ނާބިހް އަކީ ދުވަހަކުވެސް ދޮރު ތަޅުލާފައި ބަހައްޓާ ކުއްޖެއް ނޫނެވެ. ކަމަކާއި ހިތްހަމަނުޖެހުނަސް، ކޮޓަރީގެ ދޮރު ތަޅެއް ނުލާނެއެވެ. ނަތާޝާ ހާސްވީ އެވަރަށް ގޮވި އިރުވެސް ނާބިހްގެ ޚަބަރެއް ނުވުމުންނެވެ. ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އޭނަ އައެވެ. ތަޅުވަޅަށް ތަޅުދަނޑި ޖަހާފައި ހުޅުވައިލިއެވެ. ހުޅުވިގެންދިޔަ ދޮރާއިއެކު، މުޅި ގެއަށް ޒަލްޒަލާއެއް ގެނުވި ކަހަލައެވެ. ގޭތެރޭގައި ގުގުމާލީ އިވްޔާ އާއި ނަތާޝާގެ ހަޅޭކުގެ އަޑެވެ. ******** ނާބިހް އޮތީ ތަށިމުށިތަކުގެ މަތީގައެވެ. އުއްޑުންވާހެން އޮތްއިރު، ހަށިގަނޑުގައި އެއްވެސް […]
ރަހްމާ އޮފީހަށް އާދެވުނުއިރު ބަނޑުހައިވެގެން ދެފައި ތުރުތުރުއަޅަނީއެވެ. ހެނދުނު ކެއީ ބަދަން ކޮޅެއް އެކަންޏެވެ. ލިފްޓް ތެރޭގައި އިން ލޯގަނޑުން ވެނީލާ ކުލައިގެ ހެދުމަކާއި ގަދަ މުށިކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އަހަރެންގެ ސޫރައަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ކަޅުކަން ގަދަ ދެލޯ ފެންނަ ކޮންމެ ފަހަރަކު ހަނދާންވަނީ ދެލޮލަށް ލޭ އަރާ ދުޅަވެފައި ހުރި ދުވަސްތަކެއްގެ މަތިންނެވެ. އެވަގުތު ލިފްޓު ދޮރު ނުލެއްޕެނީސް ފިރިހެނެއްގެ ބޫޓު ހަނިވަމުން ދިޔަ ދޭތެރެއަށް ކޮއްޕާލާ ލިފްޓުގެ ދޮރު ހުޅުވާލިއެވެ. ލިފްޓަށް […]
ފަތުހީ ސާއިލާ ހޯދުމުގެ މަސައްކަތް އޮސްޓްރޭލިއާގެ ފުލުހުން މެދުވެރިކޮށް ހޯދަން އުޅެ ނާކާމިޔާބުވުމުން އެކަން ޤަބޫލުކޮށް ހުއްޓާލިނަމަވެސް ފަތުހީ ޤަބޫލު ކުރާ ގޮތުގައި ސާއިލާ އަދި ގަދަވެ ސަލާމަތުން ދުނިޔާގައި އެބެހުއްޓެވެ. އަދި އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ފަތުހީމެންނާއި ސާއިލާއަދި ބައްދަލު ވާނެއެވެ. އައިޒަންއަށް އަދިވެސް ސާއިލާއަކީ ކާކުކަން ފަތުހީމެން ބުނެނުދިންނަމަވެސް އައިޒަންއަށް އެކިމީހުންގެ ފަރާތުން ސާއިލާއާއި ބެހޭ އެކި މައުލޫމާތު އިވުނެވެ. އައިޒަންއަށް ސާއިލާއާއި މެދު ޝައުގުވެރިވެވުނީ އެއީ އޭނާގެ އަނބިމީހާކަންވެސް ނޭނގިހުރެ ހަމައެކަނި ނަން އަޑުއިވިލުމުންނެވެ. އެކި […]
އިރު މަޑުމަޑުން ދަތުރުކުރަމުން ގޮސް ދުނިޔެއާއި އަލްވަދާޢު ކިޔުމަށް ތައްޔާރުވެފައިވާއިރު، މުޅި އުޑުގެ ސަތަހަވަނީ އޮރެންޖުކުލައިން ކުލަޖެއްސިފައެވެ. އޮމާންކަމާއެކު ދުރުދުރަށް ފެތުރެފައިވާ ފުންމިން ވަޒަންކޮށްލަން ނޭންގޭ، ބިޔަ ކަނޑުގެ މަތިން އެ މަންޒަރު ބަލާ ފޫހިނުވާނޭ ގޮތަކަށް ކުރެހިފައިވާތީ ފެނެއެވެ. ހުޅުމާލޭގެ ހުޅަނގުފަރާތުގައި މިމަންޒަރު ދެކިލަން އެތައް ބަޔަކު މަޑުކޮށްލައިގެން ތިބިއިރު، ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނުގައި އެ ތަސްވީރު ފޮރުވާލަމުން ދިޔައެވެ. އެވަގުތު ކަސްރަތަށް ދުވަމުން އައިސް އެތާ މަޑުކޮށްލި 35 އަހަރުގެ ޒުވާނާއަށް އެތަނުގައި ތިބި […]
އެއްވެސް ދިރުމެއް ނެތް މީހެއް ފަދައިން ގެއިން ބޭރަށް ނިކުމެވެން ހުންނަ ސިޑިން ޒާޔާ ފައިބަނިކޮށް ފައި ކައްސާލާފައި ސިޑިން ތިރިއަށްވެއްޓުނެވެ. އެއީ ފުދޭ ވަރަކަށް ދިގު ސިޑިއަކަށްވެފައި ޒާޔާ ވެއްޓުނު އިރު ހުރީ ދެވަނަ ސިޑީގައި ކަމުން ފުރޮޅެމުން ފުރޮޅެމުން އައިސް ޒާޔާގެ ބަނޑު ވަރަށް ބާރަށް ބިންމަތީގައި ޖެހުނެވެ. *********************************************** ވީތަދުން ޒާޔާއަށް ބާރަަށް ހަޅޭލަވައިގަނެވުނެވެ. ލޯމައްޗަށް ފުސްވެ ޒާޔާ ހޭނެތުނެވެ. ބަލަން ނުހުރެ ދުއްވާފައި އައި ރަޔާން ޒާޔާ އޭނާގެ ބާރުގަދަ ދެއަތުން […]
ހިތުގައި އެޅިފައިވި ކޫރުންތަކަށް ލުއިކަމެއް ލިބޭތޯ ރިޔާޝް ހުރީ ބެލްކަނީގައެވެ. އޭނާގެ ހިތުގައި ވިކަމުން ދިޔައީ ރަޔާގެ ހިޔާލުތަކެވެ. ޖެހިލައި ވައިރޯޅިތަކުން އޭނާގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ނިދިވެސް އޭނާއާ ރުޅިހަދާލައިފައި ވަނީ މާދުރަށް ގޮހެވެ. ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން ރިޔާޝް ފޫހިގޮތަކަށް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. އެ ފޯނަށް ޖަވާބުދޭން ފަސޭހަ ނުވާނެތީ އޭނާ ފޯނަށް ބަލަން ހުރީއެވެ. ރިންގުގެ އަޑު ކެނޑުމުން ރިޔާޝް އަށް ހަމަހޭވެރިކަން ވިއެވެ. “ކީއްވެތަ ރަޔާ ގުޅީމަ ފޯނު […]
ތިން މަސް ފަހެވެ. އަހަރެން ދިޔައީ ބައްޕައާއި އެކު ރަށުގެ އުތުރު ފަރާތުން ބަނދަރު ކައިރިއަށް މަސްބާނާށެވެ. މަސްބޭނުމާއި މަސްވެރިކަން ކުރުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެންކަމުން އާދަވެގެން ކޮންމެ ދުވަހަކު މަސްބާނަންދަމެެވެ. ކުއްލިއަކަށް އަހަރެންނަށް ފޯނެއް އައެވެ. “އައްސަލާމް އަލައިކުމް… ތިއީ ލިއާންތޯ ލިއާންގެ ދޮންބޭ މަގުމަތީގައި ތަޅައިގަނެފައި އޮތްތަން ފެނިގެން އަހަރެން ދެންމެ އޭނާ ހޮސްޕިޓަލްއަށް ގެންގޮސްދީފިން…. ލިއާންގެ ދޮންބެގެ ބުރަކަށި ވަނީ ބިންދައިގެން ގޮސްފަ… އެމަޖެންސީ ރޫމްގަ ފަރުވާދިނުން އެބަ ގެންދޭ” […]
ބެލްކަނީގައި ތިރިކޮށް ރާނާފައިވާ ގާފޮޅާއި ގާތްވަމުންދިޔައިރު މަރުން ސަލާމަތްވާން އިޝާރު މަސައްކަތްކުރިއެވެ. ދެފައިވިއްދާ ގަދަކަން ދެއްކިއެވެ. އޭރު އައްމާރު އޭނަގެ ކަރަށް ބާރުކޮށްލައިފައިވީ ގޮތުން އިޝާރުގެ ކަޅި މައްޗަށް އަރާފައިވިއެވެ. ނޭވާހާސްވެގެން ރޯ މަހެއް ތެޅޭފަދައިން އިޝާރު ތެޅެމުންދިޔައެވެ. އައްމާރުގެ ދެއަތް ކަރުނައްޓުވަން މަސައްކަތްކުރިއެވެ. ނޭވާހޮޅި ބެދެމުން ދިޔައިރުވެސް އޭނަ މަސައްކަތްކުރީ އަނގައިން ބަހެއް ބޭރުކުރެވޭތޯއެވެ. އައްމާރަށް އާދޭސްކުރާށެވެ. ނަމަވެސް އައްމާރުގެ ހިތުގައި ރަހުމުގެ ކުޑިފަށެއްވެސް ނުއުފެދުނެވެ. އެ މަންޒަރު ބަލަން ތިބި ޒުވާނުން އެދޭތެރެއަށް ވަދެ […]
‘ސޮރީ ސަރ” ޒައިނާ މަޢާފަށްއެދުނެވެ. ނަމަވެސްް އިތުރު އެއްވެސް އެއްޗެއް ނުބުނިތާ އޭނައާއި ދިމާއަށް ބަލައިވެސް ނުލާ ރާކިން ދިޔައީ އެވެ. ********************************* ރާކިން ކަންތައް ކުރި ގޮތުން ހިތުގައި ޖެހިފައި ހުރި ޒައިނާ ހިނގައިގަތީ އޭނަގެ ކެބިންއަށް ދިއުމަށެވެެ. ”ހޭއި ހިނގާބަ ކޮފީއަކަށް.” ފަހަތުން އިވުން ފިރިހެން އަޑުން ޒައިނާާގެެ ފިޔަވަޅު މަޑު ޖެހިލިއެވެ. ފަހަތަށް އެނބުރުން ޒައިނާ ޙައިރާން ކަމާއި އެކު ބަލަން ހުރެވުނީ ޤަބޫލް ނުކުރެވިފައެވެ. އެއީ ހަމަ ދެންމެ އޭނަ ދެކެ […]