ރާދިންގެ ސިކުނޑީގައި ” އެހެން ނޫނީ ކޮންމެވެސް އެހެން ކުއްޖެއް އަހަރެން އަތުން ރާދް އަތުލަފާނެއެއްނު” މި ޖުމްލަ ހަރުލިއެވެ. ކިތެއްމެ ހަނދާންކުރަން ބޭނުން ނުވިޔަސް އެޖުމްލަ އަޑުއިވުމުން ރާދިން އަށް އަންޖަލް މަތިން ހަނދާންވިއެވެ. އަންޖަލް ރާދިން އާއި އަވްލީން އާއި ދެމީހުން ދުރުކުރުވި ގޮތެވެ. ނަމަވެސް މިފަހަރު އެއްވެސް އަންޖަލް އަކަށް އަވްލީން އާއި ރާދިންގެ ދެމެދަށް ވަނުމުގެ ފުރުސަތެއް ރާދިން އެއް ނުދޭނެއެވެ. “ކިހިނެތްވީ ރާދް؟ ރުޅިއައީތަ އަނެއްކާ؟” ރާދިން އެއްޗެކޭ ނުބުނެ […]
އަވްލީން ކައިރީގައި އިން ރާދިންގެ މޫނަށް ބަލައިލިއިރު ރާދިން އިނީ ރީތި ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮށްގެންނެވެ. އަވްލީން މަޑުމަޑުން އޭނާގެ އަތް ރާދިން ދިއްކޮށްގެން އިން އަތުގެ ތެރެއަށް ލިއެވެ. އަދި މަޑު މަޑުން “ޔެސް” އޭ ބުނެލިއެވެ. ރާދިން އަށް އަވްލީން ބުނި އެއްޗެއް އަޑުއިވުނީ އަވްލީން އާއި އެހާ ކައިރީގައި ހުރުމުންނެވެ. ނަމަވެސް ދުރުގައި ތިބި 3 މީހުންނަށް އަވްލީން ބުން އެއްޗެއް އަޑެއްނީވެއެވެ. ނަމަވެސް ރާދިން ދިއްކޮށްގެން އިން އަރުގެ ތެރެއަށް […]
އާންމުކޮށް ބޭރަށް ދާއިރު މާވަރަކަށް ރީތި ނުވި ނަމަވެސް މިއަދަކީ އަވްލީންގެ އުފަންދުވަސް ކަމުން ބޭރަށް ދާން ތައްޔާރުވެލީ އެހެން ފަހަރު ފަހަރާ ހިލާފަށެވެ. ލައިގެން ހުރި ގަދަ ރަތް ކުލައިގެ މެކްސީ އަވްލީންގެ ދޮން ހަށިގަނޑާއި ނުހަނު ގުޅެއެވެ. އެހެދުމަކީ މާޒިން އަވްލީން އަށް އުފަންދުވަހުގެ ހަދިޔާއަކަށް ދިން ހެދުމެކެވެ. ނަމަވެސް އަވްލީން އަށް ނޭނގުނުކަމަކީ އެ ހެދުމަކީ އަވްލީން އަށް ދިނުމަށްޓަކައި މާޒިން އަތަށް ރާދިން ދިން ހެދުމެކެވެ. ހެދުމާއި ގުޅޭގޮތަށް ތުންފަތުގައިވެސް ގަދަ […]
“ކޮންމެސް ވަރެއްގެ ކެއްތެރިކަމެއްވެސް ހުންނަން އެބަޖެހޭދޯ. ބަޔެއް ކުދިންގެ ނުހުރޭ އެއްވެސް ވަރަކަށް ކެތްތެރިކަމެއް… ޕޭޝަންސް މައި ލަވް ޕޭޝަންސް. ހުރިހާ އެއްޗެސް ކިޔާދޭންށޭ މިއުޅެނީ…” މައިރާގެ ރާގު ހުރިގޮތުން މާހިލް ގާތަށް ހިނިއައެވެ. އެހެންކަމުން ވާހަކައާއިވެގެން ކުރިއަށް ދިޔުމުކުރިން މައިރާ އާއި ދިމާކޮށްލިއެވެ. “ހުން ދެން އަހަރެންނާ ދިމާނުކޮށް ދިމޮޅު މީހާގެ މޮޅު އައިޑިއާ ކިޔާދީބަލަ” މާހިލް އާއި ދިމާއަށް ބަލައިލަމުން ތުންއަނބުރާލުމަށް ފަހު މައިރާ ބުނެލިއެވެ. އެދެމީހުން އުޅުން ގޮތުން ރާހިލް އާއި ރާދިން […]
“ހަލޯ މައި…… ކިހިނެތްވީ އެއްޗެކޭ ނުބުނެ ތިއިންނަނީ؟ އަނެއްކާ ގޯސް އެއްޗެއްތަ އަހަރެންނަށް މިބުނެވުނީ؟ އެހެން ނޫނީ އެކްސައިޓްމަންޓްގަ ޝޮކެއްޖެހުނީތަ؟” މައިރާގެ ހަބަރެއް ނުވުމުން އަވްލީން އަނެއްކާވެސް ވާހަކަދެއްކިއެވެ. “ލީން ޔަގީންތަ ހަމަ ލީން އޭނަ ދެކެކަން ލައިކް ވަނީ؟ މިބުނީ ވިސްނާފަތަ ތިގޮތަށް ނިންމީ؟” މައިރީ އިނީ އަދިވެސް ޝޮކެއްގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަވްލީން ރާހިލް ދެކެ ލޯބި ވެދާނެކަމަށް މައިރާ މެންގެ ތެރެއިން އެކަކުވެސް ހިޔެއްނުކުރެއެވެ. އިތުރަށް އެތާ އިނދެގެން އަވްލީންގެ […]
“ގަބޫލުކުރޭ ޒިން. އަހަރެންނަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުވީ. އެހެން ނޫން ނަމަ ދުވަހަކުވެސް ހުވަފެނެއްގަ ނަމަވެސް ލީން އަށް ދެރައެއްދޭން އަހަރެން ހިތަށްވެސް ނާރުވާނަން. އެކަމް އަހަރެންނަށް އެދުވަހު އެހެން ކަންތައްކުރަން މަޖުބޫރުވީ ލީންގެ ފުރާނަ ސަލާމަތްކުރަން.” ރާދިން މާޒިންއަށް ކަންތައް ހިނގާދިޔަގޮތް އަކުރުން އަކުރަށް ކިޔާދިނެވެ. އަންޖަލްގެ ކަންތަކާއި އަންޖަލް އޭނައަށް މަޖުބޫރުކުރިގޮތާއި ހުރިހާ ވާހަކެއް ކިޔާދިނުމުން މާޒިން ރާދިންގެ ވާހަކަ ގަބޫލުކުރިއެވެ. “އަހަރެން ތިވާހަކަ ގަބޫލުކޮށްފިން. އެކަމް ހިޔެއްނުވޭ ތީގެން އެއްވެސް ވާހަކައެއް ބައްޕަ […]
މުޅި މަގުމަތީގައި އިސާހިތަކު ލޭގެ ކޯރެއް އުފެދިގެންދިޔައެެވެ. ރާދިން ގޮސް އަވްލީން ނެގިއިރު އަވްލީންގެ ހެޔެއްނެތެވެ. އަވްލީން އޮތް ހާލުފެނުމުން ރާދިންގެ ހިތް ކުދި ކުދި ވިކަހަލަ އިހުސާސެއްކުރެވިގެންދިޔައެވެ. މާހިލްއަށްވެސްވީ ރާދިންއަށް ވީވަރެވެ. ހަރާކަތެއްނެތް މައިރާގެ ހަށުގަނޑު އުފުލާލިއިރު އެހިތް ފޮތިފޮތިވެގެން ދިޔައެވެ. ހިތުގެ މަލިކާ އަށް އެފަދަ ހާކެއްޖެހިފައި އޮއްވާ ބަަލަން ކެއްވާނީ ކާކަށް ހެއްޔެވެ. ރާދިން އާއި މާހިލް އަވަސްވެގަތީ ދެމީހުން ގޮވާގެން ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދިޔުމަށެވެ. މަގުމަތީގައި ތިބި މީހުންގެ އެހީއާއިއެކު […]
“ތޭންކްސް މައި. އެކަމް ކިހިނެއް އަހަރެމެން މިކަންތައް ކުރާނީވެސް. ދެން ނެތެއްނު އޭރުން މާ ގިނަ ދުވަހެއްވެސް. މިހާ މަދު ދުވަސްކޮޅަކުން އެހާ ބާރުގަދަ ގޭންގެއް އަހަރެމެންނަށް ބަލިކުރެވޭނެތަ؟ އެމީހުން ބައްދާލަންވެސް އެމީހުންނާއި ދެކޮޅަށް ޕްރޫފްވެސް ހޯދަންޖެހޭނެއެއްނު. ކިހިނެއް އެހުރިހާ ކަމެއް ކުރާނީ؟” ރާދިން އިނީ ބޯ ހާސްވާގޮތްވެފައެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މި ކަންތައް ގަނޑުން ސަލާމަތްވާން އޭނާ ބޭނުންވެއެވެ. އަދި އަވްލީން އޭނާގެ ހައްގަކަށް ހަދަންވެސް އެހިތް ދަނީ ތެޅި ފޮޅެމުންނެވެ. “އެބައޮތް […]
ވާހަކަ އަޕް ނުކުރެވި ގިނަ ދުވަސްތަކެއްވެގެން ދިޔަ ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް މާފަށްއެދެން. އަޅުގަނޑު އޮފީހުގައި ވަރަށް ބިޒީކޮށްއުޅެންޖެހުނު ދުވަސްކޮޅަކަށްވީމަ ވާހަކަ ގެނެސްނުދެވި ލަސްވީ. އެކަމަކު ވާހަކައިގެ އާއެޕިސޯޑެއް ވަރަށް އަވަހަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނަން.