Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟5

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 4, 2018 4 Mins Read
12 Comments

ރަހުވާގެ ނަޒަރުން:

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އަހަންނަށް ހޭލެވުނެވެ. އާންމުކޮށް ބަންގީގެ އަޑަކީ އަހަރުމެންނަށް އެހާ ފަސޭހައިން އިވޭ އަޑެއްނޫނެވެ. ބަންގީގެ އަޑުއިވުމުން ހިތަށް ފިނިކަން ލިބުނެވެ. އަހަރެން އަވަސްވެގަތީ ތެދުވެ ފަތިސް ނަމާދުކުރާށެވެ. އޭރު ގޭގެ ބޮޑު ދޮރު ހުޅުވާ އަޑު އިވުނެވެ. ޝައުން މިސްކިތަށް ދަނީކަން ހިތަށް އެރުމާއެކު އަހަންނަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

ނަމާދުކޮށް ނިމިގެން ބަލާލިއިރު ޖީނާވެސް އިނީ ހޭލައެވެ. ހޭލައިގެން އެނދުމަތީގަ ދެފައި ވަށްކޮށްގެން އިން ގޮތުން އަހަރެންގެ ހިތް ލޯބިން ފުރުނެވެ. “މަންމީ! ކީއްވެ ކޮއްކޮއަށް ނޮގޮވީ؟” ތުންކޮޅު އޫކޮށްފައި ޖީނާ ބުނި ގޮތުން އަހަންނަށް ހެވުނެވެ. “ސޮރީ. ކޮއްކޮ މާ ލޯބިކޮށް ނިދާފަ އޮތީމަ މަންމިއަށް ނުކެރުނީ ގޮވަން” ކަންފަތުގެ ފޫޅުގައި ހިފަމުން އަހަރެން މާފަށް އެދުނީމެވެ. “އިޓްސް އޯކޭ މަންމީ. އައި އޭމް ހަނގްރީ”.

ޖީނާ ރީތިކޮށްގެން ކޮޓަރިން ނުކުތްއިރު ކޮފީތަށްޓެއް ހިފައިގެން ޝައުން ސޯފާގައި އިނެވެ. ޖީނާ ދުވެފައި ދިޔަ ގޮތަށް ޝައުން ބޭބެއޭ ކިޔާ ކުޑަކޮށް ހަޅޭއްލަވައި ގަތެވެ. “އަހަ. ޖީން ހާދަ ފަތިހަކާ ހޭލައިގެން ކޮބާ މަންމި؟” ޝައުން ޖީނާ ގާތު އަހަރެންގެ ވާހަކަ އެހުމުން އަހަރެން ލަދު ގަންނަގޮތް ވިއެވެ. “އެހެރީ މަންމި. ކޮއްކޮ ބަނޑުހައިވެގެން މިއައީކާން! ޝައުން ބޭބެ ވެސް ވާނެ ކޮއްކޮއާ އެކީ ކާން އެނގޭ. މަންމި ވަރަށް މީރުކޮށް އޮމްލެޓް އަޅާނެ” އަހަރެން ކައްކާ އެއްޗިހީގެ މީރު ވާހަކަ ޖީނާ ޝައުން ގާތު ހުއްޓާނުލާ ދައްކަމުން ދިޔައެވެ. ލަދުން ގޮސް ކުރިއަށް އެންމެ ފިޔަވަޅެއް އަޅަންވެސް އަހަންނަކަށް ނުކެރުނެވެ.

“ރަހުވާ. އެއީ ތެދެއްތަ؟ މަ ވެސް ވަރަށް ކާހިތްވެއްޖެ ރަހުވާ ކައްކާ އެއްޗިހި. ޖީންއެކޭ އެއްގޮތަށް ވަރަށް ބަނޑުހައި ވެއްޖެ. ވަރަަށް އަވަހަށް ބްރޭކްފާސްޓް ހަދާދީބަ!” ރީތި ހިނިތުންވުމަކާއެކު ޝައުން އެހެން ބުނުމުން އަހަރެންގެ ދެފައިން ވާގި ނުދިޔައީ ކިރިޔާއެވެ. ޝައުން އަހަންނާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ތަފާތު އިހްސާސްތައް ކުރެވެއެވެ. އަބަދުވެސް ހިތް އެދެނީ ޝައުންއާ ވާހަކަ ދައްކާށެވެ. އެރީތި ސޫރަ ދެކޭށެވެ. އަހަންނަށް މި ވަނީ ކިހިނެއްހެއްޔެވެ؟

*******

އަޝްޖައުގެ ނަޒަރުން:

ރަހުވާއަކީ މީހެއްގެ އަންބެއްކަން އެނގި ހުރެވެސް އަހަންނަށް ރަހުވާއާ މެދު ވިސްނެނީއެވެ. ޝައުންމެން ގޭގައި ހޭދަވި ކުޑަ ވަގުތު ކޮޅުތެރޭ ޖީނާއާ ވެސް އަހަރެން ރަހުމަތްތެރިވީމެވެ. ފުއްގަނޑެއްފަދަ އެލޯބި ކުއްޖާ ޔަގީނުންވެސް އަހަރެންގެ ހިތުން ޖާގައެއް ހޯދާފިއެވެ. ދުނިޔޭގެ ހުރިހާ ނުރައްކަލަކުން އެކުއްޖާ ސަލާމަތްކުރަން އަހަރެން ބޭނުންވިއެވެ. ވިސްނަން ބޭނުން ނުވިއަސް އެ ދެމައިންނާ މެދު އަހަންނަށް ވިސްނެމުން ދިޔައެވެ. އެގެއަށް ދާން އުޅެފަވެސް ޝައުން ހިތަށް އަރާފާނެ އެއްޗަކުން އެގެއަށް ދާކަށެއް އަހަންނަކަށް ނުކެރުނެވެ.

*******

ރަހުވާގެ ނަޒަރުން:

ހެނދުނުގެ ނާސްތާ ކުރަމުން ދިޔަ ގަޑީ ހުއްޓާ ނުލާ ޖީނާ އަނގަތަޅަމުން ދިޔައެވެ. ލަންޑަންގެ އުޅުނުއިރު ދިމާވި މަޖާ ކަންތައް ތަކުގެ ވާހަކަ ޝައުންއަށް ކިޔާދެމުން ދިޔައެވެ. ޝައުންވެސް ޝައުގުވެރިކަމާއެކު އެވާހަކަތައް އަޑު އަހަމުން ދިޔައެވެ. ޖީނާ ކުއްލިއަކަށް އިނދެފައި ކުރި ސުވާލުން އަހަރެން ކުށިއެރިއެވެ. “ޝައުން ބޭބެ. އިއްޔެ އައެއްނު އަޝްޖައު ބޭބެ ދޯ! އެއީ ޝައުންބެ ފްރެންޑެއްތަ ކޮއްކޮ ބޭނުން އެބޭބެއާއެކީ ކުޅެން. އެބޭބެއަށް ގުޅާފަ ބުނެބަ ކުޅެން އަންނާށޭ” ޖީނާ އެހެން ބުނުމުން ޝައުން ބަލާލީ އަހަންނަށެވެ. ކުއްލިއަކަށް އަހަރެންގެ ހިތަށް އެރި އެއްޗަކުން ހިނިތުން ވެވުނެވެ. އަދި ބޯ ޖަހާލީ އަޝްޖައު ގެނަޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތޭ ބުނާފަދަ ގޮތަކަށެވެ.

********

އަޝްޖައުގެ ނަޒަރުން:

އޮފީހަށް ދާން ތައްޔާރުވެގެން ނުކުތްތަނުން ޝައުން ގުޅަންފެށިއެވެ. ޝައުން އިސްވެ އަހަންނަށް ގުޅުމުން ކުޑަކޮށް ހައިރާންވިއެވެ.” އޭ ޑޫޑް! އޮފީސް ނިންމާފަ ގެއަަށް ދަމުން މިގެއަށް ޖައްސާލައްޗޭ!” އެހެން ބުނުމަށްފަހު އަހަންނަށް ޖަވާބު ނުދެވެނީސް ޝައުން ފޯނު ކަނޑާލިއެވެ. ވީއުފަލެއްގެ ބޮޑުކަމުން ހުރިހާ ދަތެއްފެންނަ ވަރަށް އަހަންނަށް ހެވުނެވެ.

އެހެން ދުވަސްތަކާ ޚިލާފަށް އޮފީހުގެ ގަޑި ދާލެއް ލަސް ކަމުން އަހަރެން ހުރީ ރުންކުރު ވެފައެވެ. އަހަރެން މަސައްކަތް ކުރަނީ އަހަރެމެން ކިޔެވި ސްކޫލްގެ އައިޓީއަކަށެވެ. އޭލެވެލް ހުރިހާ މާއްދާއަކުން އޭސްޓާ ލިބުމުން ރައިސުލް ޖުމްހުރިއްޔާ ދޭ ސްކޯލާޝިޕް އަހަންނަަށް ލިބުނެވެ. ސްކޯލާޝިޕްގެ ދަށުން އަހަރެން މަތީ ތައުލީމް ހާސިލްކުރީ އައިޓީންނެވެ. އަހަރެން އޮފީހުގައި މަސައްކަތް ކުރާތާ މިވީ އަދި އެންމެ އަހަރެކެވެ. އަހަރެން ކިޔެވި ސުކޫލަށް ހިދުމަތްކޮށްދެވޭތީވެ ވަރަށް ހިތްހަމަޖެހެއެވެ. ބައެއްފަހަރު ކުލާސްތައް ކުރިމަތިން ހިނގާއިރު އަހަންނަށް ވަރަށް މަޖާވެއެވެ. މީގެ ފަސް އަހަރުކުރިން އަހަންނަކީވެސް އެކުދިން ފަދައިން ސުކޫލް ކިޔަވާ ކުއްޖެކެވެ.

ބައެއް އަންހެން ކުދިން އަހަރެން ފެނުމުން ތުއިވެގެން ގޮސް ދެފައި އޮޅިގެން ވެއްޓޭއިރު ވެސް ނޭންގެއެވެ. އަނެއްބައި ކުދިން އަހަރެން ކުލާހަށް ގެންދަންވެގެން ގަސްތުގައި ޕްރޮޖެކްޓަރ ހަލާކުކުރެެެވެ. އެކުދިން އުޅޭގޮތުން ބައެއް ފަހަރު އަަހަރެންވެސް ކުދި ކުދި ސަމާސާ ކޮށްލަމެވެ. އެއިން ކުއްޖަކާ ދިމާއަށް ބަލާލާފަ ހިނިތުންވެލާފިއްޔާ އެދުވަހުގެ ކަންތައް އެޖެހުނީއެވެ. ހުއްޓާނުލާ އެވާހަކަ ދައްކާނެއެވެ.

އޮފީސް ނިމުނު ގޮތަށް އަހަރެނއ ދިޔައީ ޝައުން މެންގެއަށެވެ. ދޮރުގައި މަޑު މަޑުން ޓަކިދީފައި އަހަރެން އުއްމީދު ކުރީ ރަހުވާ ދޮރު ހުޅުވާނެ ކަމަށެވެ. އެހެނަސް ދޮރު ހުޅުވީ ޝައުންއެވެ. ޝައުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ޝައުންގެ މޫނު މަތިން ހިނިތުންވުން ފެންނަން ހުރުމުން އަހަރެންވެސް އުފާވިއެވެ.

“ޖެކް ވަދޭ. ޖީންއާ ރަހުވާ ވީ ކޮޓަރީގަ. އެބަ ގޮވަން” އަހަރެން ގޮސް ސޯފާގައި އިށީންނަން ވާއިރަށް ދުވަމުން ކަހަލަ ގޮތަކަށް ޖީނާ ކޮޓަރިން ނުކުމެގެން އައެވެ. “ޔޭ” އަހަރެން ފެނުމާއެކު އަތްތިލަ ބަޑި ޖަހަމުން ފުންމާލިއެވެ. ޖީނާގެ އެއަމަލުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ.

އަސުރަށް ބަންގި ގޮވަންދެކަށް އަހަންނާ ޝައުން ކުޑަކުދިން ފަދައިނން ޖީނާއާއެކީ ކުޅުނީމެވެ. ރަހުވާވެސް ދޭތެރެއަކުން އައިސް ބައިވެރިވެއެވެ. އެހެން އަންހެން ކުދިންނާ ޚިލާފަށް އަހަރެން ފެނުމުން ރަހުވާ އެހާ ތުއިވެގެންނެއް ނޫޅެއެވެ. އަހަންނާ ދިމާއަށް ބަލާލަނީވެސް މަދު ފަހަރަކުއެވެ. ބަންގީގެ އަޑަށް ކުޅުން ހުއްޓާލައިފައި ޖީނާ ނަމާދަށޭ ކިޔާފަ ކޮޓަރިއަށް ދިޔައެވެ. ޖީނާ ދިއުމުން ޖީނާގެ ބައްޕަ ކޮބާތޯ ރަހުވާއާއި ސުވާލު ކުރީމެވެ.

********

ރަހުވާގެ ނަޒަރުން:

އަހަރެން ނުވިސްނާ ހުއްޓާ އަޝްޖައު ކުރި ސުވާލުން އެއްވެސް އިޚްތިޔާރަކާ ނުލައި ލޮލަށް ކަރުން ޖަމާވިއެވެ. އަހަންނަށް އެހީވެދޭށޭ ބުނާފަދަ ގޮތަކަށް ޝައުންއާ ދިމާއަށް ބަލާލީމެވެ. ބޮލުގެ އިޝާރާތުން ކޮޓަރިއަށް ދިއުމަށް ޝައުން އެދުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އަދި ޖީނާއަށް ފެނުމުގެ ކުރިން ކަރުނަތައް ފުހެލައި ހަމައަކަށް އެޅެލީމެވެ.

*******

އަޝްޖައުގެ ނަޒަރުން:

އަހަރެންގެ ސުވާލާ ގުޅިގެން ރަހުވާއަަށް އައި ބަދަލުތައް ރީތިކޮށް އަހަންނަށް ފެނުނެވެ. “ޖެކް މުޅިން ނުބައި ސުވާލެއް ތިކުރީ!” ޝައުން ނުރުހިފައި ހުރެ ބުނެލިއެވެ. އިތުރު ތަފްސީލް ބޭނުންވާތީ އަހަރެން ދެކޮނޑު އަރުވާލީމެވެ. “ޖީނާ ބައްޕަ އެމީހުން ދޫކޮށްފަ ދިޔައީ. އެމީހުން ރާއްޖެއިން ބޭރުގަ ވަރަށް ހާލުގަ އުޅުނީ. ޖީނާ ބައްޕައަކީ އަހަރެންގެ ފްރެންޑެއް. އެހެންވެ ރަހުވާ މާލެ އަންނަން ވެގެން އަހަރެން ގާތު އެހީއަަށް އެދުނީ. ޖީނާ ބައްޕަގެ ވާހަކަ ދެއްކީމަ ރަހުވާ ވަރަށް ސަކަރާތްވޭ.” އަހަރެންގެ ހިތުގައި ރަހުވާއާ މެދު ހަމްދަރުދީ އުފެދުނެވެ. “ޝައުންގެ ފްރެންޑެއް ވިއްޔާ މަގޭވެސް ފްރެންޑަކަށްނު ވާނީ. ކާކުތަ ޝައުންގެ ފްރެންޑަކީ؟” ޖީނާގެ ބައްޕަ ހޯދަން އަހަރެންގެ ހިތް އެދުނީ ކީއްވެ ކަމެއް ނޭންގުނެވެ. “ޖެކްއަކަށް ނޭންގޭނެ. އެއީ އަހަރުން ރަށު ކުއްޖެއް. ހިނގާދެން ދާން. ޖަމާއަތް ކަޓާފާނެ” ޝައުން އުޅުނު ގޮތުން އަހަންނަށް ހީވީ ޖީނާގެ ބައްޕައަކީ ކާކުކަން އަހަންނަށް ނާންގަންވެގެން އުޅުނުހެންނެވެ. އަހަރެންވެސް އިތުރަށް ސުވާލުނުކުރީ ކިތަންމެ ވަރަކަށް އެހިއަސް ޝައުން ޖަވާބުނުދޭނެތީއެވެ.

*********

ރަހުވާގެ ނަޒަރުން:

ހަވީރު ކޮޓަރިއަށް ވަންގޮތަށް އަހަރެން ބޭރަކަަށް ނުނިކުންނަމެވެ. އަޝްޖައުގެ ސަބަބުން މޫޑުއެކީ ވަަނީ ޚަރާބުވެފައެވެ. ޖީނާވެސް މިރޭ އަވަހަށް ނިދާފިއެވެ. އަހަރެން އިނީ ކޮޓަރިން ނުނިކުންނަންށެވެ. އެހެނަސް ކޮޓަރީ ޓަކިޖަހާ އަޑުއިވުމުން އަހަންނަށް މަޖުބޫރުވީ ކޮޓަރިން ނުކުންނާށެވެ. ބޮލަށް ބުރުގާއެއް މަހާގެން ދޮރު ހުޅުވިއިރު ދޮރު ކުރިމަތީ ހުރީ ޝައުންއެވެ.

ޝައުންގެ ފަހަތުން އަހަރެން ގޮސް ސޯފައިގައި އިށީނީމެވެ. “ރަހުވާ. ޔޫ ހޭވް ޓު ބީ ބެރޭވް. ތިހާ ފިނޑިވެގެން މިކަމެއް ނުވާނެ. އެނގޭ ރަހުވާއަަށް އުނދަގޫ ވާނެކަން ވެސް” ޝައުންގެ އޯގާތެރި ބަސްތަކުން އަހަންނަށް ރޮވޭގޮތްވިއެވެ. ހިތްވަރުގެ އެކަހަކަ ބަހެއް މީހެއްގެ ފަރާތުން ނުލިބޭތާ ހަތަރު އަހަރަށް ވުރެ ގިނަދުވަސްވީއެވެ. އަހަރެން ބޭނުންވީ ޝައުންގެ އަތުތެރޭ އޮވެ ހިތްފުރޭ ވަރަށް ރޯލާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހުވަފެނުގެ ރާނީ 8

Next

ބޭވަފާތެރި އެކުވެރިޔާ 1

Next
November 4, 2018

ބޭވަފާތެރި އެކުވެރިޔާ 1

Previews
November 4, 2018

ހުވަފެނުގެ ރާނީ 8

12 Comments!

  1. Kiyara says:
    November 4, 2018 at 2:02 pm

    Slm alaikum. Mihury vaahakaige 5vana episode. Kiyuntherinnah mi bai kamudhaane kamah ummedhukuran.
    Kiyara

  2. Uknwme;) says:
    November 4, 2018 at 2:11 pm

    Yayyyy! Im the first ! Thankyou kiya ehaa avahah up kohdheythyve ..waiting for the next part ???

  3. liyaa says:
    November 4, 2018 at 2:22 pm

    thankohlhe kuru dhw digukohla deebala plz nice keep it up

  4. Axu says:
    November 4, 2018 at 4:53 pm

    V salhi keep it up???????????❤❤??????

  5. Reader says:
    November 4, 2018 at 7:41 pm

    Who is rahuvaa…..Janna ge kokko dhw…nd kid aky jeck nd Janna ge baby dhw

  6. Huda says:
    November 4, 2018 at 8:03 pm

    varah salhimi bai… dhen oii bsai kon irakun up vssny??

  7. afuar says:
    November 4, 2018 at 8:19 pm

    varah salhi ingey vahaka

  8. Pinky says:
    November 5, 2018 at 8:19 am

    v salhi.dhen oih part avahin up kohladhyba

  9. k. bye says:
    November 6, 2018 at 2:32 pm

    Woww!!!! Vrh salhi mi prttt vesss.. mmm… when nxt prt???

  10. Iraa says:
    November 6, 2018 at 2:33 pm

    awesome. Kiyaa!! Your stories hama varah salhi. May allah bless You ❤️

  11. Twinkle? says:
    November 8, 2018 at 12:47 pm

    Mi stry ge trailer kii fahun online eh nuvevey… ehnve nueh kiyey… dhn miadhu ekkh mi kiyaaly… enme furathama trailer in vs ngijje rythi vaane kan… kiyaage hurihaa stry eh vs hama habeys… masha allah… keep it up dear… well, mi part vs hama vvv salhi masha allah… whn nxt part??? Really curious

    1. Twinkle? says:
      November 8, 2018 at 12:49 pm

      Aslu rahuwa ae jannath dhw… nan chnge khfa dhw ehury

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟6←


All Right Reserved!