އާކިލް އޮފީސް ނިންމާފައި ގެއަށް ދިޔުމަށްޓަކައި ސައިކަލަށް އެރިވަގުތެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީވެސް އެވަގުތެވެ. ނަމަވެސް ފޯނު ނުނެގެނީސް ކެޑިއްޖެއެވެ. އެހެންކަމުން ފޯނު ބަލާވެސް ނުލާ ސައިކަލް ދުއްވާލިއެވެ. ***** ” ނުނަގާ ފޯނެއް.. ފޯނު ރިންގްވެސް ވި” ރީޝާ ފޯނުގެ އަތްގަނޑު ބާއްވާލަމުން ބުންޏެވެ. ” ދެން ހިނގާ ދާން.. ނުނެގި އެއްނުން.. ” ނިޝްޔާ ބޭނުންވީ ދާށެވެ. އޭރު ފޯނު ބޫތު ކައިރީގައި ދެތިން މީހަކުވެސް ހުއްޓެވެ. ” ހިނގާ ބަލަ […]
ހަވީރުގެ ހިތްގައިމުވަގުތެވެ. ދުވަހުގެ ބުރަމަސައްކަތްތައް ނިންމާލުމަށް ފަހު ގިނަ ބަޔަކު ހިތް އުފާ ކޮށްލުމަށްޓަކައި އަންނަނީ ރަށުގެ އަތިރިމައްޗަށެވެ. ކުދިވެރިން ތިބީ ދޮންވެލިގަނޑުގައި ކުޅޭށެވެ. އެކުދީންގެ ސަކަރާތް ޖެހުމާއި ހުނުމުގެ އަޑު މާދުރަށްވެސް އިވެއެވެ. ދުވަސްވީ ބައެއްމީހުން އޮށޯވެލައިގެން، އަނެއްބަޔަކު އިށީދެލައިގެން ތިބީ ހޮޅުއަށީގައެވެ. އެމީހުންތިބީ އެމީހުންގެ ވާހަކަތަކުގައެވެ. ނިޝްޔާއާއި އޭނާގެ އެކުވެރިން ތިބީ އެހެން އެންމެނާއި ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑުގައި އިށީދެލައިގެންނެވެ. ” ކިޔަވާވެސް ނިމުނީދޯ. ރަށުންވެސް އިތުރަށް ކިޔެވޭނެ ނަމަ. ދެން ދާން ޖެހޭނީ […]
2000 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހެވެ. އޮފީހުގެ މުވައްޒަފުން ރާވަމުން ދިޔައީ އަންނަ ހަފްތާ ބަންދުގައި ދަތުރެއް ދިޔުމަށެވެ. ދަތުރުގެ އިންތިޒާމް ކޮށް ރޭވުމުގައި އެންމެ އިސްކޮށް ހުރީ އާކިލްއެވެ. އެކަހަލަ ކަންކަމުގައި އެންމެ އިސްކޮށް އުޅޭ މުވައްޒަފަކީ އެއީއެވެ. ކޮންމެ ހަފްތާ ބަންދަކު މިކަހަލަ ކޮންމެވެސް ކަމެއް ކުރުމަށް ރާވައެވެ. ނަމަވެސް ހުރިހާ ކަމެއް ރާވާ ނިމޭއިރު ދަތުރު ދާނެ މީހުން ހަމަ ނުވެގެން ރޭވި ހުރިހާކަމެއް ނިމެނީ ފެނަށް ވެގެންނެވެ.. […]
ައެއީ މީގެ އަހަރުތަކެއް ކުރިއެވެ. ދެ ޒުވާނުން ބައްދަލުވެއެވެ. ބައްދަލުވުމުގެ ކުރިންވެސް އެ ދެ ޒުވާނުން ނަށް ވަނީ އެކަކު އަނެކަކަށް ހިތްދެވިފައެވެ. އެކަމަކު އެއީ ކިހިނެތްބާއެވެ؟؟ ވަކިނުވުމަށް އެތަކެއް ވައުދުތަކެއް ވުމަށް ފަހު ދެ ޒުވާނުން ކައިވެނި ކުރެއެވެ. ނަމަވެސް މާ ގިނަ ދުވަހަކު ދެ މީހުންނަށް އެކީގައެއް ނޫޅެވުނެވެ. ޔަޤީންވާ ކަމަކީ އެކަކުވެސް އަނެކަކަށް ބޭވަފާތެރި ނުވާ ކަމެވެ. ކުރިހާ ހުވަޔާ ވައުދުތައް އުވާ ނުލާ ކަމެވެ. އެންމެ ފަހުވަގުތާ ޖެހެންދެންވެސް އިންތިހާއަށް ލޯބިވީކަމެވެ. […]
” މި ކައިވެންޏަކީ ކުރިންވެސް ކުރުމަށް ހަމަޖައްސާފައިވާ ކައިވެންޏެއް. އެހެންވީމަ ކައިވެނި އަވަސް ކުރުމަކީ މައްސަލަ އެއް ނޫން ކަންނޭގެ” މީރާގެ މަންމަ އާރިފާ ، ނާސިހާ އާއި ދިމާއަށް ބަލާލާފައި ބުންޏެވެ. ” މިއީ އަރީންގެވެސް މުޅި ދިރިއުޅުމާއި ގުޅިފައި ހުރިކަމެއް. އޭރުވެސް މިކަން ނިންމީ އަރީންގެ ހިޔާލެްްއް ނުހޯދާ. އެހެންވީމަ އަލުން ކައިވެނީގެ ވާހަކަތައް ދައްކާއިރު ވެސް އަރީންގެ ހިޔާލެްްއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް” ނާސިހާ ބޭނުންވަނީ ދަރިފުޅުގެ ރުހުމާއި އެކު ކައިވެނި […]
ފާއިތުވެގެންދާ ކޮންމެ ދުވަހެއް މީރާ ހާސްކުރުވަމުން ދިޔައެވެ. ރޭދުވާ ފާއިތުވެގެންދަނީ އެކި އެކި ރޭވުންތައް ރޭވުމުގައެވެ. ރޭވެފައި އަލިވާއިރުވެސް ނިންޖެްްއް ނާދެއެވެ. އިއްޔެ އުފަލާއި މަޖަލުގައި ހީ އުޅުނު މީހާ މުޅިން ހަމަހިމޭން ވެްްއްޖެއެވެ. ވަށައިގެން ކަޅުއަދިރިކަން ނޫނީ އެހެން އެއްޗެއް އޭނާ އަށް ނުފެންނަ ކަހަލައެވެ. އެކަލާނގެ ނަހީ ކުރެއްވި ކަންކަން ކުރާ މީހުންނަށް ދުނިޔެމަތީގަ އަޒާބު ދައްކަވަނީ މި ފަދަ ގޮތަކަށެވެ. އުފަލާއި މަޖަލުގައި ރޭދުވާ ހޭދުކުރަމުންދާ މީހުން ނިމިގެން ދަނީ ކެކުޅުމާއި ވޭނުގައި […]
ގއ. ވިލިނގިލީގައި ހިނގި އަލިފާނުގެ ހާދިސާ ޚަބަރު ލިބުނުހާ އަވަހަކަ އެންމެ ހޫނުކަންމަތީ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ރޭޑިއޯ ސްޓޭޝަންތަކުން ދިޔައީ ގެނެސްދެމުންނެވެ. މީސްމީޑިޔާތަކުގައިވެސް އެޚަބަރު ދައުރުވަމުންދިޔައީ ވަރަށް ހަލުވިކޮށެވެ. ބައެއް އޮންލައިން ނޫސްތަކުން އައިރާގެ ފޮޓޯއާއި އެކު އާންމު ކުރަމުންދިޔައެވެ. ކޮންމެ ނޫހެއްގަވެސް އެންމެ މީހުން ކިޔާ ހިތްވާ ކަހަލަ ގޮތަކަށް ޚަބަރުގެ ސުރުޚީ ލިޔަމުން ދިޔައެވެ. *** އަރީނަށް ފޯނުގައި އަތްލެވޭ ވަރުވީ ހެނދުނު 10 ޖަހަނިކޮށެވެ. އޭރު ކުރިމަތީ އިން ޓީވީއިން އަލިފާނުގެ […]
އައިރާ ވިސްނަމުން ދިޔައެވެ. އެއީ އަރީން ބާއެވެ. ނޫނެކެވެ. އަރީން ަނަމަ އަހަރެންމީ ދަންނަމީހަކަށް ހެދީހެވެ. އެކަމަކުވެސް އެއީ ހަމަ އެ ދެލޮލެވެ. އަރީންގެ ހިޔާލުތަކުން އައިރާގެ ހިތާއި ސިކުނޑި ފުރާލައިފިއެވެ. އެހެން އޮވެފައި އޭނާ އަށް ނިދުނީ ކޮން އިރަކުކަމެްއްވެސް ނޭގެއެވެ. ***** އަރީންގެ ހާލަކީވެސް މީއެވެ. އެހެން އެއްވެސްކަމަކާ ނުވިސްނެއެވެ. އަދިވެސް އައިރާއާ ބައްދަލުކޮށްލަން ބޭނުން ވަނީއެވެ. އެއީ ކެތްތެރި ހިތްވަރުގަދަ ކުއްޖެކެވެ. އައިރާ ލިބޭ މީހަކީ ހާދަ ބޮޑު ނަސީބުވެރިއަކަށް ވާނެއެވެ. އަހަރެންގެ […]
” ބައްޕައަށް ފެންނަނީ ދަރިފުޅުމެން ކައިވެނިކުރަން” ބައްޕަ އަރީން ކައިރީގައި އިށީންނަމުން ބުންޏެވެ. މީރާ އާއި މަންމަ ތިބީ އަރީން ބުނާނެްްއެެއްޗެއްގެ އިންތިޒާރުގައެވެ. އަރީންއަށް ބުނާނެ އެއްޗެއް ނޭގިފައި އިދެވުނީއެވެ. ބައްޕަ ބުނީ ކާކާއި ކައިވެނި ކުރާ ވާހަކަބާއެވެ. އަރީން ހުރީ ނޭގުމެއްގެ ތެރޭގައެވެ. “ކާކާތޯ؟؟ ” އަރީންގެ މި ސުވާލުން މީރާގެ މޫނުގައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެ މަންޒަރު މަންމަ އަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. މަންމަ އަށް މީރާއާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. […]