Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އިނގޭ ނަމަ 6

Aami Level 210 Stories100 Comments
November 5, 2018 4 Mins Read
12 Comments

“ދެން މާ އަނގަ ތަޅާނެ ކަމެއް ނެތޭ. ދެން ދަނީ އިނގޭ ހޮސްޕިޓަލްއަށް. މައި ދެކިލާ ހިތުން ހަމަ މިއައީ ވެސް. މާދަން ވާނެ މީޓުވެލަން” އަވްލީން ހޮސްޕިޓަލަށް ދާން ނައްޓާލީ މާ ލަސްވާތީއެވެ.

ގޭތެރެއަށް ވަދެގެން އައި ރާދިން ފެނިފައި އޭނާގެ މަންމަ ރައުދާ ގޮވައިލިއެވެ.

“ދަރިފުޅާ އާދޭ ކާން. ބައްޕަ ވެސް އިރުކޮޅަކުން ދުރުވާނެ ކާން.” ރައުދާ ލޯބިން އޭނާގެ ދިރިފުޅާއި ވާހަކަދެއްކިއެވެ.

“އެބަ އަންނަން ފެރްޝްވެލައިގެން މަންމާ.” ރާދިން އޭނާގެ މަންމައަށް ޖަވާބު ދެމުން ކޮޓަރި އާއި ދިމާލަށް ދިޔައީ ފެންވަރައި ތާޒާވެލަން ބޭނުންވެފައި ހުރިވަރުންނެވެ.

“ރައުދާ އަދިވެސް ރާދިން ނާދޭތަ؟” ކާން އިށިންނަމުން ރިޔާދު އޭނާގެ އަންހެނުން ކުރެން އެހިއެވެ.

“އެ ސޮރު ވެއްޖެ ތާޒާވެލައިގެން ކާން އަންނާން ގޮސް” ރިޔާދުއަށް ކާން ތައްޔާރުކޮށްދެމުން ރައުދާ ޖަވާބުދިނެވެ.

އިރުކޮޅަކުން ރާދިން ވެސް އައިސް ކާމޭޒު ދޮށުގައި އިށީނެވެ.

“ދަރިފުޅާ. ބައްޕަ ދަރިފުޅު ގާތު ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން އެބައޮތް. ހީކުރަން ދަރިފުޅު ބައްޕަ ބުނާ ގޮތަށް ކަންތައް ކުރާނެކަމަށް.” ރިޔާދު ވަރަށް ލޯބިން އޭނާގެ ހުރި ހަމައެކަނި ދަރިފުޅާއި ވާހަކަދެއްކިއެވެ. ހުރިހަމައެކަނި ދަރިފުޅަށް ވުމުން ރިޔާދު އާއި ރައުދާ ރާދިން ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.ރާދިން ވެސް އޭނާގެ މައިންބަފައިން ދެކެ އިންތިހާއަށް ލޯބިވެއެވ.

“ކޮންކަމެއް ތޯ ބައްޕާ؟ އިރާދުކުރެއްވިއްޔާ ބައްޕަ ބުނުއްވާ ކަމެއް ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަން.” ބައްޕަ ދައްކަން އުޅޭ ވާހަކައެއް ނޭގުމުން ކުޑަކޮށް ހާސްވި ނަމަވެސް ހަމަޖެހިލަމުން ރާދިން ޖަވާބުދިނެވެ.

“ބައްޕަގެ ވަރަށް ގާތް ރައްޓައްސެއް މާދަން މާލެ އާދޭ އެބަ. އޭނަގެ ހުރޭ އަންހެން ކުއްޖެއް. ބައްޕަ ބޭނުން ދަރިފުޅު އެއްފަހަރު ނަމަވެސް އެ ކުއްޖާ އާއި ބައްދަލުކޮށްލަން. ބައްޕަ ދަރިފުޅަކަށް މަޖުބޫރެއް ނުކުރާނަން. އެކަމު ދަރިފުޅަށް ވެސް އިނގޭނެ މިހާރު ދަރިފުޅު ތިހުރީ މީހަކާއި އިންނަވަރު ވެފައިކަން. އަބަދު ތިހެން މަސައްކަތައް ހުސްވެގެން ވެސް އުޅޭކަށް ނުވާނެއެއްނެ.” ރިޔާދު އޭނާ ބުނަން ބޭނުންވާ ވާހަކަ ރާދިން އަށް ކިޔާދިނެވެ. ރާދިން މީހަކައާއި އިންދެގެން އުފާވެރި ހަމަޖެހޭ ދިރިއުޅުމުއް އުޅޭތަން ދެކެން ރިޔާދު ވަރަށް ބޭނުންވެއެވެ.

ރާދިން ކުޑައިރުކޮޅަކު ވިސްނަން އިނދެފައި އެންމެ ރަނގަޅުކަމަށް ބުންޏެވެ. ބައްޕަ އެފަދަ ކަމަކަށް އެދުމުން ރާދިން އަށް ސީދާ އިންކާރުކުރާކަށް ނުކެރުނެވެ. ނަމަވެސް ހިތުގެ ކަނެއް ގައި އަވްލީންގެ ނަން ފޮރުވިފައި އޮތެވެ.

ގޭތެރެއަށް ވަދެގެން އައި އަވްލީން ސިހުނީ އޭނާގެ ކަންފަތައް އިވުނު އަޑެއްގެ ސަބަބުންނެވެ. އެއީ ހަމަ ހަގީގަތެއްބާއޭ އަވްލީންގެ ހިތައް އެރިއެވެ. ދެވަނަ ފަހަރަށް ވެސް އެ އަޑު އިވޭނެ ނަމައޭ ހިތަށް އެރިއެވެ.

“ދަރިފުޅާ އަވްލީން. ތިއައީތަ މިހާރު؟ ބަނޑުހައި ވެފަ ދޯ މިހާރު ހުންނާނީ ވެސް. ދޭ ގޮސް ގައިދޮވަލައިގެން ކާން އަންނަން. ދަރިފުޅު އަންނަންވާއިރަށް މަންމަ ކާން ތައްޔާރުކޮށްލާނަން.” އަވްލީންގެ ހައިރާންކަން އިތުރުވީ ޔާސިރާ އޭނާ އާއި އެހާ ގާތްކޮށް އަދި ލޯބިން ވާހަކަދެއްކުމުންނެވެ. މަޔެއްގެ ލޯތްބަށް ފެންބޮވައިފައިވާ އަވްލީންއަށް އުފަލުން ރޮވުނެވެ. މިދުވަހަށް އޭނާއަށް ހާދަ އިންތިޒާރެއްކުރެވިއްޖެ ހެއްޔެވެ. ކެއްތެރިކަމުގެ މޭވާ ފޮނިވާނެއޭ ބުނާ އަޑު އަވްލީން އަބަދުވެސް އަހައެވެ.

އަވްލީން ޔާސިރާއަށް ހިނިތުންވެލަމުން ބޯ ޖަހައިލައިފައި ކޮޓަރިއާއި ދިމާލަށް ދިޔައީ ތާޒާވެލައިގެން ކާން އައުމަށެވެ. ކޮޓަރިއާއި ދިމާލަށް ދިޔަ އަވްލީން އަށް ބަލަން ހުރި ޔާސިރާގެ މޫނު މަތިން ފެންނަން ހުރީ ނުލަފާ ހިނިތުންވުމެކެވެ.

“މިފަހަރު މިކަންތައް ކުރާނަން.” އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ޔާސިރާ މިހެން ބުންއިރު އެ މޫނުމަތީގައިވާ ހިނިތުންވުން ފުންވެގެން ދިޔައެވެ.

ކޮޓަރިއަށް ވަން އަވްލީން ހުރީ ވަރަށް އުފާވެފައެވެ. 23 އަހަރު ވަންދެން އެ ލޯތްބަކަށް ފެންބޮވައިގަނެފައި ހުރި މަންމަ އެއްގެ ލޯބި ލިބުމުން އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. ނަމަވެސް ކުރިމަތީވާން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއް އަވްލީން އަކަށް ނުވެއެވެ. އަވްލީން އަވަސްކޮށްލައިގެން ކާގެއަށް ދިޔައީ ޔާސިރާ ކާން އަންނަން ބުނެފައި އޮތުމުންނެވެ.

“އަނހާ ދަރިފުޅު ތި އައީ ދޯ؟ އަވަހަށް އިށީންދޭ. މަންމަ މި ހުންނަނީ ވެސް ދަރިފުޅު އަންނަން ދެން.” ޔާސިރާ ލޯބިން އަވްލީން އާއި ވާހަކަ ދެއްކުމުން އަވްލީން ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ޔާސިރާ އެދުނުގޮތަށް އަވްލީން ގޮނޑިއެއްގައި އިށީނެވެ.

“ދަރިފުޅަށް އިނގޭ ދޯ މާދަން ބައްޕަ އަންނަކަން؟ ބައްޕަ ދެން އެއްކޮށް މިކޮޅުގަ ހުންނަ ގޮތަށް އެ އަންނަނީ.” ޔާސިރާ މަޑުމަޑުން އޭނާގެ ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ.

“ލައްބަ މަ.. މަންމާ.. ޒީން ބުނި ބައްޕަ މާދަން ދުރުވާ ވާހަކަ.” ޖެހިލުންވެފައި އިން ނަމަވެސް އަވްލީން ޔާސިރާގެ ސުވާލަށް ޖަވާބު ދިނެވެ.

“ބައްޕަ ދުރުވީމަ ދަރިފުޅަށް ވަރަށް ބޮޑު ސަޕްރައިޒްއެއް ލިބޭނެ. މާދަން ރޭ 8 ޖަހާއިރަށް ތައްޔާރުވެގެން ހުންނާތި އިނގޭ” ޔާސިރާ އޭނާގެ އަސްލު މައުލޫއާއި ދިމާލަށް ވާހަކަ ގެންދަން ފެށިއެވެ.

ވަކި އެއްޗެކޭ ބުނުމެއް ނެތި އަވްލީން ބޯޖަހައިލިއެވެ. އަދި ކެއުމައިގެން ކުރިއަށް ދިޔައެވެ. ނަމަވެސް ކުޑަވަރެއްގެ ހާސްކަމެއް އަވްލީންގެ ހިތުގައި ވިއެވެ. އަނެއްކާ މަންމަ މި ދައްކަނީ ކޮން ސަޕްރައިޒް އެއްގެ ވާހަކައެއް ބާއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މަންމަގެ ރުހުމާއި ލޯބި ލިބުމުން އަވްލީން އެހެން ކަންތަކާއި ވިސްނާކަށް ބޭނުމެއް ނޫނެވެ. އެ ލޯތްބަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އަވްލީން ހުރީ ކުރަން ތައްޔާރަށެވެ.

ކޮޓަރީގެ ކިންގް ސައިޒް ބޮޑު އެނދުމަތީ އޮށޯވެގެން އޮތް ރާދިން އަށް ވިސްނެމުން ދިޔައީ ބައްޕަ ދެއްކި ވާހަކަ އާއި ދޭތެރޭގައެވެ. ބައްޕަ ކަމަކަށް އެދުމުން ދެކޮޅު ހަދަން ނުކެރުނު ނަމަވެސް ރާދިންގެ ހިތް ވަނީ އަވްލީން އަށް ދެވިފައެވެ. އެންމެ ފަހުން ވަރަށް ވިސްނުމަށް ފަހު ރާދިން ނިންމީ ބައްޕަގެ ހިތް ރުއްސަން އެ އަންހެން ކުއްޖާ އާއި ބައްދަލުކޮށްލަން ދިއުމަށެވެ.

ޖެހިގެން އައި ދުވަހު ކުޑަކޮށް ބޮލުގައި ރިއްސާތީ އަވްލީން ޑިއުޓީއަކަށް ނުދެއެވެ. ގޭތެރޭގެ ކަމެއް ކޮށްލަން ބޭރަށް ނުކުތުމުން ޔާސިރާ އަވްލީން ކޮޓަރިއަށް ފޮނުވީ އަރާން ކުރުމަށް ބުނެފައެވެ. އަދި އެ ފީޑު ފާޑުގެ އެއްޗިސް ގެނެސް އަވްލީން އަށް ކާންދީ ވެސް ހެދިއެވެ.

“ބައްޕަ އަންނާނެ އިރުކޮޅަކުން. މާޒިން މަންމައަށް ގުޅާފަ ދެންމެ ބުން ބައްޕަ މެންގެ ބޯޓު އައިސް ޔޯ!!” ޔާސިރާ އިނީ އަވްލީން އަށް އާފަލެއް ކޮށާގެން ގެނެސް ކާން ދޭށެވެ.

“މަންމާ ކޮން ސަޕްރައިޒްއެއްގެ ވާހަކައެއް ތޯ މަންމަ އިއްޔަ ނަންގަތީ؟” އަވްލީން އަށް ނީނދެވިގެން އެންމެ ފަހުން އެ ހިތުގެ ތެރޭގައި އޮތް ސުވާލު ދުލާއި ހަމައަށް ގެނެވުނެވެ.

“ބައްޕަ އައީމަ އިނގޭނެ ދަރިފުޅަށްވެސް. އިހަށް މަޑުކޮށްލާ.” ޔާސިރާ އަވްލީންގެ މޫނުގައި ފިރުމައިލަމުން ބުނެލިއެވެ.

ފަނަވަރަކަށް މިނެޓް ތެރޭގައިި މިރުހާން އާއި މާޒިން ގެއަށް އައެވެ. މާޒިން އަށް އިތުރަށް މަޑުކުރެވެން ނެތުމުން މިރުހާން ގެއަށް ލުމަށް ފަހު އޮފީހަށް ދިޔައެވެ.

މިރުހާން ކުޑަކޮށް ތާޒާވެލައިގެން އަވްލީން ކައިރިއަށް ދިޔައެވެ.

“ދަރިފުޅާ އަވްލީން. ބައްޕައަށް އިނގޭ ދަރިފުޅާއި ދޭތެރޭގައި ބައްޕައަށް ކަންތައް ކުރެވިފައި އޮތީ މުޅިން ރަނގަޅަކަށް ނޫން ކަން އަދި އެކަމަށް މި ބައްފަ މާފަށް އެދެން.” މިރުހާން އަވްލީންގެ ކިބައިން މާފަށް އެދުމުން އަވްލީންގެ ދޮލޯ ފެންކަޅިވެގެން ދިޔައެވެ.

“ބައްޕަ ނުޖެހޭނެ މާފަށް އެދޭކަށް. މާޒީގައި ވެފައި އޮތް ކަމަކާ ދޭތެރޭ ވިސްނުމުން ވާނެ ފައިދާއެއް ނޯންނާނެއެއްނު.” އަވްލީން މިރުހާން ގެ މޫނަށް ބަލައިލަމުން ޖަވާބު ދިނެވެ.

“ބައްޕަ ދަރިފުޅު ކައިރިއަށް މި އައި ވަރަށް ބޮޑުކަމަކު އެދެން ވެގެން. ހީކުރަން ދަރިފުޅު މިކަމަށް އިންކާރު ނުކުރާނެ ކަމަށް. މީ ބައްޕަ ދަރިފުޅަށް ވެސް ވިސްނާފަ ދަރިފުޅަށް ރަނގަޅަކަށް ކުރާކަމެއް.” މިރުހާން އަވްލީން ކުރެން އަހައިލިއެވެ.

“ބައްޕަ ބުނުއްވި ކަމެއް ވިއްޔާ ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތްކުރާން. ކޮންކަމެއް ތޯ އަޅުގަނޑުކޮށް ދޭން ވީ؟” އަވްލީން ވަގުތުން ޖަވާބު ދިނީ މިރުހާން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

“ބައްޕަގެ ވަރަށް ގާތް ރައްޓައްސެއްގެ ފިރިހެން ދަރިފުޅު އަންނާނެ މިރޭގަ ދަރިފުޅާއި ބައްދަލުކޮށްލަން. ބައްޕަގެ ވަރަށް ބޮޑު އެދުމެއް އެއީ ދަރިފުޅު އެ ކުއްޖާ އާއި ގުޅުން.” މިރުހާން ސީދާ މައުލޫއަށް ދިޔައެވެ.

އަވްލީން އަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވްލީން އަދި މީހަކާއި އިންނާކަށް ބޭނުމެއް ނުވެއެވެ.

“އެކަމް ބައްޕާ އަޅުނޑު އަދި މީހަކާއި އިންނާކަށް ބޭނުމެއް ނޫން.” ވަރަށް ނުކެރިފައި އިނދެވެސް އަވްލީން އިއްވާލިއެވެ.

“ބައްޕައެއް ނުބުނެއެއްނު ދަރިފުޅު ކައިރީ މިހާރު މީހަކާއި އިންނާކަށް. އެ ކުއްޖާ އާއި ބައްދަލިކޮށްލެވިދާނެ އެއްނު ދޯ؟ ބައްދަލުކޮށްލާފަ ދެ ކުދިން ބޭނުން ވަންޏާ ކައިވެންޏާއި ހަމައަށް ދާނީ.” ޔާސިރާ ވެސް އެ ވާހަކައިގައި ބައިވެރިވެލަމުން ބުނެލިއެވެ. ކޮންމެ ގޮތެއް ހަފައިގެން ނަމަވެސް މި ކައިވެނި ކުރުވަން ޔާސިރާ ބޭނުންވެއެވެ. އޭރުން މި ސުންޕާ ކުއްޖާގެ ފަރާތުން މިންޖު ވެވޭނެއޭ ޔާސިރާގެ ހިތަށް އެރިއެވެ. އޭނާ އަވްލީން އާއި އެހާ ލޯބިން ވާހަކަ ދައްކާ ހެދީވެސް މި ބޭނުމުގައެވެ. ލޯބީގެ މަޅީގައި ޖައްސައިގެން އަވްލީން ރުއްސުމަކީ މާ ބޮޑު ކަމަކަށް ނުވާނެ ކަން ޔާސިރާއަށް ރަނގަޅަށް އިނގެއެވެ. އެހެންކަމުން ލޯބީގެ މަޅީގައި ޖައްސައިގެން އަވްލީން ލައްވާ އެ ކައިވެންޏަށް އާބަސް ބުނުވަން ކުރެވެން އޮތް ކަމެއް ވިއްޔާ ކުރަން ޔާސިރާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.

(ނުނިމޭ).

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

އެހަނދާން ފޮހެވޭތޯ ބެލިޔަސް 7

Next

ދެގަޑި ތިރީސް – 06

Next
November 5, 2018

ދެގަޑި ތިރީސް – 06

Previews
November 4, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް 7

12 Comments!

  1. Anonymous says:
    November 5, 2018 at 8:58 am

    Nice ? wen next avahah up koh dheh chey pls ❤

    1. Aami says:
      November 5, 2018 at 12:51 pm

      ? Thanks dear
      Vrh happy vejje story kamudhiyaaama next part vrh avahah kiyaaalan libeyne keep waiting.

  2. Reader says:
    November 5, 2018 at 12:05 pm

    Yaasiraa athukuri olhaigen ves the kureveny Hama v rangalhu kamekey buneveny?

    1. Aami says:
      November 5, 2018 at 12:52 pm

      ? Ehehehe yah dhw
      Yaasiraa ahves olhumakun ves rangalhu kameh eba kureveythaa dhw

  3. Yoosuf says:
    November 5, 2018 at 4:46 pm

    varah fakkaa surprise eh dho dhe kudhinnah dheyn eulheny avleen mammage faraathun thikahala dherathah ginaginain libeyne goiy medhuveri koh dhevvaasi

    1. Aami says:
      November 5, 2018 at 7:26 pm

      Ehehehe yah happy vejje story ? kamudhiyaama

  4. seekko says:
    November 5, 2018 at 6:38 pm

    ohh varah salhi? next part avaha up koh dhechey can’t wait ????

    1. Aami says:
      November 5, 2018 at 7:27 pm

      ? Thanks dear
      Vrh happy vejje story ehaa kamudhiyaaama

  5. Nunnu says:
    November 5, 2018 at 7:45 pm

    Poor yasira .. thanks a lot

    1. Aami says:
      November 5, 2018 at 9:57 pm

      ??

  6. Gud❤ says:
    November 5, 2018 at 8:41 pm

    Maashallah.. .. wt will happen next?????????????

    1. Aami says:
      November 5, 2018 at 9:58 pm

      Lets see dhw what happens in the next part
      Keep waiting for the coming episode ??

Comments are closed.

Next Episodeވާ ލޯބި އިނގޭ ނަމަ 7←


All Right Reserved!