“އާލިފް…. އަހަންނަށް ސިއްރުކުރީ ކީއްވެ؟” ދާނިޔާ ބުނެލި ވާހަކައިން އަހަރެންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. ރަނގަޅަށް ބަލާލުމުން ދާނިޔާ އަތުގައި އޮތީ އަހަރެންގެ ފޯނުކަން އެނގުމުން ހިތުގައި ބިރުވެރިކަން ހިނގާލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ދާނިޔާގެ މޫނަށް ބަލަން ހުރެވުނެވެ. ދާނިޔާގެ ލޯ ފެންކަޅިވެގެން ދިޔަތަން ފެނި، އަހަރެންގެ މޭގައި ރިހުމެއް އުފެދުނެވެ. ޕާޓް 8 “ކޮން… ކަމެއް… ސިއްރު ކުރީ؟” ވާހަކަ ދެއްކުނުގޮތުން އެއްވެސް ޙަޤީޤަތެއް ނޭންގޭ މީހަކުވެސް އަހަންނަށް ޝައްކުކުރާނެކަން ގައިމެވެ. ދާނިޔާގެ ތޫނު […]
އެއްމިޔަކަނުން ހީލިއިރު، އަހަންނަށް އެ މޫނުން ސިފަވީ އޭނާގެ މަކަރުވެރިކަމެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އަހަރެންގެ ދެއަތް މުށްކަވާލެވުނެވެ. ދަތްކުނޑި ވިކާލަމުން ދުރަށް ނަޒަރު ހުއްޓާލީމެވެ. ދެން އިވުނު ޖުމްލަ އަޑުއަހާފައި އޭނާގެ މޫނަށް ބަލާލެވުނެވެ. ޕާޓް 7 “އިތުރު ޓާސްކެއް އެބަ އޮތް… މިއީ އާލިފްއަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއް… އާލިފްއަށް….” އެވާހަކަތައް އިތުރަށް އަޑުއަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހަނދާންކުރަން ބޭނުންނުވާ އެތައް ކަމެއް ލޯ ކުރިމަތިން ސިފަވެގެން ދިޔައެވެ. އެޚިޔާލުތަކުން […]
“އާލިފް….” ކިތަންމެ މަޑުން އަހަރެންގެ ނަން ކިޔާލިކަމުގައިވިޔަސް އެއަޑުގައިވި ނުރުހުން އަހަންނަށް ފާހަގަވިއެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރެ އެ ދިން ނަފްރަތުން ފުރިފައިވާ ނަޒަރުން ހީވަނީ އަހަރެން އަނދާ އަޅިއަށް ހަދާލަފާނެހެންނެވެ. ޕާޓް 6 “މާ… މާޔާ؟؟؟…” އަހަރެންގެ ދުލުން އެކުއްޖާގެ ނަން ކިޔާލެވުނެވެ. އެކުޑަކުއްޖާވެސް އެއްފަހަރު އަހަރެންގެ މޫނަށް އަނެއްފަހަރު މާޔާގެ މޫނަށް ބަލަމުން ދިޔައެވެ. “އާން މާޔާ… އަހަރެން ހިއެއްނުކުރަން…” ނަފްރަތުން ފުރިފައިވި އަޑުން މާޔާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށެވެ. މާޔާގެ […]
ލޯ ހުޅުވާލަން މަޖުބޫރުވީ އަނެއްކާވެސް ފޯނު ރިންގުވާން ފެށި އަޑު އިވުމުންނެވެ. ބަލާލިއިރު ގުޅަނީ މައިދައިތައެވެ. އަހަރެން ހައިރާންވީ އަހަރެން އޮފީހުގައި އުޅޭ ގަޑީގައި މައިދައިތަ ދުވަހަކުވެސް ނުގުޅާތީއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލިއިރު، އެކޮޅުން އިވުނު މައިދައިތަގެ އަޑުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ ސިގްނަލް އަހަންނަށް ލިބުނެވެ. ޕާޓް 5 ރޮވިފައި އަހަންނަށް ގޮވާލުމުން، އޯގާތެރިކަމާއެކު ކިހިނެއްވީތޯ ސުވާލުކުރީމެވެ. އެއްޗެކޭ ނުބުނެ އިރުކޮޅެއްވެފައި ދެން އިވުނީ ރަނާގެ އަޑެވެ. ބައްޕަ އެކްސިޑެންޓްވެގެން ހޮސްޕިޓަލަށް ގެނައި ވާހަކަ […]
“ތިބުނީ؟” ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ސުވާލު އުފެދިފައި ދާނިޔާގެ މޫނަށް ބަލަން ހުރެވުނެވެ. އަނެއްކާ ދާނިޔާއަށް ކަމެއް އެނގުނީ ހެއްޔެވެ؟ އެކަމަކު ކިހިނެއް ހެއްޔެވެ؟ ޕާޓް 4 “ވެގެން އުޅޭ ގޮތެއް…” ދާނިޔާގެ މޫނަށް އަހަރެން ބަލަން ހުރީ ވާނުވާ ނޭންގިފައެވެ. “ދާނިޔާ ކީކޭ ތިކިޔަނީ؟” އަނެއްކާވެސް އަހަރެން ސުވާލުކުރީމެވެ. “މިކިޔަނީ އާލިފްއަށް ބަދަލުތަކެއް އައިކަން އަހަންނަށް ފާހަގަކުރެވެއޭ…. އެއީ ކީއްވެގެން އައި ބަދަލުތަކެއްކަން އަހަންނަށް ބުނެދޭންވީ ނޫންހޭ….” މިފަހަރު ވާހަކަ […]
އޭގެ ފަހުން ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. މައިދައިތަގެ ބަލިވެސް ރަނގަޅުވެއްޖެއެވެ. ބަދަލު ނުވަނީ އަހަންނަށް އުފުލަން ޖެހިފައިވާ ތަކްލީފްތަކެވެ. މިރޭވެސް ކައިގެން ކޮޓަރިއަށް ވަންގޮތަށް ނިއްކުރިމަތީގައި އަތް ބާއްވާލައިގެން އަހަންނަށް އޮވެވުނީ ފިކުރުބޮޑުވެފައެވެ. ޕާޓް 3 ދާނިޔާ ކޮޓަރިއަށް އައިކަންވެސް އަހަންނަށް އެނގުނީ ވާހަކަ ދައްކަން ފެށުމުންނެވެ. ކޮންކަމަކަށް ގެއްލިފައި ހެއްޔޭ ސުވާލުކުރުމުން ކަމެއް ނުވެއޭ އަހަރެން ބުނީމެވެ. މިފަހަރު ދިމާވެގެން މި އުޅޭ ކަންތައް ދާނިޔާއާއި ހިއްސާކުރެވެންނެތީއެވެ. އެހެންކަމުން އަހަރެން ބެލީ ދާނިޔާގެ ސުވާލުތަކުން ސަލާމަތްވާނެ […]
ރަމީޒްއާއެކު ބޭރަށް ނުކުތްއިރު، އިއްތިފާގުން އަހަންނަށް ދެވުނީ ފޯނު ބާއްވާފައެވެ. އެހެންވެ އޭރު މެސެޖްތަކެއް ފޮނުވިކަން ނޭންގުނީއެވެ. ގިނަ މެސެޖްތައް ހުރީ އެ ނަންބަރުންނެވެ. އަހަރެންގެ ޖަވާބެއް ނުލިބިގެން ފޮނުވާފައި ހުރި މެސެޖްތަކާއި ވީހާވެސް އަވަހަކަށް ގުޅުމަށް އެދި ކޮށްފައިވާ މެސެޖްތަކެވެ. ކިތަންމެ ކުރު މެސެޖްތަކެއް ނަމަވެސް އެއިން ކޮންމެ މެސެޖަކުން އަހަރެންގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޕާޓް 2 އެހެންކަމުން އެ ނަންބަރުން ކޮށްފައިވާ މެސެޖްތަކަށް ޖަވާބެއް ނުދެމެވެ. އެކަމަކަށް އަހަރެން […]
“އަހަންނަށް ޒިޔާދު އާއިއެކު ދެން ނޫޅެވޭނެ. އަހަރެން ބޭނުންވަނީ ވަކިވާން…” ފަޒީލާގެ އަޑުގައިވީ ފޫހިކަމެވެ. “ފަޒީ… އަދި އަހަންނަށް ވަގުތު ކޮޅެއް ދީ… އަހަރެން ހުރިހާ ކަމެއްވެސް ހަމައަކަށް އަޅުވާނަން… ޕްލީޒް… އައި ޖަސްޓް ނީޑް ސަމް ޓައިމް…” ޒިޔާދު އާދޭސްކުރިއެވެ. “ތިހެން ކިޔާތާ މިހާރު ކޮން ދުވަހެއް؟؟؟… އަހަންނަށް ވަގުތު ދެވިއްޖެ… އަހަންނަށް ނޫނީ ދަރިފުޅަށް ބޭނުންވާ އެއްޗެއް ހޯދާދެވޭކަމަކަށް ނުވޭ… އަހަރެން ބޭނުންވާ އެއްވެސް ކަމެއް ކުރާކަށް ފައިސާއެއް ދެވެނީކީ ނޫން… ދެން ކީއްކުރާ […]
އަހަންނަށް ހެދުނީ ގޯހެކެވެ. ނޫނެކެވެ. ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. މިހާރު ހިތްހަމަޖެހޭ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވެއެވެ. މީހަކާ ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. ރޭގަނޑުގެ އަރާމު ނިދިން މަހުރޫމްވެފައި އެތައް އިރެއް ވަންދެން އޮވެވެއެވެ. ***************** މިރޭވެސް މިއީ އެކަހަލަ ރެއެކެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. އަދި މިއުޅެނީ ލޮލުފިޔަޖަހާނުލެވިގެންނެވެ. ކައިރީގައި ނިދާފައި އޮތް އަނބިމީހާއަށް ބަލާލެވުނެވެ. އެ މައުސޫމް މޫނު ފެނިފައި އަހަރެންގެ ހިތް […]