ޝިފާގެ އުނަގަނޑުގައި ހިފާ ކުރިމައްޗަށް އަނބުރާލަމުން އެމޫނުގައި ޒައިކު ބޮސްދިނެވެ. ދެއަތުން ބައްދާލަމުން ކަނދުރާ ކައިރީ މަޑުމަޑުން ވަސްގަތެވެ.
” އުމްމްމް. ވަރަށް މުހިންމު ވާހަކަ އެއް ބުނަން ”
” ޝުޝްޝްޝް ” ޝިފާ ގެ ތުންފަތުގައި ޒައިކު އިނގިލި އަޅާލަމުން ބޯހޫރާލިއެވެ.
” އައެމް ސޯ ސޮރީ ޒައިކު ”
” ފޯރ ވަޓް؟ ”
” އައި ހޭވް ޓު ޓެލް ޔޫ ސަމްތިންގ ޒައިކު ” ޝިފާ ވާހަކަ ދެއްކި ގޮތުން ޒައިކުގެ މޭ ތެޅެން ފެށިއެވެ. ހިތް ބިރުގަތީ އެހެނަކުން ނޫނެވެ. އެ އަސަރުގަދަ އަޑުން އެބުނަން އުޅެނީ ދިރި އުޅުމުގައި ހަބަރައްވުރެ ހިތި ހަގީގަތެއްކަމެއް ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. އެދެ ލޮލުން ފެނުނީ ހުސްކަމެވެ. ވީރާނާކަމެވެ.
” ވަޓް އިޒް އިޓް ” ޝިފާގެ މޫނަށް ބަލާލީ ، ހިތް ތެޅޭ ހާލުއެވެ. ބިރުވެރި ކަމެއް ވަށާލެވިފައި ވީކަހަލައެވެ.
” އިޓްސް….އުމްމްމްމް…..” ބަހެއް ބުނަން އުޅެއުޅެ ދޫ ހަރަކާތެއް ނުކުރިއެވެ. ބުނަން އުޅުނު ޖުމްލަ ކަރުތެރޭގައި ތާށިވެފައި ވީކަހަލައެވެ.
” ޝިފް. ކޮންމެ ވާހަކައެއްވެސް އަހަރެންކައިރީ ބުނެވޭނެ އިނގޭ، ނުބުނެވޭވަރުގެ އެއްވެސް ވާހަކައެއް އޮވެގެން ނުވާނެ. ޑިޑް ސަމްތިންގ ހެޕެން ލާސްޓް ނައިޓް.؟ ރޭންސުރެ ފޯނަށް ގުޅަންއުޅެއުޅެ ނުގުޅުނު މިއަދުވެސް ހަމަ ” ޔަގީންކަމާއެކު ސީދާ ލޯ ދިމާ ކޮށްލަމުން ޒައިކު އެހިގޮތުން ޝިފާވެސް ހިންދިރުވާލީ ހަމަޖެހިލަމުންނެވެ. ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
” ކޮންވާހަކައެއްތަ ބުނަން އުޅުނީ؟ ”
” ނަތިންގް ، އިޓްސް ނޮޓް އިންޕޯޓެންޓް. އައި މިސް ޔޫ ސޯ މަޗް ”
” ބަޓް ”
” ޕްލީޒް ޒައިކް . މިސްވި ވަރުން ރޮވުނީ ހަމަ ”
” ފައިން ”
ޝިފާ އަކަށް ވަކި ގޮތެއް ނިންމާކަށް ނޭނގުނެވެ. ޒައިކުގެ މޭމަތީ މޫނުފޮރުވާލައިގެން އެއަތުގެ ހިމާޔަތުގެ ދަށުގައި ހުރި އިރު ހިތް ފަޅައިގެންދާހާ ވެއެވެ. އެކަމަކު އެކަން އެނގެން ބޭނުން ނުވާތީ ތުންފަތުގައި ދައިގަންނަމުން އިހުސާސްތައް ކޮންޓްރޯލް ކުރުމުގައި ހުއްޓެވެ.
****************
” ވޯވް. އަހަންނަކަށް ހަމަ ބުނާނެ އެކަށްޗެއްވެސް ނޭނގުނު. ދިސް އިޒް އަ ޝޮކް، އީވެން ފޯރ މީ ” ޔަމާން އޭނައަށް ވާހަކަ ދެއްކޭނެ އެންމެ ބާރަށް ވާހަކަ ދައްކަމުން ބުންޏެވެ. ހައިރާންވެފައިވާ ވަރު ފެނެއެވެ. ރެސްޓޯރެންޓެއްގެ ތެރޭގައި ޝިފާ އާއި ބައްދަލު ކުރީ މިކަހަލަ ވާހަކައެއް ބުނާނެ ކަމަކަށް ނޫނެވެ. ގޮނޑިދަމާލާފައި ތެދުވެވުނު ގޮތުން އިށިންދެގެން ހުރި ގޮނޑިވެސް ދިޔައީ އަނެއްފުށަށް ވެއްޓިގެނެވެ. ޝިފާ އަނގަމަތީ އަތް އަޅާލީ ޔަމާންއަށް ވެފައިހުރި ގޮތްފެނިފައެވެ. ގޮނޑި ވެއްޓުމުން ހިނިއައި ނަމަވެސް ހިނދާލައިގެން ހުރީ އަނގަމަތީ އަތް އޮތުމުންނެވެ.
ވަށައިގެންވީ މީހުންތަކުގެ ސަމާލުކަން އެދެމީހުންނަށް ހުއްޓުމުން ޝިފާ ހުރީ ލަދުންނެވެ. އެކަމަކު އޭގެން ކަމެއް އެނގޭވަރަށްވުރެ ޔަމާން ހުރީ ޝޮކެއްގައެވެ. ވެއިޓަރަކު އައިސް ގޮނޑި ނަގައި، ކައިރިކޮއްލުމުން އަނެއްކާވެސް އިށިންދެ، ކައިރީގައި ހުރި ފެންތަށި އެއްފަހަރުން ދަމާލިއެވެ.
” ޖަސްޓް ހެލްޕް މީ ”
” ލުކް، ލިވީ އެބުނީ ތެދަކަށް ވެދާނެ. މިއީ އެންމެ ރަނގަޅު ގޮތް. ޝިފާ އާއި ޒައިކުގެ ދިރިއުޅުމަށް އޭނަ ވަންނަން ބޭނުން ނުވަނީ ކަމަށް ވެދާނެ ” ޝިފާގެ އަތުގައި ހިފާލައި، ފިރުމާލަމުން ޔަމާން ބަލާލިއެވެ.
” ބަޓް ޒައިކު ޑިޒާވްސް ޓު ނޯ ” އެއަތުން އަތް ނައްޓާލަމުން ފުންނޭވައެއް ލިއެވެ. ހުދު އޭނާވެސް ބޭނުންވަނީ އެކަން ސިއްރު ކުރާށެވެ. އެކަމަކު އެނގިހުރެ ސިއްރު ކުރުމަށްފަހު ފަހުން އެނގިއްޖެނަމަ ދުވަހަކުވެސް ޒައިކު އޭނައަށް މާފު ނުކުރާނެއެވެ. އެހެން ވާކަށް އޭނަ ބޭނުމެއް ނުވެއެވެ.
” ވަޓް ގުޑް ކޭން ޕޮސިބިލިޓީ ކަމް އައުޓް އޮފް ދިސް؟ ”
” މޭބީ ދޭ ވިލް ހޭވް އަ ހެޕީ އިންޑިންގ. ތެދު ހާމަ ކުރާނަން. ސިއްރު ފޮރުވައިގެން އުޅުމަކީ އުނދަގޫ ވޭނެއް ” ދުރު ބަލާލަމުން އަސަރެއް ނެތި ޝިފާ ވެސް ހިނިތުންވެލިއެވެ.
” ދެން ނޭނގެ، ކޮންމެ ގޮތަކަށް ނިންމިއަސް އަހަރެން ހުންނާނަން އެންމެ ކައިރީގަ ”
” އެކަމަކު މިވާހަކަ ބުނެވެން އޮތީވެސް ސަންޑޭގެ ފަހުން. ސަންޑޭ ނައިޓުގަ ޒައިކުއަށް ވަރަށް ހާއްސަ ހަފްލާއެއް އެބެއް ”
” ޔާ، އެންމެ މަގުބޫލު ކާރު އުފައްދާ ކޮންޕެނީއަށް ފަސްއަހަރު ފުރުންމުގެ ހަފްލާ ބާއްވަނީ ރާއްޖޭގެ ރިސޯޓެއްގަ މިފަހަރު. އެކަމަށް ވަރަށް ތައްޔާރު ވާންޖެހޭ އެބަ. އެ ކޮމްޕެނީގެ ރެޖިސްޓުރީ އޮންނަނީ މިހާރު ޒައިކުއަށް ބަދަލުކޮށްފަ ބައްޕަ. އެކަމަށް ވަރަށް ތައްޔާރީތައްވޭ އެބަ އޭނަ . އެހެންވީމަ ތިކަހަލަ ޙަބަރެއް ދޭންވާނީ އޭގެ ފަހުން ” ޔަމާން ކެއުމުގެ ތެރެއިން ވާހަކަ ކުރިއަށް ގެންދިޔައެވެ.
” ތޭންކްސް ފޯރް އޯލްވޭސް ބީން ދެއާރ ފޯރ މީ ”
” އެނީ ޓައިމް ބިއުޓިފުލް ” އެގޮތުގައި އެތައް އިރަކު ދެމީހުން ވާހަކަ ދެއްކުމުގައި ވަގުތު ހޭދަވިއެވެ.
***************
” އޯކޭ ޓެލްމީ ހޮނެސްޓްލީ. އިޒް އިޓް ޓޫ މަޗް ” ލޯގަނޑުން ޝިފާގެ އަމިއްލަ ސޫރަ ބަލާލަމުން ، ފަހަތައް އެނބުރި ދެއަތް އުނަގަނޑުގައި ވިއްދާލިއެވެ.
” އޯ އެމް ޖީ ޝިފާ! މިހެދުން ހަމަ ޕަރްފެކްޓް ޝިފާއަށް. އެންޑް ޔޫއާރ ލުކިންގް އޯސަމް. މިފަހަރު ޒައިކުއަށް ހާރޓް އެޓޭކެއް ނުޖެހި ނުދާނެ ” ނަތާ ގެ އަތުން ޝިފާ ރީތި ކުރެވުމުން އުފަލުން ފުމެލިއެވެ. ނަތާ ދުރަށް ޖައްސާލަމުން އަދި އެއްފަހަރު ލޯގަނޑަށް ބަލާލިއެވެ. ހެދުން ވަރަށްވެސް ރީއްޗެވެ. މުޅި ހެދުން ހުރީ ހުދުކުލައިން ފަރުމާ ކުރެވިފައެވެ. އަތް ދިގު ނަމަވެސް އަތް ވަނީ ހުދު ކުލައިގެ ރީލި ލޭސް ފޮއްޗަކުންނެވެ. ފަޔާ ހަމަޔަށް ފަސްބައި ދިގުއިރު ހަށިގަނޑުގެ ބައްޓަމަށް ފިޓްވެފައި ވެއެވެ. ހެދުމުގެ ބަންދާހަމައިން މަޑު ނޫކުލައިގެ މާތަކަކުން ފަޅުފިލާފައި ވެއެވެ. އަދި މުޅި ހެދުމުގައި ހުދުކުލައިގެ މިނާފުއްތަކަކުން ހެދުމުގެ ރީތިކަން އިތުރުވެފައިވެއެވެ. މީ ޒައިކު އޭނައަށް ގަންދިން ހެދުމެކެވެ.
ރޭގަ ޝަންގުރިއްލާސް ވިލިގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް މި ރިސޯޓުގައި ބޭއްވިގެން ދިޔައީ ޒައިކުމެންގެ ކޮމްޕެނީއަށް ފަސްއަހަރު ފުރުމުގެ ޕާޓީއެވެ. ޕާޓީ ވަރަށް ވެސް ފުރިހަމައެވެ. އާއިލާގެ އެންމެން ބައިވެރި ވީއިރު ދުނިޔޭގެ އެތަންމިތާ އުޅޭ ޒައިކުމެންގެ އެކި ކޮންޕެނީތަކުގެ އިސްވެރިން ވަނީ މުޅި ރިސޯޓު ފުރާލަފައެވެ. އެހެނަސް މިއަދު ހަވީރުގެ ވަގުތެއްގައި އެ އެންމެން ވަނީ ފުރާފައެވެ. އެކަމަކު އަނެއްކާވެސް މިރޭ މިހާ ރީތިވުމަށް ޒައިކު ބުނުމުން ޝިފާ އެހުންނަނީ އުފަލުން ހިތުގެ އުފާވެރިކަން ފާޅުކުރާނެ ގޮތެއްވެސް ނޭނގިފައެވެ. ވަކިވުމުގެ ކުރިން އުފާވެރި ހަނދާންތަކަކާއިއެކު ވަކިވުމަކީ އޭނަގެ އަޒުމެކެވެ. ވަކިވުމުގެ ވާހަކަ ހިތައް އެރުމުން ލޮލުން ކަރުނަ ފާއްދާލިއެވެ. އެކަމަކު ހިތްވަރު ކޮށްލަމުން އަތް މުތްކަވާލީ ހިތްވަރު ހޯދުމަށެވެ.
” ވޯވް.. ޔޫ.. ލުކް..ބިއުޓިފުލް…” އެއަޑުން ފަހަތައް ބަލާލެވުނެވެ. ދެ ޖީބައް އަތް ޖަހާލައިގެން އޭނާއާ ދިމާއަށް ހިނގާލާފައި ޒައިކު އައެވެ. އައިސް ބުލޫކުލައިގެ އަތްދިގު ގަމީހެއްގައި ހުރިއިރު ރީތިކަމުގެ އިންތިހާއެވެ. ކައިރީގަ ނަތާ ހުރިކަމުގެ ހަނދާނެއްވެސް ނެތެވެ. ޒައިކު އަށް ގެއްލިފައި ހުރިއިރު ނަތާ ކަރުކެހިލުމަށްފަހު ހޭންފެށުމުން ކުލަވާން ފެށިއެވެ.
” ދެން ތިވަރު ނުވިއަސް އޯކޭޔޭ، އެއީ ކަމަނާގެ ފިރިމީހާ. އެސްފީނާވެދާނެ ތިވަރަށް ބަލަންޏާ ” ނަތާ ބުނި އެއްޗަކުން އެންމެނަށް ހޭންފެށުނެވެ.
” ވެލް. ވެލް…އަހަރެން މިތާ ހުރީމަ ތިދެމީހުންނަށް ބޭނުން ކަމެއް ނުކުރެވޭނެ ދޯ. އެހެންވިއްޔާ ދަނީ . ބެސްޓް އޮފް ލަކް ” ނަތާ ނުކުމެގެން ދިޔައީ އެއްލޯ މަރާލަމުންނެވެ. ޒައިކު ވެސް ހޭންފެށީ ނަތާ ބުނިއެއްޗަކުންނެވެ.
” ތި ތުންފަތް ކޮޅު ހަމަ ކާލާ ހިތްވަނީ ” ކައިރިވުމަށްފަހު ޒައިކުގެ ދެއަތުން ވަށާލުމަށްފަހު ކައިރިއަށް ދަމައިގަތެވެ. އަދި އޭނަގެ ތުންފަތް ކައިރިކުރުމުގެ ކުރިން ތުންފަތުގައި އަތް އަޅައި ފަހަތައް ޖައްސާލިއެވެ.
” އުމްމްމްމ…..އައި ހޭވް ސްޕެންޓް ޓޫ އަވާސް އޮން މައި މޭކަޕް. ވެލް ޓެކްނިކަލީ ނަތާ ޑިޑް އިޓް. ބަޓް ސްޓިލް…….” ޝިފާ ލޯ އަޅާލަމުން ބުނެލިއެވެ.
” އޯކޭ ..ކަމޯން…މިހާރުވެސް އަހަރެމެން މާ ލަސްވެއްޖެ ” ނިތްކުރީގައި މަޑުމަޑުން ބޮސްދިނުމަށްފަހު ހިނގައިގަތުމަށްފަހު ޒައިކު ގެ ފޯނު އަދި ޝިފާގެ ފޯނުންވެސް ސެލްޕީ ތަކެއް ނަގާލިއެވެ.
އެމީހުން ހުންނަނީ ވޯޓަރ ވިލާއެއްގައެވެ. އެއީ ޒައިކުއަށް މާހިތްގައިމު ވީމައެވެ. ރިސޯޓަކީ ޜާއްޖޭގެ އެންމެ ރީތިއެއް ރިސޯޓު ތެރޭގައި ހިމެނޭ ރިސޯޓެކެވެ. ޝިފާ އަށް އަލަށް އާދެވުމުން ތަނުގެ ރީތިކަމުން ހުންނަނީ މޮޔަވާވަރުވެފައެވެ. ހެނދުނު ޒައިކު އޭނައަށް ބައިސްކަލް ދުއްވަން ދަސްކޮށްދިނުމުގައި އުޅުނު އިރު އެ ހިމާޔަށް އަދިވެސް ހަނދާނުން ނުފިލައެވެ. ރޫމުން ނުކުމެވޭއިރު ދުރުދުރަށް ދާންދެން އޮންނަނީ ފާލަމެވެ. ފާލަން މަތީ ބައިސްކަލް ދުއްވަން ގެސްޓުން އުޅެއެވެ.
އެއަށްފަހު ރޫމުން މޫދަށް ފޭބެން ހުރުމުން ޝިފާ އެންމެފުރަތަމަވެސް ހެނދުނު އުޅެގަތީ އެކަމާއެވެ. ފަތަން ދަސްކޮށްދިނުމުގައި ޒައިކު އުޅުނުއިރު ހޭދަވީ ލޯބިވެތި ވަގުތުތައް ހިތުގައި ބިންވަޅުނެގުނެވެ. އެންމެ ފުރަތަމަ ބިރުން އުޅުމުން ޒައިކު ފަރާތުން ލިބުނު އަޅާލުމާ ލޯބި ވީ އިތުރެވެ. އިރުގެ ރަން އަލިން މޫދަށް އެޅިފައިވީ ރަން އަލީގައި ދެ ލޯބިވެރިން ވަގުތު ހޭދަކުރީ އުފާވެރިކަމާއެކުއެވެ.
ޒައިކު އަތުގައި ހިފައިގެން ރޫމުން ނުކުތްއިރު މުޅިތަން ވަނީ ކަނު އަނދިރިކަމުގައެވެ. ގާތުގައި ހުރި ފިރިމީހާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން މުޅިތަން އެހާ އަނދިރީ ކީއްވެތޯ ސުވާލުކުރުމުންވެސް ޒައިކު އަނގަޔަކުން ނުބުންޏެވެ.
ސިކުންތު ކޮޅަކަށް ފަހު މުޅި ހިސާބުގަނޑު ދިއްލުނީ ރަން އަލި ކުލައަކުންނެވެ. ހިނހާ މަގުގައި ފާލަމުގެ ދެފަރާތުގައި އުއްބައްތި ތައް ދުރުދުރަށް ހުއްޓެވެ. ދުރުން ފެންނައިރު ހީވަނީ އުއްބައްތީގެ އަލި ވަށައިގެން އެތައްހާސް ޕަރުވާނާތަކެއް ދީވާނާވެގެން އެނބުރޭހެނެވެ. އެއް ކައިރީގައި ބޯޑެއްގައި ނިވިދިއްލޭގޮތައް ހެޕީ އެނިވާރސަރީ ވެއެވެ. ޝިފާއަށް އަނގަ މަތީ އަތްއަޅާލެވުނީ މިއަދަކީ އެމީޙުންގެ ކައިވެންޏަށް އަހަރެއް ފުރުނުދުވަސްކަން އޭނަވެސް ހަނދާން ނެތުމުންނެވެ. ހަޅެއްލަވައިގަތުމަށްފަހު ޒައިކު ގައިގާ ބައްދާލިއެވެ.
” ހޭހޭ….މޫދަށް ވެއްޓިދާނެ ބޭބީ…ހެޕީ ފަސްޓް އެނިވާރސަރީ..އައި ލަވްޔޫ ސޯ މަޗް ” ޒައިކު އަނގައިން އެހެން ބުނިވަގުތު ޝިފާއަށް ބަލާލެވުނެވެ. އެހެން ބުނާނެ ދުވަހަކަށް އޭނަ ހާދަ އިންތިޒާރެއް ކޮއްފިއެވެ. އަލުން ބައްދާލިއެވެ.
” އަހަރެމެން މިދަނީ ކޮންތާކަށްތަ؟ ” ބަގީ އައުމުން ދެމީހުން އެއަށް އެރުމުން ދުއްވާލިއެވެ.
” ކެއްތެރިވޭ ދޫންޏާ….މޫދަށް އެއްލައެއް ނުލާނަން ހަމަ ގައިމުވެސް ” ޒައިކު ބުނި ޖުމްލައިން ޝިފާ އަށް ހޭންފެށުނެވެ. އަދި ދެއަތުން ޒައިކު ގައިގަ ޖެހިއެވެ.
ރޭގަނޑު ބަގީ ދުއްވާފައި ދިޔައިރު ރީތިކަމުން ބަސްހުއްޓިފައި ޝިފާ ހުރުމުން ޒައިކުވެސް އުފާވިއެވެ. އޭނާ މިރޭ ވަރަށް ހިތް ވަރުން ހިތުގައި ވާ އެއްޗެއް ހާމަ ކޮށްފިއެވެ. އޭނާ ހިތުގައި މި ލޯބި ކުއްޖާއަށް ގަދަރު ވެއެވެ. އެ އަތުގައި ހިފާ ކައިރިކޮށްލުމަށްފަހު ބަނޑުގައި ފިރުމާލިއެވެ. ރޭވެސް އެރީތި ޕަރީއެއްކަހަލަ އަންހެން ކުއްޖާ އޭނަގެ މުޅި ހިތް މިލްކު ކޮށްފިއެވެ. އޭނައަށް އުފާވެރިކަން ހޯދަދިނުމަށް މި ލޯބި އަންހެންކުއްޖާ ފިދާ ވާނެކަން އެނގެއެވެ.
ބަގީ މަޑުކޮށްލީ ދޮންވެލިގަނޑާ ދިމާއަށެވެ. ފުއްމާލަމުން އެދިމާއަށް ދުއްވައިގަތީ ޒައިކު ހުރިކަންވެސް ހަނދާންނެތިގެންނެވެ. އެކި ހިސާބުގައި ބޮޑެތި އުއްބައްތިތައް ވެއެވެ. މެދާކަށްހަމައިގައި އުއްބައްތި ތަކުން ހިތެއްގެ ބައްޓަމަށް އަތުރާފައި ވީއިރު ހިތުގެ ވަށައިގެން ދިގު ދަނޑިތަކެއްގައިވެސް އުއްބައްތި އެލުވާފައި ހުރިއިރުވަރަށް ފުރިހަމައެވެ. ހިތުގެ އެތެރޭގައި ވަށައިގެން ހަތަރު ތަނބުހުރިއިރު އެ ތަނބުތައްވަނީ ހުދުކުލައިގެ ފޮތިން ޑިޒައިންކޮށްފައެވެ. ނޫކުލައިން ޓައީތަކެއް ޖަހާފައިވެއެވެ. މަތިވެސް ހުދު ފޮތިން ނިވާކޮށްފައިވީއިރު އެތެރޭގައި މޭޒެއްގައި ރީތި ގޮތަކަށް ކާއެއްޗެހި އަތުރާފައި ވެއެވެ. ދުރުގައި ހުރި ސްޓާފަކަށް ގޮވައި އޭނާގެ ފޯނު ދިނުމަށްފަހު ނެގުނު ވަރަކަށް ފޮޓޯނެގުމަށް ބުނި ގޮތުން ޒައިކު ކައިރިއަށްވެސް ހިނި އައެވެ.
ގޮނޑި ދުރުކޮށްލުމަށްފަހު ޝިފާ ގޮނޑީގައި ބެހެއްޓިއެވެ. އަދި އިށީންނަމުން އެއަތުގައި ބޮސްދިނެވެ.
” ތޭންކިއު ސޯ މަޗް ” ޝިފާގެ އުފާވެރިކަމުން ހިތާމަތައް ހަނދާންވެސް ނެތުނެވެ. މޭޒުމަތީގައިވީ ރަތް ފިނިފެންމާ ބޮނޑިން މަލެއް ނަގައި، ބޮލުގެ އިސްތަށިގަނޑަސް ޖަހާލަދިނެވެ.
” ކުޑަކޮށްވެސް ހަނދާނެއް ނުވި މީ އެނިވާރސަރީ ކަމަކަށް ”
” ހަނދާންނެތޭ މީހުން ފެނެއެއްނު ”
” ނަތާ އެހެންވެދޯ ރީތި ކޮށްދިނީ ”
” ޔާހް…ނަތާ ކައިރީ ބުނުމުން އުފަލުން ކިރިޔާ މަ އުފުލައިނުލީ ”
” ހެއްހޭ..އެނގެ އެއްނު ދެން އޭނަގެ ރިއެކްޝަން ހުންނާނެ ގޮތް ތިކަހަލަ ކަމަކު އެދުނީމަ ”
” މިތަނުން ދާހިތްވެސް ނުވޭ…ކިހާ ހިތްގައިމު ދޮންވެލިތަކުގަ ހުސްފަޔާ ހިންގަން ” ޒައިކު އަތުގައި ފިރުމާލަމުން ޝިފާ މުދާ ދިމާ ބަލާލިއެވެ.
” ހަމަ އެކަނި ނަން އޮންނަނީ ރާއްޖޭގެ ރެޖިސްޓުރީގަ….އުޅެން މިޖެހެނީ މިތަނާ އެތައް މޭލު ދުރުގަ ” ޒައިކުވެސް އުޅެން ބޭނުން ވަނީ އޭނަގެ އަމިއްލަ ވަޒަނުގައިކަން ދެއްކި ވާހަކަ ތަކުން އެނގެއެވެ.
” އަހަންނަށް ފިރިހެން ދަރިއަކު ލިބިއްޖެއްޔާ ބުނާނަން ބައްޕަ އުޅޭހެން އަބަދު ވިޔަފާރީގަ ބޭރު ގައުމުގަ ނޫޅޭށޭ. ހަމަ ރާއްޖެ އަންނަ ގޮތައް ނުވެސް ދާނަން ” އުފަލުން ގޮސް ބުނެވުނު އެތިވެސް އެނގޭވަރުވީ އިރުކޮޅަކުންނެވެ. ޒައިކު ބުނާނެ އެއްޗެއް ނޭނގޭތީ ޝިފާ ގެ އަތްތިލަވެސް ތުރުތުރު ލާންފެށިއެވެ.
” އިޓްސް އޯކޭ ބޭބީ. ބޭބީ ބޭނުން ކޮންމެ ވާހަކައެއް ދެއްކޭނެޔޭ ބުނީމެއްނު. އަދި އެހާ އަވަހަށް ބޭބީ އެއް ބޭނުމެއް ނޫން. އޯކޭތަ ؟ ” އެދެ ލޮލަށް ބަލާލަމުން ޝިފާ ބޯ ޖަހާލިއެވެ. އެކަމަކު ހިތުގައި ރިއްސައިލީ ޒައިކު ދަރިއަކު ބޭނުން ނުވާތީއެވެ. ކައިވެންޏަށް އަހަރެއްވީ އިރު އެކަހަލަ ނަސީބެއް ނުލިބުނީތީއެވެ. އެތައް ވަގުތެއް އެރީތި ދޮންވެލިގަނޑުމަތީ ދެލޯބިވެރިން ހޭދަކުރިއެވެ. ހުސްފަޔާ ހިނގާލުމަކީ އެންމެ މަޖާ އެއްކަންތަކެވެ.
“ހިނގާބަލަ، މިރޭ ރިސޯޓުގައި ވަރަށް ފޯރިގަދަ ޝޯއެއް އެބަ އޮތޭ..ހުރިހާ ގެސްޓުންނަށް އިންވައިޓު ކޮށްފަ އޮތީ…ބޭނުން ބޭބީ އާ އެކީ ނަށާލަން. ޕްލީޒް ” އާދޭސް ކުރާގޮތަކަށް ޒައިކު ބުނުމުން ޝިފާ އުފަލުން އެކަން ބަލައިގަތެވެ. އަނެއްކާވެސް ބަގީއަށް އަރައި ހަމަޖެހިލިއެވެ.
މުޅި ތަން އޮތީ މިއުޒިކުގެ އަޑުން ގުގުމާލައިފައެވެ. އެކި ކުލަތަކުގެ އަލިން ކުލަ އެޅިގެންދާއިރު ނިކަން ރީއްޗެވެ. ޔަމާންވެސް އައިސް އެމީހުންނާ މައްލަވަ ކޮށްލުމަށްފަހު އެހެންދިމާއަކަށް އެނބުރިލިއެވެ.
” ޒެކް . ބޭބީ އެބައަންނަން ވޮޝް ރޫމަށް ވަދެލާފައި. ވެއިޓް ފޯރ މީ ” އަވަސްއަވަހަށް ޝިފާ ހިންގައިގަތީ ވޮޝް ރޫމާދިމާއަށެވެ. ލޯގަނޑު ކައިރިއަށް ހުއްޓިލުމާއިއެކު މޭކަޕް ރީތިކޮށްލިއެވެ. ޒައިކުއަށް ލަސްވެދާނެތީ އަވަހަށް ނުކުންނަށް ހިނގައިގަތެވެ.
” އެސްކިއުޒްމީ، ޔުއާރް ބޭގް ” ފަހަތައް އެނބުރިލެވުނީ ސިހިފައެވެ. ފޯނުވެސް ދޫވެގެން މުށިގަނޑުމައްޗައް ވެއްޓުނެވެ. ދެމީހުންވެސް ހުރީ ޝޮކެއްގައެވެ. ޝިފާއަށް ބޭގު ގެނެސް މެޔާލާއި ބޮނޑިކޮށްލެވުނީ އެއްވެސް އިޙުތިޔާރެއް ނެތިއެވެ.
ނުނިމޭ…
129
13 Comments
Comments are closed.
Shaako❤️
September 11, 2019 at 3:44 pmMee first dhw Varah reethi mi bai when the next part thankolheh avahah up kohdheynekamah unmeedhu kuran
Ailee
September 11, 2019 at 3:50 pmWow I love it
Next part when
ނޫރު
September 11, 2019 at 4:28 pmވަރަށްރީތި ހިސާބަކުން ތިޔަނިންމާލީ ކޮންއިރަކުން އަނެއްބައި ގެނެސްދޭނީ
Sher
September 11, 2019 at 7:24 pmWow varah loabi mi part… Next part avahah up kohla dhehchey
Maryy
September 11, 2019 at 7:34 pmVvv salhi ingey ? ? ?
Ibsha
September 11, 2019 at 10:20 pmShifaage kuryge loabi veriyaa dhw efenunu…Varah varah reethi
niyaaasha
September 12, 2019 at 4:00 pmshifa ge kury ge loabi weriyeh hunna kameh vaahaka feshun iru bunefaa eh neh… next up kohllaa date jahaala dheyn v nu
Yash
September 12, 2019 at 10:34 pmAlun story kiyan feney?
Shara
September 12, 2019 at 11:16 pmLivy aeetha alhey
Shaaa
September 12, 2019 at 11:20 pmVaahaka varah reethi. Konirakun next part upload kohdheveynee. Alhugadah hyvanee zek ge livy kanneyge aisgen eulheny
Naax
September 13, 2019 at 6:16 amV salhi mi partves
When is next part
Leen
September 13, 2019 at 6:37 pmAlhe shifa aa zaik vaki nukurahchey??
rifa
September 14, 2019 at 2:15 pmkiyaa bai handhaan nethey fahun anneh bai up kurani