“ތިޔަ ކުރަނީ ފަރުވާތަ ސިހުމާގެ ފުރާނަ ސަލާމަތް ކުރެވޭނެތަ! ހީވެތަ އޭނާގެ ހިތުގައިވާ ހަ ބްލޮކަކީ މަރުވުމުގެ މަގު ފާރެއް ހެން… އިރުއަރާއިރު ބަލާތި!” އިންޒާރެއް ދީފައި މައްޗަށް އަރައިގެން ގޮސް އެ ކުޑަދޮރުން ނިވާވެލިއެވެ. ބޮކިތައް ދިއްލިގެން ދިޔައިރު ހުސީ ހުރީ ނިކުމެއެވެ. ފިރިމީހާގެ އެހީގައި ގޮޑިއެއްގައި އިނދެގެން ނަމާދުކޮށް ލެވޭތޯ އުޅުނެވެ. ނަމާދަކީ ކޮންމެ ހާލެއްގައިމެ ކުރަން އަންގަވާފައިވާ އަޅުކަމެކެވެ. މިއަދު ނުކުރަން މާދަމާ ކުރަން ފަށަން ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ދުޢާތަކާއި ތަޝްބިހަތާކާއި […]
އެދުވަހު ނިދިހަމަނުވެ ހުރެ އޮފީހަށް ދިޔުމުން އަހަރެންގެ މޫނުމަތިން އެކަން ވަރަށް ސާފުކޮށް އެންމެންނަށް އެނގުނެވެ. އޮފީސް ކުދިން އަހަރެން ކައިރީގައި ބަލީތޯވެސް ސުވާލު ކޮށް ހެދިއެވެ. ނިދި ހަމަ ނުވާތީ މޫޑީވެފައި ކަމުގައި ބުނެ އަހަރެން ނިންމާލީމެވެ. ވެގެން އުޅޭގޮތް އަދި އެއްވެސް މީހަކަށް ކިޔާދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެދުވަހު އޮފީހުގެ އެއްވެސް މަސައްކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އިރުއިރުކޮޅާ ފޯނު ބަލާލެވެނީ ރޭގައި މެސެޖު ކުރި ނަންބަރުން މެސެޖެއް ނުވަތަ ކޯލެއް އާދޭތޯއެވެ. […]
” މޮނިޓަރުން އަޑު ކިޔާލިއެވެ. ރޫހު ނެތް އެ ރީނދޫ ރޮނގުތައް، ވާހަކަ ދައްކަން ފެށިއެވެ. ދިވެހި ބަހުން މޮނިޓަރު ބުނި ކަހަލައެވެ. ” މޮނިޓަރ: ހިތުން ހަ ބްލޮކް ނެގިޔަސް… ހަ ހޮޅި ތިހުރީ ލައްވާފައޭ. ” ރަޚުމެތް އެ ބަސްތަކުގައި ނެތެވެ. ހަޅޭއް ލަވައި ގެންފައި ދުއްވާއިގަންނަށްވީއޭވެސް ހުސީ ހިތަށް އެރިއެވެ. އަތުގައި އައިވީ ގުޅާފައި އޮތުމުން ދެވޭ ގޮތެއް ނުވިއެވެ. މެޝިނުތައް ވާހަކަ ދެއްކުމަކީ ބިރު ކުޑަ ކަމެއް ހެއްޔެވެ؟ ބޮކިތަކަށް ވާނެ […]
އެވަގުތު، ބޭރުގައި ހިނގަމުންދިޔަ ނުރައްކާތެރި ކަންތައްތަކާއި، ފަހަތުން އަޅުވާލާފައި ތިބި މީހުންނާއި، ބޯވަމުންދިޔަ ވާރޭގެ މަތިންވެސް ނާއިލް ހަނދާން ނެތުނު ކަހަލައެވެ. އޭނާ ހުރީ އައިރާގެ ރީތިކަމަށް ގެއްލިފައެވެ. ހިތާހިތުން ‘މާޝާ ﷲ’ އޭ ނާއިލް ބުނެލިއެވެ. ***** “ދެން އޯކޭ އަތުން ދޫކޮށްލިއަސް!” ނާއިލް އައިރާއާއި ދިމާލަށް ބަލައިލުމަށްފަހު މަޑުމަޑުން ބުނެލިއެވެ. އޭނާގެ އަޑު އައިރާއަށް އިވިގެންދިޔައީ އެ ދޯނީގެ އިންޖީނުގެ އަޑުގެ ތެރެއިންނެވެ. އައިރާއަށް ހޭވެރިކަންވީ ދެނެވެ. ދެމީހުންނަށް ތިބެވުނު ގާތްކަން އިހުސާސްވުމުން އޭނާގެ […]
އެދުވަހުގެ ހަވީރު އަޒްކާ ގެއަށް އާދެވުނީ ވަރަށް ލަހުންނެވެ. އިރު އޮއްސެން ކައިރިވެފަ ހުއްޓައެވެ. ސޯފާ ކައިރިއަށް ދަބަސް ވައްޓާލަމުން ވަރުބަލިކަމުގެ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މަންމާ… އައިމް ހޯމް…” “ވެލްކަމް ހޯމް” ބަދިގެއިން އަޒްކާގެ މަންމަ، އާރިފާ ގޮވާލިއެވެ. “ސްކޫލް ކިހިނެތް؟” “ރަނގަޅު” އަޒްކާ އަވަސް އަވަހަށް ޖަވާބު ދިނެވެ. އަޒްކާ ގޭތެރެޔައް ކުޑަކޮށް ނަޒަރު ހިންގައި ބަލައިލިއެވެ. “ކޮބާ ބައްޕަ؟”. އަޒްކާ މަޑުމަޑުން ބުނެލިއެވެ. ”ބައްޕަ މިއަދު ކޮންމެސް ބިސްނަސްގެ މައްސަލައެއް ޖެހިގެން އައްޑޫއައް […]
ސޫރަތުލް ބަޤަރާ ނިމުންތަނާ އަނެއް ސޫރެއް ފެށިއްޖެއެވެ. ހަމާލަތައް ބާރު ވެގެން ދިޔައީ ދެނެވެ. ދެނަކާ ދެނެއް ނެތެވެ. ގެވެސް ދެންމެ ދެންމެ މައްޗަށް އަރާފަނެ ކަހަލައެވެ. ވެއްޓޭ އަޑާއި ތެޅޭ އަޑުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. “އަލިފުޅުބޭ: އަދިވެސް… ދޮގޭ ތިހަދަނީ.. އެއްބަސްވާ ކަށް ނޫޅެއޭ.” ފިރިހެނެއްގެ ވޭނީ ގިސްލުމުގެ އަޑު ކެނޑި ކެނޑި ގެން އިވެންފެށިއެވެ. މިލީގެ ކައިރިން ފިރިހެނެއް ވީއޭ ހިތާއި ޚުބާބަށް ގޮށްމުށް ކަވާލެވުނެވެ. އޭނާގެ އަންހެނުން ބޭވަފާތެރި ވާނެ […]
“އެފަރާތް ބަލާބަލަ!” ދަތްޕިލާ ޖައްސާލައިގެން ހުރެ މަޑުމަޑުން އެމީހުންގެ ވާއަތް ފަރާތަށް އިޝާރާތް ކުރުމަށްފަހު ނާއިލް ބުންޏެވެ. **** މުދާ ބާލާ ފާލަމުގެ ތެތް ލަކުޑި ރޭމްޕުން ފައިބައިގެން އެ އައީ ތާރީގުގެ ބިޔަ ސެކިއުރިޓީ ޓީމެއް ނޫނެވެ. އެއީ ކަޅު ވާރޭ ކޯޓަކާއި، ކާގޯ ފަޓުލޫނެއް ލައިގެން ހުރި އަންހެން ކުއްޖެކެވެ. ބަނދަރުގެ ބައްތިތަކުގެ އަލީގައި އޭނާގެ އިނގިލިތަކުގައިވާ ރިހި ކުލައިގެ އަނގޮޓިތަކާއި އަތުގައި އަޅައިފައިވާ ޗޭނު ފަށްތަށް ދިޔައީ ބަބުޅަމުންނެވެ. ލައިގެން ހުރި ކޯޓުން […]
“އެއީ ސަމީރު. އޭނަ ކީއްކުރަން އެހާ ދަންވަރު އެއައީ؟”. އަހަރެން ތައުފީގު ދިމާލަށް ބަލަން ހުރެ އަހާލީމެވެ. “ނޭނގެ ދޯ.” ތައުފީގުގެ ޖަވާބު ވަރަށް ކުރެވެ. އަހަރެން އަނެއްކާވެސް ލެޕްޓޮޕްގެ ސްކްރީނަށް ބަލާލީމެވެ. ސިޑިމަތީގައި އަންހެނެއް ހުރިތަން އެއޮށް ހުރިހާއިރުވެސް އަހަރެންނާ ތައުފީގުގެ ލޮލުގައި އަޅައި ނުގަތީ ދޮރުމަތީގައި ހުރި ސަމީރުއަށް މާބޮޑަށް ސަމާލުކަން ދެވުމުންނެވެ. “އެހެރީ ކާކު؟. ޒޫމް ކޮށްލަބަލަ..” އަހަރެން އެހެން ބުނުމުން ތައުފީގު ސްކްރީން ޒޫމް ކޮށްލިއެވެ. އިތުރަށް މޫނު ކައިރި ކޮއްލާ […]
ސްކޫލުގެ ބެލް ޖެހުމުން ވަގުތުން ކްލާސްރޫމް އަޑުގަދަވެގެން ދިޔައެވެ. އަޒްކާ އޭނާގެ ދަބަހަށް ފޮތްތައްލީ ނަމަވެސް ކޮޅަށް ހުރުމުގެ ކުރިން ޒައިކް އަދިވެސް އޭނާގެ ކައިރީގައި އިށީނދެގެން އިންކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އޭނާ މަޑުމަޑުން ބުކްމާކް އަށް ބަލަހައްޓައިގެން ހުރެފައި ޒައިކްއާއި ދިމާލަށް އިސްއުފުލާ ބަލައިލިއެވެ. އެވަގުތު އަޒްކާ ހިނިތުންވެލިއެވެ. “ތެންކިޔު…” ޒައިކް އޭނައާއި ދިމާލަށް ބަލާލިއެވެ. “ޔުއާ ވެލްކަމް…” އެއީ އެންމެ ދެބަހެއް ނަމަވެސް ކޮންމެވެސް ގޮތަކުން އަޒްކާއަށް ހާސްކަން އިހުސާސް ކުރެވުނެވެ. ލަދުގަންނަގޮތް […]