Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރަސްމީ ގަޑި – 4

Rainoppa Level 210 Stories100 Comments
September 11, 2019 5 Mins Read
9 Comments

ސުލްތާން

ގެޔަށް އާދެވުނުއިރު ބަރާބަރު ފަހެއް ޖެހީއެވެ. ދެފައި ވައްކޮށްގެން ސޮފާމަތީގައި އިން ނީނާ ފެނި އަނެއް ފަރާތަށް އަހަރެން މޫނު އަނބުރާލީމެވެ. ދެނެހުރިކަމަށް ވެސް ނަހަދާ ބޫޓު ބާލަމުން އަހަރެން ތިން ކޮޓަރީގެ އެޕާޓްމަންޓަށް ވަނީ ހަލުވިކޮށެވެ. ހިތާމައަކީ އެވަރުންވެސް ނީނާގެ ސަމާލުކަން ލިބުނީމައެވެ. ބޮކެއް ފުންމަމުން އަންނަ ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ބަލާބެލުމަށް ހީވަނީ އެއްޗެއް ބޭނުން ވެގެން އުޅޭ ހެނެވެ.
“ނީނާ ޕްރެގް ތަ؟ މަ ހީ ވެސް ނުކުރަން. ހާދަ އުފައޭ.”
މަރުވެފައި ހުރި އަޑަކުން އެހެން ބުނެލިޔަސް ނީނާ ހިތްހަމަޖެހިއްޖެކަން އޭނާގެ ހިނިތުންވުމުން ދޭހަވިއެވެ. ނޫނޭވާ މީނަ ފިޔަވައި ދެން ތިބީ ހުސް ގަމާރުންނެވެ. ސިޓިންރޫމްގައި މަންޒަރު ބަލަން އިން އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝާނިފް އެއްމިޔަކަނުން ހީލިއެވެ. އޭނާއާއި ދިމާލަށް ބަލާވެސް ނުލާ ކަންކަށި މައްޗަށް ވާން ކުރަމުން އަހަރެން ކޮޓަރިއަށް ވަނީ އިތުރު ބަހެއް ނުބުނެއެވެ. ފަހަތުން ނީނާ ވެސް އައެވެ.
“ކިހިނެތް އޮފީސް؟ މިޔަދު ހާދަ ބިޒީކޮށް އުޅުނީ؟ ހުންނާނެ ބޯވަ ކޮޅެއް ހަދާފަ. ހިިނގާ ކާން. އަހަރެން މިހިރީ ސުލްތާން އަންނަންދެން.”
ތުންފަތް އޫކުރަމުން އަހަރެންގެ ގަމީސް ބޭލުމަށްފަހު ކޮނޑުގައި ވެސް އަޅުވައިދިނީ ނީނާގެ އަމިއްލަ ދެއަތުންނެވެ. ކުޅަދާނައޭ ބުނާކަށް ކުޅަދާނައެވެ. އޮސްކާއެއް ވެއްޖިއްޔާ ލިބެން ޖެހޭނީ މީނާއަށެވެ.
“ބަނޑުހައެއް ނޫން.”
އެހެން ބުނިއިރުވެސް އަހަރެންގެ ބަނޑުން އަޑު ގޮަވައެވެ. ހާންތިވެގެން ގޮސް މޭވެސް ނުބައި ކުރިއެވެ. އެކަމަކު ނީނާގެ އަތުން ކާކަށް އަހަރެން ނޭދެމެވެ. އެޔަށްވުރެ ބަނޑަށް މަރުވުން ވެސް މާ ރަނގަޅެވެ.
“އެހެން ދޯ؟ މަށަށް އިނގޭ ސުލްތާން އަންނާނީ ކައިގެންކަން. އެހެންވީމަ ޝާނިފްއާ މަށާ ކައިފިން މާ ކުރިން ވެސް.”
އަހަރެންގެ ނިއްކުރިއަށް ދޮނެއް ދެމުން ނީނާ ވަނީ ފާހަނަޔަށެވެ. އެއީ ވާވަރެވެ. އަބަދުވެސް ހުންނާނީ އަހަރެން އަންނަންދެން ނުކައެވެ. އެކަމަކު އިރުކޮޅަކުން ބުނި ބަސް ބަދަލުވާނެއެވެ. މިހާރުވެސް ގޮސް ތެލީގެ މަތި ނެގިޔަސް ކާނެ އެއްޗެއް ނުހުންނާއެވެ. އެކަމަކު ނީނާ ބުނާނެއެވެ. ބޯވަ ހުންނާނެއެވެ. ފަތު ސަޓަންޏާއި ބޮޑު ސުފުރާއެއް ހުންނާނެއެވެ. ހުސް ދޮގެވެ. ރޯ ބުހުތާނު ދޮގެވެ.
އަނގަޔަށް ސިގިރޭޓެއް ޖަހަމުން އަހަރެން ނިކުމެލީ ބޭރަށެވެ. ގޭ ދޮރުމައްޗަށެވެ. ސިގިރޭޓުގެ ވަހަކީ ނީނާ އެއްވެސް އިރެއްގައި އެހާ ގަޔާނުވާ ވަހަކަށް ވީމައެވެ. ނިކުންއިރުވެސް ފޯނު ހިފައިގެން ހެވިފައި ޝާނިފް އިނެވެ. ދެލޯ ކުނާކޮށްލުމުން ރައްދުގައި ޝާނިފްގެ މަލާމާތުގެ ހިނިގަނޑު ކަންފަތުގައި ގުގުމައިގެން ދިޔައެވެ. މިވެސް ހަމަ އަހަރެންގެ ލޭ ހެއްޔެވެ؟
ފުން ހިޔާލަކަށް ގެއްލިފައި ހުއްޓައި ކުރިމަތީގައި އިން ގޯޅިއަކުން މަގަށް ނިކުން އަންހެންކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަންހެންކުއްޖާ ކައިރިވީވަރަކަށް އެއީ ކާކުކަން ސާފުވާންފެށިއެވެ. ހުރިހާ ކޮޅަކަށް ދެލޯ އުކަމުން ކުޅަދާނަނުވާހާ ވަރަށް ބާރަށް ހިނގަމުން އެ އަންނަނީ ރަހްމާއެވެ. އޭނާގެ މޫނުގައި ހިއްލާފައި ހުރި އޮށްދާ މިހިސާބަށް ވެސް ފެނެއެވެ. މަޖާވެފައި އަހަރެން ބަލަން ހުއްޓާ ރަހްމާ ވަންތަން ފެނިފައި އަނގައިގައި އޮތް ސިގިރޭޓު ނުވެއްޓުނީ ކިރިޔާއެވެ. އެ ގޯޅީގައި ހުރި ދުވަހު ކުއްޔަށް ކޮޓަރިދޭ އިމާރާތެއްގެ ތެރެއަށް ރަހްމާ ވަދެ ފިލައިފިއެވެ. އަހަރެން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. މިއީ ހިކިވަރު އެރި މީހާއަށް ވީ ވަރެވެ. ޔަގީނުންވެސް ކޮންމެވެސް ފިރިހެނަކާ އެއްކޮށް މަޖާކޮށްލަން ވަނީއެވެ. މި އަންހެނުން މީ ހާދަ މަތި އޮމާންކުރަން ކުޅަދާނަ ބައެކެވެ.
އަހަރެން ދޮރު ކައިރިން ގުޑާނުލާ ހުރީ ރަހްމާ ނިކުންނާނެ އިރެއްގެ އިންތިޒާރަކަށެވެ. އޭނާ ވަނީ ކޮން ފިރިހެނަކާއި އެއްކޮށް ކަން ޔަޤީންކުރާށެވެ. ދެފައިން ވަރުދޫވި އިރުވެސް ރަހްމާ ނިކުންނާކަށް ނޫޅެއެވެ. ހާދަ ވަރުގަދަ މެޗެއް ކުޅެލަނީތާދޯއެވެ. އަމިއްލައަށް މަޖާވެގެން ހެމުން ގެޔަށް ވަންނަން ދިމާކުރީމެވެ.
ގެޔަށް ވަންއިރު އިރުއޮއްސޭ ވަގުތާއި ގާތް ކުރަނީއެވެ. ސިޓިންރޫމުގައި ނީނާގެ މަންމަ، ބަދޫރާ ނަމާދުކުރަން އިނެވެ. އަހަރެން ވަރަށް އަދަބުވެރިކަމާއި އެއްކޮށް ގޮސް ވުޟޫކޮށްލައިގެން މިސްކިތަށް ދިޔައީމެވެ. އޭރު ނީނާ އާއި ޝާނިފް ފެންނާކަށް ނެތެވެ. ފެންނަން ނެތްކަން ވެސް ނަސީބެކެވެ. އެހެން ނޫނިއްޔާ ބަދޫރާ ކުރިމަތީގައި ބުނެވޭނެ އެއްޗެއް ވެސް ނޭނގެއެވެ.
ނަމާދުން ފައިބައިގެން ވެސް އަހަރެން ރަހްމާ ވަން އިމާރާތަށް ބަލަން އެތަކެއް އިރެއް ހުރީމެވެ. ދެނަމާދު ދޭތެރޭގެ ވަގުތުގައި ވެސް އެތަނަށް ވަންނަ ޒުވާން ފުރައިގެ ކުދިން މަދެއް ނޫނެވެ. މަގުމަތީގައި އެކުދިން އުޅޭ ގޮތުން ހީވަނީ ދެންމެ ދެންމެއަކު އޮރިޔާން ވެދާނެހެނެވެ. ދެން ބަންދު ކޮޓަރިއަަކަށް ވަނުމުން މިމީހުންގެ ދުނިޔެ ރަންވީއެއް ނޫން ހެއްޔެވެ؟
ފޫހިވެގެން އަހަރެން ގެޔަށް ވަންއިރު ޝާނިފް ގެޔަކު ނެތެވެ. ގަޔަށް ދޫ ޓީޝާޓު ލައިގެން ބޮލު މެދަށް ހުޅިއެއް ޖަހައިގެން ނީނާ ހުރީ ކާން ތައްޔާރުކުރާށެވެ. މެންދުރު އޭނާ ކެއްކި ބޯވައެއް ގައިމުވެސް ނެތެވެ. ބޯވަ ކެއްކިކަމެއް ނޫނީ ކެއްކީ ނީނާގެ ހިޔާލީ ފޮލާ ކަމެއް ނޭނގެއެވެ. ގައިމުވެސް ބޯވައެއް ނެތެވެ.
“ދަރިފުޅާ.. ކާންވީނު؟”
އުމުރުން ދުވަސްވިއެއް ކަމަކު ބަދޫރާގެ ރީތިކަން ނީނާއަށް ލިބިފައިވުމަކީ އޭނާގެ ނަސީބެވެ. އެތެރެފުށް ރީތި ނުވިޔަސް ބޭރުފުށް ރީތި ވުން ވެސް އެއީ ބޮޑުވަރެވެ.
“އާން. ކާންވީ؟ ކޮބާ ބޯވަ؟”
ބަދޫރާ އަހަރެންނާއި ދިމާލަށް ބަލާލީ ވާނުވާގަ ހުރިހެންނެވެ. އަމިއްލަ އަނގަޔަށް ހިނިގަނޑު ހިންދާލަމުން އަހަރެން ކަޅިއަޅާލީ ނީނާގެ މޫނަށެވެ.
“އެއީ މަންމާ، މެންދުރު އަހަރުން ކެއްކި ބޯވައެއް. މަށާ ޝާނިފްއާ.”
ބަދޫރާ މޮޔަ ހެއްދިޔަސް އަހަރެން ނެހެއްދޭނެއެވެ. ހިނިތުންވަމުން އަހަރެން ކާން ފެށީމެެވެ. އަތަށް ސަމުސާ ހެޔޮވަރު ނުކޮށްލެވެނީސް ޝާނިފް ގެޔަށް އައެެވެ. އޭނާ ނީނާއަށް ވަރަށް ހޫނު ހިނިތުންވުމެއް ރައްދުކޮށްލަމުން އަހަރެންގެ ގާތުގައި އިށީނެވެ. ނީނާ ވަރަށް ޝައުގުވެރިކަމާއި އެއްކޮށް ޝާނިފްގެ ތައްޓަށް ބަތް އަޅަމުން ދިޔައެވެ. ބަތް އެޅިވަރަކަށް އަހަރެންގެ ހިތަށް އަރަމުން ދިޔަ ވިހަ ހިޔާލުތައް ގިނަވިއެވެ.
“ކިލާސް ނިމުނީތަ؟”
ނީނާ ކާން އިށީންނަމުން ޝާނިފް ގާތު އަހާލިއެވެ. ޖަވާބުގައި ޝާނިފް ބޯ ޖަހާލިއެވެ.
“އަަހަރެން މި ވިސްނަނީ ދެން ޝާނިފް މި ކޯސް ނިމުނީމަ މީހަކާ އިންނަން. ދެން އަމިއްލަ ތަނެއް ވެސް އެބަ ހޯދަން ޖެހެއްނު. ވަޒީފާ ލިިބި ލާރި ލިބުނީމަ އެކަން ވެސް ފަސޭހަ ވާނެ. މިހާރުވެސް އަހަރެން އެބަ ހޯދަން ތަންތަން.”
އަހަރެން ވާހަކަ ދައްކަމުން ދިޔައިރު ނީނާގެ މޫނަށް އަރާ ފައިބަމުން ދާ ކުލަވަރުތަކަށް ހާއްސަ ސަމާލުކަމެއް ދިނީމެވެ. އޭނާގެ މޫނުން ބާރަ ޖެހިއިރު ކައިރީގައި އިން ޝާނިފް އެއް ފައި ތަޅުވާވަރުން މޭޒުވެސް ތެޅެނީއެވެ.
“އަދި އެބަ އޮތެއްނު ތިކަމަށް ދުވަސް، ދޮންބޭ. އަހަންނަކަށް އަދި އިންނާކަށް ކުއްޖެއް ނުލިބޭ.”
ބަތް ސުވާ އަތުގައި ބާއްވައިގެން ޝާނިފް މަޑުމަޑުން ބުނެލި ޖުމުލައިން ރުޅިގަނޑު ކެކި ސިކުނޑީގެ ނާރެއް ފަޅައިގެން ދާހެން ހީވިއެވެ.
“އާނ. އެބުނާހެން. އަދި ޝާނިފް ތި ހުރިހާ ކަމަކަށް ވިސްނާވަރަށް ވުރެ ކުޑައެއްނު.”
ނީނާ މީ ލަދެއް ވެސް ގަންނަ މީހެއް ނޫނެވެ. ކުޑަ ކުއްޖަކަށް ވަނީ މީނަ ބޭނުންވީމައެވެ.
“ކޮބާ ތަ ކުޑަ ކުއްޖަކަށް ވެފަ؟ އޭނާއަށް މި އަހަރު ބާވީސް އަހަރު ފުރޭނެއެއްނު؟”
އަހަރެންވެސް ހުރީ ދޫދޭ ކަހަލަ ގޮތަކަށް ނޫނެވެ. މިހާރު ވަރަށް ކެތް ކުރެވިއްޖެއެވެ. އަހަރެން ވެސް މިއީ އިންސާނެކެވެ.
“ދެން ތިކަމާ ފަހުން ވާހަކަ ދައްކަބަލަ. ޓީވީ ގަނޑު ވެސް ނުބެލޭ.”
ބަތް ތަށި ހިފައިގެން ދުރުގައި އިން ބަދޫރާގެ އަޑު ގުގުމައިން ދިޔައެވެ. ފިރިމީހާ ނިޔާވި ފަހުން ބަދޫރާ ހުންނަނީ ޓީވީއާއީ ހިތާވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އިތުރަށް ކާކަށްވެސް އަހަރެން ބޭނުމެއް ނުވިއެވެ. ސަމްސާ ތަށީގައި ބާރަކަށް ބާއްވާލަމުން އަހަރެން މިސްރާބުޖެހީ ކޮޓަރިއަށެވެ. ފާހަނަޔަށް ވަދެ ފެންވަރާލިއިރުވެސް ހީވަނީ ގައިން ހޫނު އާވި އަރާހެނެވެ. ހުން އަންނަނީ ތޯއްޗެވެ.
ނިދަން އެނދަށް އެރުމާއި އެކީ ބޮލުގައި ވަރުަގަދައަށް ރިއްސާލިއެވެ. ބޭހާއި އޭތި މީތި ހުންނާނެ ތަން އިނގޭނީ ނީނާއަށެވެ. އޭނާއަކީ މިހާރު ގޭގައި ހުއްޓަސް މީގެ އެއް އަހަރު ކުރިން ނަރުހެކެވެ. ވީމާ ބޭސް އަަޅާފައި ހުރި ތައްޓާއި އެހެން އެއްޗެހި ހުންނަނީ އޭނާ ފޮރުވާފައި ހުރި ތަނަކުއެވެ. ބޮލުގައި އަތް އަޅަމުން ކޮޓަަރިއިން ނިކުންއިރު ބާލުހާނާޔާއި ދިމާލުން ހުނުމުގެ އަޑު އިވެއެވެ. ސިޓިން ރޫމަކު އެކަކުވެސް ނެތެވެ. ބަދިގެޔަކު ވެސް ނެތެވެ. ބަދޫރާގެ އެއްވެސް ހިލަމެއް ނުވެއެވެ. ނިދީ ތޯއްޗެވެ.
އަނެއްކާވެސް ބާލުހާނާއިން ހުނުމުގެ އަޑު އިވުމާއި އެކީ އެއީ ނީނާކަން އިނގިއްޖެއެވެ. ދޮރުފޮތިގަނޑުން ނިވާވެފައި ހުރި ދެފަރާތަށް ކަހާލެވޭ ބިއްލޫރި ދޮރުގެ އަތްގަނޑުގައި ހިފާލީމެވެ. ނަމަވެސް އަހަރެންގެ ހަރަކާތްތައް ގަނޑުވީ ޝާނިފްގެ ބަރު އަޑު ކަންފަތުގައި ޖެހުމުންނެވެ.
“އަހަންނަށް ހާދަ ހީވޭ ދޮންބެއަށް އިނގޭ ހެން. ދެން ނީ. ވޯންޓް ޔޫ ޑިވޯސް ހިމް؟”
އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވީތާއެވެ. ޝާނިފްގެ ކޮންމެ ޖުމުލައެއް އަަހަރެންނަށް އިވެމުން ދިޔައީ ހޮނުގުގުރިއެއް ހެނެވެ،. ކުރިން ހީވިޔަސް މިހާރު ޔަގީނަށް ބަދަލުވުމުން އަހަރެންގެ ހިތް ރޮއިގަތެވެ. އަތް މުއްކެވުނެއެވެ.
“އައި ކާންޓް، ބޭބީ. އަހަރެން ސުލްތާންއާ އިނީ ކީއްކުރަން ކަން ނިފް އަށް އިނގޭނެ.”
ނީނާގެ އަޑުގައި ދުވަހަކު އަޑު ނީވޭ މަސްތީކަމެއް ވިއެވެ. އޭނާގެ ހުނުމުގައި ހާއްސަކަމެއް ވިއެވެ. އެއީ ދުވަހަކުވެސް އަހަރެންނާ ވާހަކަ ދެއްކި ގޮތެއް ނޫނެވެ.
“ދެން ބަނޑުގައި ތި އޮތް ބޭބީ އޯ؟ ސުލްތާންއަށް ތީ އޭނާގެ ބޭބީއެއް ނޫންކަން އިނގިއްޖިއްޔާ މި ގެ ކީއްކުރަން ތި ކުއްޖާ ދުނިޔެއަކު ވެސް ނުބަހައްޓާނެ. އެހެން ނޫނަސް ނިފް ވެސް ކިޔަވައި މި ނިމެނީ. އައި ކޭންބީ މޯ ސަކްސެސްފުލް ދެން ހިމް، ނީ! އޭނާ ދޫކޮށްލަބަލަ.”
ރުޅިގަނޑު މައިތިރި ނުވެގެން ގޮސް އަހަރެން ބަދިގޭގައި އޮތް ބޮޑު ވަޅިއެއް ނެގީމެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނައިގެ ހޫނުން މޫނު އަނދާ ކަހަލައެވެ. މިފަހަރު މި ނުލަފާ ދޭތީގެ ދުވަސް ދުއްވާލާނަމެވެ. އަހަރެންގެ އަންހެނުންނެވެ. ނަމަވެސް އަހަރެންގެ މިލްކެއް ނޫނެވެ. އިދެގެން އުޅެނީ އަހަންނަށެވެ. އުފާ މިލިބެނީ އެހެން މީހަކަށެވެ. އުފަން ނުވާ އެ ކުއްޖާގެ ނަންވާނީ އަހަރެންގެ ނަމަށެވެ. އެކަަމަކު އެއީ އަހަރެންގެ ލެޔެއް ނޫނެވެ. ރައްޓެއްސެއް ނަމަ ހެވެއެވެ. އެކަމަކު އެއްބަނޑު އެއްބަފާ ކޮއްކޮ މިފަދަ ބޮޑު އަނިޔާއެއް ދިނީމާ ކެތް ވޭ ހެއްޔެވެ؟
“ސުލްތާން. ކީއްތި ކުރަނީ؟”
ފަހަތުން އައިސް އަހަރެންގެ އުނަގަނޑުގައި ބައްދާލި ނީނާ ފެނި ލޮލުގައި ހުރި ކަރުނަ އާތްވަށް އަރައިގެން ދިޔައެވެ. ފަހަތުގައި ޝާނިފް ބަލަން ހުއްޓެވެ. އޭނާގެ މޫނުގައި ވަނީ ނުރުހުމެވެ. އަދިވެސް ރުޅި އަންނަންވީ މީނަ ހެއްޔެވެ؟ މިއަށް ވުރެ ހަޔާތްކުޑަ އިންސާނެއް އަދި އަހަރެން ނުދެކެމެވެ.
ނީނާ އަހަރެންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭއްވިއެވެ. ޕެނެޑޯލް ގުޅައެއް ދެމުން ނިދާށޭ ބުނެލިއެވެ. އޭނާ ތެދުވެގެން ގޮސް ބޭރަށް ދާން ހިނގައިގަތެވެ.
“މިދަނީ ކޮފީ އެއް ހަދަން. އަހަރެން ނިންޖެއް ނާދޭ. އަދި އެހާ ދަމެއް ވެސް ނުވެއެއްނު ދެން ޝާނިފް ބުނި އޭނާގެ ޕްރޮޖެކްޓަށް އެހީއެއް ވެދޭށޭ.”
ނީނާގެ ވާހަކަ ނުނިމެނީސް ސިންގާއެއް ފުންމާލާ އުސޫލުން ދޮރުގައި އަހަރެން އަތް އަޅާލީމެވެ. ނީނާގެ މަޑު މުށި ކުލައިގެ ލޮލުގައި ވަނީ ބިރުވެރިކަމެވެ. އަހަރެންނަށް ހެވެއެވެ. މިފަހަރު މީނައަށް ކުޅި ދައްކާލާނަމެވެ. ނީނާ ލައިގެން ހުރި ހެދުން ވީދާލީ އެއް ފަހަރުންނެވެ. އޭނާ ހަޅޭއް ލަވަން އަނގަ ހުޅުވާލިތަނާ ލައިގެން ހުރި ޓީޝާޓުން އަނގަ ހުޅުވާވެސް ނުލެވޭހާ ބާރަށް އައްސާލީމެވެ. ނީނާ މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. ނަމަވެސް އަހަރެންގެ ހިތަށް ވަން ރަހުމެއް ނެތެވެ. އެޔަށް ވުރެ މި ހިތުގައި އަނދަމުން ދިޔަ ނަފްރަތުގެ އަލިފާން ބޮޑެވެ.
ނީނާ އަތްދަނޑިމައްޗަށް ލައިގެން ގޮސް އެނދަށް ގުޅައަކަށް ޖެހީމެވެ. ލައިގެން ހުރި ޖީންސް ބޭލިއިރު ވެސް ނީނާ ރޮނީއެވެ. އެނދުން ތެދުވަން އުޅޭ ކޮންމެ ފަަހަރަކު އަހަރެން އޭނާ ވައްޓާލީމެވެ. އެވަރުންވެސް ރުޅިގަނޑު މަތަނުވިއެވެ.
ދެތިން ފަހަރަކު އޭނާ ވައްޓާލިތަނާހެން ލޭ ތިކި ހުދު ކުލައިގެ އެނދުގައި ޖެހެން ފެށިއެވެ. އެ ހިސާބުން ނީނާގެ ހަރަކާތްތައް މަޑު ޖެހުނެއެވެ. ޝާނިފްގެ ދަރި ދެކެ މީނަ މިވަނީ ހާދަ ލޯތްބެއް ދޯއެވެ. ބަލާކަށެއް އަހަރެން ނުހުންނަމެވެ. ޝާނިފްގެ ހިިނިތުންވުން މިފަހަރު ޖަހައިގަންނާނަމެވެ. ނީނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާަނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

ވަޢުދު (ދިހަވަނަ ބައި)

Next

ހިތުގެ ގޮވުން 2

Next
September 11, 2019

ހިތުގެ ގޮވުން 2

Previews
September 11, 2019

ވަޢުދު (ދިހަވަނަ ބައި)

9 Comments!

  1. Rainoppa says:
    September 11, 2019 at 2:44 pm

    Hey guys! sorry for the delay. This story has been pending for a long time. More parts will be published more frequently. I have decided Sunday, Tuesday and Thursday for uploading this story.
    Enjoy and let me know your thoughts 🙂

  2. Leen says:
    September 11, 2019 at 4:32 pm

    It’s ok dear ??? story is awesome vv reethi ❤❤??Masha Allah

    1. Rainoppa says:
      September 12, 2019 at 7:30 pm

      Thank you for reading, lee

  3. jiji says:
    September 11, 2019 at 6:33 pm

    Rainoppaa???…u r an amazing writer?????????…sifakohdheyfa hurileh vx haadha furihama ey..ibaariy kurun vx????????????..N story v rythi..keep it up..ly

    ?My fav authours#
    Dhiraa, eysh .1
    Rainoppa, emm,jana .2
    Malsamalkomal, mimmi,aly .3

    1. Rainoppa says:
      September 12, 2019 at 7:32 pm

      Thank you so much for the compliment, jiji. It’s an honor. ?

  4. Zoe says:
    September 11, 2019 at 10:47 pm

    Breathtaking… Adhi kiriyaa kiyas hiy vaakahala vaahaka liyaa writer akaa mi dhimavi…. I regret rainoppa ge ehen storythah nukiyunyma… Keep it up ?????

    1. Rainoppa says:
      September 12, 2019 at 7:33 pm

      Thank you Zoe for your support. I’m glad you think that way. ?

  5. Xaara says:
    September 12, 2019 at 7:06 am

    Masha Allah V v v reethi mi vhk ❤️❤️????❤️??

    1. Rainoppa says:
      September 12, 2019 at 7:35 pm

      Thanks for spending your precious time to read this. Much appreciated ❤️

Comments are closed.

Next Episodeރަސްމީ ގަޑި – 5←


All Right Reserved!