” އެހެން ވިއްޔާ ބުނަން. ލިވީ ޗޫޒް ކުރޭ. އާ އެހެންޏަ. ހަމަ ޝިފާ ދޫކޮށްލާއިރަށް އަހަރެން ޝިފާ އަމިއްލަ ކޮށްލާނަން ” ޔަމާންގެ ވާހަކަ ނުނިމެނީސް ޒައިކު އަތް މަޅައިގެންފަ ހުއްޓުވިއެވެ. އަދި ޔަމާން އާ ދިމާއަށް ލޯއަޅާލިއެވެ. އެ ބެލުމުގައި ރުޅިވެރިކަން ވީހެން ހީވެއެވެ. ” ޑޯންޓް އީވެން ޓްރައި. އައި ވިލް ނެވާރ ގިވް ޔޫ ” ” ކޮބާ ، ހީވޭ ، ޝިފާ އެހެން މީހަކާ […]
އެރީތި ސޫރަ ބަލާލުމުގެ ފުރުސަތު ލިވީއަށް އެ ލިބެނީ ހާދަ ދުވަހަކަށް ފަހުއެވެ. އުފަލުން ހިތް ނުހުއްޓުނިއްޔާ ހެވެވެ. އޭނާއަށް ދުވަހަކުވެސް ޒައިކު މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެއަށްވުރެ ޒައިކު ދެކެ ލޯބިވެވިފައި ވާތީއެވެ. ޝިފާ އަށް ޓަކައި އޭނާ އުފާކުރިއެވެ. އޭނާއަށް ޒައިކު ދޫކޮށްލަން ޝިފާ ދެބަހެއް ނުވާނެކަން ގައިމެވެ. އެހެން މީހުންގެ އުފާތަކަށްވުރެ މިހާރު މުހިންމީ އޭނާގެ އަމިއްލަ އުފާތަކެވެ. ހަމަ ގައިމުވެސް ޒައިކު އަށްވުރެ މުހިންމު މީހަކު މިދުނިޔެއަކު ނެތެވެ. […]
އެހުރިހާ ކަމަކުން އެއްކިބާ ވުމަށް ބޭނުންވިއެވެ. އެކަމަކު ލޮލަށް ކުޑަކޮށްވެސް ނިދި ނާންނާނެކަން އޭނާއަށް އިނގެއެވެ. ކުރިމަތީގައިވީ އެނދުގައި ރީތީކޮށް އޮތް އޭނާގެ އަމިއްލަ އަންހެނުން މަތިން ހަނދާންވިއެވެ. އެހުރިހާ ކަމަކުން ސިކުނޑި ދުރުކޮށްލުމަށް ރަނގަޅު ވިސްނުމެއް އައެވެ. ލައިގެން ހުރި ޖިންސު ސޯފާ މައްޗައް ދޫ ކޮށްލަމުން، ބޮކްސާ ކޮޅާއެކު އެނދައް ފުއްމާލިއެވެ. އަދި ބްލޭންކެޓް ނަގާ ދުރައް ވިއްސާލިއެވެ. ހަށި ގަނޑަށް އިތުރު ބާރެއް އެރި ކަހަލައެވެ. އޭނާ އާ […]
ޔަމާންދިއުމުން ލިވީވެސް ބޭރަށް ނުކުމެލީ ރީތިކަން ބަލާލުމަށެވެ. ކުރިއަށް ހިނގަމުންގޮސް މޫދާދިމާއަށް މިސްރާބު ބަދަލުކޮށްލީ ހުދު ދޮން ފަސްގަނޑުގައި ހިނގާ ލުމަށެވެ. ވަކިހަމަޔަކުން މުޅިތަނުގައި އުއްބައްތިތަކުން ޖަރީކުރެވިފައި ހުރިހިސާބަކަށް އާދެވުނެވެ. އެތަނުގެ ރީތިކަމަށް ގެއްލިފައި ހުއްޓާ ސިހިގެންދިޔައީ ދާދިކައިރިން މީހެއްގެ ހިލަން ވެގެންނެވެ. އެ ފިޔަވަޅުތަކުންވެސް ހިތައް ބިރުވެރިކަން ވަނެވެ. ބަލާނުލާ ހުއްޓާ ހަށިގަނޑު ރޫރޫ ލައިގެންދިޔައީ އެމީހަކު އަތުގައި ހިފާ އެދިމާއަށް އަނބުރާލުމުންނެވެ. ދުނިޔެ އެނބުރިގަތީ އޮޅެމުން ހެން ހީވެ، ކޮޅަށް ހުރުމަށް […]
” ޒެކް . ބޭބީ އެބައަންނަން ވޮޝް ރޫމަށް ވަދެލާފައި. ވެއިޓް ފޯރ މީ ” އަވަސްއަވަހަށް ޝިފާ ހިންގައިގަތީ ވޮޝް ރޫމާދިމާއަށެވެ. ލޯގަނޑު ކައިރިއަށް ހުއްޓިލުމާއިއެކު މޭކަޕް ރީތިކޮށްލިއެވެ. ޒައިކުއަށް ލަސްވެދާނެތީ އަވަހަށް ނުކުންނަށް ހިނގައިގަތެވެ. ” އެސްކިއުޒްމީ، ޔުއާރް ބޭގް ” ފަހަތައް އެނބުރިލެވުނީ ސިހިފައެވެ. ފޯނުވެސް ދޫވެގެން މުށިގަނޑުމައްޗައް ވެއްޓުނެވެ. ދެމީހުންވެސް ހުރީ ޝޮކެއްގައެވެ. ޝިފާއަށް ބޭގު ގެނެސް މެޔާލާއި ބޮނޑިކޮށްލެވުނީ އެއްވެސް އިޙުތިޔާރެއް ނެތިއެވެ. ކުރިމަތީ ހުރީ ލިވީ […]
ޝިފާގެ އުނަގަނޑުގައި ހިފާ ކުރިމައްޗަށް އަނބުރާލަމުން އެމޫނުގައި ޒައިކު ބޮސްދިނެވެ. ދެއަތުން ބައްދާލަމުން ކަނދުރާ ކައިރީ މަޑުމަޑުން ވަސްގަތެވެ. ” އުމްމްމް. ވަރަށް މުހިންމު ވާހަކަ އެއް ބުނަން ” ” ޝުޝްޝްޝް ” ޝިފާ ގެ ތުންފަތުގައި ޒައިކު އިނގިލި އަޅާލަމުން ބޯހޫރާލިއެވެ. ” އައެމް ސޯ ސޮރީ ޒައިކު ” ” ފޯރ ވަޓް؟ ” ” […]
” ނޯ ” ތެދުވުމަށްފަހު ލިވީ ކުޑަކޮށް ހަޅެއްލަވައިގަތެވެ. ” ނޯ ؟ ” ސުވާލު އުފެދިފައި ހުރެ ޝިފާވެސް ބަލާލިއެވެ. ” ޒައިކު ކައިރީ ބުނެގެން ނުވާނެ އަހަރެން ހުރި ތަނެއް، ދުނިޔޭގަ ހުރިކަމެއްވެސް، އަހަރެން ނުދާނަން އެކަކާއެކުވެސް ” ލިވީގެ ބަހާއެކު އެކަކު އަނެކަކު ބަލާލިއެވެ. *************** ބެލްކަނީގައި ދުރުދުރަށް ދާންދެން ފެތުރިފައިވާ ރީތި ކަމަށް ގެއްލިފައި ލިވީ ހުއްޓެވެ. ސައިފުމެން ދިޔަތާ އިރުކޮޅެއް ވީ އިރުވެސް […]
ކޮޓަރީގެ ދޮރުގައި ރަނގަބީލު ވާއަޑު އިވިގެން ދެލޯ ހުޅުވާލުންވީ ލިވީއަށް އުނދަގޫ ކަމަކަށެވެ. އޭރު ކުޑަދޮރުން ހަމަ ރީތިކޮށް އިރުގެ އަލިއެޅިފައިވަނީ އޭނަގެ މޫނަށެވެ. ފޯނު ބަލާލަމުން ދެލޯ ބޮޑުކޮށްލެވުނީ ގަޑިން ހެނދުނު އެގާރަ ޖަހާފައި އޮއްވާ ފެނިގެނެވެ. ރޭގަ އެހާ ލަހުން ނިދުމުން ހޭލެވުނީ އެހާވެސް ލަހުންނެވެ. އަތުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން ދޮރާދިމާއަށް ހިނގައިގަތީ ރޫމްބޯއީސް ސާފުކުރަން އައީ ކަމަށް ހިތައެވެ. އާފުރެމުން ދޮރު ހުޅުވާލިއިރު އަނގަމަތީ އަތް އަޅާލެވުނީ ކުރިމަތިން ފެނުނު […]
” ލިވީ ” ޝިފާގެ އަނގައިން އެބަސް ބޭރުވުމާއިއެކު އެއަންހެން ކުއްޖާވެސް ދެލޯ ބޮޑު ކޮށްލަމުން، ސަލާމަތް ދިއްކޮއްގެން ހުރި އަތްތިލަ ދަމައިގަތެވެ. ” ލިވީ ” ކުރިމަތީ ހުރި އަންހެން ކުއްޖާ އޭނާއަށް އެނަމުން ގޮވާލުމާއިއެކު ވިންދުޖަހަމުންދިޔަ ހިތަށް ހުއްޓުމެއް އައިކަހަލައެވެ. ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭނާރުތައް އައްސިވީކަހަލައެވެ. ކަރަންޓު ޝޮކެއް މީހަކަށް ދިނަސް އޭނާއެހުރި ހާލަތައް ނާންނާނެކަން ގައިމެވެ. ފަސްއަހަރު ދުވަސް. މަދު ދުވަސްތަކެއް ނޫނެވެ. ފަސްއަހަރުދުވަސް އެހަނދާންތަކާ ދުރުވާން އޭނަ […]