“ތިޔަ ކުރަނީ ފަރުވާތަ ސިހުމާގެ ފުރާނަ ސަލާމަތް ކުރެވޭނެތަ! ހީވެތަ އޭނާގެ ހިތުގައިވާ ހަ ބްލޮކަކީ މަރުވުމުގެ މަގު ފާރެއް ހެން… އިރުއަރާއިރު ބަލާތި!” އިންޒާރެއް ދީފައި މައްޗަށް އަރައިގެން ގޮސް އެ ކުޑަދޮރުން ނިވާވެލިއެވެ. ބޮކިތައް ދިއްލިގެން ދިޔައިރު ހުސީ ހުރީ ނިކުމެއެވެ. ފިރިމީހާގެ އެހީގައި ގޮޑިއެއްގައި އިނދެގެން ނަމާދުކޮށް ލެވޭތޯ އުޅުނެވެ. ނަމާދަކީ ކޮންމެ ހާލެއްގައިމެ ކުރަން އަންގަވާފައިވާ އަޅުކަމެކެވެ. މިއަދު ނުކުރަން މާދަމާ ކުރަން ފަށަން ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ދުޢާތަކާއި ތަޝްބިހަތާކާއި […]
ޝަބާ އަށް ހޭލެވުނީ ފެންބޮވައިގެންނެވެ. އޭނާ ނުކުތީ ބަދިގެޔަށް ދިއުމަށެވެ. އޭރު ގޭތެރޭގައި ގުރުއާނުގެ އަޑު އިވެއެވެ. އެހެންމަ އޭނާ އަޅާނުލާއި ބަދިގެޔަށް ގޮސް ފެންފޮދެއް ބޯލިއެވެ. އެނބުރި ކޮޓަރިއަށް ދާނަމޭ ހިތާ އެނބުރިލީރަށް ޝަބާ ހުއްޓުން އެރިއެވެ. ނޭވާ ތާށިވިއެވެ. *ޕާރޓް-9* ކުރިމަތީ އެހުރި ސޫރައަކީ ޝަބާ މީގެން ދުވަހަކު ދެކެން ބޭނުންވި މޫނެއް ނޫނެވެ. އެއްމެ ނަފްރަތުކުރާ އެއްމެ ބިރުގަންނަ މޫނެވެ. އެއީ އިޔާދު އެވެ. އިޔާދުއަކީ އިންސާނެއް ނޫންކަން ޝަބާ އަށް މާކުރިން […]
ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގުތައް މަތިން ދުއްވާ އެއްޗެއްގެ ހިސާބު ވެސް ފެންނާކަށް ނެތެވެ. މޫސުން ރީތި ދުވަހެއް ކަމުން ކަޅު ވިލާކޮޅެއްގެ މިނަވަރު ވެސް އުޑުމަތިން ނުފެނެއެވެ. މަދު މަދުން މަގުމަތައްމަތީގައި ހިނގާ މީހުން އެމީހުންގެ މަސައްކަތައިގެން ކުރިއަށް ދާތަން ފެނެއެވެ. ކޮޓަރީގެ ބެލްކަނިން ބޭރު ބަލަން ހުރީ ޒުވާން އުމުރުގެ އަންހެން ކުއްޖެކެވެ. ބަލާބެލިމަށް 17 ވަރަކަށް އަހަރު ވާނެއެވެ. ދިގު އިސްކޮޅަކާއި އެކު ރީތި ދޮން ހަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ވައިގެ ތެރެޔަށް […]
ޒޯޔާގެ މޫނުމަތިން ފެނުނު ނުރައްކާތެރި ހިޔަޅު ހިނިތުންވުމުގެ ސަބަބުން ޔޫލީގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ‘ އެއީ ހަމަ ގައިމުވެސް ކަމެއް އެނގިގެން އަދި ރާވައިގެން ހުންނަ މީހަކު ތުންފަތަށް ގެންނާނެ ބަދަލެއްކަން ގައިމެވެ.’ ޔޫލީގެ ހިތުގައިވިއެވެ. މާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނަމަވެސް ދެނެގަނެވުނު ކަންތަކުގެ ސަބަބުން ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޔޫލީ… ” ރިލްވާން ކެތްމަދުވެފައިވާ ރާގެއްގައި ބުންޏެވެ. އޭނާވެސް ހެދުން އަޅާފައިވަނީ ނުހަނު ޕާޓީއާއި ގުޅޭނޭހެންނެވެ. ޖަންގަލް ގްރީން […]
ދެފަރާތަށް ބޯ ހަލުވާލަމުން އިނާޔާ ރީތިވާން ފެށިއެވެ. ޝަރާގެ ކަންކަން ހުންނަ ގޮތުން އިނާޔާއަށް އެގޮތް ކަމު ނުދަނީއެވެ. ރިޒޯޓަށް ދިޔަފަހުން ނަޝާޔާގެ ހާލު ބަލާލާ އެކުއްޖާއާ ވާހަކަ ދައްކާލަން އަދި ގުޅާނުލައެވެ. ކުރާނީ ކީއްހެއްޔެވެ؟ އެވެސް މަންމައެކެވެ. “މިންހާ…! ޝަރާ އެބުނި ކަމެއް ކުރަން މަ މިދަނީ.. ދެން ނޭނގެ މިރޭ އަވަހަށް ގެއަށް އާދެވޭނެ ކަމެއްވެސް.. ނަޝާޔާ ހުރީމަ އޭނަ އެކަނި ކޮށްފަ އަހަރުން ދެ މީހުންނަކަށް ވެސް ނުދެވޭނެއްނު.” އަޅާފައި ހުރި ޝޯލް […]
އަހަރެންގެ ދިރިއުޅުމުގެ ހުރިހާ އުންމީދުތަކެއް އެކީގައި ފުނޑުފުނޑުވެ، މުޅި ދުނިޔެ މަތިން އަހަރެން މުޅިން ފޫހިވެއްޖެއެވެ. ހިތާމައިގެ ބޮޑުކަމުން ހަށިގަނޑުން ހަކަތަ ހުސްވެ، އަމިއްލަ ފައިމައްޗަށް ކޮޅަށް ހުންނާނެހާ ހިތްވަރުވެސް އެއްކޮށް ނެތިދިޔައެވެ. ހިތާމައިގެ ފުން ކަނޑަކަށް ގެނބި، ހޭވެރިކަން ނެތް ހާލެއްގައި އެތައް އިރަކު އޮންނަން ޖެހުމުގެ ސަބަބުން، އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ލޯބިވާ ދަރިފުޅުގެ ކަށިނަމާދާއި، ޖަނާޒާގެ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ އެންމެ ފަހު ފުރުޞަތުންވެސް އަހަރެން މަޙްރޫމްވިއެވެ. އެ މައުސޫމް މޫނުގައި […]
” މޮނިޓަރުން އަޑު ކިޔާލިއެވެ. ރޫހު ނެތް އެ ރީނދޫ ރޮނގުތައް، ވާހަކަ ދައްކަން ފެށިއެވެ. ދިވެހި ބަހުން މޮނިޓަރު ބުނި ކަހަލައެވެ. ” މޮނިޓަރ: ހިތުން ހަ ބްލޮކް ނެގިޔަސް… ހަ ހޮޅި ތިހުރީ ލައްވާފައޭ. ” ރަޚުމެތް އެ ބަސްތަކުގައި ނެތެވެ. ހަޅޭއް ލަވައި ގެންފައި ދުއްވާއިގަންނަށްވީއޭވެސް ހުސީ ހިތަށް އެރިއެވެ. އަތުގައި އައިވީ ގުޅާފައި އޮތުމުން ދެވޭ ގޮތެއް ނުވިއެވެ. މެޝިނުތައް ވާހަކަ ދެއްކުމަކީ ބިރު ކުޑަ ކަމެއް ހެއްޔެވެ؟ ބޮކިތަކަށް ވާނެ […]
”މަންމާ…. ބައްޕާ މީ އަހަރެން އިންނަން އުޅޭ ކުއްޖާ….މެހެކް“ ޔުވާންގެ ޖުމްލައިން އެންމެ ބޮޑު ސިހުމެއް ލިބުނީ ލިއަމް އާއި ޔަލްވީއަށެވެ. ”ވަޓް؟؟ ދޮންބޭ!!“ އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުރި އިރު ޔަލްވީއާއި ލިއަމްގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ. ”ދަރިފުޅާ މަންމަ ވަރަށް އުފާވެއްޖެ… މަންމަމެން އަބަދުވެސް އިންތިޒާރު ކުރަމުން އައީ ދަރިފުޅު މަންމައަށް ޅީދަރިއަކު ހޯދައިދޭނެ ދުވަހަކަށް“ ރާމިޒާ ހުރީ އުފަލުން ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުންވެލައިގެންނެވެ. ރާމިޒާ އާއި ފިރިމީހާ […]
ޖޫނާ ދާގީ ތައްޔާރު ކުރަމުން ދިޔައެވެ. ދެތިން ހެދުމަކާއި ފަރިވާ ސާމާނު އެޅިއެވެ. ލެޕުޓޮޕާއި އެހެނިހެން ސާމާނުވެސް ލިއެވެ. ބޭނުން ވެދާނެކަމަށް ހީވާ ޒާތުގެ ތަކެތިވެސް ލައި ދާގީ ފުރާލިއެވެ. ވައިގެ ބަނދަރަށް ދިޔުމަށް ކުއްޔަށް ހިފައިގެން ކާރެއްގައި ދިޔައެވެ. ޖޫނާ ފައިސާ ދެއްކުމަށް ފަހު ކާރުން ފައިބާ ވައިގެ ބަނދަރަށް ވަނެވެ. އޭނާއަށް މީހަކު ފާރަލާ ކަމުގެ އިހުސާސް ވަމުން ދިޔައެވެ. ނަމަވެސް އެއްވެސް ދިމާއަކުން އެކަހަލަ މީހަކު ފެންނާކަށް ނެތެވެ. ދާގީ ހިފައިގެން މަތިންދާބޯޓަށް […]