އަލްޔާގެ އިތުރުން އެގޭ އެއްމެން ވެސް ތިބީ ލައިޒާ ގޮވައިގެން މާކިން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން ކަމުން އެންމެން ވެސް އެކި އެކި ވާހަކާގައި ތިއްބެވެ. އިސާހިތަކު އެހެން އިތުރު އިންތިޒާރެއް ނުކޮށް ފަރުޖެހޭ ގޮތްވިއެވެ. މާކިން ލައިޒާ ގޮވައިގެން އައިސް ވަނީ އެވެ. “ލައީ!!” މާކިން ލައިޒާ ގޮވައިގެން އައިސް ވަނުމާއެކު ފުއްމާފަ ތެދުވަމުން އަލްޔާ ގޮވައިލިއެވެ. “ތިއްތާ ކިހިނެތްތަ؟” އަލްޔާ ގައިގަ ބާރަށް ބައްދާލަމުން ލައިޒާ އަހައިލިއެވެ. “ތިއްތަގެ ހާލު ރަނގަޅު! ލައި […]
މި ވާހަކައިގެ ފަހު އެޕިސޯޑު ނުގެނެސް ދެވި ގާތްގަޑަކަށް އަހަރެއްހާ ދުވަސްވާތީ އަޅުގަނޑު އިނތިހާއަށް މާފަށް ޢެދެމެވެ. އަޅުގަނޑަށް ހަމަ ދެންނެވޭނީ، ދިރިއުޅުމުގަ ދިމާވާ ކަންތަތްތަކުގެ ސަބަބުން އަޅުގަނޑުގެ އަމިއްލަ ނަފުސަށް އަދި އަމިއްލަ ކަމަކަށް ހުސްވަގުތު ނުދެވުނީއެވެ. ނަމަވެސް މިހާރު އަޅުގަނޑު އިރާދު ކުރެއްވިއްޔާ މި ވާހަކައިގެ ފަހުބައި ކިޔުންތެރިންނާ ހަމައަށް ގެނެސް ދޭނަމެވެ. އަދިވެސް އެއްފަހަރު ކިޔުންތެރިންގެ އަރިހުން އިންތިހާއަށް މާފަށް ޢެދެމެވެ.
”އެއީ ކޮންކަމެއްތޯ؟ މަންމަ އަޅުގަނޑު ކައިރީގަ ނުބުނާނަންތޯ؟” އަލްޔާ ދެރަވެފަ އަހައިލިއެވެ. އޭރު ޖޫދު އިނީ ފެންކަޅިވެފަ އޭނަގެ މަންމަޔާ ދިމާލަށް ބަލަހަށްޓައިގެންނެވެ. “ތިދަރިފުޅު ކައިރީގަ މަންމަ ނުބުނާނެ ވާހަކައެއް އޮވެދާނެހެން ދަރިފުޅަށް ހީވަނީތަ؟ ތިދެކުދިންނަކީ މިމަންމަގެ ހުރިހާ ވެސް އުފަލަކީ..!” އަލްޔާއާ ޖޫދުއާ ދެބެއިން ގަޔާލާ ފިތާލަމުން ނަސްމާ ބުނެލިއެވެ. “ނޫން މަންމާ! އަޅުގަނޑު އެގޮތަކަށް ނުދެކޭނަން..! ދެން ބުނުއްވައްވީނުންތޯ..؟ މިހާރުވެސް އަޅުގަނޑުގެ ކެތްތެރިކަން ކޮޅުން ލައިފި!” ކެތްމަދުވެފަ ހުރި އަލްޔާ އަހައިލިއެވެ. ”އާނ ދަރިފުޅާ.. […]
ދުވަސްތައް އޭގެ ވާޖިބު އަދާ ކުރަމުން ގޮސް މިރެއަކީ އެރެއަށްޓަކައި ވަޒުނާ ފޮނި ހުވަފެންތައް ދެކެމުން އައި ރެއެވެ. މިރެއަކީ ވަޒުނާއާ އައިރަމް އާ ދެކުދިން ކައިވެނި ކުރަން ހަމަ ޖެހިފަ އޮތްރެއެވެ. އެހެން ކަމުން މުޅި އެ އާއިލާގެ މެންބަރުން ހޭބޯނާރާ އުޅެމުން ދިޔައީ ވަޒުނާ ބޭނުން ވާ ފަދައިން ބޮޑު ޕާރޓީއެއް ދިނުމަށެވެ. އެކަމާ ވަޒުނާ ހުރީ އިންތިހާޔަށް އުފާވެފައެވެ. ހަމަ އެކަނި ވަޒުނާގެ ވާހަކަ ނުވަތަ ވަޒުނާގެ އާއިލާގެ ވާހަކަ އެކަނި ދައްކާ […]
”އޭނަޔަށް މިކަންތައް ފަޅައި އަރައިފިޔޭ.!! ކޮންމެ ދުވަހަކު ހީވަނީ މަ ކައިފާނެހެން!!” އުޝާގެ އެންމެ ގާތް އެކުވެރިޔާ ނުޒުހާއާ ވާހަކަ ދައްކަމުން އުޝާ ބުނެލިއެވެ. “އެހެންތަ؟! ދެން ކިހިނެތް ހަދާނީ؟ މަބުނާނެ ވާހަކައެއް ނެތް..! އެމަކުވެސް އެއްބަސް ނުވާތި! ބުނާނީ ހަމަ ކަރަމްގެ ދަރިއެކޭ… ރާއްޖެތެރޭ ކައްޕަޅިން މާލެ އަރައި ގޮތަށް މާލެ މީހުންނާ އިންނަން އުޅެގަތީމަ ޖެހޭނެ ބޮލުގަ އެޅެންވެސް… ދޮގެއްތަ އަޅެ؟” އުޝާޔަށް އިތުރަށް ހިތްވަރު ދެމުން ނުޒުހާ ބުނެލިއެވެ. ”އާނ.. ޔަގީންތާ މަ […]
ހޮސްޕިޓަލު ތެރޭ ވިނާންމެން އިންތިޒާރު ކުރަމުން ދިޔައީ ވާފިރު ހޭލާނެ ވަގުތަކަށެވެ. އެހެން ކަމުން އައިސޫޔޫގެ ދޮރުމަތީ މޮގޯލި އަޅަނީކީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އިރު ކޮޅަކުން ހޭލާނެޔޭ ބުނިފަހުން ވެސް މިހާރު ގަޑިއެއްހާ އިރު ވެއްޖެ ވިއްޔާއެވެ. އެހެންވީމަ ވާނީ ވެސް އެހެންތާއެވެ. “ދަރިފުޅުމެން ދާންވީ ނޫން އެއްޗެއް ކާލައިގެން އަންނަން…؟ މާލެ އައި ގޮތަށް އެއްވެސް އެއްޗެއް ވެސް ނުކައެއް ނޫން ތިތިބީ..؟” ވިނާން ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ […]
”ބޭބީ އަދިވެސް ރުޅި އައިސްތަ؟” އަލްޔާ ފާޑަކަށް ހުރުމުން ވިނާން އަހައިލިއެވެ. މާލެދާން ޓިކެޓު އަވަސް ކުރިއްސުރޭން އަލްޔާ އިންނަނީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ. އޭނަ އެވަރަށް ތުން ދާމާފަ އިންނަ އިރު ވެސް އަވަހަށް މާލެ ދާން އުޅޭ ސަބަބެއް ވިނާންއެއް ނުބުނެއެވެ. ބުނާހާވެސް ވަރަކީ މާލެ ދިޔައިމަ އިނގޭނެ ކަމަށާއި މަންމަމެންނަށް ސަޕުރައިޒެއް ދޭންކަމަށެވެ. “ނޫން.. ކީއްވެ ރުޅި އަންނަންވީ؟ އަލް ހަމަ ހެޕީ..!” އުފާވެފަ ހުރިކަން މޫނުމައްޗަށް ގެންނަމުން އަލްޔާ ބުނެލިއެވެ. ” […]
”މިހާރު މިކޮޅަށް އައިތާ ވީކަކަށް ވުރެ ބޮޑު ވީއެއްނޫން… ދެން ކޮންއިރަކުންތަ މާލެ ދާނީ؟ މިހެން މިބުނީ މަންމަ ވެސް މާބޮޑަށް ބަލިވީމަ އެކަމަކު ލީ ބޭނުމިއްޔާ އިޖާ މަޑު ކުރާނަން…!” ރޭގަނޑުގެ ކެއުން ނިއްމާލައިފަ ބޭރު ޖޯލިފަތީގަ ވާހަކަ ދައްކަން ތިބެފަ އިޖާޒު އަހައިލިއެވެ. “ތިކަމާ ލީވެސް މިވިސްނަނީ މަންމަ ބަލިވިއިރު އިޖާ ނެތީމަ މަންމަ ވަރަށް ދެރަ ވާނެ… އަނެއް ކޮޅުން މަގޭ ޗުއްޓީވެސް ހަމަ ވަނީ..” ލީޒާ ވަރަށް ވިސްނާލައިފަ ބުނެލިއެވެ. “އާނ… […]
“އަޅެ ހާދަ ރީތި ރަށެކޭ މިއީ..!” ވެލިދޫ ބަނދަރަށް ލާންޗު ކައިރި ކުރުމާއެކު އަނގަ ގަދަ ލީޒާ ބުނެލިއެވެ. އިޖާޒު ވެސް ދަތުރުގައި ބައިވެރި ވުމުން ލީޒާ އިނީ އުފަލުން އަނގަ ވެސް ލައްޕާލަން ނޭގިފައެވެ. “ކޮބާ..! މަންމަ ބުނީމެއް ނޫން މިރަށް ވަރަށް ސަޅިވާނެޔޭ…” ލީޒާޔާ އެއްބައި ވަމުން ހައްވަ ބުނެލިއެވެ. “މި ރަށްހައި ރީތި ކުދިން ވެސް އުޅެޔޭ މިރަށުގަ ދޯ މަންމާ..؟!” އެއްމެން ހައްވަޔަށް މަންމަ ކިޔައިތީ އިޖާޒު ވެސް ހައްވައަށް މަންމަގެ […]