މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއިން ބާވެފައިވާ ކުޑަ ގެއެއްގެ ބަދިގެ ތެރޭގައި ޒާނާ ހުރީ ފުށްގަނޑު މޮޑޭށެވެ. އުމުރުން އެންމެ ވިހި އަހަރުގެ ޒާނާއަކީ އެ އާއިލާގެ ތަނބެވެ. އޭނާގެ ބައްޕަ ނިޔާވީ ޒާނާ ވަރަށް ކުޑައިރުއެވެ. އެދުވަހުން ފެށިގެން އޭނާގެ މަންމަ ހަލީމާ އުޅެމުން އައީ ދެ ކުދިން ބަލައި ބޮޑުކުރުމަށްޓަކައި ނުހަނު ބުރަ މަސައްކަތުގައެވެ. “ދަރިފުޅާ ޒާނާ. މާ ގިނައިރު ނުހުރެ އިށީނދެލައިގެން ތި މަސައްކަތް ކޮށްބަލަ.” ހަލީމާ ބަދިގެއަށް ވަންނަމުން ބުންޏެވެ. އޭނާގެ […]
“ފާޒިލް. އަހަރެމެން މެހެކްއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރިން. އެކަމަކު އެކަމެއް ނުވި. އޭނަ އެ ކައިވެނި ހުއްޓައެއް ނުލާނެ.” އަމީން ބުންޏެވެ. “އޭނަ ބައްޕަގެ ވާހަކަވެސް އަޑެއް ނޭހިތަ؟ ބައްޕަމެން މަސައްކަތް ކޮށްފީމުތާ. އެވަރުން ފުދޭނެ. އެހެންވީމަ ދެން ތި ޖެހުނީ އަހަންނާތާ. އަހަރެން އެކަން ހުއްޓުވާނަން.” ފާޒިލް ބުނެލިއެވެ. “އެކަމަކު ކިހިނެއް؟” އަމީން އެހިއެވެ. “ބައްޕަ ބަލަން ހުރޭ.” ފާޒިލްގެ ހިތުގައި ވަރުގަދަ ރޭވުމެއް ރާވާލިއެވެ. ފާޒިލްގެ ހަޤީޤީ ރޭވުން އޭނާ އަމީން ގާތު ނުބުނީ […]
“އިޝާން.” އިޝާންގެ އަތުގައި ހިފާލަމުން މެހެކް ގޮވާލިއެވެ. އިޝާން ބަލައިލިއެވެ. “މިއަދު އަހަރެން މިތަނަށް މި އައީ ވަކި ބޭނުމެއްގައި. އިޝާން މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ގާތު ކައިވެންޏަށް އެދުނީމެއްނު. އަހަރެން އެކަމާ ވަރަށް ވިސްނައިފިން. އަދި ގޮތެއްވެސް ނިންމައިފިން.” މެހެކް ބުނެލިއެވެ. އިޝާންގެ ހިތް ތަފާތު ގޮތަކަށް ތެޅިގަތެވެ. މެހެކް ދޭނީ ކޮން ޖަވާބެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. ރަނގަޅު ގޮތެއް ވާނެކަމަށް އޭނާ އުންމީދުކުރެއެވެ. “މިހާރު ވެސް ވަރަށް ގިނަ ދުވަހު އަހަންނަށް […]
“މެހެކް. އަހަންނަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއް. އަދި މިވާހަކަ ބުނީމަ މެހެކް ކަންތައް ކުރާނެ ގޮތެއްވެސް.” ޖެހިލުންވާކަން ހާމަކުރަމުން އިޝާން ބުނެލިއެވެ. “އިޝާން. ކޮން ވާހަކައެއް ބުނަން ތިހާ އުނދަގޫވެގެން ތި އުޅެނީ؟ އެވާހަކައެއް ބުނީމަ އަހަރެން ރިއެކްޓް ކުރާނެ ގޮތަކާ ދޭތެރޭ އެހާ ކަންބޮޑުވާވަރުގެ ކޮން ވާހަކައެއްތޯވެސް ބަލާހިތް ވެއްޖެ މިހާރު. ދެން ބުނެބަލަ. އޭރުންނެއްނު އެނގޭނީ.” މެހެކް ހިތްވަރު ދިނެވެ. “މެހެކް. އަހަންނަށް މެހެކްދެކެ ލޯބިވެވިއްޖެ. އަހަރެން ބޭނުންވަނީ މެހެކްއާ ކައިވެނިކުރަން.” އިޝާން […]
“ފާޒިލް. އަހަރެން ކޮންމެ ފަހަރަކުވެސް ހިތަށްއަރާ ކަލޭ ދެން މިއަށްވުރެ ދަށު ދަރަޖައަކަށް ނުވެއްޓޭނެޔޭ. އެކަމަކު ކަލޭ ކޮންމެ ފަހަރަކުވެސް އަހަރެންގެ ވިސްނުން ގޯސްކަން އެބަ ސާބިތުކޮށްދެމު. މިހާރު ހުރިހާ ގޮތެއް ހުސްވީމަ ކަލޭ ތި ހަތިޔާރަކަށް ހެދީ ދަރިފުޅޭ. ދެން އަދި އެއްވާހަކަ. އެއްވެސް ހާލަތެއްގައި މަންމައަށް ދަރިފުޅު ނުދެއްކޭ ގޮތަކަށް އެއްވެސް ޤަވާއިދެއްގައިވެސް ނޯވޭ. އަދި ކަލޭގެ ފައިސާއާ ނުފޫޒަކުން ކޯޓަކުން އެގޮތަށް އަމުރެއްވެސް ނުކުރާނެ. އަދި އެންމެ މުހިންމު ވާހަކަ. ކަލޭއަކަށް އަޔާލްއެއް […]
އެރޭ މެހެކްއަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. ތަން ބަދަލުވީމައެވެ. ފިކުރުތައް ގިނަކަމުންނެވެ. އޭނާގެ ހުރިހާވެސް ފިކުރެއް ގުޅިފައިވަނީ އޭނާގެ ދަރިފުޅާއެވެ. އެ ދަރިފުޅުގެ މުސްތަޤުބަލާއެވެ. ފާޒިލްގެ އަނިޔާވެރިކަމުން ސަލާމަތްވާން އޭނާއަށް މި އެޅުނު ފިޔަވަޅަކީ ވަރަށް ހިތްވަރުން އޭނާ އެޅި ފިޔަވަޅެކެވެ. ދަތި އުނދަގޫ ދުވަސްތަކެއް އޮތީ ބޯމަތީގައިކަން އޭނާއަށް ވިސްނެއެވެ. މިގޭގައި ހުއްޓަސް ނުވަތަ އެހެން ތަނަކުންވެސް ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭނަމަ ފައިސާ ބޭނުންވާނެއެވެ. އޭނާ އަތަކު ދިގު މުއްދަތަކަށް ބޭނުންކުރާނެހާ ފައިސާއެއް ނެތެވެ. […]
“ދަރިފުޅާ. މިއޮއް ދަންވަރު ނުގޮސް މަޑުކުރޭ ހެނދުނު ދާން.” ރަމީޒާ މެހެކްއަށް ގޮވިއެވެ. “ނޫން މަންމާ. އަހަރެންނަށް ޖާގަ ނެތް ތަނެއްގައި އެންމެ އިރުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނޫން. އަހަރެން މިދަނީ. އަދި މީގެފަހުން ދުވަހަކުވެސް އެނބުރި މިގެއަކަށް ނާންނާނަން.” ކަރުނަ ފޮހެލަމުން މެހެކް ބުނެލިއެވެ. އޭނާ އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އަޔާލް ގޮވައިގެން އެގެއިން ނުކުތެވެ. “ބަހައްޓާ. މިހާރު އޭނައަށް އަހަރުން ދައްކާ ވާހަކަ އަޑެއް ނީވޭނެ. ދާން ދޫކޮށްލާ. އަލުން ފާޒިލްގެ ގާތަށް […]
އެދުވަހު މެހެކް ވަރަށް ވިސްނިއެވެ. އޭނާގެ ހިތަށް އެރިއެވެ. އޭނާ މި ކެތްކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ އޭނާގެ ދަރިފުޅަށް އޭނާ މި ދައްކައިދެނީ ކޮންކަހަލަ މިސާލެއް ހެއްޔެވެ؟ އަޔާލް ބޮޑުވެގެން ފާޒިލް ފަދަ އަނިޔާވެރިއަކަށް ވާން އޭނާ ބޭނުން ހެއްޔެވެ؟ ނޫނެކެވެ. އޭނާ ޖެހޭނީ މި އަޅުވެތިކަމުން ނުކުންނާށެވެ. ރޭގަނޑު 11 ޖަހައިފިއެވެ. މެހެކް އިނީ ސިޓިންރޫމް ސޯފާގައެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ފާޒިލް ގެއަށް އަންނާނެ އިރަކަށެވެ. އާދައިގެ މަތިން ފާޒިލް ގެއަށް އައީ […]
“ކަންތަކާ ޖެހުނީ. މިރޭ ދެން ލާހިކެއް ނޫން ނިދާކަށް.” ނިދިން ހޭލެވުނު ފާޒިލް ރުޅިވެރިކަމާއެކު ބުނެލިއެވެ. “ހެޔޮނުވާނެ ފާޒިލް. މަންމައަށް ގޮވާލަދީބަލަ. ބަނޑުގައި ރިއްސާވަރުންނޭ.” ވަރަށް ހިތްވަރުން މެހެކް ބުނެލިއެވެ. “ހުސް މަކަރު. ތި އެކްޓުތައް ޖައްސާނެކަމެއް ނެތް. ނިދާ!” އަމުރުވެރިކަމާއެކު ބުނެލުމަށްފަހު ފާޒިލް ދުރަށް އެނބުރި އޮށޯތެވެ. “ފާޒިލް. މަންމައަށް ގޮވާލަދީބަލަ.” ރިހުންގަނޑުން ކެތްނުވާ ޙާލުގައި މެހެކް ބުނެލިއެވެ. “ފާޒިލް…..” މެހެކް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ފާޒިލްގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ހޮނު ގުގުރިއެއްގެ އަޑު […]