އަރޫނާގެ މެސެޖް ލިބުމާއެކު ޖީޒާންގެ ހިތް ފުރުނެވެ. އޭނާގެ ހުވަފެންތައް ކުލަވާން އުޅޭކަމުގެ ނިޝާންތައް ފެންނަންފެށީ އެވެ. އޭނާއަށް ނުވިސްނުނީ އަރޫނާގެ މަގްސަދެވެ. އަހަން ހިތަށް ނޭރީވެސް ޖީޒާންގެ ނުވިސްނޭކަމުންނެވެ. މިދަތުރު އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެކަމުގެ އިހްސާސްތައް ޖީޒާންއަށް ކުރެވުނަސް އޭނާއަށް އުންމީދުކުރެވުނީ އޭނާ ބޭނުންވާގޮތަށް ކަންތައްތައް ވާނޭކަމަށެވެ. ދަތުރުދާން ހަމަޖެެހިފައިވީ ހުކުރުދުވަހުގެ ހެނދުނު ހަޔެއް ޖަހާއިރަށެވެ. ދަތުރުދާން ފުދޭވަރަކަށް ކުދިން އައިސް ތިއްބެވެ. ޔަނާލްއާއި ކައިލް އަދި އަރޫނާ ތިބީ ޖީޒާންގެ އިންތިޒާރުގައެވެ. ޢަލްޔާވެސް […]
“ބައްޕަމެން ވަރަށް އުފާވެއްޖެ ތި ދެކުދިން ބައްޕަމެންގެ އެދުމާއި އެއްގޮތަށް ކަންތައް ކުރަން އެއްބަސްވީމަ.” މިރުހާން ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. “އެހެންވީމަ ކައިވެނީ ކަންތައް ކުރިއަށް ގެންދާން ވީ އެއްނު. މާ ލަސްކުރަން ހަދާނެ ކަމެއް ނެތެއްނު.” ޔާސިރާ ބޭނުންވީ ވީހާވެސް އަވަހަށް މި ކައިވެނި ކުރުވާށެވެ. “އަންނަ މަހު 25 ކިހިނެއް ވާނީ؟ ފުދޭ ވަރަކަށް ދުވަސް ވެސް އެބަ އޮތެއްނު އަދި.” ރިޔާދު އޭނާއަށް ފެންނަގޮތް ހާމަކޮށްލިއެވެ. “ހަމަ ބަރާބަރުވާނެ.” މިރުހާންއަށް ވެސް […]
ކުރީގެ އަދަދާއި ގުޅޭ: “ޒާރާއަށް ކިހިނެއްވީތަ؟” ސިތާރާއަށް އެވާހަކައާ ބެހޭ އިތުރު ސުވާލުތައް ކުރުން ހުއްޓައެއްް ނުލެވުނެވެ. “ދަރިފުޅާ އެއީ ވަރަށް ނަސީބު ދެރަ ރެއެއް. ޒާރާއާއި ޒާރާގެ ފިރިމީހާ މަރުވީ އެކްސިޑެންޓެއްގައި. ކޮންމެވެސް ތަނަކަށް ދާން އެމީހުން ދަނިކޮށް އެކަން ދިމާވީ. ޒާރާއާއި ފިރިމީހާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް މާބާރު ސުޕީޑެއްގައި އައި ކާރަކުން ޖެއްސީ.. އޭރު ޒާރާގެ އުރުގައި އެމީހުންގެ ތުއްތު ދަރިފުޅުވެސް އިން. ޒާރާ ސަލާމަތްކުރަން ޒާރާގެ ފިރިމީހާ އުޅުނަސް އެކަމެއް ވާގޮތެއް […]
ގޭތެރެއިން ދުވަމުން ނިކުމެގެން އައި ފިރިހެންމީހާ ދާތަން ފެނުމުން ނިޝާން ދުއްވައިގަތީ އެމީހާގެ ފަހަތުންނެވެ. އަމްރު ފޯނުގެ ލައިޓު ޖައްސައިގެން ނިކަތުގެ ކޮޓަރިއާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. އަދިވެސް އެތަނުން ނިކަތުގެ ރުއިމުގެ އަޑު އިވެއެވެ. ފޯނުގެ ލައިޓު އަޅުވައިގެން ހުރި އަމްރު ނިކަތުއަށް ބަލާލިއެވެ. ނިކަތު އިނީ ބިންމަތީގައި ކަކޫ ޖަހައިގެން އަންގަމަތީގައި ދެއަތުން ހިފަހައްޓައިގެންނެވެ. ނަމަވެސް ރޮވެމުން ދިޔަ ނިކަތު މަޑުމަޑުން އެއްޗެކޭ ކިޔާކަން އަމްރުއަށް އިހްސާސްވިއެވެ. “ނިކޫ… ނިކޫ..” އެއަޑު އިވުނު އަމްރު […]
ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުން ހިބާ ނިކުމެ ލަގެޖް ނަގައިގެން ބޭރަށް ނިކުތީ އެތައް ދުވަހަކަށްފަހު އޭނާގެ ލޯބިވާ މަންމައާއި ބައްޕަޔާއި އާއިލާގެ މެމްބަރުން ލޮލުން ދެކިލަން ކެތްމަދުވެފައިވާ ހާލެއްގައެވެ. ނަމަވެސް ހިތައް ކުރުވީ ފުން ހިތާމައެއްގެ އަސަރެވެ. ގޭގައި ގެންގުޅޭ ޑްރައިވަރު ހިބާ ބަލާ ފޮނުވިއިރު އިތުރަށް އެގެއިން އެކަކުވެސް އޭނާ ދެކިލާކަށް ނާދެއެވެ. ލިބުނު ހިތާމައިން ދެކޯތާފަތް މައްޗައް ކަރުނުތައް އޮހޮރިގަތެވެ. އޭނާގެ މައިންބަފައިން އޭނާއަށް އެނަފްރަތު ކުރަނީ އޭނާގެ ކޮންކުށެއް އޮވެގެން […]
“ސުބުހާނަﷲ! ޤުދުރަތީ މަންޒަރު ތަކަކީ ހާދަހާވެސް ފުރިހަމަ ހިތްގައިމު މަންޒަރުތަކެކޭ. ބަލާބަލާ ފޫހިވެސް ނުވާފަދަ އަޖާއިބުން ފުރިގެންވާ އެތައްކަމެއް.” މަޑު ނޫކުލައިގެ އުޑުގައި ލައްވާފައިވާ ހިތްގައިމު ހުދުކުލައިގެ ވިލާތަކުގެ މަންޒަރުތަކަށް ބަލަހައްޓައިގެން އިން ހިބާ ހިތައް އަރަމުން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ އެ ޚިޔާލުތަކުގައި އިންދާ ބޯޓް ވިލާތަކަށްވުރެ ތިރިޔަށް ފައިބަމުންދާ މަންޒަރު ފެނުމުން އޭނާގެ މަންޒިލް ގާތްވެއްޖެކަން އިހްސާސް ކުރެވުމުންނެވެ. ރާއްޖޭގެ ކުދިކުދި ރަށްތަކުގެ ހިތްގައިމު ނޫ ވިލުތަކާއި، ފަޅުތަކާއި، ހުދު ފަސް ގޮނޑުދޮށްތަކުގެ ރީތި […]
ކޮޓަރީގެ ބޭރުގައި ހުރި ދާއިންގެ ލޮލުން ކަރުނަހުސްނުވެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލާފައިހުރިއިރު ކަންބޮޑުވުމުގެ އަސަރު އެމޫނުމަތިން ފެންނަމުންދިޔައެވެ. އަމިއްލަ ބޭބެގެ ފުރާނަ ސަލާމަތްކުރަން ޒީކްއަށް އެފަދަ ހާލެއް ޖެއްސުނީތީ އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށިއެވެ. ******** ފައިން ފެށިގެން އެރި މޫތަށް ގޮސް ޒީކްގެ މޫނާއި ހަމައިން ހުއްޓުނެވެ. އެމޫތަކުގެ ތެރޭގައި ޒީކް ހައްޔަރުކޮށްލެވިފައިވީ ގުޑިވެސް ނުލެވޭނޭ މިންވަރަށެވެ. ނޭވާ އުފުރިދާނެހެން ހީވި ނަމަވެސް ސަލާމަތަށް އެދި އަނގަ ހުޅުވާލަންވެސް ނުކެރުނެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނައިން […]
ޒޯއީ އާއި އައިދަން އަކީ ކުޑައިރުއްސުރެވެސް ވަރަށް ގާތް ދެ ރަޚުމަތްތެރިންނެވެ. ޒޯއީ ދެކެ ލޯބިވީ ނަމަވެސް އައިދަން އެކަން ސިއްރުކުރެއެވެ. އެކަމުގެ ސަބަބުން ދެމީހުންގެ އެކުވެރިކަމަށް ނިމުމެއް އައިސްދާނެތީއެވެ. އައިދަން މާޔޫސްވީ ޒޯއީ އާއި އަރީން ލޯބީގެ ގޮތުން ގުޅުމުންނެވެ. އައިދަންގެ ހިތް ކުދިކުދިވެ، ޒޯއީ އާއި ދުރަށް ދިޔުމަށް ނިންމައެވެ. ޒޯއީ ދެކެވާ ލޯބިން ދުރަށް ދިޔުން އައިދަންއަށް ފަސޭހަ ކަމަކަށް ވެދާނޭ ހެއްޔެވެ؟ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުންނާއި، އެނގިގެންދާ ބައެއް ހަޤީގަތްތަކުގެ ސަބަބުން […]
އެތައް ފަހަރަކު ރިންގްވަމުން ދިޔަ ފޯނު ނެގި އަޑު އިވުމުން މާޔާ ބަލާލީ ޝައިނާ އާއި ދިމާއަށެވެ. ސްޕީކާ އޮން ކޮށްފައި ހުރުމުން އެކޮޅުން “ހެލޯ” ބުނި އަޑު ދެމީހުންނަށްވެސް އިވުނެވެ. މާޔާ އެފޯނު ޝައިނާއަތަށް ދެމުން އަތުން އިޝާރާތްކޮށްލީ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. ތުރުތުރު ލެވިފައިވާއަތަކުން ޝައިނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު “ހެލޯ”އޭ ބުނެލިއިރު އެހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. ޝައިނާގެ އަޑު ޖެހުމާއިއެކު އަދާން އިތުރަށް އެންމެ ބަހެއްވެސް ނުބުނެ ފޯނު […]