އެގޮތަށް އޮވެ ކައިޒީންއަށް ނިދުނު އިރުވެސް ނޭނގުނެވެ. ނިދާފައި އޮތް އިރުވެސް ކައިޒީންއަށް ދިޔައީ ގިސްލެވެމުންނެވެ. އަދި މަޑު މަޑުން ދިޔައީ މަންމައަށް ގޮވެމުންނެވެ. މިއަދު އެހިތުގަ އަޅާ ވޭން ބަޔާންކުރަންވެސް ދަތި ވާނެއެވެ. ***** މެލޭސިއާގެ ކާރުބާރު ބޮޑު ހައިވޭގައި ދުއްވާފައި ވޭން ދިޔައީ ޖެހޭ ވައި ވެސް ކަފަމުންނެވެ. ވޭނުގެ އެތެރޭގައި އިން ކައިޒީން އަށް ހީވީ އީދެއް އައިސްގެން އުޅޭ ހެންނެވެ. ކައިޒީންގެ އަނގައިގައި ނުފެންނަ އެންމެ ދަތެއް ވެސް ނެތެވެ. ހީވަނީ […]
ވަރަށް އަވަހަށް އަންނަނީ އިންތިޒާރު ކޮއްލައްވާ.. ތިދެއްވާ ސަޕޯޓު ހަނދާނެއް ނުނެތޭނެ…. މި ވާހަކައިގާ އުޅޭ މެއިން އަންހެން ކެރެއްޓާގެ ނަން ހުށައެޅުނުގެ ފުރުސަތު ހުޅުވާލަންް…
އެ ބޭސްތަކަށް ބަލަންހުރެ މި ކުއްޖާއަށް ނުހިނގޭކަން ސިކުނޑިއަށް ނަގައިގަނެވުނު ހިނދު އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އޭނަ އިންޑިޔާގައި މަޑުކުރި ރެއެވެ. އެރޭ އޭނަގެ ޝައުޤުވެރިކަން ހޯދި އެމްއާރްއައި ރިޕޯޓެވެ. ހަމަ އެއާއެކު އެ ސްކޭންގެ މަތީގައި އޮތް ނަން ވެސް އޭނަގެ ލޯކުރިމަތިން ސާފުކޮށް ސިފަވެގެން ދިޔަ ހިނދު އޭނައަށް މަލާކަށް ބަލާލެވުނީ ކުއްލި ގޮތަކަށެވެ. “މި ކުއްޖާގެ އެމްއާރްއައި ރިޕޯޓެއް އޮތިއްޔާ ގެނެސްދެވިދާނެތޯ؟” އަޔާޒަށް ކުއްލި ގޮތަކަށް އެހެން […]
“އަޅެ ތުއްތުބޭގެ ވެޑިންގ އޮންނަ ކަން އެނގޭ އިރު ޔަޒާން ކީއްވެ މިއަދަށް ތި ދަތުރު ނިންމީ؟ މާދަމައަށް ފަސް ކޮށްލި ނަމައެއްނު؟” ޔަޒާންގެ އަތުގައި ހިފާލަމުން ނައިހާ އެހިއެވެ. “ކިތައް ފަހަރު ބުނީމަތަ ނައިހާއަށް އަޑު އިވެނީ؟ ނެތޭ ފަސް ކުރެވޭކަށް، އަހަރެން ބެލީމޭ” ނައިހާގެ އަތުގައި ހިފާ ދުރު ކޮށްލަމުން ޔަޒާން އަލަމާރި ކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ. “ދެން ޔަޒާން ނުގޮސް މަޑު ކޮށްލަން ވީނު މި ފަހަރު؟” އަދިވެސް ނައިހާ ބެލީ […]
ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ހަނީފް ރަމީޒާ ކައިރީގައި ހަމަޖެހުމަށް ލޮލުގެ އިޝާރާތުން އަންގާލީ ގޭގައި މެހެމާނުތަކޭ އެބަތިއްބޭ ބުނާ ބީދައިން ފާތުންމެންނާއި ދިމާއަށް ބަލާލަމުންނެވެ. އެންމެ ދޮރާއި ދިމާއަށް ބަލާކަން ފާހަގަވެގެން ވާހަކައިގަ ތިބި ޝާނީއާއި ކަމްލާގެ އިތުރު ނަޝާ އެދިމާ ބަލާލުމާއެކު ކަމްލާގެ މެއަށް ނުބައިގޮތެއް ވެގެން ދިޔައެވެ. ނަމަވެސް ދާދިއަވަހަށް އެއިހްސާސްތައް ފޮރުވާލުމާއެކު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވީ އަމިއްލަ ނަފްސަށް ވެފައިވާ ވައުދު ފުއްދުމަށެވެ. މިއަދު ދުވަހު އޭނާ ޖެހޭނީ ހިތާއި ދެކޮޅަށްވެސް […]
އައިޝަމްގެ އަލިފާންކަނި ބުރަމުންދިޔަ ދެލޮލުން ހައިރާންކަން ފެނިލީ ކުއްލިއަކަށެވެ. *************************** ކުރިމަތީ އެހުރީ ދެވަނަ މީހެއްނޫނެވެ. ރޭގައި އޭނާ ސަލާމަތްކުރި އަންހެން ކުއްޖާއެވެ. “ޔޫ…” އައިޝަމްއަށް ބުނެވުނީ ހައިރާންކަން އެކުލެވިފައިވާ އަޑަކުންނެވެ. “ކީކޭ….” އައިލީންއަށް އައިޝަމް ބުނިއެއްޗެއް ފަހުމެއްނުވިއެވެ. “ތީ ރޭގަ އަހަރެން ސަލާމަތްކުރި ކުއްޖާއެއްނުން….ދެން މިތަނަށް ތިއައީ ކީކުރަން….ތެންކްސް އޭ ބުނަން..” ހަމަޖެހުލަމުން އައިޝަމްގޮސް އައިލީނައާ ފަސްވަރަކަށް ފޫޓު ދުރުގައި ހުއްޓިލަމުން އަހާލީ ލާނެތްފާޑަކަށް ހިނިތުންވެލަމުން އެއްބުމަ ހިއްލާލަމުންނެވެ. “ކީކޭތަ ތިކިޔަނީ ސަރ….މީ އަޅުގަނޑޭ…ރޭގަ ސަރއެއްނުން […]
މެޝިންތަކުގެ އެލާރޓާއިއެކު އެނދުމަތީގައި އޮތް ކުއްޖާގެ ގަޔަށް ބާރުގަނޑެއް އަރާ ކަރަންޓް ޝޮކެއްގައިވާ މީހެއްފަދައިން ތެޅެންފެށިއެވެ. މެޝިންތަކަށް އައި ގުޑުންތަކާއިއެކު ހަމައެއްލަމައެއް ނެތި ތެޅިފޮޅެމުންދިޔަ އަންހެންކުއްޖާގެ ހަށިގަނޑުގައި ހިފަހައްޓަން އެ ޒުވާނާ މަސައްކަތްކުރިއެވެ. ނަމަވެސް އެ ބާރުގަނޑުގައި ޖާނުން ވަރުގަދަ ޒުވާނާވެސް ފަހަތަށް ދިޔައީ ކުނިކޮޅެއް ފޮޅާލާ އުސޫލުންނެވެ. އެވަގުތު މުޅި ރޫމްގެ ތެރޭ ގުގުމާލި އެލާރމްގެ އަޑާއިއެކު ފާރުގައި ހަރުކޮށްފައިވާ ސްވިޗާއި ދިމާލަށް އެމީހާ ބަލާލީ ބިރަކާއިދިމާލަށް ބަލާލައި ފަދައިންނެވެ. ބާރު ފިޔަވަޅުތަކެއްގެ އަޑާއިއެކު އެ […]
އުފާވެރި ހަޔާތެއްގައި ތާ އަބަދު އުޅެވޭނެ ހެއްޔެވެ؟ އެއްވެސް ޝަރުތަކާއިނުލާ މީހަކަށް ލޯބިދެވޭނެ ހެއްޔެވެ؟ ކުރާ ކޮންމެ ކަމަކަށް މާފު ދެވޭނެ ހެއްޔެވެ؟ އަނެކާގެ ހިތުގައި އަޅާ ވޭން އެއްވެސް ލަފްޒަކާއި ނުލާ ދެނެ ގަންނަން އެނގޭނެ ހެއްޔެވެ؟ މީ ހައްތަހާވެސް ސުވާލުތަކެކެވެ. ޖަވާބު ވަރަށް ސާފު ސުވާލު ތަކެކެވެ. އެހެނަސް ޅަ އުމުރުގައި ލޮލައް ފެނި އަދި އިވުނު އަޑުތަކެއްގެ ސަބަބުން އެ ސުވާލުތަކުގެ ޖަވާބު ސާފެއް ނޫނެވެ. ނޫނެކެވެ. އެ ސުވާލުތައް އޭރު ހިތައްވެސް […]
އަޒާން އެ ދިޔަ ބާރުމިނުގައި ގޮސް ރައުލްގެ ސްވިމިން ސޫޓްގެ ކަރުވަޅުގައި ހިފާ ބާރުކޮށްލުމަށް އޭނާގެ އަތުގެ ހަމަލާއެއް ރައުލްގެ މޫނަށް އަމާޒުކޮށްލިއެވެ. ރައުލްއަށް ހުރެވުނީ ވާނުވާ ގައެވެ. އަޒާންގެ އަތުގެ ދެވަނަ ހަމަލާ ރައުލްގެ މޫނަށް އަމާޒުވުމާއެކު ބޮކި ޖަހާފައި ނޭފަތުން ލޭތައް ފައިބައިގަތެވެ. ރައުލްއަށް ނޭފަތުގައި އަތް ޖައްސާލެވުނެވެ. އަޒާން ތިންވަނަ ހަމަލާއެއް ރައުލްގެ މޫނަށް އަމާޒުކޮށްލުމާއެކު ރައުލް އެއިން ރެކި ގަތީ ހުށިޔާރު ކަމާއެކުގައެވެ. އަދި އަޒާންގެ މޭގައި އަޅާ ދުރަށް ކޮއްޕާލިއެވެ. އަޒާން ހަށިގަނޑު ބެލެންސްކޮށްލުމަށްފަހު އަނެއްކާވެސް ހިފީ ރައުލް ލައިގެން ހުރި ސްވިމިން ސޫޓްގެ ކަރުގައެވެ. ” ކޮބާ މަލްޝާ؟! ކޮބާހޭ މަލްޝާ؟! އޭނނ… މަށަށް އިނގެޔޭ ކަލޭ މަލްޝާއަށް ކޮންމެސް ގޮތެއް ހަދައިފިކަން… މިތާ ހޭކިފަ މިހުރި ލޭ އެކަމަށް ހެކި ދޭނެ… ކަލޭ މަށަށް ޖަވާބެއް ދީބަލަ… އޭތް… ” އަޒާން ހީވަނީ ރުޅިއައިސްގެން ގޮސް ފަޅައިގެން ގޮސްދާނެ ހެންނެވެ. ހެދޭ ނުހެދޭ ނޭނގޭ ވަރަށް އޭނާގެ ރުޅިގަނޑު ކެކި އަރައިގަތެވެ. ރައުލް އަޒާންގެ ބަނޑުގައި ފައިން ޖަހާ ބުރުވާލިއެވެ. އަޒާން އެ ދިޔަ ބާރުމިނުގައި ގޮސް ބިންމައްޗަށް ވެއްޓުމާއެކު ތެދުވާނެ ހިތްވަރު ނެތިފައި އޮއްވާ ރައުލް ވަގުތުގެ ބޭނުން ހިފާ އަނެއްކާވެސް އަޒާންގެ ގައިގައި ތަޅައިގަތެވެ. މާހައުލުގައި ގުގުމައިގެން ދިޔައީ އަޒާންގެ ހަޅޭކުގެ އަޑެވެ. ” އަޒާން! އަޒާން… ” ރައުލް ދިން ހަމަލާތަކަށް ކެތްނުކުރެވި ތަދު އިހްސާސްކުރާނެ ގާބިލުކަން ނެތެމުން ދިއުމާއެކު އަޒާންގެ ދެލޯ މެރެމުން ދިޔަ ސިކުންތުގައި ފަނޑުކޮށް ނަމަވެސް މަލްޝާ ގޮވާލި އަޑު އިވުނު ހެން ހީވިއެވެ. * * * * * * * * * * * * * ދުވެ ދުވެ ހުރި މަލްޝާގެ ފައި މޫގަނޑެއްގައި އަޅައިގެންފައި މަލްޝާ ވެއްޓުނީ އަނގަ ވަތަށެވެ. ޖެހުނު ގޮތަކުން ތެދުވަންވެސް ނުކެރިފައި އިރުކޮޅަކު އެހެން އޮތެެވެ. މީހެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުނީ އެވަގުތު އެވެ. އެ އަޑުގައިވީ ބަރުކަމަކުން އެއީ ފިރިހެނެއްގެ އަޑުކަން ޔަގީންވެއެވެ. މަލްޝާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ވިސްނާލުމެއް ނެތި މަލްޝާ ތެދުވެ އެ އަޑަށް ސަމާލުވިއެވެ. އެ އަޑު އަންނަ ދިމާ ޔަގީން ކުރެވުނު އިރު މަލްޝާގެ ހިތުގެ ތެޅުން ބާރުވެ ހިތް ބިރުގަނެފައިވިއެވެ. އެ އަޑު އަންނަނީ އޭނަޔާ ރައުލް ކުރިން ތިބި ދިމާލުންނެވެ. ރައުލްއަށް ކަމެއް ވީ އޭ ހިތާ މަލްޝާ ދެފައިގައި ހުރި ބާރެއްލާފައި އެ ދިމާލަށް ދުއްވައިގަތެވެ. އެ ހިސާބަށް ދެވުނު އިރު ކުރިމަތީގައި ތަމްސީލުވަމުން ދިޔަ މަންޒަރު ފެނި ހަށިގަނޑަށް ލިބުނީ ކުއްލި ޝޮކެކެވެ. ހުއްޓިފައި އިރުކޮޅަކު ހުރެވުނީ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލުމުންނެވެ. ހޭވެރިކަން އައުމާއެކު އަނގަމަތީގައި އަތް އަޅާލެވުނީ ރައުލްގެ ރަހުމްކުޑަކަން ލޯ ކުރިމައްޗަށް ކަޝްފުވުމުންނެވެ. ކަރުނަތައް ކޯތާފަތްމައްޗަށް ބަންޑުންވިއިރު ދެ ތުންފަތް ފޫއަޅުވާލާފައި ވައި އަޑުން ނިކުތީ އަޒާންގެ ނަމެވެ. ދުވެފައި ގޮސް އަޒާންގެ ކައިރީގައި އިށީނދެލުމަށްފަހު އަޒާންގެ ބޯ ނަގާ މަލްޝާގެ އުނގުމަތީގައި ބާއްވާލިއެވެ. އަޒާންގެ އަތުގައި ހިފާ ތަޅުވައިގަނެވުނީ ހިތަށް ކުރި ފުން އަސަރަކުންނެވެ. އަޒާންގެ ވަށައިގެން މުޅި ބިންގަނޑު ވަނީ ލެއިން ކަޅިވެފައެވެ. ކުއްލިއަކަށް މަލްޝާއަށް ކޮޅަށް ތެދުވެވުނީ ރުޅިވެރިކަން މުޅި ހަށިގަނޑު ހިޞޯރުކޮށްލުމުންނެވެ. ދުން ޖަހާފައި ރައުލްއާ ދިމާލަށް ދިޔައިރު މަލްޝާއަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ކަހަލައެވެ. […]