“ލޫން…” އިވުނީ އަންހެނެއްގެ އަޑެވެ. “އަދިވެސް އެކަމާތަ ތި ވިސްނަނީ…” ލޫންގެ އެންމެ ގާތްއެކުވެރިޔާ ހައިފާ ބުނެލިއެވެ. ލޫން އެއްޗެކޭބުނަން އަނގަހުޅުވާލުމާއެކުވެސް ނިކުތީ މަޑު ގިސްލުމެއްގެ އަޑެވެ. ލޫންއަށް ހައިފާ ގައިގައި ބައްދައިގަނެވުނީ އެކުވެރިޔާއަށް އެ ކަރުނަތައް ދައްކަން ބޭނުންނުވުމުންނެވެ. “ދެން ނުރޮއެ ލޫން…..އޭރު ލޫންއަށްވެސް ވިސްނުނީ އެހެން ގޮތަކައްކަން ލޫން ގަބޫލު ކުރަމެއްނުން…..އެކަމް މިހާރު އިހުސާސްވެއްޖެދޯ ހުރިހާ އެންމެނަށް އެއްގޮތެއްނުވާނެކަން…..މިހާރު ދެއަހަރު ވީ….ލޫން ތިހުންނަނީ އެގޮތަށް ކަންތައް ކުރެވުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވިފައިކަން އިފްއަށްވެސް […]
ތަމަންނާއާއި ފާރަލާތާ މިވޭތުވެދިޔަ ފަނަރަ މިނިޓު ތެރޭގައި އިނގިގެން ދިޔަކަމަކީ އޭނާ ބިރުގެންފައި ހުރިވަރެވެ. އޭނާ ނޭނގޭ ހިތާމައަކާއި ކުރިމަތިލާކަމެވެ. ދެކޮޅަށް ބޯ ހޫރުވަމުން ކުށެއް ކުރި މުޖުރިމެއް އުޅޭ ފަދައިން އޭނާ ހަލުވި ހިނގުމެއްގައި ގޮސް ބަސް ހުއްޓިއަކަށް މަޑުކުރިއެވެ. ބަސް އާދޭތޯ އިންތިޒާރުކުރަމުން ދިޔައިރުވެސް އޭނާގެ ދެލޮލުން ކަރުނަ ނުހިކޭކަން ދުރުން ވެސް އިނގެއެވެ. ވަށައިގެން ތިބި މީހުން ފާހަގަވެގެން ބަލާލާ ކޮންމެ ފަހަރަކު ރުމަލުން ލޯ ކައިރި ފޮހެލައެވެ. ބަހަށް ތަމަންނާ އެރުމާއިއެކު […]
ޖެހިލުންވެ ހުރެ، ރަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހީމެވެ. ރަޔާން ދޮރު ހުޅުވާލާ ބަލާލިއިރު، އެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ކުރިމަތީގައި ހުރީ އަހަރެންކަމާއިމެދު، ސުވާލު އުފެދިފައި ހުރިހެން ހީވިއެވެ. ********************** “ރަޔާން” ހިތްވަރުކޮށްލާފައި އަހަރެން ރަޔާންއަށް ގޮވާލީމެވެ. ހުއްޓުން އަރާފައި ހުރި ރަޔާނަށް ހޭވެރިކަންވީ، އަހަރެން ގޮވާލުމުންނެވެ. ދޮރުފަތް ބޮޑަށް ހުޅުވާލަމުން، އެތެރެއަށް ވަންނަން ބުންޏެވެ. އަހަރެން، ޔަމާންއާއި ދިމާއަށް ބަލާލީމެވެ. ޔަމާން ބޯ ޖަހާލުމުން، އަހަރެންވެސް ޔަމާންއާއިއެކު އެތެރެއަށް ވަނީމެވެ. ރަޔާން އެނދުގައި […]
”އަހަންނަށް ހަމަ ތިހާ އަވަހަށް ޓުރަސްޓު ކުރަން ފެށީތަ… ދެން ރަނގަޅުތާ!…”ޝާޔާ އައިސްް ހުރި ރުޅީގައި ބުނެލިއެވެ. ”ޔެސް ޝާ އަހަރެން ވަރަށް ޓުރަސްޓު ކުރަން ޝާ އަށް…” އިވިގެން ދިޔަ ޖުމުލަތަކުން ޝާޔާގެ ހިތައް ތަދުވިއެވެ. ”ލަމް. އައި ތިންކު ޔޫ އާ އަ ފޫލް… މީހެއްގެ ހަގީގަތް ނުބަލާ ޓުރަސްޓު ކުރެވޭތަ އެހާ އަވަހަށް ” ޝާޔާ ބުނެލިއެވެ. ”ވަޓަ އިޒް ދި ޕުރެބްލެމް ޝާ.. އަހަރެންނަށް ޝާ ވަރަށް ރަނގަޅަށް އެނގޭ… މާޒީ […]
ޝިފާގެ އުނަގަނޑުގައި ހިފާ ކުރިމައްޗަށް އަނބުރާލަމުން އެމޫނުގައި ޒައިކު ބޮސްދިނެވެ. ދެއަތުން ބައްދާލަމުން ކަނދުރާ ކައިރީ މަޑުމަޑުން ވަސްގަތެވެ. ” އުމްމްމް. ވަރަށް މުހިންމު ވާހަކަ އެއް ބުނަން ” ” ޝުޝްޝްޝް ” ޝިފާ ގެ ތުންފަތުގައި ޒައިކު އިނގިލި އަޅާލަމުން ބޯހޫރާލިއެވެ. ” އައެމް ސޯ ސޮރީ ޒައިކު ” ” ފޯރ ވަޓް؟ ” ” […]
ޝައިމް ހޭ އަރައިފިއެވެ. ޝައިމް މަޑު މަޑުން ލޯ ހުޅު ވާލައިފިއެވެ. ************** ޝައިމް ލޯ ހުޅުވާލާފައި ބަލާލިއިރު މުނާ ފެނުމުން ޝައިމް ވަރަށް އުފާވިއެވެ. ”ޝައިމް މިހާރު ކިހިނެއްތަ؟”.. މުނާ ބުނެލިއެވެ.” ބޮލަށް ވަރަށް ތަދުވޭ މެށިފަ ހުރި ތަންތާކަށް އެހާ ތަދެއް ނުވޭ.”… ޝައިމް މުނާގެ ސުވާލަށް ޖަވާބު ދިނެވެ. ހަސަނު މުނާ މަންމަ ކައިރީގައި ބުނެލިއެވެ. ”ޝައިމް ގެއަށް ފޮނުވާލީމަ އަންނާތި އަހަރެމެން ގެއަށްް.. ހީވަނީ މާދަމާ ދެވޭނެ ހެން”.. މުނާ އާއި […]
ކިލާސް ޓީޗަރު އައިސް ވަނުމުން ދެ ކުދިން ގޮޑީގައި އިށީނެވެ.” މިސް މިއަދު މި އައީ އާކުއްޖެއް ތާރަފުކޮއްދެން ” އަހާނާ މެންގެ ކިލާސް ޓީޗަރު ރަޒާ ބުންޏެވެ. އެވަގުތު ވަދެގެން އައި ޒުވާން ފިރިހެން ކުއްޖާ ފެނި ހުރިހާ އަންހެން ކުދިން މޮޔަ ނުވީ ކިރިޔާ އެވެ. އެހާވެސް ރީއްޗެވެ. ފުރިހަމަ އެވެ.” އަމިއްލަ ތާރަފެއް ދޭންވީނު ” ރަޒާ މިސް ބުނެލިއެވެ.” އައްސަލާމު އަލައިކުމް… “އެ ފިރިހެން ކުއްޖާގެ ރީތި ބަރު އަޑު އިވުމާއެކު […]
ސުލްތާން ގެޔަށް އާދެވުނުއިރު ބަރާބަރު ފަހެއް ޖެހީއެވެ. ދެފައި ވައްކޮށްގެން ސޮފާމަތީގައި އިން ނީނާ ފެނި އަނެއް ފަރާތަށް އަހަރެން މޫނު އަނބުރާލީމެވެ. ދެނެހުރިކަމަށް ވެސް ނަހަދާ ބޫޓު ބާލަމުން އަހަރެން ތިން ކޮޓަރީގެ އެޕާޓްމަންޓަށް ވަނީ ހަލުވިކޮށެވެ. ހިތާމައަކީ އެވަރުންވެސް ނީނާގެ ސަމާލުކަން ލިބުނީމައެވެ. ބޮކެއް ފުންމަމުން އަންނަ ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ބަލާބެލުމަށް ހީވަނީ އެއްޗެއް ބޭނުން ވެގެން އުޅޭ ހެނެވެ. “ނީނާ ޕްރެގް ތަ؟ މަ ހީ ވެސް […]
“ދެން މިކަން ޙައްލުވާން އަޔާޒް ޖެހޭނީ ހަމަ އެ ކުއްޖާއާ އިންނަންތަ؟” އެ ސުވާލުކޮށްލީ އެދުވަހުގެ މެންދުރު ވަގުތު ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާގައި ބާ ފޮތެއްގެ ޞަފްޙާއަކަށް ބަލަހައްޓައިގެން އިން ވަސީމާއެވެ. އެތާނގައި ހުރި ދިގު ސޯފާގައި އެހެނިހެން ލިޔެ ކިޔުންތަކަށް ބަލަން އިން ނިޝާން އެ ސުވާލު އިވިފައި ތުންފިއްތާލިއެވެ. “ރަނގަޅު ގޮތަކީ އެއީދޯ؟ އޭރުން ފަހުން އެހެނިހެން މައްސަލަތަކެއް ނުޖެހޭނީ.” ނިޝާން ބުނެލިއެވެ. “އެކަމަކު އަޔާޒް އެއްބަސްވާނެތަ؟” ވަސީމާ […]