Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިލޯބި

އެހަނދާން ފޮހެވޭތޯ ބެލިޔަސް 7

eysh Level 510 Stories100 Comments100 Login500 Comments
November 4, 2018 4 Mins Read
27 Comments

“އަހަރެން ދޫކޮށްލާ…. އަހަރެން މަރާނުލާ…. އަހަރެން އެއްވެސް މީހެއްގެ ކައިރީ ނުބުނާނަން…” ޒީކްގެ އަޑުވެސް ބިރުން ތުރުތުރު އަޅަމުންދިޔައެވެ. ދެލޯ މަރާލައިގެން ހުރިގޮތުން ދާއިންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

********

“ޒީކް…. އަހަރެން މިއުޅެނީ ޒީކްއަށް ގެއްލުމެއް ދޭކަށް ނޫން…. އަހަރެން ގަބޫލުކުރަން ޒީކްގެ ފުރާނައަށް ނުރައްކާވީ އަހަރެންގެ ސަބަބުންކަން….. އެކަމަކު ޒީކްގެ ފުރާނަ ސަލާމަތްވީވެސް އަހަރެންގެ ސަބަބުން…” ޒީކް އާއި ނަޒަރު ސީދާކޮށްލަމުން ދާއިން ބުންޏެވެ.

ވެދިޔަ ކަންތައްތަކަށްފަހު ދާއިން ހުރީ ދެރަވެފައެވެ. ޒީކް އޭނަ ދެކެ ބިރުން އުޅޭތީ ވަކިން ދެރަވިއެވެ. ކައިލް، ޒީކް ދެކެ ލޯބިވާކަން އެނގުނު ހިސާބުން ފެށިގެން އޭނަގެ ލޯބި ހިތުގައި ކަފުންކޮށް ފޮރުވާލެވުނެވެ. އޭނަ ޒީކް ދެކެ ކިތަންމެ ލޯބި ވިޔަސް މިއަދަށްފަހު އެލޯބި ފާޅެއް ނުކުރާނަމެވެ.

“ޒީކް ހަނދާން އެބަހުއްޓެއްނު އެންމެ ފުރަތަމަ ދުވަހު އަހަރެން…..” ދާއިންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އެރޭގެ ހާދިސާ ސިފަކޮށްލުމުންވެސް ނޭނގޭ އުނދަގޫތަކެއް ހިތަށް ކުރުވައެވެ. ޒީކް އާއި ދޭތެރޭ އޭނައަށް ކަންތައް ކުރެވުނު ގޮތް ހަނދާންވާ ކޮންމެ ފަހަރަކު އަމިއްލަ ނަފުޞުދެކެ ރުޅި އާދެވެއެވެ.

“ކައިލް އަކީ އަހަރެންގެ ބޭބެކަން މިހާރު ޒީކް އަށްވެސް އެނގިފައި ކަންނޭނގެ އޮންނާނީ…. ބޭބެ ޒީކްދެކެ ވާ ލޯބިވެސް….” ދާއިން ހުއްޓާލިއެވެ. ޒީކް އަކީ އެހެން މީހެއްގެ ހައްގެއްކަން އަމިއްލަ ހިތަށް ވިސްނައިދީދީ އޭނަ ވަރުބަލިވެއްޖެއެވެ. ނަމަވެސް އެހިތް އަދިވެސް ޒީކްއަށް އެދި ގޮވަމުން ދަނީއެވެ.

“އެދުވަހު ބޭބެއަށް ނާދެވުނު ނަމަ ޒީކްގެ ފުރާނަ ސަލާމަތެއް ނުވީސް….. އަހަރެންގެ އަމިއްލަ ނަފުސަށް ދުވަހަކު މަޢާފެއް ނުދެވުނީސް…. އެކަމަކު އެދުވަހުގެ ފަހުން އަހަރެން މުޅިން އެހެން މީހަކަށް ބަދަލުވެއްޖެ….. އަމިއްލަ ނަފުސު ކޮންޓްރޯލްކުރަން ދަސްވެއްޖެ……” ޒީކްއަށް ފުރަގަސް ދެމުން ދާއިން ބުންޏެވެ. އެދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ޒީކްއަށް ދައްކަން ބޭނުން ނުވާތީއެވެ. އެހިތުގެ ހާލު ޒީކްގެ ކުރިމަތީގައި ބޭޒާރުވެގެން ދާކަށް އޭނަ ބޭނުމެއް ނޫނެވެ.

“އެކަމަކު…” ދާއިންގެ ވާހަކަތައް ގަބޫލުކުރަން ޒީކްއަށް އުނދަގޫވިއެވެ. އެދުވަހުގެ ފަހުން ދާއިންއަށް ވިސްނުނުނަމަ ފަހުން ވެސް އޭނަ އާއި ދިމާކުރީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހަނދާނުން އެހުރިހާ ކަމެއް ފޮހެލީ ކޮންކަމެއް ސިއްރުކުރަން ހެއްޔެވެ؟ ޖެހިލުންވެފައި ހުރިވަރުން ހިތަށް އައި ހުރިހާ ސުވާލުތައް ކުރާކަށް ނުކެރުނެވެ.

“އިންސާނަކަށް ނުވިޔަސް އަހަރެމެންގެ ހިތުގައި ވެސް އިޚުސާސްތަކެއްވޭ….. އެއިޚުސާސްތައް ކޮންޓްރޯލްކުރަން ބައެއް ފަހަރު އުނދަގޫވަނީ….. ދެވަނަ ފަހަރަށް އަހަރެންނަށް ޒީކް ފެނުނުއިރު ޒީކްގެ ކަނދުރާގައި އިން ތަން ވަނީ ވަރަށް ބޮޑަށް އިންފެކްޓްވެފަ…. ފުރަތަމަ ގަބޫލުކުރަންވެސް ދަތިވި އެހެން ވެދާނެކަމަށް….. އެކަމަކު އޭރު ޒީކްއަށް ވަނީ ނުރައްކާތެރި ބައްޔެއް ޖެހެން ފަށާފަ…. އެންމެ ދުވަހެއް ލަސްވި ނަމަވެސް ފުރާނައަށް ނުރައްކާވީސް…. އެހުރިހާ ވިހަ ލެޔެއް ޒީކްގެ ހަށިގަނޑުން ބޭރުކުރީ އަހަރެން…. މިހާރު ޒީކްގެ ހަށިގަނޑުގައި އެފަދަ އެއްވެސް ނުރައްކަލެއް ނެތް… ތީ ފުރިހަމަ އިންސާނެއް….” ދާއިން އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ.

ދާއިންގެ ވާހަކަތަކުން ޒީކްގެ ހިތަށް ފުން އަޞަރުތަކެއް ކުރުވިއެވެ. ދާއިން އެބުނާހެން އެނިޝާން ފޮހެވިފައިވަނީ ދާއިން އެދުވަހު ކުރި ކަމެއްގެ ސަބަބުންނެވެ. ޒީކްއަށް ކަނދުރާގައި އަތް ޖައްސާލެވުނެވެ. ކަނދުރާގައި އަޅާފައިވާ ބޭސްގަނޑުގައި އަތްޖެހުމާއިއެކު އަނެއްކާވެސް ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.

“އަހަރެން ރޭގައި އެހެން ކަންތައްކުރީ ޒީކްގެ ފުރާނަ ދުއްވާލާކަށް ނޫން…. ކެލީޝާގެ ކިބައިން ޒީކް ސަލާމަތްކުރަންވެގެން… އަހަރެން މޮޅު ޕްލޭންއެއް ރާވާލިން…. އެކަމަކު އޭގެ ކުރިން ބޭބެ އައީ….” ޒީކްގެ ހިތަށް އަރާފައިބަމުންދިޔަ ކޮންމެ ސުވާލެއްގެ ޖަވާބު ދާއިން ދެމުން ދިޔައެވެ.

“ދާއިންއަށް ހުރިހާ ކަމެއް އެނގެނީ ކިހިނެތް….” ޒީކް ހުރީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. ވެމްޕަޔަރުންނަށް ލިބިފައިވާ ބާރުތައް އެނގުނު ނަމަވެސް ހަގީގަތާއި ކުރިމަތިލާން ޖެހުމުން އޭނައަށް ގަބޫލުކުރަން ދަތިވިއެވެ. މީގެކުރިން އޭނަ ހީކުރީ ވެމްޕަޔަރުންނަކީ ޚިޔާލީ ވާހަކަތަކުގަޔާއި ފިލްމުތަކުގައި އުޅޭ އެއްޗެއް ކަމަށެވެ. މިއަދު އެހުރިހާ ކަމަކާއި ކުރިމަތިލާން ޖެހުމުން ވެސް އެކަން ގަބޫލުކުރުންވީ ދަތިކަމަކަށެވެ.

ޒީކް އާއި އަބަދުގެ އަބަދަށް ވަކިވެގެން ދާންޖެހޭ ވަގުތު ކައިރިވެއްޖެ ކަމުގެ އިޚްސާސް ދާއިންއަށް ކުރެވުނެވެ. ދެނަސްލެއްގެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ނުއުފެއްދޭނެކަން އޭނައަށް މިއަދު ގަބޫލުކުރެވިއްޖެއެވެ. ޒީކްއަކީ އެނަސްލުގެ މީހަކަށް ހެދުމުގެ ފުރުސަތު އޭނައަށް ލިބުނެވެ. ނަމަވެސް އަމިއްލަ އެދުމަށްވުރެ ބޮޑަށް އޭނަ އިސްކަން ދިނީ ޒީކްއަށެވެ. ޒީކްދެކެ އޭނަ ވަނީ ހަޤީގީ ތެދުވެރި ލޯތްބެކެވެ. އެލޯބީގެ ބާރުގައި ޒީކްއަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

“ދަރިފުޅާ ދާއިން…. އަހަރެމެންނަށް ސަލާމަތެއް ނެތް…. ގޭގެ ހަތަރުފަރާތުން ވިހަ ހަތިޔާރާއިއެކު އައިސް މީސްތަކުން ފުރާލައިފި….. އަވަހަށް ހިނގާ…..” ސުމޭނާގެ އަޑުގައިވަނީ ހާސްކަމެވެ.

ކުޑަދޮރުގެ ފޮތިގަނޑު ކަހާލައި، ބޭރު ބަލާލުމާއިއެކީ ޒީކް އަށް ލިބުނީ ސިހުމެކެވެ. ހަތިޔާރުތަކާއިއެކު ތިބި ސިފައިން ފެނުމުންނެވެ. އެއާއިއެކު މަންމަ އާއި ބައްޕަ ހުރިތަން ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. މަންމަ އާއި ބައްޕަ ފެނުމުން ހިތަށް ލިބުނު ހަމަޖެހުމަށްވުރެ ބޮޑަށް ހިތް ނުތަނަވަސްވިއެވެ. އޭނަގެ ސަބަބުން ކައިލްގެ އާއިލާ ނެތިދާން ބޭނުން ނުވާތީއެވެ.

“ބޭބެ ގޮވައިގެން ނޫނީ އަހަރެން މިތަނަކުން ނުދާނަން….” ދާއިން ދާކަށް ބޭނުމެއް ނުވިއެވެ. ފުރާނައަށް ނުރައްކާވިޔަސް ކައިލް ނުލައި އެތަނުން ނުދާން އޭނަ އަޒުމުކަނޑައެޅިއެވެ. ލޯބިވާ ކޮންމެ ފަރާތެއް މިދުނިޔެއިން ވަކިވެގެން ދިޔަސް އޭނައަށް ކެތް ކުރެވިދާނެއެވެ. ނަމަވެސް ކައިލް އާއި ނުލައި އޭނަގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ.

“ކައިލް…..” ޒީކްގެ ދެލޯ ފެންކަޅިވިއެވެ. ދުވެފައި ގޮސް ގުދަނުގެ ތެރެއަށް ވަދެވުމާއިއެކު ހަރު ހިލަގަނޑަކަށް ވެފައި އޮތް ކައިލް ފެނި ހިތް ކުދިކުދިވެގެން ދިޔައެވެ. ކައިލްގެ ކައިރީގައި ކުޑަކަކޫ މައްޗަށް އިށީނދެވުމާއިއެކު އެމޫނުގައި ފިރުމާލެވުނެވެ. ހިތްއެދި ގޮވަމުން ދިޔައީ އަދި އެއްފަހަރު ވާހަކަ ދައްކާލާނޭ ފުރުސަތު ލިބުމަށެވެ.

“ބޭބެ ސަލާމަތް ކުރަން ބޭނުންތަ….” ޒީކްގެ ހާލު ފެނި ދާއިންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ލޯބިވާ މީހަކު ހިތާމައިގައި އުޅޭތަން ބަލަން އެހިތަކަށް ކުޅަދާނައެއް ނުވިއެވެ.

“އެކަމަކު….” ޒީކް ބޯޖަހާލުމާއިއެކު ދާއިން ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އޭނައަށް ވާހަކަ ދައްކަން އުނދަގޫވީ ބުނަންޖެހޭ ވާހަކައިގެ ބާވަތުންނެވެ. އެއީ އޭނައަށް ފަހަރެއްގައިވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެތީއެވެ.

ދާއިންއަށް ޒީކްގެ ދެކޮނޑުގައި ހިފައި ގެނެސް މޭގައި ޖައްސާލެވުނެވެ. ދާއިންގެ އެއަމަލުން ނަގަންވީ މާނައެއް ނޭނގިފައި ޒީކްއަށް ހުރެވުނެވެ.

“ކިހިނެތްވީ…” ދާއިން އާއި ދުރަށް ޖެހިލަމުން ޒީކް ސުވާލުކޮށްލިއެވެ. އެއަޑުގައިވީ ހައިރާންކަމެވެ.

“ޒީކްގެ ފުރާނައަށް ނުރައްކާވެދާނެ… ޒީކް ސަލާމަތްވާނެކަމުގެ އަހަންނަށް ދެވޭނީ އެންމެ 25 ޕަސެންޓް….” ޖެހިލުންވެފައި ހުރެ ދާއިން ބުނެލިއެވެ.

ޒީކް ވިސްނާލިއެވެ. އަދި ފުރާނައަށް ގެއްލުން ލިބުނަސް ކައިލް ސަލާމަތްކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރި ކަމުގައި ބުނެލީ ކެރިގެން ސާބިތުކަމާއި އެކުގައެވެ.

ދާއިންގެ އަނގައިން ތޫނު ދެދަތް ނުކުތެވެ. ފުރަތަމަ ޖެހިލުންވި ނަމަވެސް ޒީކް ހަމައަކަށް އެޅުނެވެ. ޒީކްގެ އަތް ގެންގޮސް ދާއިންގެ ތޫނު ދަތްތަކާއި ދިމާކޮށްލި ވަގުތު ޒީކްއަށް އަނެއް ފަރާތަށް އެނބުރެވުނެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް އެމަންޒަރު ބެލުމަށް އުނދަގޫވުމުންނެވެ.

ޒީކްގެ އަތުގެ ތެރެއަށް ދާއިންގެ ދެދަތް ކޮށްޕާލުމާއިއެކު ހޯސްލާފައި ލޭއަންނަން ފެށިއެވެ. އަތަށް ތަދުވި ނަމަވެސް ޒީކް ކެތްތެރިވިއެވެ. ކައިލްއަށް ޓަކައެވެ. ކައިލްގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވެފައި ހުރި ވަރުންނެވެ.

ޒީކް އާއިއެކު ދާއިން އައިސް މަޑުކޮށްލީ ކައިލްގެ ކައިރީގައެވެ. ކުޑަކަކޫ މައްޗަށް ތިރިވުމާއިއެކު ދާއިންއަށް ކައިލްގެ މޫނުގައި ފިރުމާލެވުނެވެ. އެހެން މީހެއްގެ އެހީތެރިކަމަށް އޭނަ ބޭނުންވެފައިވާ ކޮންމެ ހާލެއްގައި އޭނަ އާއިއެކުވާ ހަމައެކަނި ފަރާތަކީ ކައިލްއެވެ. މިއަދު އެފަދަ ހާލެއްގައި ކައިލް ވާތަން ދެކެން އެހިތަކަށް ކުޅަދާނައެއް ނުވިއެވެ. އަމިއްލަ ފުރާނަ ގުރުބާން ކުރަން ޖެހުނަސް އޭނަ ހުރީ އެކަމެއް ކުރަން ތައްޔާރަށެވެ.

ޒީކްގެ މޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ދާއިން ބަލާލިއެވެ. އަދި ޒީކްގެ އަތް ގެންގޮސް ކައިލްގެ އަނގަ އާއި ދިމާކޮށްލިއެވެ. އެއާއިއެކު އެއަތުން އަންނަމުންދިޔަ ކޮންމެ ލޭތިއްކެއް ކައިލްގެ މޫނަށް އެޅެމުން ދިޔައެވެ.

ފަސްވަރަކަށް މިނެޓު ފާއިތުވެދިޔަތަނައި، ދާއިން، ޒީކްގެ އަތުން ދޫކޮށްލިއެވެ. އަދި އެއްވެސް އެއްޗެއް ބުނުމެއްނެތި ކޮޅަށް ތެދުވިއެވެ. ހައިރާންވެފައި ޒީކްއަށް ދާއިން އާއި ދިމާއަށް ބަލާލެވުނެވެ. އޭރު ދާއިން ކޮޓަރިން ނުކުމެ ދޮރު ލައްޕާލަނީއެވެ.

ޒީކް ޖެހިލުންވިއެވެ. އެއްފަހަރު ކައިލްއަށް އަނެއް ފަހަރު ދޮރާއި ދިމާއަށް ބެލެމުން ދިޔައެވެ. އޭރު ބިރުން ގޮސް ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ފަޔަށް އެއްޗެއް އެރިހެން ހީވުމާއިއެކު ޒީކް ދިޔައީ ސިއްސައިގެންނެވެ. ފައިދަށް ބަލާލެވުމާއިއެކު ތޫލި ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ފައިދަށުން އެރި މޫތަކުން އޭނަ ހައްޔަރުކޮށްލާފައިވަނީ ސަލާމަތް ނުވެވޭނޭ މިންވަރަށެވެ. އެމޫތަށް މަޑުމަޑުން މުޅި ހަށިގަނޑަށް ފެތުރެމުން ދިޔައެވެ. ހަށިގަނޑު ފިތެމުންދާ ކަމުގެ އިޚުސާސްކުރެވުމާއިއެކު ޒީކްގެ އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ.

ކޮޓަރީގެ ބޭރުގައި ހުރި ދާއިންގެ ލޮލުން ކަރުނަ ހުސްނުވެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލާފައި ހުރިއިރު ކަންބޮޑުވުމުގެ އަސަރު އެމޫނުމަތިން ފެންނަމުން ދިޔައެވެ. އަމިއްލަ ބޭބެގެ ފުރާނަ ސަލާމަތްކުރަން ޒީކްއަށް އެފަދަ ހާލެއް ޖެއްސުނީތީ އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ބޭވަފާތެރި އެކުވެރިޔާ 1

Next

ވާ ލޯބި އިނގޭ ނަމަ 6

Next
November 5, 2018

ވާ ލޯބި އިނގޭ ނަމަ 6

Previews
November 4, 2018

ބޭވަފާތެރި އެކުވެރިޔާ 1

27 Comments!

  1. unique says:
    November 4, 2018 at 9:51 pm

    thanks sissy for this lovely story

    1. eysh says:
      November 4, 2018 at 10:50 pm

      First dho mifaharu ?? thank u so much unique dear ??❤❤❤ vv happy vehje story kamudhiyaeema ?❤❤❤?

  2. umm says:
    November 4, 2018 at 9:56 pm

    Yeyy me first.. vr reethi mi part vx. bt kuru hen hyvy ehn part thakah vure

    1. eysh says:
      November 4, 2018 at 10:53 pm

      Second dho dear ah mifaharu libunee.. next time balahchey first libeytho ???❤❤ thank u so much dear ??❤❤ vv happy vehje story kamudhiyaeema ??❤❤ mi part thankolheh kuruvaane dear ??❤❤ next part balaanan thankolheh dhigukohla dheveytho ??❤❤❤ aslu bxy veema ehaa ginairu neendheveny liyan ??❤❤

  3. Shaina says:
    November 4, 2018 at 10:01 pm

    Love it alot. What’s gonna happen next? Waiting, waiting!

    1. eysh says:
      November 4, 2018 at 10:57 pm

      Awww ?? vv happy vehje story ehaa bodah kamudhiyaeema ??❤❤?❤ thank u so much dear ??❤❤ dhen vaagotheh balaalan hingaa dho kuriyah huri baithah kiyaalamaa ??❤❤❤ keep waiting dear ????❤

  4. Sheen says:
    November 4, 2018 at 10:20 pm

    Alhamdhulillaahi ♥ oh thank you eysh darling ♥ ? ? ♥ zeek vampire akah badhalu nukureemaves and kyle salaamaiy vumuge kuda namaves chance eh dhineetheeves. I’m sure xeek kyle salaamaiy kuraanekan.. ? ? Ehenve ey bunevenee eysh vareh hama netheyy ? ♥ ? ?mi part ves haadha haadha reehchey genes dheefa in goiy.. Vvv happy vefa mi inee kiyaalaafa.. ? ♥ ? ? ♥ Waiting for the next part.. ? ♥ Lysm my dear ♥ ♥ ? ? ♥

    1. eysh says:
      November 4, 2018 at 11:01 pm

      Awww ?? vvv happy vehje story kamudhiyaeema ????❤❤ eysh buneemehnu adhi ehaa avahah dheranuvaashey ??❤❤❤ dhen vaanee kihinehbaa dho. Xeek and kyle salaamaiy vaane hen heeveytha? And wht abt dhaain? Vampire family ah salaamaiy vevidhaanebaa?
      Vv happy vehje mi part kiyaalaafa happy vikan enguneema ??❤❤ ?? keep waiting dear ??❤ ly2 ❤❤

  5. eysh says:
    November 4, 2018 at 10:47 pm

    Assalaamalaikum dear loabi loabi kudhin ???
    Here is the 7th part of the story..
    Wht u guys think will hppn next..

    Zeek ah kyle salaamaiy kureveynebaa?
    Zeek ah salaamaiy veveynebaa?
    Kyle ge aailaa ah polihunge kibain salaamaiy veveynebaa?
    Dhaain hama asluves eynage loabi gurubaan kureebaa?
    Dhen vaanee kihinehbaa?

    Keep commenting ur views..
    Miss u all and special thanks story ah cmnt kohla hurihaa kudhinnah haahsakoh story ge hama hurihaa part akah cmnt kohllaa hurihaa kudhin ???❤❤
    Love u all so much nd misss u all ?❤❤
    Good nyt ??

    1. Reader says:
      November 5, 2018 at 12:25 pm

      Woah is Twilight your favorite movie? ?
      Story habeyss. avahah upload kohba :((

    2. eysh says:
      November 5, 2018 at 4:45 pm

      Twilight aneh hen favryt v ma eh noon. Hehe… Cover ah reethi v hama mi pic. ehenve choose kohllee ??❤❤ bt i like the characters ??
      Thank u so much dear ???❤?? v happy vehje story kamudhiyaeema ?❤❤ try kuraanan next part v enme avahakah upkohleveytho ingey ??❤❤❤

  6. ? Lam ? says:
    November 4, 2018 at 11:16 pm

    Hey eysh dear.. Mu part kiyaafa v ufalun mihuree.. Vvvv salhi ♥ ♥ ? ? yes of course kyle and xeek ves salaamaiy vaane insha allah.. Heevanee family ahtakaa noonee kyle and xee ah takaa dhaain gurubaan vaaneehen. Dhen alhe eysh ah dhw ingeyneeves. Hama keiytjerikan kudavefa dhen inna part kiyaa hithun. ?♥ ? ? Ly ♥ ♥ ?

    1. eysh says:
      November 5, 2018 at 12:18 am

      Awww ??? thank u so much lam dear ????❤❤❤ vv happy vehje story kamudhiyaeema ??❤❤❤ hingaa dho vaagotheh balamaa next part ga ??❤❤❤ keep waiting dear ??❤❤❤ ly 2 dear ???❤

  7. ޝިރޫ says:
    November 4, 2018 at 11:34 pm

    . ? ވާހަކަ ވަރަށް ސަޅި އިނގޭ

    1. eysh says:
      November 5, 2018 at 12:21 am

      Awww ??? thank u so much shiru dear ????❤❤❤ vv happy vehje story kamudhiyaeema ??❤❤❤

  8. shaa says:
    November 4, 2018 at 11:51 pm

    Varah reethi mi vaahaka. ????Waiting for next part

    1. eysh says:
      November 5, 2018 at 12:21 am

      Awww ??? thank u so much shaa dear ????❤❤❤ vv happy vehje story kamudhiyaeema ??❤❤❤ keep waiting dear ??❤?

  9. Naape says:
    November 5, 2018 at 1:40 am

    Varah varah varah hiyh gaimu.. next part othee Kon irakun….??

    1. eysh says:
      November 5, 2018 at 4:48 pm

      Aww ?? vv happy vehje story ehaa bodah kamudhiyaeema ??❤❤? thank u so much dear ??❤❤❤ next part ves In Sha Allaah v enme avahakah upkohladheynan ??❤❤❤

  10. vaanuvaa says:
    November 5, 2018 at 10:46 am

    guys anyone know the story loehbaky from the writer dhonthi.? E story nufenigen miulheny? Story ehkoh delete kohlybaa nooni hama nufennany baa? alha konmes kujjeh link dheeba

    1. Beryl Stone says:
      November 5, 2018 at 3:30 pm

      Page 8 ah dhiyaeema fennaane thi stry ge 21st prt

  11. Beryl Stone says:
    November 5, 2018 at 3:36 pm

    MI ee dandoo ingey??woah ???vrh vrh reethi mi petc ???nxt prt kon irakun?

    1. eysh says:
      November 5, 2018 at 4:53 pm

      Aww ?? Dandoo ge name change v tha? ?? bt I’ll call u Dandoo.. thank u so much Dandoo ???❤❤ v v happy vehje story kamudhiyaeema ?❤❤? next part ves type kohlevunuhaa avahakah genesdheynan ??❤❤❤

  12. unique says:
    November 5, 2018 at 6:13 pm

    this story is amazingly awesome just love it
    twighlight is one of my fav too
    just love it
    thanks sissy miss yuh, ly
    curiously waiting for the next part

    1. eysh says:
      November 5, 2018 at 6:28 pm

      Aww ?? thank u so much unique dear ??❤❤? vv happy vehje story kamudhiyaeema ??❤❤❤ miss u too dear nd ly2 ❤❤ keep waiting dear ??

  13. Naju says:
    November 5, 2018 at 9:14 pm

    wow ??? Eysh ??? This is amazing ??????❤❤❤… Story kiyamun dhaairu hyvany kurimatheega ekameh vaahen ?????????… Ehaavx furihama ?????????… Mind blowing ?????????… Naju ah hyvany hama dhaain eynage loabi gurubaan kuraany hen n kail n zeekvx salaamaaih vaane hen ??????… n abadhuvx hiyy varaa eku thigothuga kuriyah dhaathi ingey ??????❤❤❤… I really appreciate your work ?????????… Iraadha kurevihjeyaa thy raajeyge gunaa levey varuge liyun theriyakah vaane ?????????… curiously waiting for the next ??????… lysm my favourite writer eysh ???❤❤❤???❤❤❤???❤❤❤???❤❤❤???❤❤❤???

    1. eysh says:
      November 6, 2018 at 6:05 pm

      Aww ?? vv happy vehje cmnt kiyaalaafa ??❤❤ v ufaavey ehaa colorful sweet cmnt kiyaalan libeythee dear ge faraathun. ?????
      Aww so happy favryt ey buneema ????❤❤ vv ufaavey abadhuves ehaa support dheythee ??❤❤ Thank u so much dear ❤❤❤ ly2 ??❤❤ keep waiting fr the nxt part. Hingaa dho balamaa vaagotheh… Naju buni gothaj veytho ?❤❤❤

Comments are closed.


All Right Reserved!