ރޭގަނޑު ނިދަން އޮށޯވެގެން އޮވެ މަލާކް ވިސްނަމުން ދިިޔައީ މިއަދު ފެނުނު ޒުވާނާއާ މެދުގައެވެ. އެއީ އަލޫކަށް ވެދާނެބާއެވެ؟ އެކަމު މިރަށަށް އަލޫކް އަޢީ ކީއްވެބާއެވެ؟ އޭނާ ހޯދަން އައީބާއެވެ؟ އެންމެފަހުން ސުވާލުތަކުން ސިކުނޑި ތޮއްޖެހެން ފެށުމުން މަލާކް ފޯނުނެގިއެވެ. ހެނދުނު މޫދަށް ގޮސް ނެގި ފޮޓޯތައް ބަލަމުން ބޭކާރު އެއްޗެހި ޑިލީޓުކުރަމުން ދިޔައެވެ. މާޒް ޖެއްސުމަށްކިރި ކަންތައް ފަޅާއެރުމުން މާޒްއަށް ބޮނޑިއެއް ދޭން ދާން ހިތަށްއަރާ، އެނދުން ތެދުވުމަށްފަހު ދެތިން ފޮޓޯ ސްވައިޕް ކޮށްލި ތަނުން […]
މާޒިން އޭނާގެ ދޮންތަ ދެކެ ވާ ލޯބި ފެނިފައި އަވްލީން ހުރީ އުފަލުން ފޮޅިފައެވެ. ދޮންމަންމަ އާއި ބައްޕަ އޭނާއަށް ކިތެއްމެ ގޯސް ވިޔަސް މާޒިން އޭނާއަށް އަޅާލާ ލޯބިވާވަރުފެނިފައި އެ ހިތަށް ހިތްހަމަޖެހުން ލިބެއެވެ. ނަމަވެސް މަންމަ އާއި ބައްޕަގެ ލޯބި ނުލިބޭތީ އެކަމާ އަވްލީން ވަރަށް ދެރަވެއެެ. ކޮންމެވެސް ދުވަހަކުން އެ ދެމީހުންގެ ރުހުމާއި ލޯބި ލިބޭނެކަމަށް އަވަލީން އުއްމީދު ކުރެއެވެ. އަދި އެދެމީހުންގެ ރުހުމާއި ލޯބި ހޯދުމަށް ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރަންވެސް […]
އައިހަމް ސައިކަލް ދުއްވަމުން ދިޔައީ އޭގެ އެންމެ ބާރު ދުވެލީގައެވެ. މާލޭގެ ކާރޫ ބާރޫ ބޮޑު މަގުތައް މަތިން ދުއްވަމުން ދާއިރު އިތުރު އެއްވެސް އެއްޗެއް ނުފެންނަކަހަލައެވެ. އަރީން އިނީ ބިރުން ވިރިވިރި އެވެ. ކުރިމަތިން އަންނަ ބޮޑެތި ޕިކަޕާ ލޮރީ ތަކުން ސަލާމަތްވެވެނީވެސް ކިރި ކިރިޔާއެވެ. ނަމަވެސް އައިހަމް އަކާއި އެއްބާރުމިނެއްގައި ގޯޅިއަކުން ނުކުތް ސައިކަލުން މިފަހަރަކު ސަލާމަތެއް ނުވެވުނެވެ. ***** އަރީން ހޭއެރި އިރު އޮތީ ހޮސްޕިޓަލުގައެވެ. ” ކާކު އަހަރެން މިތަނަށް ގެނައީ؟” […]
ހަގަޑި ފަންސަވީސް ވިއިރު އަހަރެން އިނީ ޖަންނަތުމެންގޭ ތިރީގައެވެ. ދެޖީބަށް އަތްޖަހައިގެން ދެފައި ބިންމަތީގައި ތަޅަން ހުރިއިރު މަގުން ދިޔަ ބައެއް މީހުންގެ ލޯތައް އަހަންނަށް އަމާޒުވަމުން ދިޔައެވެ. ބަރާބަރު ބައިވިއިރަށް ދުވަމުން ކަހަލަ ގޮތަކަށް ޖަންނަތު ތިރިއަށް ފޭބިއެވެ. “ސޮރީ ޔޫ ހެޑް ޓު ވެއިޓް ފޯ މީ” ޖަންނަތު މާފަށް އެދުމުން އެއީ އެވަރު ކަމެއް ނޫންކަމަށް ބުނީމެވެ. ސުކޫލަށް ދިޔަ މަގިމަތީ ޖަންނަތުއަށް ދެތިން ދިވެހި ބަހެއް ދަސްކޮށްދިނީމެވެ. އެނަންތަން މަޖާވެގެން ޖަންނަތު […]
“އިވާން އަކީ ތި ހީކުރާކަހަލަ މީހެއް ނޫނެވެ”. މީ އަހަރެންގެ ބައްޕަގެ އިތުރުން އަހަރެންގެ އެކުވެރިން ކައިރީ ވެސް ވަރަށް ގިނައިން އަހަރެން ދައްކަން ޖެހޭ ވާހަކައެކެވެ. އިވާން އާ ދުރުހެލިވެގެން އުޅުމަށް އަހަރެންގެ އެކުވެރިން އަބަދުމެ އަހަރެން ކައިރީ ބުނެއެވެ. އެމީހުން ބުނާ ގޮތުގައި އިވާން އުޅެނީ ޕާޓޭ ގޭންގަކާ ގުޅިގެންނެވެ. އަހަރެންގެ އެކުވެރިން އަހަރެން ގާތު އިވާން އޭ ކިޔައިގެން ދައްކާ ފާޑުފާޑު އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އަދި އިވާން ކައިރީ އަހައިގެން އެ […]
ދުވަސްތައް ފާއިތުވަމުންދެއެވެ. އައިރާމެންވެސް އެމީހުންގެ ފެންވަރުން އުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. ލިބޭ އެއްޗަކުން ދެކޮޅުޖެހިގެންނެވެ. ދުވަހަކުވެސް އަވަށްޓެރިޔަކާ ދެބަސްވާކަށް ނުޖެހެއެވެ. ކުދިވެރިންގެ އުދަނގުލެއް ޖެހިގެން މީހަކު މިހާތަނަށް ޝަކުވާ ކޮށްފައެއްވެސް ނެތެވެ. އައިރާގެ މަންމަ އައިރާއަށް ދިން ތަރުބިއްޔަތު އެކުދިންނަށްވެސް ދަނީ ދެމުންނެވެ. ނަމަވެސް އައިރާ އަނެއްކާވެސް ހާސް ކޮށްލީ މަަންމަގެ ސިއްހަތަށް ކުއްލިއަކަށް އައި ބަދަލެވެ. ކުއްލިއަކަށް ވަރު ދެރަވާން ފެށީއެވެ. ރަށު ހޮސްޕިޓަލަށް ދެއްކުމުން ބުނީ މާ ބޮޑު ކަމެއް ނެތްކަމުގައެވެ. ލޭ […]
ޝާނާ އަހަންނާ ދިމާލަށް ހިނދުކޮޅަކު ބަލަން އިދެފައި ފުން ނޭވާއެއް ލިއެވެ. އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ. ޝާނާ ވަރަށް ވިސްނަން އިނދެފައި އަހަރުމެންނަށް އަދި ކުއްޖަކު ނުލިބެޔެއް ނޫންހޭ ބުނެލީ ހިތް ހަލާކުކޮށްލާފަދަ އަޑަކުންނެވެ. އެ އަޑުންވެސް އެފަކީރު ދެރަވެފައިވާ ވަރު ހާމަކޮށްދެއެވެ. ޝާނާ އެހެން ބުނުމުން އަހަރެންވެސް އެކަމާ ވިސްނާލީމެވެ. ތެދެކެވެ. އަހަރުމެންގެ ދެމީހުންގެ ގުޅުމަށް 5 އަހަރު ވެގެން ދިޔައިރުވެސް މި ގުޅުމުގައި އަދި މަލެއް ނުފޮޅެއެވެ. ދަރިޔަކު ހޯދުމުގެ މުހިންމު ކަން […]
ރާދިން އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވާއިރު އަވްލީން އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އަވްލީން ދެކޭ ގޮތުގައި އެފަދަ މުއްސަނދި އާއިލާއެއްގެ ކުއްޖަކާއި އޭނާ އާއި އެކަށިގެންނެއްނުވާނެއެވެ. ނަމަވެސް އަވްލީން އަށް ނުވިސްނުނު ކަމަކީ ލޯތްބަކީ ވަކި ފަންތީގެ ވަކި ބަޔަކަށް ހާއްސަކުރެވިފައިވާ އެއްޗެއް ނޫން ކަމެވެ. ރާދިން އަށް ނިދަން އޮތްއިރުވެސް ދިޔައީ އަވްލީން އާއި ދޭތެރޭގައި ވިސްނެމުންނެވެ. މީގެ ކުރިން އެއްވެސް އަންހެން ކުއްޖަކަށް ރާދިންގެ ހިތް ލެނބިފައި ނުވާއިރު […]
މަންމަގެ ދުލުން ދަރިފުޅާއޭ ބުނެލާ ކޮންމެ ފަހަރަކު ފަޒީލްގެ ހިތަަށް ބުނެދޭން ނޭނގޭ އުފާވެރިކަން އިހްސާސް ކުރެވުނެވެ. އަމިއްލަ ނަފްސަށް ވައުދުވީ ދެން ދުވަހަކުވެސް މަގު އޮޅި ނުދިއުމަށެވެ. ލޮލުން ފައިބާފައިވާ ކަރުނަތަށް ފުހެލުމަށްފަހު ދެކޮޅު ބަލާލާ ގެއާ ދިމާލަަށް މިސްރާބު ޖެހިއެވެ. މެންދުރަށް ކާން ހެދުމަށްފަހު ސާރާ އައިސް އާފިޔާ ގާތު މެދުގޭތެރޭގައިވާ އުނދޯލީގައި އިށީނެވެ. ހީވާގޮތުން އެދެމައިން ކޮންމެސް ބަޔަކަށް އިންތިޒާރު ކުރަނީއެވެ. އިރުކޮޅެއްނުވެ ދޮރުމަތީގައި ހުރި ޝާމިންފެނިފައި ސާރާ ހިނިތުންވެލިއެވެ. އާފިޔާވެސް ހިނިތުންވެލުމަށްފަހު […]