“ތިޔަ ކުރަނީ ފަރުވާތަ ސިހުމާގެ ފުރާނަ ސަލާމަތް ކުރެވޭނެތަ! ހީވެތަ އޭނާގެ ހިތުގައިވާ ހަ ބްލޮކަކީ މަރުވުމުގެ މަގު ފާރެއް ހެން… އިރުއަރާއިރު ބަލާތި!” އިންޒާރެއް ދީފައި މައްޗަށް އަރައިގެން ގޮސް އެ ކުޑަދޮރުން ނިވާވެލިއެވެ. ބޮކިތައް ދިއްލިގެން ދިޔައިރު ހުސީ ހުރީ ނިކުމެއެވެ. ފިރިމީހާގެ އެހީގައި ގޮޑިއެއްގައި އިނދެގެން ނަމާދުކޮށް ލެވޭތޯ އުޅުނެވެ. ނަމާދަކީ ކޮންމެ ހާލެއްގައިމެ ކުރަން އަންގަވާފައިވާ އަޅުކަމެކެވެ. މިއަދު ނުކުރަން މާދަމާ ކުރަން ފަށަން ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ދުޢާތަކާއި ތަޝްބިހަތާކާއި […]
” މޮނިޓަރުން އަޑު ކިޔާލިއެވެ. ރޫހު ނެތް އެ ރީނދޫ ރޮނގުތައް، ވާހަކަ ދައްކަން ފެށިއެވެ. ދިވެހި ބަހުން މޮނިޓަރު ބުނި ކަހަލައެވެ. ” މޮނިޓަރ: ހިތުން ހަ ބްލޮކް ނެގިޔަސް… ހަ ހޮޅި ތިހުރީ ލައްވާފައޭ. ” ރަޚުމެތް އެ ބަސްތަކުގައި ނެތެވެ. ހަޅޭއް ލަވައި ގެންފައި ދުއްވާއިގަންނަށްވީއޭވެސް ހުސީ ހިތަށް އެރިއެވެ. އަތުގައި އައިވީ ގުޅާފައި އޮތުމުން ދެވޭ ގޮތެއް ނުވިއެވެ. މެޝިނުތައް ވާހަކަ ދެއްކުމަކީ ބިރު ކުޑަ ކަމެއް ހެއްޔެވެ؟ ބޮކިތަކަށް ވާނެ […]
ސޫރަތުލް ބަޤަރާ ނިމުންތަނާ އަނެއް ސޫރެއް ފެށިއްޖެއެވެ. ހަމާލަތައް ބާރު ވެގެން ދިޔައީ ދެނެވެ. ދެނަކާ ދެނެއް ނެތެވެ. ގެވެސް ދެންމެ ދެންމެ މައްޗަށް އަރާފަނެ ކަހަލައެވެ. ވެއްޓޭ އަޑާއި ތެޅޭ އަޑުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. “އަލިފުޅުބޭ: އަދިވެސް… ދޮގޭ ތިހަދަނީ.. އެއްބަސްވާ ކަށް ނޫޅެއޭ.” ފިރިހެނެއްގެ ވޭނީ ގިސްލުމުގެ އަޑު ކެނޑި ކެނޑި ގެން އިވެންފެށިއެވެ. މިލީގެ ކައިރިން ފިރިހެނެއް ވީއޭ ހިތާއި ޚުބާބަށް ގޮށްމުށް ކަވާލެވުނެވެ. އޭނާގެ އަންހެނުން ބޭވަފާތެރި ވާނެ […]
ގެނުވައިފިއެ މަޑުމޮޅިކަން އެކުގައި ނެތުމުން އަލިކަން ދެލޮލުގެ ގޮއްސިއޭ ނިމިގެން އުމުރަށް ދިއުމުން ނޫރޭ ތިޔައީ މަންމަގެ ދޫންޔާއޭ، މިހަޔާތް އެކީ ގުޅިގެން ވާ ވަކިވީ އަސަރާ ހުވަފެން، ހިތަކުން ހަމަ ނުފިލާނޭ ވޭނާއި ރިހުން ދީފައި، ވަކިވީ އެހިނދުން ދެރަވާނޭ މަންމަ އެއްގެ ވޭނީ އަޑު އިވުނަސް ހިތް ފަޅަ ފަޅައިގެން ގޮސްދާނެ އެވެ. “ބާސިލު މަންމަ: މަންމަގެ ދޫނި… ދަރިފުޅާ…” އެ މަންމަގޮވަމުންދިޔަ ގޮވާލުމުން ކަރުނަ އެކަކުގެވެސް ނުހިފެހެއްޓުނެވެ. ބޮޑުކުރި ލޮލުގެ ނޫރުވެ. ހަޔާތުގެ […]
” ލީނިޔާ: މާފެއް ނުދެވޭނެ. މަގޭ ގެ މުޅި ޒުވާން އުމުރު ހަނާކޮށްލީ ކަލޭ ތީ. މިހިތައް ނެތް ތަސައްލީއެއް ކަލޭ ދުނިޔޭގައި ހުރެގެން.” ބާރުބާރަށް ބުނަމުން ބާސިލު ނަގާ އުފުލާލި އެވެ. ތަނުގެ ވަހާއި ކުލަ ކުނިގޮޑަކަށް ވިއެވެ. މަސް ލޭ ކުނިވަހުން ނޯއްދަމާލަށް ދައްޗެވެ. މައްޗަށް ނަގާފައި ތިރިއަށް ބާސީލު ވައްޓާލިއެވެ. ދެން ބާސިގެ ކުރިމަތިން ފެންނަށް ފެށީ އޭނާ ލޯބީގެ ގޮތުން ގުޅުނު އަންހެން ކުދިން ތަކެވެ. ފަހުގެ ހަމަލާއާއެކު ބޮޑު ރަތް […]
މަދަހަ: ނިމުންނެތް ބާޝާރާތު… ނިމުންނެތް ބަޝާރާތޭ މިބުމުގައިވަނިއާ ނިޢުމަތްތަކުން އުތުރޭ ރަންމުއިތްތަކުންވާ 2x ނިމުންނެތް ބަޝާރާތޭ މިބިމުގައިވަނީއާ… (މާތްވީ އިލާހުގެ ނަށް އިއްވާލަދެންހޭ މުޙައްމަދު ނަބިއްޔާއަށް ސަލަވާތް ކިޔަންހޭ) 2x މާތަށް ވަޔާ ކިޔަމަންވެގެން ލުފިގެންވިހޭ މުއުމިނު އަޅުންނޭ އާދެ ވަގުތުދަނީނުހޭ ނިމުންނެތް ބަޝާރާތޭ މިބިމުގައިވަނީއާ… (ދޮރުތައް ޝުވަރުގޭގެ ހުޅުވޭނެ ރަމަޝާން ގިނަގުނަ ނަމާދުން ފަރިވާނެ މުސްލިމުން) 2X ތަރާވީހު ތެދެކޭ ވިތުރީގެ އަލިވުން ޤަދުރީގެ މާތްކަން ދޭހުން ވިދާލުން ނިމުންނެތް ބަޝާރާތޭ […]
ރީތި ކޮންމެ ރެއަކު މިހިތުގެ ވިންދަކީ ކަލާއެވެ. އެމުނެމުން ގުޅިގެން ދާއިރު މިނާރު ބުރިވާނެބާއެވެ؟ ވަޢުދާއި ޢަހުދުގެ ދަރުބާރުތައް ފެށެން އޮތީއެވެ. ދިރިއުޅުމުގެ ދަތުރު އެއުޅޭނީ ފެށޭށެވެ. ފަހުން ވާނެ ގޮތެއް ނޭނގުނަސް މިއަދަށް ހިނިތުންވަމާހެވެ. ލިބުނު ނިޢުމަތްތަކަށް ޝުކުރުވެރިވަމާހެވެ. އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް އޮތުން އެކަށޭނައެއް ނޫނެވެ. އެއްގޮތް ވާކަށްވެސް ނުޖެހޭނެއެވެ. ހިތާމައިގެ ކަޑުގައި ފީނުން ހުއްޓާފައި އަމާން ބަނދަރަކަށް ދާންވެއްޖެއެވެ. ރެއާދުވާލު ރޮއެގެން ދެލޯ ރަތްވެ ދުޅަވުން ނޫން ކަމެއް ނުވާނެއެވެ. ހެވިލާފައި […]
މަދަހަ: ޞާދިޤުލް ވަޢުދިލް އަމީން މާނަ: ތެދުވެރި، ވައުދުފުއްދަވައި، އަމާނަތްތެރިޔާ (ޞާދިޤުލް ވަޢުދިލް އަމީނޭ، މާތްވި ނޫރުލް ޢުޔޫނޭ އާލަމަށް އަލިވި ނޫރޭ، ރަޙްމަތުލް ޢާލަމީނޭ) 2x ޞާދިޤުލް ވަޢުދިލް އަމީނޭ… ދޭހުގައި ވިދަވިދާ ވީ ޞާދިޤުލް މާތް ޒަމާނޭ ދޫފުޅުގެ ތެދުކަމާއި ހައްޤު ބަސްބުނުމަގައި 2x ޞާދިޤުލް ވަޢުދިލް އަމީނޭ އާލަމަށް އަލިވި ނޫރޭ، ރަޙްމަތުލް ޢާލަމީނޭ ޞާދިޤުލް ވަޢުދިލް އަމީނޭ… ވަޢުދުވުމުގައި އެއީ ފަރިވި ވަޢުދިލް ޔަޤީނޭ ޢަހުދު ކަށަވަރުކަމާއި އުނިނުވާ ފުއްދުމުގައި 2x […]
ދުނބުރިކުލައިގެ ކައިވެނި ހެދުމުގައި އިޝްބާ ފެނިގެން ދަނީ ގަނޑުވަރު ތެރޭގެ ގޮމައެއް ހެންނެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ. ކޯޓު ފަޓުލޫނު ގައި ހުރި ޒުކާން ހީވަނީ ގަނޑުވަރު ތެރޭގެ ރަސްދަރިކަލެއް ހެންނެވެ. އެހެރަ ރީތި ކަމެއްތާއެވެ. އެތައް އަންހެން ކުދިންނެއްގެ ހިތްތައް ފުނޑުފުނޑުވެގެން ގޮސްދާނެއެވެ. އޭނާގެ ފަން އިސްތަށިގަނޑާއި ކަސްރަތީ ހަށިގަނޑުގެ ޖާދޫގައި ނުޖެހޭނެ ކާކު ހެއްޔެވެ؟ ޒުކާނަކީ މިއަދު އިޝޫގެ ފިރިކަލުން މެއެވެ. އިޝްބާއަކީ ޒުކީގެ އަނބިކަނބަލުންމެއެވެ. ގުރާ ޖޯޑުތަކުގެ ތައުރީފުތަކުން ހިނިތުވުން ފިލާނުދެއެވެ. އެކުވެރިންގެ […]