މަނިކު އެމީހަކާއި އެކު އިނީ ރެސްޓޯރަންޓެއްގެ ވިއައިޕީ ބައިގައެވެ. އެއީ އާންމުކޮށް މުއްސަނދިން އައިސް އުޅޭތަނެއްކަން ބަލައިލި ކޮންމެ ދިމާލަކުން އެނގެއެވެ. އެލުވާފައިވާ ޖަވާހިރުގެ އަގުބޮޑެތި ޗާންދަލިއާތަކެވެ. އަގުބޮޑެތި މޭޒު ގޮނޑިތަކާއި އެހެނިހެން ތަކެއްޗެވެ. “މިކަން ފަށަންވީ މިހާރުވެސް.. މަށަށް މިވަރުވެސް ލަސް.. މަ ބޭނުން އަވަހަށް ފަށައިފަ އަވަހަށް ނިންމާލަން..” އެމީހާ ނުރުހުންވެފައި މަނިކުއަށް ބުނެލިއެވެ. “ނޫނޭ… އެހާ އަވަސް އަރުވާލައިގެން ވާނެ ކަމެއް ނޫން މިކަހަލަ ކަންކަމަކީ.. ދުރާލައި އުޅެގެން ކުރީމަ އެކަކަށްވެސް ޝައްކު […]
“އަލީނާ ތަ؟ އަަހންނަކީ ރިޔާ. ނިކީގެ މަންމަ…..” އެ އަންހެންކުއްޖާ ތެދުވެ ސަލާމް ކޮށްލީ ހިނިތުންވުމަކާއި އެކުގައެވެ. އެ ހިނިތުން ވުމުގައި ހިތްހެޔޮގޮތެއް ހުއްޓެވެ. ރިޔާހުރީ ފަޔަށް ހިފާފައިވާ އައިސްބްލޫ ޖިންސަކާއި ރަތްކުލައިގެ ޓީޝާޓެއް ލައިގެންނެވެ. މާިގނަ ގަހަނާތަކެއް ބޭނުން ކޮއްފައެއް ނެތެވެ. އެކަމަކު އަތުކުރީގައިވާ ރަން ގަޑިއާއި، އިނގިލީގައި އޮތް ރޫބީ އަގޮޓިން އަތުގެ ރީތިކަން އެތައް ގުނައެއް އިތުރުކޮށްދީފައި ވެއެވެ. ރިޔާ ޖެހިގެން ހުިރ ގޮނޑީގައި އިށީންނަން އަލީނާއަށް އިށާރާތް ކޮށްލުމުން، އަލީނާ ވަގުުތުން އަމުރައް ކިޔަމަންވި އެވެ. […]
އަމްރު އަނެއްކާވެސް ނިކަތުއާއި ކައިރިވެލިއެވެ. މަޑުމަޑުން ނިކަތުގެ ކަންފަތުގައި ތުންފަތް ޖައްސާލަމުން ކަރުން ތިރިއަށް އަތް ހިންގާލިއެވެ. އަދި ނިކަތު ލައިގެން ހުރި ގަމީހުގެ ފުރަތަމަ ގޮށް ނައްޓާލަމުން ކަނާތް ފަރާތުން ގަމީސް ތިރިކޮށްލަމުން އެތަނުގައި އަމްރު ތުންފަތް ޖައްސާލިއެވެ. ދެމީހުންވެސް ހަމައިން ނެއްޓިފައިވާ ކަހަލައެވެ. ނިކަތުވެސް އަމްރުގެ އިސްތަށިގަނޑުފައި ހިފާލަމުން މަޑު އާހެއް އަނގައިން ބޭރުކޮއްލިއެެވެ. އަމްރު މަޑުމަޑުން އޭނާގެ އަތް ނިކަތު ލައިގެން އިން ޗގަމީސް އެތެރެއިން މައްޗަށް ހިންގާލިއެވެ. އެކަން އިހްސާސްވި ނިކަތުއަށް […]
ގއ. ވިލިނގިލީގައި ހިނގި އަލިފާނުގެ ހާދިސާ ޚަބަރު ލިބުނުހާ އަވަހަކަ އެންމެ ހޫނުކަންމަތީ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ރޭޑިއޯ ސްޓޭޝަންތަކުން ދިޔައީ ގެނެސްދެމުންނެވެ. މީސްމީޑިޔާތަކުގައިވެސް އެޚަބަރު ދައުރުވަމުންދިޔައީ ވަރަށް ހަލުވިކޮށެވެ. ބައެއް އޮންލައިން ނޫސްތަކުން އައިރާގެ ފޮޓޯއާއި އެކު އާންމު ކުރަމުންދިޔައެވެ. ކޮންމެ ނޫހެއްގަވެސް އެންމެ މީހުން ކިޔާ ހިތްވާ ކަހަލަ ގޮތަކަށް ޚަބަރުގެ ސުރުޚީ ލިޔަމުން ދިޔައެވެ. *** އަރީނަށް ފޯނުގައި އަތްލެވޭ ވަރުވީ ހެނދުނު 10 ޖަހަނިކޮށެވެ. އޭރު ކުރިމަތީ އިން ޓީވީއިން އަލިފާނުގެ […]
ޑޮކްޓަރ މައިމޫންގެ ެދމަފިރިންނަކީ ދު ިނޔޭ ެ ގ ފެންވަރުގައި ހޮވާލެޭވ މޮޅު ޑޮކްޓަރުންނަށްވެފައި، އެހާމެ މުއްަސނދި ދެމަފިރިންނެވެ. ދެމީުހްނގެ މިލްކިއްޔާތުގައި އެތައް ބިލިއަން ޑޮލަެރއްހުރި އިރު ދެމަފިރިންގެ ވިޔަފާރި ދުނިޭޔގެ އެތަންމިތާގައި ކުރިއަރަމުން އަންަނީނ ހީވެސް ނުކުރާހާ ަހލުވިކޮށެވެ. މައިމޫން ނިސްބަތްވަނީ މުއްސަނދި، ޝާހީ ާޚންދާނަކަށެވެ. އެ ޢާއިލާގައި އޮންނަ އުޫސުލތަކުގެ ސަބަބުން މައިމޫންެގ ފިރިހެންދަރިފުޅު ޒެވިޔަންގެ ކަ ިއވެނި ވެސް ކުރެވުނީ މައިމޫން ެ ގ ކޮއްކޮގެ ދަރިއެއްކަމަށްވާ ރިޔާ އާއި އެވެ. ދެބެންގެ […]
“އެއްސަހަރެއްގަ އުޅުނިއްޔޯ ފަންމިނި އަންހެން ކުއްޖެއް..އެއީ ޔައްލު ކިޔާ ކުއްޖެކޯ..ކަނޑިއަކާ ލިބާހަކާ ލައިން އެކުއްޖާ މި އިނީ އަތިރިމަތީގަ..އިނދާ މި އަންނަނީ ލުވެއިޒް ކިޔާ ފިރިހެން ކުއްޖެއް..އެކުއްޖާ އައިސް ބުނަނީ ޔައްލު ކައިރީ ކޮލަށް ދޮނެއް ދެއްވާށޭ..” އަތުތެރޭގައި އޮތް ޔައިނާއަށް ވާހަކަ ކިޔައިދެމުން ދިޔަ ލުވެއިޒް ޔައިނާ ގެންގުޅުނީ ކުޑަކުއްޖެއް ފަދައިންނެވެ. އޭނާގެ މޮޅު ވާހަކަ ނިންމާލަމުން އޮށޯވެ އޮތް ޔައިނާގެ މޫނާ އޭނާގެ ކޯ ކައިރިކޮށްލިއެވެ. “ދެއްވާ އުންމައެއް..” ޅަ އަޑަކުން ލުވެއިޒް ބުނެލިއެވެ. ” އޯ ޕްލީސް..ދެން […]
ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މި ކައިވެނި ކުރުވަން ޔާސިރާ ބޭނުންވެއެވެ. އޭރުން މި ސުންޕާ ކުއްޖާގެ ފަރާތުން މިންޖު ވެވޭނެއޭ ޔާސިރާގެ ހިތަށް އެރިއެވެ. އޭނާ އަވްލީން އާއި އެހާ ލޯބިން ވާހަކަ ދައްކާ ހެދީވެސް މި ބޭނުމުގައެވެ. ލޯބީގެ މަޅީގައި ޖައްސައިގެން އަވްލީން ރުއްސުމަކީ މާ ބޮޑު ކަމަކަށް ނުވާނެ ކަން ޔާސިރާއަށް ރަނގަޅަށް އިނގެއެވެ. އެހެންކަމުން ލޯބީގެ މަޅީގައި ޖައްސައިގެން އަވްލީން ލައްވާ އެ ކައިވެންޏަށް އާބަސް ބުނުވަން ކުރެވެން އޮތް ކަމެއް […]
ސާރާ, ސޮސެޖްތަކުގައި މިރުސްލުމަށްޓަކައި ތައްޔާރުވެލިއެވެ. ނަޢުހާ އެއްވެސް އެއްޗެކޭ ނުބުނެ އިނެެވެ. ފަޒީލްވެސް ސާރާ ކުރަމުންދާ ކަންތަކަށް ފަރުވާތެރި ކަމާއެކު ބަލަން އިނެެވެ. ސާރާގެ ކޮންމެ ހަރަކާތެއް ފަޒީލްގެ ހިތުގައި ބިންވަޅު ނަގަމުންދެއެވެ. ސޮސެޖްގައި މިރުސް ލުމަށްފަހު އަތް ދޮވެލައިގެން އެބަ އަންނަން ކަމަށް ބުނެ ސާރާ ގޮނޑު ދޮށަށް ފޭބިއެވެ. އަދި އަތް ދޮވެލައިގެން އެއްގަމަށް އައި އިރު ފަޒީލް އާއި ނަޢުހާ ފެންނަން ނެތުމުން ކަންތަށް ބޮޑުވިއެެވެ. މަޑުމަޑުން ހޭޅި ފަށުން ހިނގަމުންގޮސް ބަޔަކު […]
3 ވަނަ ބައި “ ހުނ.ފިރިހެނުންނެއްނު؟ ތިހެންތިބޭ އަންހެންކުދިން ހައްލަން މަސައްކަތް ކުރާނެ. ލޯބީގެ ލަވަތަށް ކިޔާދިނުމާއި ފަރިހި ކިޔާދިނުން މިއީ ޒަމާންވީ ދިވެހިންގެ އާދައެއް. ތިޔަ ޝައިނާއަށް ދިމާވީވެސެް އެކަހަލަ މީހެއްތާ.. ނަސީބެއްނު އެކަކު އަނެކަކު ނުފެނި ސަލާމަތްވިކަންދޯ.. ދެން އެންމެ ރަނގަޅުވާނީ އޭނާ އާއި މެދު އެއްގޮތަކަށްވެސް ނުވިސްނުން. ދެން ޝަފްރާޒް އާއި ދިމާވީ ކިހިނެއް؟” ޝީތަލް ޝައިނާއަށް ނަސޭހަތްް ދެމުން އަހާލިއެވެ.. “މަންޒިލެއް ލިބޭތޯ އަހަރެން އަބަދުވެސް އަތް ފުނާ އަޅަން އެހެންދިޔުމުގެ ތެރޭ ޝަފްރާޒް […]