Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭވަފާތެރި އެކުވެރިޔާ 1

Rozy Level 210 Stories
November 4, 2018 7 Mins Read
9 Comments

ބޭވަފާތެރި އެކުވެރިޔާ

ފޭސް ބުކް ހެނދުނު ހުޅުވާލުމާ އެކު ކޮންމެވެސް މީހަކު އެޑް ކޮށްފަ އިންތަން ފެނިގެން ޝައިނާ ވިސްނާލިއެވެ.

ނުދަންނަނަމެކެވެ. އެހެންވެ އެ އެޑް ބުލޮކް ކުރުމުގެ ކުރިން އަނެއްފަހަރު ޝައިނާ ފޭސްބުކް ގައި އިން އެނަމަށް ބަލާލިއެވެ. ބޭރުބަހަކުން އޭނާގެ އަމިއްލަ ނަމަށް އޭނާވަނީ ހިތުން އެއްޗެއް ލިޔެފައެވެ. އެއީވެސް މިޒަމާނުގެ ޅަ ކުދިންގެ އާދައެކެވެ. މާނަ ނުވެސް އެނގޭ ނަންތަށް ފޭސްބުކްގައި ލިއެލަފާނެއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ.

އެމީހަކު އަމިއްލަނަފްސަށް ދީފައި އިނީ އެއްވެސް މީހަކު ރުޅިއައިސްގެންވެސް އަނެކާ އަށް މުޙާތޮބް ނުކުރާނެ ނަމެކެވެ. ވާނީ އެހެން ނޫންހެއްޔެވެ. ޙުދު އެލިޔުނު މީހާއަށް ވެސް އޭނާ ލިއެފައި އިނީ ކޯއްޗެއްކަމެއް ނޭގެނެއެވެ. ޝައިނާގެ އާދައިގެ ގޮތުން  އެމެސްޖް ހުޅުވާލިއެވެ. ކޮންމެވެސް އެއްޗެކޭ ނުބުނެ ހުރުން އެއީ ޝައިނާގެ ފިތުރަތެއް ނޫނޭވެ. އަދި ލިޔަންފެށިއެވެ

” ކަލޭ އަމިއްލަޔަށް ކަލެތީ ޝައިތޯނެކޭ އެހެންބަހަކުން ތިބުނަނީ ކަލޭތީ ފަހެ ހާދަ މޮޔަ މީހެކެވެ. މޮޔަ އަދި ބޭރުބަސްތަށް ނުދަންނަ ދިވެހިންނަށް ތިޔަ ބުނާ ބަހުގެ މާނަ ނޭނގި ކަލެއަށް ލައިކް ދިނަސް ތިޔަ ބަސް ދަންނަ އަހަރެން ކަހަލަ މީހުން ބުނާނީ ކަލޭތީ ފައްކާ މޮޔައެކޭ ”

އެމިހާގެ ޖަވާބެއް ނާދެއެވެ. އަނެއްކާވެސް ޝައިނާ ލިޔަންފެށިއެވެ.

“ބުނަންތަ ވާހަކަޔެއް ކަލޭ ގަދަވާންވެގެން މާކޫލް މިހެއް ކަމަށް ހެދިގެން ނުދަންނަ ބަހަކުން ތިޔަ ބުނެވެނީ އަމިއްލަޔަށް ތިމަންނަމީޝޮއިތާނެކޭ”

ޔަގީނުންވެސް މިމީހާޔަކީ މިބަސް ނުދަންނަ މިހެކެވެ. ނޫނީ މޮޔައެކެވެ. ޝައިނާ ހިތާހިތާ ކިޔާލިއެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރު ފަހުން ޝައިނާގެ ފޯނަށް މެސެޖް އައި އަޑު އިވިއްޖެއެވެ.

“ދެންކަލޭ ބުނެބަލަ އަހަރެންގެ ޕޮޓޯއަށް އަހަރެންދޭންވާނަމެއް” އެމީހާ ޝައިނާ ފޮނުވާފައިވާ މެސްޖްގެ ޖަވާބްދެނީއެވެ. ދެމީހުން ފޭސް ބުކްއިންއެވާހަކަ ވަރަށް ތަފްސީލްކޮށް ދެއްކިއެވެ. ނަންތަަކާ ބެހޭގޮތުންނެވެ. ތަފާތު ނަންތަށް ޝައިނާ ހުށައެޅިއެވެ.. އެމީހާ ރުޅިއައުމުގެ ބަދަލްގައި ގައި ޝައިނާ އާއި މަށްވާރާ ކުރީއެވެ. ޝައިނާ ގެ ޙިޔާލުތަކަށް އިހްތިރާމް ކޮށްފަ ފޭސް ބުކްގައި އެމީހާގެ ނަންކާރީ ރީތި ނަމެއް ޖަހާލިއެވެ. އެމީހާގެ މި މައުސޫމް އަދާއަށް ޝައިނާގެ ހިތުގެ ފުންމިނުން ޖާގަ ހޯދުމުގައި އޭނާ ކާމިޔާބުވިއެވެ.

ޝީތްލް އާއި ޝައިނާ އަކީ ގާތް ދެރަހްމަތްތެރިންނެވެ. ޝައިނާގެ ދުވަހުގެ މުޅި ޑައިރީ ޝީތަލްގެ ކުރިމަތީ ހުޅުވާލައެވެ. އެއްވެސް ސިއްރެއް ނުބާއްވައެވެ. ފޭސް ބުކް އިން އަލަށް މިދިމާވި މީހާގެ ވާހަކަވެސް ހީހީފަ އޭނާ ޝީތަލް އަށް ކިޔާދިނެވެ.

“އަނެއްކާ ކަލޭ އެންމެ ފަހުން އޭނާދެކެ ލޯބިވާނީތަ؟” ޝިތަލް މަޖާވެފަ ބުންޏެވެ.

“ކޮންތާކު އެއީ އަދި ޅަ ކުއްޖެއް އެންމެ 25 އަހަރުގެ ޒުވާނެއް. މައެބައުޅެންތަ ތިކަހަލަ މޮޔަކަމެއް ކުރަން”

ޝީތަލްވެސް ހަމަ އެފަދައެވެ. އޭނާގެ ފިރިމީހާއާއި އޭނާގެ ޒުވާބުގެ ވާހަކަ ފަލްސަފާއެއްހެން ޝައިނާގެ ކުރިމަތީ ހުޅުވާލައެވެ. ޝައިނާ ހަމައެކަނި ހޫން އެއް އަޅުވާލަނީއެވެ. އެއްވެސް ކޮޅަކަށް ބުރަވާގޮތަށް ވާހަކަ ނުދައްކައެވެ.

“އަހަރެން ބޭނުންވަނީ އަހަރެންގެ މިނިވަންކަން އޭނާ ކާރިން ވަރިވާން” ޝިތަލް ދަބަހަށް ފޯނު ލަމުން ސައިކަލަށް އަރަމުން ބުނެލިއެވެ.

އާންމުކޮށް މިދެވެރިން ބައްދަލު ވެއްޖެއްޔާ ސައިކަލް ދުއްވަންދިޔުމަކީ ވަރަށް ބޮޑު އާދައެކެވެ. ސައިކަލް ދުއްވަނީ އަބަދުވެސް ޝީތަލްއެވެ. ފަހަތުގައި އިންނަނީ ޝައިނާއެވެ.

ވަރިވުން ނޫން ހަމަ އެއްވެސް ގޮތެއް ނެތީތަ؟

މާޔޫސް އަޑަކުން ޝައިނާ ބުނެލިއެވެ.

“އެކަމާ ވަރަށް ވިސްނައިފިން. އެތައް ދުވަހެއް ވަންދެން ވިސްނައިފިން.” ކަރުނަ ވީއަޑަކުން ޝީތަލް ބުނެލިއެވެ.

“ކޯޓަށް އަހަރެން ވަނީ މައްސަލަ ހުށައަޅާފަ.” ޝީތަލް ވަރަށް ނޫންގޮތަކަށް ބުނެލިއެވެ.

“ކޯޓުން ސުވާލު ކުރި ގާޒީ އެންމެ ފަހުން އަހަރެންގެ ހުށަހެޅުން ނޯޓްކުރި”. އަނެއްކާވެސް ޝީތަލް ބުނެލިއެވެ.

“އެއްވެސް ކަމެއް މާއަވަސް އަރުވާލައިގެން ކުރުން ބުއްދިވެރިއެއް ނޫން” ޝައިނާ އެންމެފަހުން ހަތިޔާރު ބަހަށްޓަމުން ބުނެލިއެވެ.

ޝީތަލް އަށް ކޯޓަށް އަންނަން ލިބުނު ޗިޓާއި އެކު އޭނާ ވަރަށް ނަލަ ހެދިގެން ކޯޓަށް ގަޑިޔަށް ދިޔައެވެ.

އެންމެފަހުން ޝިތަލް ކާމިޔާބު ވިއެވެ. އޭނާގެ ފިރިމީހާގެ ކާރިން ވަރިވާށެވެ. އޭނާގެ މަގުސަދަކީ މިނިވަންކަމެވެ. އެމިނިވަންކަން އޭނާއަށް ހޯދާދިނީ ކޯޓުގެ ގާޒީއެވެ. އޭނާގެ ރީތިކަމުގެ ޖަޒުބާތު ކޯޓުގެ އެގާޒީވެސް އަަވަލީ ތޯއްޗެކެވެ. ނޫނީ ހަމަ އޭނާއަށް ހެޔޮ އެދެނީ ކަމަށް ގާޒީ ހެދުނީ އެވެ. އިންސާފަކީ އެއީ ބާވައެވެ. ފިރިމީހާ ވަރިކުރަންނެތަސް ކޯޓުގެ ގާޒީ ލައްވާ ވަރި ކުރުވަނީ ކިތަށް ދިވެހިން ބާވައެވެ. ނިކަމެތި ވަނީ ފިރިމީހާއެވެ. ކާމިޔާބު ލިބެނީ އަންހެން މީހާއަށެވެ.

ޒަމާންތަކެއް ޝީތަލް އާއި ޝައިނާ ދިމާނުވެ ހަބަރެއްވެސް ނުއެނގި ދިޔައެވެ.

އެސްޓީއޯ ޓުރޭޑް ސެންޓަރ އަށް ޝައިނާ ދިޔައީ ބާޒާރު ކުރާށެވެ. ހުރިހާ އެއްޗެއް އެއްތަނަކުން ގަންނަން ލިބޭތީއެވެ. ވަކި އަގުވެސް ބޮޑުނޫންވީމަ އާއި އެކުގައެވެ.

ހޭލަމޭލަޔަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ގާތްގަޑަކަށް  5 ނުވަތަ 6 ވަރަކަށް ކައުންޓަރު ހުރިއިރު ހަލުއިކަމާއެކު ކޭޝިއަރުން މަސައްކަތްކުރަމުން ދާއިރު ހީވަނީ ތަނުގެ ބިޒްނަސް ވަރަށް ރަނގަޅު ހެންނެވެ. ޝައިނާ ވެސް މަޑުމަޑު ހިނގުމެއްގައި ގޮސް ޓުރޮލީއެއް ހިފައިގެން އެއްޗިހިތަށް އަޅަމުން ގޮސް ކައުންޓަރަކާއި ކައިރިވެލިއެވެ.

ކައުންޓަރު ކާރީ ހުރި ކުއްޖާ ފެނިފަ ޝައިނާއަށް އުފަލުން ހަޅޭލަވައިގަނެވުނެވެ.. އެއީ ފެންނަކަމަށް ނަހަދާ ދެވޭވަރުގެ މީހެއް ނޫނެެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. އެއީ ޝީތަލް އެވެ. މިދެމީހުން މިފެނުނީ 8 އަހަރު ފަހުންވީއާއެވެ.

” އެއި ޑިޔުޓީ ނިމެންދެން މަޑު ކުރާތި 3 ގަ ބަންގިޔަށް ކުލޯސް ކުރާނެ” ލާރި ކަނޑަމުން ޝީތަލް ބުނެލިއެވެ. އެއްބަސް ވުމުގެ ގޮތުން ޝައިނާ ބޯޖަހާލިއެވެ. އަދި އެއްޗިހި ހިފައިގެން ކައުންޓަރުގެ ފަހަތުގައި މަޑުކޮށްލިއެވެ.

“އަހަރެންގެ ވާހަކަ އޭނާ އަށް ކިޔާދޭނީ ކިހިނެއްހެއްޔެވެ؟” ޝީތަލް ހިތާހިތާ ކިޔާލިއެވެ.

ޝީތަލް މަސައްކަތް ނިންމާލާފަ ޝައިނާ ކާރިޔަށް ދިޔައެވެ. ދެމީހުން އެކުގައި ކޮފީއަކަށް ދާން ނިންމިއެވެ. ތަން އަބަދުވެސް ޑިސައިޓް ކުރަނީ ޝީތަލްއެވެ. ސަލްސާރޯޔަލް އަކީ އެދެމީހުން އަބަދުވެސް ވަންނަތަން ވީމައެވެ. އެތާ އުޅޭ ގިނަވޭޓަރުންވެސް އެދެމީހުން ފަރިތަކަމާއެކު އެނގޭނެ ކަމަށްވެސް ބަލާފައެވެ.

” އަޅެކިޔާދިބަލަ ކޮންތާކަށްތަ ދިޔައީ ކޮބާ ފިރިމީހާ” ޝައިނާ ޝީތަލް ގައިގަ ހަގު ކޮށްލަމުން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

ދެވެރިން ވަރަށް މަޖަލާއިއެކު ދެގޮނޑީގައި އިށީނެވެ.

” މަދޯ.. މައޭނާ ކާރިންވަރިވެގެން މަދިޔައީ ކިޔަވަން ލަންކާއަށް 7 އަހަރު ކޮށްފަ މިއައީ ބިޒްނަަސްމެނޭޖް މަންޓުން ފުދޭވަރަކަށް ކިޔަވާލިން. ވަޒީފާ ނެތި މަގުމަތިނުވާނެތާ އަހަރެން ހެދިން ޑިޕްލޮމާއިން ބިޒްނަސް މެނޭޖްމަންޓާއި އެޑްވާންސު ފަޔާ ފައިޓިިން އާއި…ދެން އެކުން ހުންނާނީ ކުޅިވަރުގެ އެއްޗިހި އެންމެ ދަށްވާނީ ހިސާބަށް އެންމެ މޮޅުވާނީ އިނގިރޭސި. ހިސާބަށް ދަށްވީ ކޮންމެވެސް އެކުސްއެއް އޭގެތެރޭ އައިމާ..ނުލާހިކު ރަނގަޅަށް ކަނޑާ ގުނަކޮށް ހަދަނިކޮށް ފާޑެއްގެ އެކުސް އެއް ވަނީ.. އެއްދުވަހެއްގަ އެބުނާ އެކުސް ނުހޯދިގެން ބޮޅެއް އަޅާފަ މިއޮތީ އެކުސް ކިޔާފަ ތީރެއްޖަހާފަ ދައްކާވެސްލިން އެވެސް ޓެސްޓުގަ. ވީމާ ފާހެއް ނުވި.. އިނގިރޭސިން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނަން” ހެމުން ހެމުން ޝީތަލް އޭނާގެ ވާހަކަ ކިޔާދިނެވެ.  ޝައިނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

“ދެން ކަލޭ ހެދީ ކިހިނެއް.. ކޮންތާކު މިހާރު ތިއުޅެނީ އެއްކަލަ ފޭސް ބުކްއިން ދިމާވި ކުއްޖާ އާއި އިނީތަ” ހެމުން ހެމުން ޝީތަލް އަހާލިއެވެ.

” އަހަރެން މީހަކާ އިނީ އޮބި ނޯވެގެން ރައްޓިހިވެގެން  6 މަސް ދުވަހު އުޅެފަ. ކައިވެނި ކުރީ. އާއިލާ މީހުން އަހަރެން ކުރާއެއްވެސް ކަމަކާއި ދެކޮޅެއް ނަހަދާނެވީޔާ. ކާވެނި ކުރަން ނިންމީ އޭނާގެ ރަނގަޅުކަން ފެނިފަ” އުފަލާއިއެކު ޝައިނާ ކިޔާލިއެވެ. އެދެމީހުންގެ ހަޔާތުގެ ޝީތަލްއަށް ނޭނގި ހުރި ކަންތަށް ޝައިނާ ކިޔާދެމުން ދިޔައެވެ. އެދެމީހުން އެކުގަ ހަނީމޫނަށް ދިޔަ ތަންތަނުގެ ވާހަކައެވެ. އެމީހުން އެންމެ ފުރަތަމަވެސް ހަނީމޫނަށް ދިޔައީ ލަންކާއަށެވެ. ޕާލްސިޓީ ހޮޓަލްގެ 201 އެމީހުން ނެގިވާހަކަ އެވެ. އެރޫމް ވެސް ހަމަ ޖެހިއްސީ ހަމަ ޝައިނާގެ އަލަތު ފިރިމީހާއެވެ. ޝައިނާ ގެ ކަމަކީ ހަމައެކަނި އެއްބަސް ވުމެވެ. ނުވަރަލިޔައަށް ވެސް ދިޔަ ވާހަކައެވެ. “އަހަރެންގެ ފިރިކަލުންނަކީ ވަރަށް ބިޒީމީހެއް އެހެން ވެ ގިނަ ފަހަރު ބާޒާރަށް ދަނީވެސް މައެކަނި” ޝީތަލް އިނީ ހިމޭނުންނެވެ. އެހެންޏާ ހަދާހެން އަނގަނުބާނައެވެ.

ދެ އެކުވެރިން ވަކިވީ އަދި ބައްދަލު ކުރަން ނިންމާފައެވެ. ޝައިނާ، ޝީތަލް އަށް އެމީހުންގެގެޔަށް އައުމަށްވެސް ދަޢުވަތު ދީފައެވެ.

“އެސްޓީއޯގެ އޮފީސް ދަތުރެއްގައި ޝީތަލް ކުޑަބަޑޮހަށް ދާން ނިންމީއެވް. ޝީތަލް ގެ ކޮއްކޮއަކީ ވެސް އެސްޓީއޯގެ ފާމަސީގަ އުޅޭކުއްޖެކެވެ.އޭނާގެ އުފަންދުވަހު އެތަނުގެ ފަރާތުން ހުރިހާ މުވައްޒަފުންނަށް ރާވާދިން ދަތުރެކެވެ. އޮފީސް މަސައްކަތް ބަހަށްޓާފަ ބޭރަށް ނިކުމެވޭތީ ޝީތަލް ހުރީ އުފަލުންނެވެ.

އެންމެންގޮސް އެއްބޯޓަކަށް އެރިއިރު އެއޮފީހުގެ އެހެންޑިޕާޓް މަންޓު މީހުންވެސް އެބޯޓުގައި ތިއްބެވެ. ގިނަ މޫނުތަކަކީ ޝީތަލް ދަންނަ މޫނުތަކެއް ނޫނެވެ. އެހެންވެ އޭނާ ހުރީ ހިމޭނުންނެވެ.  ކޮންމެ މީހަކުވެސް ކައިރިޔަށް އައުމާއެކު ޝީތަލް ހިނިތުންވެލާފަ ސަލާމް ކޮށްލައެވެ. އޭނާގެ ކޮއްކޮ އެންމެންނާއި މަޖާ ކުރަމުން ވާހަކަ ދައްކަމުން ދިޔައެވެ. މިއީ ރިސެޕްޝަނިސްޓެކޭ ކިޔާފަ އެންމެންނަށް ޝީތަލް ތައާރަފް ކޮށްދެމުންނެވެ.

އެހުރިހާ އެކުވެރިންގެ ތެރޭ އެއްވެސް އެއްޗެކޭ ނުބުނެ މާހިމޭނުންއިން މީހަކު އިނެވެ. ޝީތަލް ސިއްރު ސިއްރުން އޭނާގެ ކޮއްކޮ ކާރިން އެއީ ކާކުތޯ އަހާލިއެވެ.

” އެއީ ހައިކޯޓުގެ އެޑް މިން އޮފްސަރ އަހްމަދު ޝަފްރާޒް. އޭނާ އަކީ ކުޅުދުއްފުށީ މީހެއް.. މިއެސްޓީއޯގެ ބައެއް ލިޔެކިޔުންތަށް އޭނާ ބަލާނެ”

“މިހާރު ޝީތަލް ދެކެ އޭނާ ވަރަށް ލޯބިވެޔޭ ބުނެފީޔާ ބުނާނީ ކީކޭ؟” ކޮއްކޮ ޝީތަލް އާއި ކާރިޔަށް ޖެހިލާފާފަ އަހާލިއެވެ.

“ސާބަސް އެއީމީހެއްގެ ފިރިޔެއް ކަންނޭނގެ” ހެމުން ހެމުން ޝީތަލް ބުނެލިއެވެ.

“އަހަރެން ދައްކާނެ ބަހަނާއެއް ނެތެވެ. އަހަރެން ނާކާމިޔާބުވެއްޖެއެވެ. އަހަރެންގެ ހިތްހަލާކުވެ ނިމިއްޖެ”. އަނެއްކާވެސް އެހެން ރައްޓެއްސެއް ވާހަކަ ދައްކަމުން އެމީހުންކާރީ ޖޯލިފަތީ އިށީނެވެ.

ޝީތަލް އާއި އޭނާގެ ކޮއްކޮ އައިމިނަތުވެސް އެމީހުން ކާރީ އިށީނެވެ.

ވަރަށް މަޖަލުގައި އެމީހުންގެ ދަތުރު ނިމުނީ އަހްމަދު ޝަފްރާޒް އާއި ޝީތަލް ދެރަހްމަތްތެރިންގެ ގޮތުގައި ތައާތަފް ވެގެންނެވެ.

“ތިހާ ހިމޭނުން ތިއިނީ ކިހިނެއްވީ” ޝީތަލް އަހްމަދު އާއި ކާރިޔަށް މޫނު ކާރިކޮށްފަ އަހާލިއެވެ.

“އަހަރެން މިއިނީ އިއަރ ޕޮޑް ޖަހައިގެން ކަލޭމެން ދައްކާ ވާހަކަ މަށަށް އަޑެއް ނީވޭނެ” އެންމެ ފަހުން ޝަފްރާޒް ބުނެލިއެވެ.

އެމީހުން ދެންފެށީ ލަވަބާޒީ ކުޅޭށެވެ.

ލަވަބާޒީ ކުޅުމަށްފަހު އެމީހުން އެމީހުން ފޯނު ނަމްބަރުވެސް ހިއްސާކޮށްލިއެވެ. ދަތުރު ނިމިގެންދިޔައީ ވަރަށް އުފާވެރިކޮށެވެ.

ޝަފްރާޒް ވެސް ގެޔަށް އައީ ގޭގައިވާ ވާ އޭނާގެ އަންހެނުންނަށް ދޭން ހަދިޔާއެއްޗެސް ހިފައިގެންނެވެ. އެއީ އޭނާގެ އަބަދުގެ އާދައެވެ.

ގެޔަށް އައިއިރު އޭނާގެ އަންހެނުން ޝައިނާ ހުރީ ހިތްހަމަ ނުހެޖިފައެވެ. މާބޮޑަށް ލަސްވީމައެވެ. މިއަދު ދަތުރު ދިޔަކަން މާފަހުން އެނގި އެދަތުރުގަ އޭނާ ނުގެންދިޔައީމައެވެ.

ޝައިނާ މަސަލަސް ކުރަން ޝަފްރާޒްއަށް ކުޑަވަގުތު  ކޮޅެއް ނެގިއެވެ.

“އަހަރެން ހުރީ އަހަރެންގެ ވަރަށް ގާތް ދުވަސްވީ ރައްޓެއްސަކަށް މިގެޔަށް އަންނަން ދައުވަތުދީފަ އޭނާވެސް ނައި އެކަމާ ބޮޑަށް ދެރަވަނީ”  އެނދުގައި ޝަފްރާޒް އާއިއެކޮށް އޮށޯވެލަމުން ޝައިނާ ކިޔާދިނެވެ. ޝަފްރާޒް ގެނައީ ކޮންއެއްޗެއްތޯ ޝައިނާ ބަލާލިއެވެ. ޗޮކްލެޓް ފޮއްޓެކެވެ. ޝައިނާ ހެމުން ހެމުން ޗޮކްލެޓް ފޮށި ހުޅުވައިގެން ކާންފެށިއެވެ. ކުޑަކުއްޖެކޭ އެއްގޮތަށެވެ. މުޅި މޫނުމަތީގަވެސް ޗޮކްލެޓެވެ. ޝަފްރާޒް އޭނާގެ މައުސޫމް އަަނބިމީހާއަށް ބަލާލަފަ ހިނިތުންވެލިއެވެ.

“ކޮންނަމެއްކިޔާ ރައްޓެއްސެއް މަދަންނާނެތަ އޭނާ”

ޝައިނާގެ މޫނު ޓިޝޫއަކުން ސާފުކޮށްދެމުން ޝަފްރާޒް ބުނެލިއެވެ.

“ޝަފްރާޒް އަކަށް ނޭނގޭނެ އޭނާއެއް އެއީ މަގޭ ކުޑައިރުގެ ރައްޓެއްސެއް އިއްޔަގަ ދިމާވީ ބާޒާރުގަ އުޅެނިކޮށް އެދިމާވީވެސް 8 އަހަރު ކޮށްފަ” ޝައިނާ ވަރަށް ބޮޑަށް ޝީތަލްގެ ވާހަކަ ހީހީފަ ޝަފްރާޒް އަށް ކިޔާދިނެވެ.  ޝަފްރާޒް ހަމައެކަނި ހޫން އެއް އަޅުވާލަނީއެވެ.

އެވަގުތު ޝީތަލް މެސެޖް ކުރިއެވެ. ނާދެވުނީތީ މާފަށް އެދެންވެގެންނެވެ.  ޝައިނާ ޝަފްރާޒްއަށް މެސެޖް ދައްކާލިއެވެ.

“ކޮބާ މިއޮތީނު އޭނާގެ ކުށަށް އިޢުތިރާފްވެފަ..މަވީ މާފް ކުރަން އެންމެ ހިތްރަގަޅީ މަވިއްޔާ” ހެމުން ހެމުން ޝައިނާ ބުނެލިއެވެ.

އެދެމީހުންނިދަން ތައްޔާރުވީ ހުރިހާ މައްސަލައެއް ނިންމާ ހިންހަމަޖެހިގެންނެވެ. ކޮންމެ އަންބަކާއި ފިރިއެއްގެ ދެމެދުވާންވާނީ އެގޮތަށެވެ.

ވެހެމުންދިޔަ ވާރެޔަށް ނަޒަރު ހުއްޓައިލައިގެން ކުޑަދޮރު ކައިރީގައި ޝީތަލް ހުއްޓައި ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅަނީ ކާކުތޯ ނުވެސް ބަލައި ކަންފަތުގައިއޭނާ ފޯނު ޖައްސައިލިއެވެ. .

އެއީ އާންތުއެވެ. އޭނާގާ ޒަމާންވީ ޝަކުވާއެވެ. ދަރިއެއް ލިބުމުގެ ނަސީބުން މަހުރޫމް ވެފައިވާތީ ކުރާ ހިތާމަ ހިއްސާ ކުރަނީއެވެ.

” ޝީތަލް މިއީ ބުނެލަން އަހަންނަށް ފަސޭހަވާހަކައެއް ނޫން އަހަރެން ބޭނުންވީ ދަރިއެއް ކޮންމެ ކަހަލަ ވިޔަސްް ވަރިހަމަ އަންހެނެއް ފިރިހނެއް މިޒަމާނުގަ ނޯންނާނެދޯ ދަރިއެއް ވާނީ ދަރިޔަކަށް ކުރި ހުރިހާ ކަމަކުންލިބުނީ މާޔޫސްކަން. މަންމައެއްގެ ޝަރަފެއް ނުލިބުނު. ރައްޓެހިންގެ ސުވާލުތަކަށް ދޭނެ ޖަވާބު ހުސްވެ، ޝަކުވާތަކުން އަހަރެންގެ ހިތް ފުރޭ. ކުދިން އުރައިގެން ހިނގާ އަންހެނުންނާ ދިމާއަށް ހަސަދައިގެ ނަޒަރުން ބެލެން ފެށޭ. ކޮންމެ ނަމާދަކަށް ފަހު އަހަރެން ދުޢާކުރަން. މިހާރު 15 އަހަރުވީ ލިބުނު އޯގާތެރި ފިރިމީހާ އަހަރެން ދޫކޮށްލަފާނެ ކަމުގެ ބިރު ހީވާން ފެށައިފި.” ރޮމުން ގިސްލަމުން އާންތު ޝަކުވާކުރިއެވެ.

ޝީތަލް ވަރަށް ބޮޑަށް އާންތުއަށް ހިތްވަރުދިނެވެ. ފަހުން ދަރިޔަކު ހޯދުމަށް އިންޑިޔާއަށް ދިޔުމަށް ނަސީހްތްދިނެވެ. ކުރާފްޓު ހޮސްޕިޓަލްގެ މޮޅުވާހަކަ އެވެ. ދަރިންނުލިބި ތިބި އެތަށްބަޔަކަށް އުފާވެރި ޙަބަރު އެތަނުގެ ބޭސްފަރުވާއިން ލިބުނު ވާހަކައެކެވެ. އާންތުއާއި ޝީތަލް ފޯނުބޭއްވީ އާންތުއަށް ފޮނި ހުވަފެންތަކެއްގެ މަންޒިލް ދައްކާފައެވެ.

” ކޮބާ ތިގެޔަށް ކިޔާނަންބުނެބަލަ. އަހަރެން މިހިރީ ކާރަށް ގުޅައިގެން ތިގެޔަށްދާން މިއަރަނީ” ޝީތަލް ފޯނުން ޝައިނާއަށް ގުޅާފަ ބުނެލިއެވެ. ޝައިނާ ކައިވެނީގެ ފަހުން ބަދަލްވީ ފިރިމީހާގެގެޔަށެވެ. އެގޭގެ ނަމެއްް އޭރު ޝީތަލް އަށް ނޭގެއެވެ.

ހިނދުކޮޅެއްގެ ތެރޭ  ޝީތަލް ހުރީ ޝައިނާމެންގެ ގޭގައެވެ. ޝީތަލްގެ އަންނަންދެން ދޮރާށި ކާރީ ޝައިނާ ހުއްޓެވެ. ދެއެކުވެރިން ސަލާމް ކުރުމަށްފަހު ގެޔަށްވަނެވެ. ވާހަކަދައްކަމުން ގޭގެ ސިޓިންރޫމާއި ހަމަޔަށް ގޮސް ސިޓިންރޫމް ގޮޑީގައި ޝީތަލް އިށީނެވެ. އެވަގުތު ސިޓިންރޫމް ފާރުގައި އަޅުވާފަވާ ފޮޓޯ ލޯގަނޑު ބަލާފަ ޝީތަލް ހައިރާންވިއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. އެއީ އިއްޔެގަ ދަތުރުކުރި ތަނުން ދިމާވި އާ އެކުވެރިޔާއެވެ. އެކަމަކު އޭނާއާއި ޝައިނާ އެކުގައި މިފޮޓޯ ނަގާފަ މިއިނީ ކީއްވެ ބާވައެވެ. ޝީތަލް ގެއްލިފަ އެފޮޓޯ ގަނޑު ކާރީ ހުއްޓިލައިގެން ހުއްޓާ ޝައިނާ ސަައިހިފައިގެން އައެވެ.

” ތިއީ މަގޭ ފިރިމީހާ .. އޭއި ތީނަ ދަންނަންތަ؟”

” އާން ދަންނަން މީނަޔަކީ އަހަރެންމެން އޮފީސް ލޯޔަރު” ޝީތަލް އަނެއްކާވެސް އިށީންނަމުން ބުނެލިއެވެ. ދެން އެދެމިހުން ދެއްކީ އިއްޔެގެ ދަތުރުގެ ވާހަކައެވެ. ޝީތަލްއަށް ޝަފްރާޒް ދިމާވިގޮތުގެ ވާހަކައެވެ. އާންުތުގެ ވާހަކައެވެ.

“ބަލަ ކައިވެނި ތިކުރީ އެއްކަލަ ފޭސްބްއިންް އިން ކަލޭ ވާހަކަ ދެއްކި މީހާޔާތަ” ކޮންމެވެސް އެއްޗެއް ހަދާންވެގެން އަވަހަށް ޝީތަލް އަހާލިއެވެ.

“އަސްތާނޫން މިއީ އޭނާއެއް ނޫން” މާޔޫސް އަޑަކުން ޝައިނާ ބުނެލިއެވެ.

“ކިހިނެއްވީ މާދެރަވެފަ އެހެންތިބުނީ އޭނާގެ ވާހަކަ ކިޔާދީބަލަ” ޝީތަލް ކުރުނުކޮށް އަަހަންެފެށިއެވެ

“ހޫން އަހަރެންނަށް އޮތީ ފޮނި ވާހަކައެއްނޫން އޭނާއާއި ބެހޭގޮތުން ދައްކަން އެހެންވެ އެވާހަކަ ނުދައްކަން މިއިންނަނީ”

“އެކަމަކުވެސް ހެޔޮ ކަލެއް ދިމާވާކޮންމެ ކަމަކީ މަށްށް އިބްރަތްތެރި ފިލާވަޅޭއް ކިޔާދިބަލަ ކިހިނެތްތަ ވީ” ޝީތަލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

“އަހަރެން އެދުވަހުންފެށިގެން ވަރަށް ގާތްކޮށް އޭނާއާއިވާހަކަ ދެެއްކިން. ފޯނުން.. ތަފާތު ފޮޓޯތަށް އަހަރެން އޭނާއާއި ހިއްސާކުރިން އޭނާގެ ފޮޓޯ އޭނާއެއް އަހަރެންނަށް ނުފޮނުވާ.. އޭނާގެ ކޮއްކޮ ރުބީގެ ފޮޓޯތަކުން އޭނާ އަހަރެންގެ ފޮޓޯފޮތް ފުރާލަދިން… އެއީ ލޯބި ކުޑަކުއްޖެއްގެ ފޮޓޯ.. އެއްދުވަހުވެސް އޭނާ ވައިބާއިން ވާހަކަ ދައްކަން ތައްޔާރެއް ނުވި.. އެކަަމަކު ރޭއަލިވަންދެން ފޯނުން ވާހަކަ ދެއްކަމު. އޭނާގެ ޖާދުލުގެ ލަވަތަކުން އަހަރެންގެ ހިތް އޭނާ ފަތަހަ ކުރި.. ތެދަށް ބުނާނަމަ އަހަރެންނަށް އޭނަދެކެ ލޯބިވެވުނު. ހިތުގެ އެންމެ ފުންމިނުން އޭނާއަށް އިހްތިރާމާއި ލޯބި ދެވުނު.އަހަރެން އޭނާނުދެކެން ވައިބާއިންވެސް ކޮންމެ ހެން އަހަރެން މީހަކު ބަލާކަށް ބޭނުމެއްނުވި މިހާ ހުންނަ ސިފަޔަކީ އަހަރެން ވިސްނި އެއްޗެއް ނޫން ﷲ ހައްދަވާފައިވާ އެއްވެސް އިންސާނަކުގެ ސިފަޔަށް ގޮތް ކިޔަން އަހަރެން މީކާކު. ސިފަޔަކީ މީހާގެ އުޅުން ނޫންތަ؟ އަހަރެން ބޭނުންވީ އަހަރެންދެކެ ލޯބިވާނެ މީހެއް  އަހަރެންނަށް ކުށްހީއެއް ކުރެވުނީ އޭނާއާއި މެދުހަމައެކަނި އަހަރެންނަށް އިވުނީ އޭނާގެ ފޮނި ވާހަކަ ތަކުގެ އަޑު އަހަރެންގެ ހިތްބުނީ އޭނާވެސް އަހަރެންނާއި ގަޔާވެއޭ އެކަމަކު އެއީ ކުށް ހީއެއް ޝީތަލް އަހަރެން ވިސްނީ އޭނާއަކީ އަހަރެންގެ އެންމެ ފަހުގެ މަންޒިލް ކަމަށް. އެކަމަކު އޭނާގެ ވިސްނުން ވަރަށް ތަފާތު އަހަރެންގެ ހިތުގަ ޖަޒްބާތު ނޭނގި އަހަރެންކާރީ އޭނާ ދެއްކި ވަހަކަ ތަކުން އަހަރެންގެ ހިތް ހަލާކުވި. އޭނާގަޔާވީ އަހަރެންގެ އެކުވެރިންނާ. ލަވަ ކިޔާދޭ “ޗާލޭ މަގޭރަންކޮޅާ” ކިޔާދޭ އަހަރެންގެ އެކުވެރިންނާ އޭނާ މާގަޔާވާ ވާހަކަ އޭނާ އެއްވެސް ބަލާލުމެއްނެތި އަހަރެން ކާރީ ބުނެލި.އަހަރެންނާ މެދު އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަން އަހަރެންނަށް އެނގުނު. ވަރަށް ފާޅުގަ އޭނާ އެހެން ބުނެއިއުލާންކުރީ އަހަރެންގެ އެކުވެރިންނަށް އޭނާ ކުރިތައުރީފް ހިތާމައިން އަހަރެންގެ ހިތްމޯޅިވި.. އަހަރެންގެ މައުސޫމް ކަމުގެ މައްޗަށް އަމިއްލަ ނަފްސާ ޝަކުވާކުރިން ކާކުކަން ނުވެސް ދަންނަ މީހުނާ ވާހަކަދެއްކުނު ކަމުގެ މޮޔަ ހީވިއަދި އެއާއިއެކު އަމިއްލަ ހިތްއޭނާ މަށްޗަށް ފިދާކުރެވުނީތީ ނަފްސުދެކެ ރުޅިއާދެވުނު. އަހަރެން ވަގުތުން އޭނާގެ ނަމްބަރު ބޮލޮކް ކޮށް އަހަރެންގެ ފޯނުން އޭނަގެ ނަންވެސް ފޮހެލިން އަދި ފޭސްބުކްއިންވެސް އަހަރެން އޭނާ ބުލޮކް ކޮށްލިން އަދި އަހަރެންގެ ހިތުން ވެސް އޭނާގެ ނަން ފޮހެލިން އެއީ ހުވަފެނެއް އަހަރެންގެ ދުނިޔޭން ތެދުވެރީން ހުސްވެ ނިމިއްޖެ.”  ކަރުނަ ފޮހެލަމުން ޝައިނާ ބުނެލިއެވެ. އަދި ސައިގެ ކޯވަރެއް ބޯލިއެވެ.

“ ހުނ.ފިރިހެނުންނެއްނު؟ ތިހެންތިބޭ އަންހެންކުދިން ހައްލަން މަސައްކަތް ކުރާނެ. ލޯބީގެ ލަވަތަށް ކިޔާދިނުމާއި ފަރިހި ކިޔާދިނުން މިއީ ޒަމާންވީ ދިވެހިންގެ އާދައެއް. ތިޔަ ޝައިނާއަށް ދިމާވީވެސެް އެކަހަލަ މީހެއްތާ.. ނަސީބެއްނު  އެކަކު އަނެކަކު ނުފެނި ސަލާމަތްވިކަންދޯ.. ދެން އެންމެ ރަނގަޅުވާނީ އޭނާ އާއި މެދު އެއްގޮތަކަށްވެސް ނުވިސްނުން. ދެން ޝަފްރާޒް އާއި ދިމާވީ ކިހިނެއް؟”

ޝީތަލް ޝައިނާއަށް ނަސޭހަތްް ދެމުން އަހާލިއެވެ..

ނުނިމޭ

 

 

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

މާފެއް ނުކުރާނަން ހެއްޔެވެ؟5

Next

އެހަނދާން ފޮހެވޭތޯ ބެލިޔަސް 7

Next
November 4, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް 7

Previews
November 4, 2018

މާފެއް ނުކުރާނަން ހެއްޔެވެ؟5

9 Comments!

  1. naash says:
    November 4, 2018 at 3:53 pm

    maasha allah.. vv nice mi stry ge first part….. nd me dhw first vx.. yay??????❤❤

    1. Rozy says:
      November 4, 2018 at 5:04 pm

      Thank you
      hope to see more comments from every body who love reading

  2. Naaya says:
    November 4, 2018 at 6:21 pm

    Reethi. Waiting for next part.

    1. Rozy says:
      November 4, 2018 at 6:40 pm

      Coming Soon Insha Allah

  3. Queen says:
    November 4, 2018 at 7:05 pm

    Mi part vrh salhi ingey.? kihineh tha???

  4. Ibsha says:
    November 4, 2018 at 9:22 pm

    Varah reethi

  5. unique says:
    November 4, 2018 at 9:53 pm

    varah loabi mi storyvx
    hoping to see next part soon dear
    missed u so much… ly

  6. Shaina says:
    November 4, 2018 at 10:03 pm

    Wow, guess what, my name is Shaina as well.iam really looking forward for the next part!???????

  7. Annu says:
    November 4, 2018 at 10:52 pm

    Mahvaraa dho e inee.. “sheen” sukun innnaanee.. not “shaviyani” sukun.. 🙂 nice story..

Comments are closed.


All Right Reserved!