ދުރުދުރުގައި ފައި އަޅަމުންއައި ނިކަތުގެ ހިނގުން މަޑު ދުވުމަކަށް ބަދަލުވިއިރުވެސް އޭނާއަކަށް ރެއަކާއި ނުލިއެވެ. ކުރިން ދުވަހެއްގައި ގޭގެ އެތެރެއިން މީހަކު ހުރަސްކުރިހެން އޭނާއަށް ހީވިއެވެ. ފަހަރުގައި އެހެން މީހަކުވެސް ހަމަ މިމަގުން ހިނގާފައި އައިސް ދާނެއެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ ހުއްޓިފައި ފަހަތަށް ނުބެލުމަށެވެ. ނިކަތު ކަންތައްވެސް ކުރީވެސް އެހެންނެވެ. ބޯ ކަނާތްފަރާތަށް މަޑުމަޑުން އަނބުރާލިއިރު އެމީހާވެސް ބާރު ހިނގުމެއްގައި އާދެއެވެ. ކުއްލިއަކަށް އޭނާގެ ފައިން ވާގި ދޫވިހެން ހީވެއެވެ. އެއްވެސް ވަރަކަށް […]
މުޅި މާހައުލު ވަނީ ރަން އަލިކުލައިން ދިއްލާ އަޅާފައެވެ. ރީތިރީތި މާކޯނި ތަކުން ޖަރީ ކޮށްފައެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ކަނޑު ނޫކުލައާއި އަޅި ކުލައިގެ ފަރުމާތަކެވެ. ކާމޭޒްތައް އަޅި ކުލައިގެ ފޮތިން ޖަރީ ކޮށްފައިވާއިރު، އެ މޭޒުތައް ކައިރީގައިވާ ގޮނޑިތަކުގައި ލައްވާފައިވަނީ ކަނޑު ނޫކުލައިގެ އުރަތަކެކެވެ. ފާރުގެ އެކި ހިސާބުތަކުގައި ދެކުލައިން އެއްކޮށްފައި މާބޮނޑިތައް ހަރުކޮށްފައި ހުރިއިރު، ސީލިންގް ގައި ހަރުކުރެވިފައިހުރި ޑިސްކޯ ލައިޓް ތަކުން ގަދަ ނޫކުލައިގެ ބޮޅުތަކެއް ރަންކުލައިގެ މާހައުލައް އެޅިފައިވެއެވެ. […]
އެއީ ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކާޅާއި ބަކަމޫންގެ އަޑު ފަޒާގެ ހިމޭންކަން ނަގާލާއެވެ. ފުރިހަމަވެފައިވާ ހަނދު ފަރުދާވެފައިވަނީ ހުދު ވިލާގަނޑެއްގެ ފަހަތުގައެވެ. ކޮޓަރި ތެރެއިން އިވެމުން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ. އަސަރުގަދަ ރުއިމެކެވެ. އެ އެ ރުއިމުގެ އަޑުން އަސަރު ނުކުރާނެ ހިތެއް ނުވާނެކަން ގައިމެވެ. “އޭތް..ރޯންވީކީ ނޫނޭ..ދޭބަލަ މަށަށް ކާން ހަދަން..” އަނދިރި ކޮޓަރިތެރެއަށް އަލިކަމެއް އެޅުނީ މައިދޮރު ހުޅުވުމުންނެވެ. ބާރު ހިނގުމެއްގައި އައި ކަޅު ހިޔަނި ހިފައިގަތީ ކޮޓަރީގެ ކަނުގައި […]
***** ފަސް އަހަރު ފަސް**** ނޯޓު: މިބައި ފެށިފައި މި ވަނީ އަޝްޖައުގެ ނަޒަރަކުން ނޫނެވެ. ބްރިޖްމަތިން ކާރު ދުއްވާފައި ދިޔައިރު ފެންނަމުން ދިޔަ މަންޒަރުތަކުން އަހަންނަށް ހުރެވުނީ އާޝޯޚުވެފައެވެ. ފޮޓޯތަކުން ރައްޖޭގެ ރީތިކަން އަހަންނަށް ފެނުނެވެ. ފޮޓޯތަކަށް ވުރެ ހަމަލޮލަށް ރާއްޖެ ފެންނަލެއް މާ ހިތްގައިމެވެ. “މަންމި ލުކް ޑޮލްފިންސް” މޫދުގައި ފުމެމުން ދިޔަ ކޯމަސްތައް އަހަންނަށް ދެއްކީ ޖީނާއެވެ. އަހަންނެކޭ އެއްފަދައިން ޖީނާވެސް އެހުންނަނީ ރާއްޖޭގެ ރީތި ކަމުން އާޝޯޚުވެފައެވެ. ޝައުގުވެރިކަމާއެކު ކޯމަސްތަކަށް ބަލަން […]
އެއީ ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކާޅާއި ބަކަމޫންގެ އަޑު ފަޒާގެ ހިމޭންކަން ނަގާލާއެވެ. ފުރިހަމަވެފައިވާ ހަނދު ފަރުދާވެފައިވަނީ ހުދު ވިލާގަނޑެއްގެ ފަހަތުގައެވެ. ކޮޓަރި ތެރެއިން އިވެމުން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ. އަސަރުގަދަ ރުއިމެކެވެ. އެ އެ ރުއިމުގެ އަޑުން އަސަރު ނުކުރާނެ ހިތެއް ނުވާނެކަން ގައިމެވެ. “އޭތް..ރޯންވީކީ ނޫނޭ..ދޭބަލަ މަށަށް ކާން ހަދަން..” އަނދިރި ކޮޓަރިތެރެއަށް އަލިކަމެއް އެޅުނީ މައިދޮރު ހުޅުވުމުންނެވެ. ބާރު ހިނގުމެއްގައި އައި ކަޅު ހިޔަނި ހިފައިގަތީ ކޮޓަރީގެ ކަނުގައި […]
” ބައްޕައަށް ފެންނަނީ ދަރިފުޅުމެން ކައިވެނިކުރަން” ބައްޕަ އަރީން ކައިރީގައި އިށީންނަމުން ބުންޏެވެ. މީރާ އާއި މަންމަ ތިބީ އަރީން ބުނާނެްްއެެއްޗެއްގެ އިންތިޒާރުގައެވެ. އަރީންއަށް ބުނާނެ އެއްޗެއް ނޭގިފައި އިދެވުނީއެވެ. ބައްޕަ ބުނީ ކާކާއި ކައިވެނި ކުރާ ވާހަކަބާއެވެ. އަރީން ހުރީ ނޭގުމެއްގެ ތެރޭގައެވެ. “ކާކާތޯ؟؟ ” އަރީންގެ މި ސުވާލުން މީރާގެ މޫނުގައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެ މަންޒަރު މަންމަ އަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. މަންމަ އަށް މީރާއާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ރަށުގެ ނަމާއި ވާހަކައިގައި އުޅޭ މީހުންގެ ނަންތައް ވާނީ ބަދަލުކޮށްފައެވެ. ޒީނާއަކީ އއ. އުކުޅަހު ސްކޫލްގައި ކިޔަވަމުންދިޔަ ކުއްޖެކެވެ. ކިޔެވުމުގެ އިތުރުން އަޚްލާޤީ ގޮތުންވެސް ސްކޫލްގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ. ކޮންމެ އަހަރަކު މުޅި ގްރޭޑުން އެއްވަނަ ހޯދައެވެ. ވުމާއެކު ގްރޭޑް ދިހައަކަށް ދިޔަ އަހަރު ސްކޫލްގެ ކެޕްޓަންކަން ލިބުނެވެ. ނަމަވެސް އަހަރުގެ މެދަކާއި ހިސާބަށް ދިޔަތަނާ ޒީނާގެ ކިޔެވުމާއި މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ނެގިމަޑުވެ ޚިޔާލަކަށް […]
.ކުއްލިއަކަށް އޯކާ އަށް ދެމިފައި އެހުރިތަަނަށް ހޮޑުލެވެންފެށިއެވެ.ހަމައެވަގުތު އަޅައިގަތް މާ ވަރުގަދަ އެލާރމް އާއެކު “އިޓްސް އަ ކާޑިއެކް އެރެސްޓް” އޭ ކިޔާ އެކަކު ހަޅޭއްލަވައިގަތް އަޑު އީން އަށް އިވުނެވެ. އެއާއެކު އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ.ނެގިނެގިފައި ހިތް ޖެހެން ފެށިއިރު ހީވަނީ ބޭރުގައި އޮވެ ތެޅެން ފެށީ ހެންނެވެ.ބޯ އަނބުރާގަތުމާއެކު ބެލެންސް ނުވެ ބިންމައްޗައްވެއްޓެން ދިޔަ އީން އަލްޔާން އާ ދިމާލަށް އަށް ދިއްކުރުމުން ހަމައެކަނި ފިރުމާލެވުނީ ގަދަމުށިކުލައިގެ އެ […]
އެ ކޮޅުން ބުނާ ވާހަކައިން އީނާލް ގެ ތުންފަތް މައްޗަށް ވެރިވަމުން ދާ ހިނިތުންވުމާ ވާހަކަދައްކަމުން އަތަށް ގެންނަ ހަރަކާތް ތަކުން އޭނާ އެ ވާހަކަ ދައްކަމުން ދަނީ ވަރަށް ގަޔާވާ މީހަކާ ކަން އެނގެއެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އީނާލް ފޯން ބޭއްވިއެވެ. އަދި އަލުން އޭނާ ލެޕްޓޮޕުން ކުރަން އިން މަސައްކަތަށް ސަމާލް ވިއެވެ. ކޮފީތަށި ހުސްވުމާއެކު އީނާލް އެ ހިފައިގެން ކައްކާ ބަޔަށް ވަތް އިރު ސާމިރާ އެހާ އަވަހަށް ބަދިގެ ތެރޭގައި […]