ވާހަކަ ނުގެނެސްދެވި ގިނަ ދުވަސް ވީމާ، ހުރިހާ ކިޔުންތެރިން ކިބައިން ވެސް އަޅުގަނޑު ނިހާޔަތަށް މައާފަށް އެދެމެވެ. ނަމަވެސް މިހާރު އަޅުގަނޑު ނިންމާފައި ވަނީ އާ ގޮތަކަށް މި ވާހަކަ ލިޔަން ރާވާފައެވެ. އަދި ވާހަކަ ލިޔެ ނިމުނު ހާ އަވަހަކަށް އަޕްލޯޑް ކޮށްދޭނަމެވެ! ހުރިހާ ކިޔުންތެރިން ވެސް އިންތިޒާރު ކުރާނެ ކަމަށް އުއްމީދު ކުރަން!
”އިބާ، ދެން އެހާ ބޮޑަށް ނުވިސްނާ!.. އިރާދަކުރެއްވިއްޔާ މަންމަ އަށް އަދި ވިސްނޭނެ. މާބޮޑަށް ވިސްނަަންޏާ މި ބޭބީ އަށް ކަމެއް ވެދާނެ. ހެހެ” އިބާގެ ފަސްމަސް ފުރިފައިވާ ބަނޑުގައި ފިރުމާލަމުން ރަފާފް ބުނެލިއެވެ. **** ނަސްވާ އާއި ހާޝިމް ތިބެނީ ހަތަރު ދަރިންނެވެ. އެންމެ ބޮޑަށް ހުންނަނީ މިފްރާހްއެވެ. މިފްރާހް އަށް 26 އަހަރެވެ. ދެވަނަ އަށް ހުންނަނީ ނައިރާ އެވެ. ނައިރާ އަށް 23 އަހަރެވެ. ތިންވަނަ އަށް ހުންނަނީ ނާޒްލީން އެވެ. ނާޒްލީން […]
”ދަރިފުޅާ ނާޒް، ތަންކޮޅެއް އަވަސް ކޮށްލަބަލަ! މިހާރު ރަންކިޔަން މީހުން އައިސް އެބަތިބި، އަޔާން ވެސް އެބައިން މިހާރު” ޑުރެސިންގ ޓޭބަލް ކައިރީގައި ކޮޅަށް ހުއްޓިލައިގެން އަމިއްލަ ސޫރަ އާދިމާލަށް ބަލަން ހުއްޓަ ނާޒްލީންގެ މަންމަ ނަސްވާ، އަވަހައް އައުމަށް އެދުނެވެ. ”ލައްބަ މަންމާ، މިހާރު މިދަނީ” ނަސްވާ އަށް ހިނިތުންވުމެއް ރައްދު ކުރަމުން ނާޒްލީން ބުނެލިއެވެ. މިއަދަކީ ނާޒްލީން ކައިވެނި ކުރަން ރަންކިޔާ ދުވަހެވެ. ނާޒްލީން އާއި އަޔާން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 2 […]
3 އަހަރު ފަސް ”މަމީ އެންޑް ޑެޑީ، އާދެބަ އިމްކޮ އާއެކޮން ކޮޓަރިއަށް ނިދަންދާން” އައިޝަން އާއި ޔާޝާ ކައިވެނި ކޮށްގެން ލިބިފައި ހުރި ކުޑަ ކުޑަ 2 އަހަރުގެ އިމްޝާ ގޮވާލިއެވެ. ދެމީހުން ދެމީހުނަށް ހީލާފައި އިމްޝާ އުރާލައިގެން ކޮޓަރި އަށް ދިޔައެވެ. ދެމީހުން ވެސް އުޅެނީ ވަަރަށް ލޯބިންނެވެ. -…….- އަފްރީން އަކީ މިހާރު ޝަމީންގެ ލޯބިވާ އަނބިމީހާއެވެ. އެދެމީހުންވެސް އުޅެނީ ޔާޝާ މެންމާ އެއް ގޭގައި ވަރަށް އުފަލުގައެވެ. -…….- އާނިޝް މިހާރު […]
“ވީމޭ ތި ލޯތްބަށްޓަކައި” މިއީ އަޅުގަނޑުގެ ދިގު ވާހަކަ ތަކުގެ ތެރެއިން 3 ވަަނައަށް ލިޔާ ވާހަކައެވެ. ކުރިންވެސް ލިބުން ގޮތަށް މިވާހަކަ އަށްވެސް ސަޕޯރޓް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ. – ވަރަށް އަވަހަށް އަންނަނީ!.. އިންތިޒާރު ކޮށްލައްވާ!?-
ޓެކްސީއިން ފައިބަމުން އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ކުރިމަތީގައި ހުރި ދިހަބުރީގެ ޢިމާރާތަށް ނަޒަރު ހުއްޓާލީމެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުކަމުން، އެ ޢިމާރާތަށް ދަޅަ އަޅަމުންދިޔައިރު ކިތަންމެ ދުރުގައިހުރެ ބަލައިލިނަމަވެސް، އެ ޢިމާރާތުގައި ޖަހާފައިވަނީ ހުސް ބިއްލޫރިކަން ނުދަންނާނެ މީހަކު ނުހުންނާނެއެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހެވެ. ފާޑަކަށް ހިތް ނުތަނަވަސްވި ނަމަވެސް އެކަން މަޑުމަޑުން ފިލައިގެން ދިޔައެވެ. ފަރި ހިނގުމެއްގައި ޢިމާރާތުގެ ތެރެއަށް ވަދެގެން ގޮސް ރިސެޕްޝަނުގައި ހުއްޓިލީމެވެ. […]
“އެކްސްކިއުޒް މީ” ފަހަތް ބަލައިލިއިރު ދެޖީބަށް އަތްޖަހާލައިގެން ހުރެ އޭނާއާއި ދިމާލަށް ބަލަންހުރި އައިޝަން އަށް ޔާޝާ ހިތި ހިނިތުންވުމެއް ދިނެވެ. ޔާޝާގެ މޫނުމަތިން ފެންނަން ހުރި ހިތްދަތި ކަމުން އައިޝަން އަށް ހީވީ އޭނާގެ ހިތް ދެފަޅިވީ ހެންނެވެ. އޭނާއަށް ވެގެން ވާނަމަ ޔާޝާ އެ ހިތާމަތަކުން ދުރުކޮށްދޭނެއެވެ. ނަމަވެސް އޭނާގެ ހިތުގައި ޔާޝާ އޭނަ ބަލައިގަންނާނެ ކަމާއި މެދު ޝައްކު އުފެދުނެވެ. ____________________________________________ “އީމް! ވައި؟. އަދި މަންމަ […]
ގަޔަށް ބޮޑީ ސްޕްރޭ ބުރުވާލާފައި ކޮޓަރިން އީމާ ނުކުތެވެ. ނިކުމެފައި ނާއިޝް އަށް ގުޅިއެވެ. މާގިނައިރު ތަކެއް ނުވެ ނާއިޝް އައިސް އީމާ މެންގޭ ކައިރިއަށް މަޑު ކޮށްލިއެވެ. __________________________ ނާއިޝް އާއި އީމާ ނާއިޝް މެންގެއަށް ގޮސްވަތް އިރު ނާއިޝްގެ މަންމަ ނަރީމާ އިނީ ސިޓިންގ ރޫމް ގައެވެ. ”އަހަނ! މިއޮއް އައީ ދޯ ނާއިޝް މެން، މީތަ ދަރިފުޅު ބުނި ކުއްޖަކީ؟” ނަރީމާ ހިނިތުން ވެލަމުން އަހާލިއެވެ. ނާއިޝް ބޯ ޖަހާލިއެވެ. […]
‘ވަޓް؟؟؟….. ތި ނާލް ކައިރީ ކާކު ބުނިއެއްޗެއް؟” ވާނުވާ ނޭނގިފައި އިން ޔާޝާ އަހާލިއެވެ. * * * * * * * ”އައިޝަން ބުނީ” ޔަނާލް ބުނެލިއެވެ. ޔާޝާ އަށް އިނީ ގަބޫލު ކުރަން ވަރަށް ދަތިވެފައެވެ. ބުނާނި އެއްޗެއް ނުވިސްނިފަ، ދެލޯ ބޮޑު ކޮށްލައިގެން އިނދެވުނީ އައިޝަން ޔާޝާ އާމެދު އެކަހަލަ ގޮތަކަށް ދެކުނީމަ ހައިރާން ވެފައެވެ. ގަބޫލު ކުރަން ފަސޭހަ އެއް ވެސް ނުވާނެތާއެވެ. ފިރިހެނުން އެއީ ކޮންކަހަލަ މަކަރުވެރި ބައެއްކަން […]