމުގެ ކުރިން އަނެއްފަހަރު ޝައިނާ ފޭސްބުކް ގައި އިން އެނަމަށް ބަލާލިއެވެ. ބޭރުބަހަކުން އޭނާގެ އަމިއްލަ ނަމަށް އޭނާވަނީ ހިތުން އެއްޗެއް ލިޔެފައެވެ. އެއީވެސް މިޒަމާނުގެ ޅަ ކުދިންގެ އާދައެކެވެ. މާނަ ނުވެސް އެނގޭ ނަންތަށް ފޭސްބުކްގައި ލިއެލަފާނެއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ. އެމީހަކު އަމިއްލަނަފްސަށް ދީފައި އިނީ […]
ރަހުވާގެ ނަޒަރުން: ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އަހަންނަށް ހޭލެވުނެވެ. އާންމުކޮށް ބަންގީގެ އަޑަކީ އަހަރުމެންނަށް އެހާ ފަސޭހައިން އިވޭ އަޑެއްނޫނެވެ. ބަންގީގެ އަޑުއިވުމުން ހިތަށް ފިނިކަން ލިބުނެވެ. އަހަރެން އަވަސްވެގަތީ ތެދުވެ ފަތިސް ނަމާދުކުރާށެވެ. އޭރު ގޭގެ ބޮޑު ދޮރު ހުޅުވާ އަޑު އިވުނެވެ. ޝައުން މިސްކިތަށް ދަނީކަން ހިތަށް އެރުމާއެކު އަހަންނަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނަމާދުކޮށް ނިމިގެން ބަލާލިއިރު ޖީނާވެސް އިނީ ހޭލައެވެ. ހޭލައިގެން އެނދުމަތީގަ ދެފައި ވަށްކޮށްގެން އިން ގޮތުން އަހަރެންގެ ހިތް […]