މަންޒިލް ތިއޭ މި ހިތް އެދޭ (10)
އައިރާ ވިސްނަމުން ދިޔައެވެ. އެއީ އަރީން ބާއެވެ. ނޫނެކެވެ. އަރީން ަނަމަ އަހަރެންމީ ދަންނަމީހަކަށް ހެދީހެވެ. އެކަމަކުވެސް އެއީ ހަމަ އެ ދެލޮލެވެ. އަރީންގެ ހިޔާލުތަކުން އައިރާގެ ހިތާއި ސިކުނޑި ފުރާލައިފިއެވެ. އެހެން އޮވެފައި އޭނާ އަށް ނިދުނީ ކޮން އިރަކުކަމެްއްވެސް ނޭގެއެވެ.
*****
އަރީންގެ ހާލަކީވެސް މީއެވެ. އެހެން އެއްވެސްކަމަކާ ނުވިސްނެއެވެ. އަދިވެސް އައިރާއާ ބައްދަލުކޮށްލަން ބޭނުން ވަނީއެވެ. އެއީ ކެތްތެރި ހިތްވަރުގަދަ ކުއްޖެކެވެ. އައިރާ ލިބޭ މީހަކީ ހާދަ ބޮޑު ނަސީބުވެރިއަކަށް ވާނެއެވެ. އަހަރެންގެ ނަސީބުގައި އެކަން ލިޔެވިފައިނެތީއެވެ. ނަމަވެސް ހިތް އަރީންގެ މި ވިސްނުމާ ދެކޮޅުހަދަމުން ދިޔައެވެ.
***
މީރާގެ އުފަންދުވަސް އައުމަށް ގަޑި ކައިރިވަމުން ދަނީއެވެ. އަރީނަށް އެގޭ ހެނެއްވެސް ހިޔެއްނުވެއެވެ. ގަޑިން ބާރަ ޖަހަންދެން މީރާ އޮތީ އަރީން ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. އުއްމީދު ކޮށްގެން ހުރީ ސަޕްރައިޒް ޕާޓީއެއް އޮންނާނެކަމަށެވެ. ނަމަވެސް ގަޑިން ބާރަ ގަޑި ބައި ވީއިރުވެސް ނުގުޅިއެވެ. ކުޑަމިނުން މެސެއްޖެއްހާ ހިސާބުވެސް ނުކޮށްލިއެވެ. މިއަދު ހަވީރުންސުރެން އެގެޔަށް ވަދެ ނުލާ ހުރީވެސް އެގޭގައި އޭނާއަށް ޕާޓީއެއް ބާއްވަފާނެހެން ހީވާތީއެވެ. އެމީހުންނަށް މުއްސަނދިކަން ލިބިފަ ހުރިކަމެވެ. އުފަލާއި މަޖަލަކީ ކޯއްޗެްްއް ކަންވެސް ނޭނގެއެވެ. މީރާގެ ހިތައް ތަފާތު ހިޔާލުތައް ވަންނަވަރަކަށް އަންނަމުންދިޔަ ރުޅިގަނޑުދިޔައީ ހައްތަހާގަދަވަމުންނެވެ. އެންމެ ފަހުން ކެތްނުވެގެން އަރީނަށް ގުޅައިފިއެވެ. ފޯނެއް ނުނެގިއެވެ.
އޭރުވެސް އަރީން އޮތީ އައިރާގެ ހިޔާލުތަކަށް ގެއްލިފައެވެ. އަރީން ފޯނު ބަލާލީ ގަޑިން ވީ އިރެއް ބަލާލާށެވެ. އޭރު މީރާ 10 ވަރަކަށް ފަހަރު ގުޅާފައި އޮތެވެ. މީރާ އަނެއްކާވެސް ގުޅިއެވެ. އަރީން ފޯނު ނެގީ ނަގާ ހިތަކުން ނޫނެވެ. ނަމަވެސް މާދަމާ މަންމަ ކައިރީގައި އެ ޝަކުވާ ކުރާނެތީއެވެ.
“އަހަރެންގެ އުފަންދުވަސްވެސް ހަނދާނެއް ނެތްތަ” ފޯނު ނެގުމާއެކީ މީރާ ފެށީ ޝަކުވާ ކުރާށެވެ.
” ސޮރީ.. ހަދާން ނެތުނީ.. ހެޕީ ބާރތު ޑޭ” އަރީން ނިދިއައިސްގެން އާފުރި ފުރި ހުރެވެސް ބުންޏެވެ.
“އަހަރެންގެ ކޮން ކަމެއް ހަދާން ހުންނަނީ ” މީރާގެ ރުޅިގަނޑު ފަޅާގެންދިޔައީވެ.
މީރާ ފޯނު ބޭއްވިކަމެްްއްވެސް އަރީނަކަށް ނޭގެއެވެ. އަރީން އޮތީ ގަދަނިދީގެ ތެރޭގައެވެ.
އަރީންގެ ރީތިކަމާއި މުއްސަނދި ކަމަކާއި އެއް ވަރަކަށް މީރާ ބޭނުންވާ އެހެން ސިފަތަކެއް އަރީން ގަޔަކު ނެެތެވެ. އުފަންދުވަހުގެ ހަދިޔާ ދިނުމެްްއް ކޭކު ފެޅުމެްްއް ނެތެވެ. ލޯބިވެރިންގެ ދުވަހު ކުޑަމިނުން ފިނިފެންމަލެްްއްހާ ހިސާބުވެސް ނުލިބުނެވެ. އަރީނަކީ މީރާ ބޭނުންވާކަހަލަ ރޮމޭންޓިކް މީހެްްއް ނޫނެވެ. އެކަމަކުވެސް ހެވެއެވެ. އަރީން އަތުގައި ފައިސާ އެބަހުައްޓެވެ. އަހަރެންނަށް ބޭނުން ގޮތަކަށް އުޅެވިދާނެްއެވެ. ކައިވެންޏަށްފަހު އަރީން ކޮންޓުރޯލު ކުރާނީ އަހަރެންނެވެ. މީރާއަށް ފެންނަމުން ދިޔައީ އަރީންގެ މުއްސަނދިކަމެވެ. އަތުގައި އޮތް ބާލީސް ދުރަށް އެއްލާލާފައި ވިހަ ހިނިތުންވުމަކާއި އެކު ލޯމަރާލިއެވެ.
****.
އަނެއްދުވަހުގެ ހަވީރެވެ. އަރީންގެ މަންމަ ނާސިހާ ރައްޓެއްސަކާއިއެކު ބޭރަށް ނުކުންވަގުތެވެ. ހަވީރު ބޭރަށް ނުކުމެލާ ހިނގާލާ ހެދުމަކީ ނާސިހާގެ ކޮންމެ ދުވަހެްްއްގެވެސް އާދައެވެ. ރައްޓެހިންނާ ބައްދަލު ކޮށްލާ ހަދާ ވަގުތަކީ އެއީއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އެމީހުންގެ ކުރިމަތިން ދުއްވާފަ ދިޔަ ސައިކަލެއްގައެވެ. ދުއްވަން އިން ކުައްޖާ ގައިގަ ބައްދާގަނެގެން އެއިނީ މީރާއެވެ. މަންމަގެ މޫޑު މުޅިން ބަދަލުވެއްޖެއެވެ. ސައިކަލުގަ އެއިނީ ކާކުބާއެވެ. އޭނަގެ ބޭބެއެއް ނުހުންނާނެއެވެ. ކޮންމެ ގޮތެެއް ވިޔަސް މިއަދު އެ ފެނުނީ ނާސިހާ އަށް އެއްގޮތަކަށްވެސް ކަމުދާ މަންޒަރެއް ނޫނެވެ. ވެދާނެއެވެ. އަރީންގެ އަޅާލުން ކުޑައީ އެވެ. މީރާ އަކީ އެ ކިޔާ ކަހަލަ ކުއްޖަކަށް ނުވާނެއެވެ. ނާސިހާ ގެޔާ ހަމައަށް އާދެވެންދެން ހުރީ ވިސްނުމެްއްގެ ތެރޭގައެވެ. މިއަދުވެސް އޭނާ ދަރިފުޅަށް ނަސޭހަތް ދޭނެއެވެ.
” ދަރިފުޅަށް އެގޭތަ.. އަންހެނުންނަކީ ވަަރަށް ތަފާތު ބައެއް.. އެމީހުންނަށް ލޯތްބާ އަޅާލުން ވަރަށް ބޭނުން ވާނެ.. އެއްވެސް އަޅާލުމެއްނެތި ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލީމަ ވަރަށް ފަސޭހައިން އެމީހުން މަގު އޮޅޭނެ. ލޯތްބާ އަޅާލުން ލިބޭ ފަރާތަކަށް ދާން ބޭނުންވާނެ..” ގެޔަށް ވަދެވުމާއި އެކު މަންމަ ފެށީ އަރީނަށް ނަސޭހަތް ދޭށެވެ. ވަރަށް ލޯބިންނެވެ.
އަރީން އިނީ މަންމަ ދޭ ނަސޭހަތް އަޑުއަހާށެވެ. އޭނަގެ ދިފާއުގަ ދައްކާނެ ވާހަކަތަެްއް ބައިވަރެވެ. ނަމަވެސް މަންމަމެންގެ ކުރިމަތީ އެގޮތައް ވާހަކަ ދެއްކުމަކީ އޭނަ ކުރާނެ ކަމެެއް ނޫނެވެ. މަންމަ ބުނާ ކޮންމެ އެއްޗަކަށް އެއްބަސްވެ ބޯޖަހާލުން ފިޔަވާ އިތުރު އެއްޗެއް އަރީން ނުބެނެއެވެ.
” މަންމަ އުއްމީދު ކުރަން ދެން އިތުރަށް ދަރިފުޅަށް މި ގޮތަށް ނަސޭހަތް ދޭން ނުޖެހޭނެކަމަށް” މަންމަ އަރީންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
****
މިހާރަކަށް އައިސް މީރާގެ ވާހަކަ ރައްޓެހިން އައިސް ނާސިހާގާތުގައި ނުދައްކާ ދުވަހެއް މަދެވެ. ދަރިފުޅު ކައިވެނި ކޮށްދެވެން މި އުޅެނީ އެންމެ ރަގަޅު މީހާއާ ބާއޭ ހިތައް އަރާފަހަރުވެސް އާދެއެވެ. ނަމަވެސް މިހާރު މިވަނީ ކައިވެނީގެ ތާރީޚް ކަނޑައަޅާ ނިމިފައެވެ. އަރީން އަށް މިކައިވެނީގެ ސަބަބުން އުފާވެރި ދިރިއުޅުމެއް ނުލިބިއްޖެނަމަ މައިން ބަފައިންގެ އަތުން ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮށްލެވުނީއެވެ. ނާސިހާ އަށް ވިސްނެން ފެށިއެވެ. ކައިވެނީގެ ކަންތައްތައް ނިންމުނީ ދަރިފުޅުގެ ހިޔާލު ނުހޯދާ ކުރެވުނު ހީއެއްގެ މައްޗަށެވެ. ތެދެކެވެ. އަރީންގެ މޫނުމައްޗަކުން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ.
“މަންމާ އަރީން މިހާރު ވަކިން ބޮޑަށް ބަދަލު ވެްްއްޖެ” މީރާ ޝަކުވާ ކުރަން ފެށީ މަންމަ ކައިރީގައެވެ.
އަބަދު މިކަހަލަ ޝަކުވާތައް އަޑު އިވި އިވި ނާސިހާ ހުންނަނީ ބޯ ގޮވާފައެވެ. ތި ޝަކުވާ ކުރުންތައް ހުއްޓާލާށޭ ބުނަންވެސް ކިތަންމެ ފަހަރަކު ހިތައް އަރައެވެ.
” އަރީން އަޅުގަނޑުގެ އުފަންދުވަސްވެސް ހަނދާނެްްއް ނުހުރޭ.. ކީއްތަވީހީ ހަދިޔާ އެްްއް ދިންނަމަވެސް.” މީރާ ޝަކުވާ އަކަށް ފަހު ޝަކުވާއެއް ހުށައަޅަމުން ދިޔައެވެ.
” ހަނދާން ނެތުމަކީ އުޒުރެކޭ.. މީހަކަށް ހަދާން ނެތިދާނެ.. އެކަހަލަ ކަންކަން ވާނެ ގަބޫލު ކުރަން” އެހެން ފަހަރު ފަހަރެކޭ އެއްގޮތައް މިފަހަރު މީރާ ބޭނުންވި ގޮތަކަށް ކަންތައް ދިމައެއް ނުވިއެވެ. މިފަހަރު މަންމަ އެވާހަކަ ދެއްކީ އަރީން ދިފާއު ކޮށްފިއަވެ.އެ ލިބުނީ މީރާގެ ކޮޅު ބަލިވާން އުޅޭކަމުގެ ފެެހި ސިގްނަލެކެވެ. މީރާ އެހެން ވިޔަކަ ނުދޭނެއެވެ. އޭނާ އަނެްްއް ފަރާތައް އެބުރިފައި ހިތާމައިގެ އަސަރު މޫނަށް ވެރި ކޮށްލިއެވެ.
“އަޅުގަނޑު އަރީން ދެކެ ވަރަށް ވަރަށް ލޯބިވޭ..އަޅުގަނޑަށް މާފްކުރޭ..ޝަކުވޭ ކުރެވެނީ އެހެންވެ. އަޅުގަނޑުގެ ކަންތައްތައް ހަދާން ނެތުނަސް އަރީންގެ އެއްވެސް ކަމެްްއް އަޅުގަނޑު ހަދާނެްްއް ނުނެތޭނެ.” މީރާ ލޮލުން ކަރުނަ ފޮހެލަން ކަމަށް ހަދާފައި ބޭރަށް ނުކުނަން ހިނގައިގަތެވެ. މިހާރު އޭނާގެ މޫނުމަތީގަ ހިތާމައިގެ އަސަރުވެސް ނެތެވެ.
މަންމަގެ ހިތް އަނެްއްކާވެސް މަޑު ފުށްކޮޅަކަށް ވެްެއްޖެއެވެ. މީގެ ކުޑައިރު ކޮޅެއް ކުރިން ވިސްނި ހުރިހާ ވިސްނުމެއް އަނެއް ކޮޅަށް ޖެހިއްޖެްއެވެ. މީރާ އެވާވަރަށް ލޯބިވާނެ އިތުރު މީހަކު އަރީންއަކަށް ނުލިބޭނެއެވެ.
******
ކަޅުފޮއި އަދިރި ރެއެކެވެ. ރަށުތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. އިންޖީނަށް ދިމާވި މައްސަލައަކުން މުޅިރަށުން ކަރަންޓު ދިޔައީއެވެ. ހުރިހާގެޔަކުންވެސް ފެންނަނީ ފުޅިބައްތި އެއް ނޫނީ އުއްބައްތީގެ އަލިކަމެވެ. ރަށުތެރޭގައިވަނީ ހަމަހިމޭން ކަމެވެ. އައިރާވެސް އުއްބަތި އެއް ރޯކޮށްލާފަ ކޮޓަރިތެރޭގައި ބެހެއްޓިއެވެ. އެއީ ކުޑަކޮޓަރިއެއްކަމުން އެންމެ އުއްބައްތީގެ އަލިވެސް ވަރަށް ގަދައެވެ. ރެޔަކީ ވައި ފުދޭވަރަކަށް ޖެހޭ ރެއަކަށް ވުމުން ފާރުގައި ހެދިފައިވާ ބޮޑެތި ލޯވަޅު ތަކުންނާއި ޖާލިގަޑުން ވަންނަ ވައިން އުއްބަތީގެ ހުޅުގަނޑަށްވެސް އަސަރު ކުރަމުން ދިޔައެވެ. ކޮޓަރީގެ ވަށައިގެންނާއި ހުރަހަށް ވާގޮތައް ވަނީ ރޯނު ދަމާފައެވެ. އެންމެން ލާ ހެދުންތައް ހުންނީ ރޯނުގައި އަޅުވާފައެވެ. ކޮޓަރީގެ އެއްކަނުގައި އިނީ ބޮޑު ލަކުޑި ފޮއްޓެްްކެވެ. އައިރާމެން ގެންގުޅޭ ލިޔެކިޔުންތަކާއި މުހިންމު ހުރިހާ އެއްޗެއް ރައްކާކޮށްފައި ހުންނަނީި އެ ފޮށީގައެވެ.. ކުޑަދޮރު ބައްދާލާފައި ވަނީ ފިލަލުންނެވެ. ފިލާގަނޑު ހަލާކުވާން ފަށައިފަވުމުން ެއެތެރެ ނުފެންނާނެހެން ދަމާލާފައިވަނީ ފޮތިގަނޑެކެވެ. ދެން ހުރީ ކޮއްކޮމެންގެ ފޮތްތަކެވެ. އެހުރިހާ އެއްޗެއްވެސް ހުރީ ތަޅުންމަތީގައެވެ. ހުސްވެސް ހުރީ އަލިފާން ކަންޏެއް ޖެހުނަސް އަދައިގެންދާނެ ތަކެއްޗެވެ. އެނދުގައި ނިދަނީ މަންމަ އެކަންޏެވެ. އައިރާމެން ނިދަނީ ތަރުފާލުމަތީގައި ތުނި ގޮނދަޑިއެއް އަޅައިގެންނެވެ. އުއްބައްތި ރޯކޮށްލުމުން އާރާއާއި އީރާވެސް ހިޔަންޏާއި ކުޅެ ކުޅެފަ ނިދާފިއެވެ. މަންމައަށް ވެސް އޮތީ ނިދިފައެވެ. އައިރާއަށްވެސް އެހެން އޮވެ ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.
****
ކުއްލިއަކަށް އައިރާއަށް ހޭލެވުނީ ހޫނުވާތީއެވެ. އައިރާއަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. އޭރު ހުރީ ދޮރުގައި ހުރި ފޮތިގަނޑުގައި ރޯވެފައެވެ. އަލިފާންގަނޑު ފެތުރުނީ ވަރަށް އަވަހަށެވެ. އައިރާ ބެލީ މަންމަ ނެގޭތޯއެވެ. އައިރާ ކިތަންމެ ބާރަކަށް ގޮވިޔަސް މީހަކަށް އަޑު އިވޭނެ ހެއްޔެވެ.އީރާ އާއި އާރާވެސް ރޯންފަށައިފިއެވެ. ދެކުދިން ކައިރީ ބޭރަށް ނުކުންނަން އެވަރަށް ކީމަވެސް ނުނުކުތެވެ. އެކުދީން ގަނެފަހުރި ބިރެެްއްގެ ބޮޑުކަމުން ގުޑިލާްންވެސް ނުކެރިފައި ހުރީއެވެ އެންމެން އަލިފާނުގެ ތެރެއަށް ދޫކޮށްލާފައި ބޭރަށް ނުކުމެއްޖެނަމަވެސް އެއިން މީހެއްގެ ފުރާނަ ސަލާމަތެްއް ނުވާނެއެވެ. މަންމަ ނުނެގެނީސް ކޮޓަރީގައި ހުރަހަށް ވާގޮތަށް ދަމާފައިން ރޯނުގައި ޢަލިފާން ހިފައިފިއެވެ. އާރާއި އީރާ ދިމާއަށް ދާށޭ ކިޔައި ހަޅޭއްލަވައިގަތުމުން ބޭރަށް ނުކުން ވަގުތޔ އެރޯނުގައިވާ އަންނައުނު ތަކާއިއެކު ވެއްޓުނީ ދެކުދިންގެ ބޯމައްޗަށެވެ. އެކުދިން ގައިގަ އަލިފާން ރޯއްވެއްޖެއެވެ. އައިރާ ގަޔަށް ހުރި ބާރެއްލާފައި ދުއްވައިގަތީ މީހެއްގެ އެހީއެއް ލިބޭތޯއެވެ. އަވަށްޓެރިންނަށް އަޑު އިވޭވަރުވީ ހާދަ ވަރަކަށް ގޮވައިގެންނެވެ. އެންމެން އެ ގޭ ކައިރިޔަށް ދިޔައިރު މުޅި ގޭގައި ރޯވެ އަދަނީ އެވެ. ގޭތެރޭގައި ތިބި އެކަކުވެސް ސަލާމަތެއްް ނުކުރެވުނެވެ.
އައިރާ އަބުރައިގަނެގެން ވެއްޓުނީއެވެ. ހޭވެރިކަން ވީއިރު ވަނީ ހުރިހާކަމެއްް ހަދާން ނެތިފައެވެ. ސިކުނޑިއަށް ލިބުނު ޝޮކަކުން މާޒީގެ ހަދާންތައް އެކީ ނެތި ދިޔައީއެވެ.
މިއަދު އައިރާގެ އެކަކުވެސް ނެތެވެ. އާއިލާއެއް ގެދޮރެއް ނެތެވެ. މުޅިން އެކަނިވީއެވެ. މިއަދު އޭނާއަށް ބޭނުންވަނީ ނިމުމެއް ނެތް ލޯތްބާއި އަޅާލުމާއި އޯގާތެރިކަމެެވެ. އައިރާގެ މިހާލަތުން އެހެން ހާލަތަކަށް ބަދަލުވާނީ އޭރުންނެވެ. އެވަރުގެ އެހީތެރިކަމެއް ދޭން އޭނަގެ ހުރީ ކާކު ހެއްޔެވެ.؟
ހަމަގައިމުވެސް އައިރާއަށް އެހީތެރިކަން ފޯރު ކޮށްދޭން ބޭނުންވާ މީހަކު އެބަހުއްޓެވެ. ވަރަށް ދުރުގައެވެ. ނަމަވެސް މި ޚަބަރު އޭނާއާއި ހިސާބަށް ފޯރާނެ ބާއެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.


Haadha dhera eyyy story v reethi
Liben oiy ufaavekan bodee kamahves vedhaane ehun ?❤️
Alheyyy ….haaadha nice ey mi story..
Varah interesting ..curiously waiting for the next part …
Thank u… Still it is in pending.. varah avahah up vaane ?❤️
Story vrh reethi.. ekkam maa bodah kuree.. next part mi part ah vureh dhigu kohdheyne kamah zo hope kuran?
Thank u dear zo ? insha Allah v masakkaiy kuraanan dhigukuran
haadha dhera goiythakeh thi hadhany Airaa ah plx Areen aa meet kuruvahchey…
think positive naanu.. meet kurevey thw mi balany ?
Haadha dheravey Airaa ah vaagothun.
Adhi ragalhuvaane ?❤️
Alhe haadha dheragothekey mivi. Ekamuves story v v v habeys. Kiyamun dhaairu heevanee kurimathin sifavaahen ehaaves sifakuruntha v v salhi. Haadha reethi story yekey mikahala story v v kiyaahihvey. Mifadha story yeh fonuvadheythi assaribahaa saabas ehaaves story salhi.thikuraa bura masahkatha v v v bodah thanks. Mi story kiyaa hithun nuves nidhey dhen vaane gotheh hithah aranee. Ehaaves reethi mi story obines to the mex. Pls pls pls pls avahaa next part genes dhehchey mi story haadha kiyaahihveyey.
Thank u so so much Rish ❤️❤️? vahaka ah thidhey shauguverikamah v bodah shukuriyyaa.. vahaka kuriyah gendhiyumah ithuru hiy vareh ves libihje… ❤️❤️❤️❤️next part pending ga inee dear…
Waiting for next part … Story vrh vrh salhi mashallah ❤️❤️❤️
Miyadhu up kohdhehchey pls
khhn iraku nxt part up vanii, mihaaru kiyaahihun hureveny kynoon