ٱلسَّلَامُ عَلَيْكُمْ، ކިޔުންތެރިންގެ ސަމާލުކަމަށް، މުތާގެ އައު ވާހަކައެއް މިހާރު ”ވަންއޮންލައިން” ގައި ދަނީ ޝާއިއު ކުރެވެމުންނެވެ. އުއްމީދަކީ ކިޔުންތެރިންގެ ތަރުހީބު މިވާހަކައަށް ވެސް ލިބިގެން ދިއުމެވެ. ހަފްތާގެ ކޮންމެ ހޯމަ، ބުދަ އަދި ހުކުރު ދުވަހެއްގައި ވާހަކަ ގެނެސްދެވޭނެއެވެ. إِنْ شَاءَ ٱللَّٰهُ. މުޠައްހަރު އިބްރާހީމް (މުތާ/ސ.ހިތަދޫ)
އަޝްކާންއަށް ގުޅާފައި ވަރަށް އަވަހަށް ގެއަށް އައުމަށް ދިމްނާ އެދުނެވެ. ލިބުނު ހާސްކަމުގައި އަޝްކާން ވަރަށް ގިނަ ސުވާލުތަކެއް ކުރިއެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރަން ބޭނުން ވެގެންނެވެ. ނަމަވެސް ޖަވާބު ދިނުމެއް ނެތި ދިމްނާ ފޯނު ކަނޑާލިއެވެ. އޭރު ދިމްނާގެ ގާތުގައި ހުރި އެލީންއަށް ހެވެނީއެވެ. އެއީ އޭނަގެ އެދުމުގެ މަތިން ދިމްނާ ކުރިކަމެކެވެ. ”ދެން ގުޅާ ދޮންދޮންއަށް…” އެލީން އެދުނީ ކައްޔިސްއަށް ގުޅުމަށެވެ. ހަމަ އަޝްކާންގެ ގާތުގައި ބުނި ވާހަކަތައް ތަކުރާރުކުރުމަށް އޭނަ އެދުނެވެ. […]
ޒަމާންތަކަކަށް ދެމިގެން ދިޔަ ނަފުރަތާއި ރުޅިވެރިކަމުގެ ހަނގުރާމައަށް ދާއިމީ ހައްލެއް ލިބި ހިތަށް ސުލްހަވެރިކަން ވެރިވެގެން ދިއުމުން ޖަމީލާގެ ނަފުސަށް ފިނިކަމެއް ލިބުނެވެ. ޖިސްމަށް އަބަދު ލިބިލިބި ހުރި ހޫނުކަމާއި ދިލަކަން ފަސޭހަވެގެން ދިޔަ ކަހަލައެވެ. މަޢާފަށް އެދެވުމުން އެތައް ޓަނުގެ ބަރުދަން ސިކުނޑިން ލުއިވެގެން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. މުޅި މީހާއަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. މަލްސާއާއި ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ. ޖަމީލާގެ ލޮލުގެ ހިމަކޮޅުން ލާފައި ފައިބައިގެން ދިޔަ ކަރުނަ ތިކިތައް މަލްސާ ފޮހެލަދިނެވެ. […]
”ކިހިނެއް ވެގެންތަ މިއުޅެނީ؟…” ބޮޑުކޮޓަރިއަށް އައި ހުސޭނު އަޑު ހަރުކޮށް ބުނެލިއެވެ. ”ކޮންގޮތަކަށްތަ ގިޔާން ވާހަކަ ތި ދައްކަނީ… އެއީ ގިޔާންގެ މަންމައެއް ނޫންތަ؟…” ”އެއީ އަހަރެންގެ މަންމައެއް ނޫން…” ގިޔާން ރައްދުގައި ބުނެލުމުން، ގިޔާންގެ އަތުގައި މަލްސާއަށް ހިފަހައްޓާލެވުނެވެ. ރޮވިފައިވާ ލޮލަކުން ގިޔާންއަށް ބަލާލަމުން އޭނަ ދެފަރާތަށް ބޯހޫރާލީ ހަނުހުރުމަށް އެދޭ ފަދައިންނެވެ. ފުންނޭވާއެއް ދޫކޮށްލި ގިޔާން އިތުރަށް ރުޅި ގަދަވިއެވެ. ”ހުސޭނުގެ ދަރިންނާ ހެދި ލަދުން ބޯފަޅައިގެންދާ ވަރުވޭ، ފިރިހެން ދަރީގެ ނެތް އެއްވެސް […]
”ކީކޭތަ ދެންމެ ތިބުނީ؟…” ގިޔާންއަށް ބަލާލަމުން ރޭޝަމް އެހިއެވެ. އެއަށްފަހު އޭނަގެ ނަޒަރު އަމާޒުވެގެން ދިޔައީ މަލްސާއަށެވެ. އޭނައަށް މަލްސާގެ ފަރާތުން ފެނުނީ ހާސްކަމެވެ. ”އޫޕްސް، ސިރެއްތަ އެއީ، އެހެންވެއްޖެއްޔާ ސޮރީ…” ގިޔާން ބުނެލިއެވެ. މަލްސާއަށް ވެފައި ހުރި ގޮތް ފެނި ގިޔާން ގާތަށް އައީ ނުލަފާ ހިންޏެކެވެ. ނަމަވެސް، ދޮންތަގެ ސިއްރު ބޭޒާރުކޮށްލެވުމުން އޭނަ މަޢާފަށް އެދުނެވެ. ”ސޯ ޔޫ ޑިޗްޑް މީ ޓު ގޯ އޮން އެ ޑޭޓް؟…” ރޭޝަމް އެހިއެވެ. ”ގިޔާގެ އަނގަ […]
ބޭރަށް ދާން ރީތިވަމުން ދިޔަ މަލްސާއަށް ކޮޓަރީގެ ދޮރުގައި ޓަކިދޭއަޑު އިވުމުން އައިސް ދޮރު ހުޅުވާލިއެވެ. އޭރު ދޮރު ކުރިމަތީ ހުރީ ގިޔާން އެވެ. ހައިރާންކަމާއެކު އޭނަ މަލްސާއަށް ބަލާލިއެވެ. މާ ވަރަކަށް ރީތިވެގެން ހުރީމައެވެ. ”ތަނަކަށް ދާންތަ ތިއުޅެނީ؟…” ބުމައަރުވާލަމުން ގިޔާން ސުވާލުކުރިއެވެ. ”ހޫމްމްމް، ކަމަކުތަ ތިއައީ؟…” މަލްސާ ބުނެލިއެވެ. އެއަށްފަހު ގިޔާން އެތެރެއަށް ވަންނަން އޭނަ ތަން ދެއްކިއެވެ. ”ހަމަފޫހިވެގެން މިއައީ… އޭލެވެލްގެ ނަތީޖާ ލިބުމުން ދޮންތަ ބުނި ޓްރީޓް އަދިވެސް ނުދެމެއްނު…” ކޮޓަރިއަށް […]
”ބަރްކާ؟، ހާދަ ނޫން ގަޑިއެއްގަ؟، ކަމެއް ވީތަ؟…” ބޮޑުކޮޓަރީގައި ތިބި ފަލާހުގެ ދެމަފިރިންނަށް ބަރްކާ ފެނުމާއެކު ގޮވާލެވުނެވެ. ރުޤިއްޔާ އަވަސްއަވަހަށް ސޯފާއިން ތެދުވިއެވެ. ފަލާހު ވެސް އަތުގައި އޮތް ޓީވީ ރިމޯޓުން ޓީވީ ނިއްވާލަމުން ބަރްކާއަށް ބަލާލިއެވެ. ނުތަންވަޅު ވަގުތެއްގައި ބަރްކާ އައުމުން ދެމަފިރިން ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ. ”ދިމްނާ، ދިމްނާއަށް ކަމެއް ވީތަ؟…” ހަލުވި ފިޔަވަޅުތަކެއްގައި ބަރްކާގެ ގާތަށް ގޮސް ހުއްޓެމުން ރުޤިއްޔާ އެހިއެވެ. އޭނަގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ”އުސައިދު ކޮބާތަ؟…” ރުޤިއްޔާގެ ސުވާލަށް […]
ކޮރިޑޯއިން ހިނގާފައި ދިޔަ ބަރްކާއަށް ވިސްނެމުން ދިޔައީ ދެން ހަދާނެ ގޮތަކާ މެދުގައެވެ. ދިމްނާއާ މެދު ކަންތައްކުރި ގޮތަށް ފަހު ހަމަޖެހިލައިގެން އުސައިދުއަށް އުޅުމުގެ ފުރުސަތު ދޭން އޭނަ ބޭނުމެއް ނުވެއެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅަށް އެފަދަ ބޮޑު އަނިޔާއެއް ދިން މީހަކު އިންސާފުގެ ތިލަފަތުން މިނިވަންވެފައިވާތަން ދެކެން އޭނަގެ މައިލަނގޮޑިއަކަށް ކެތެއް ނުވާނެއެވެ. ބަރްކާގެ ހިތުގައި އޭރު ރުޅިވެރިކަމުގެ ހައިޖާންގަނޑެއް އުފެދިފައި ވިއެވެ. އޭނަގެ އަމިއްލަ އެދުން ކިތަންމެ ބޮޑުވިޔަސް، އަދި މީހުން ވިސްނާއެއްޗަކަށް ކިތަންމެ […]
ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. ދުލުން ބަސްހުއްޓިފައިވާ ހާލު ދިމްނާއަށް ބަލަން ރުޤިއްޔާއަށް އިނދެވުނެވެ. ދިންމާ ރޮމުން ދިޔައިރު އެއަޑުގައި ހިތްދަތިކަން އެކުލެވިގެންވިއެވެ. މާޔޫސްކަމާއި ހިތްދަތިކަމުގެ އަސަރު އެދެލޮލުގައި ވަނިކޮށްވެސް ފެނުނެވެ. އެއުދާސްކަމުން ރުޤިއްޔާގެ ހިތުގައި ރިއްސާލައިފިއެވެ. ހަމައެއާއެކު ދިމްނާގެ ފަރާތުން ބިރުވެރިކަން ވެސް އޭނައަށް ފެނުނެވެ. އެހުރިހާ ބަދަލެއް އައީ އުސައިދުއާ ގުޅުވައިގެން އޭނަ ސުވާލުކުރަން ފެށުމުންނެވެ. އޭގެ ސަބަބުން ރުޤިއްޔާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ނަފުސަށް ބިރުވެރިކަން ސަވާރުވެގެން ދިޔައެވެ. ދިމްނާގެ ހިތްދަތިކަމާއި […]