އައްސަލާމްޢަލައިކުމް. ޖަނާގެ އާ ވާހަކައެއް ތިރީގައި މިވާ ސައިޓް އިން ފެންނާނެ ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ބުނެލަން. https://oneonline.mv/29288 އަދި ޖަނާ އެހެން ސައިޓްއަކަށް ދިޔަޔަސް ތިޔަ ކިޔުންތެރިންނާއި ޖަނާ ދުރުވާން ބޭނުންނުވާ ވާހަކަވެސް ބުނެލަން. ތިޔަ ކިޔުންތެރިންގެ ކޮމެންޓްތަކަށް ރިޕްލައި ނުކުރެވުނަސް އަބަދުވެސް ތިޔަ ކިޔުންތެރިން ޖަނާގެ ދުޢާތަކުގައި ހިމަނާނަން އިން ޝާ ﷲ. އަދި ހަމަ ކުރިއެކޭ އެއްފަދައިން ޖަނާއާއި ވާހަކަ ދައްކާލަން ބޭނުންވާ އެއްވެސް އުޚްތެއް ހުރި ނަމަ ޖަނާގެ ވާހަކަތަކަށް ޚާއްޞަކުރެވިފައިވާ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލުން އެދެން. އެހެންނޫނީ މެއިލްއަށް މެސެޖެއް ކޮށްލުން އެދެން [email protected] ފޭސްބުކްގައި ނުއުޅޭ ކިޔުންތެރިންނަށްޓަކައި ޖަނާގެ ބްލޮގްގައި ވާހަކަތަކާއި ގުޅޭ ޕޯސްޓްތައް އަޕްކުރެވޭނެ ވާހަކަވެސް ބުނެލަން އިން ޝާ ﷲ. މިހާތަނަށް އައިއިރު ތިޔަ ކިޔުންތެރިންގެ ފަރާތުން ޖަނާއަށް ލިބުނު ހިތްވަރަށްޓަކައި ފަށްފަށުން ޝުކުރު އަދާކުރަން. ޖަޒާކުމު ﷲ ޚައިރަން ކަޘީރަން!
“އަޙުމަދު ފާއިޤް ސަލީމް!” ފިރިހެނަކު ގޮވާލި އަޑަށް ފާއިޤަށް އެދިމާލަށް ބަލާލެވުނެވެ. އެހިނދު ގޭޓު ކުރިމަތީގައި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ދެ ބޮޑީގާޑުންހެން ހީވާމީހުން ތިބިއިރު އެމީހުންގެ ފަހަތަށް ވާ ގޮތަށް މަޑުކޮށްގެން އޮތީ ކަޅުކުލައިގެ އޮފުއަރާ ކާރެކެވެ. އޭނައަށް ގޮވި މީހާ ހަނާއަޅާލުމުން ފާއިޤް އެދިމާލަށް ދާން ފެށީ މޭ ނުބައި ކުރާ ގޮތްވެފައި ހުރެއެވެ. އޭނަ ގޮސް އެމީހާ ކުރިމަތީގައި މަޑުކޮށްލުމާއެކު އެމީހާ ވާހަކަ ދެއްކިއެވެ. “ރައީސް ސަލީމް އެދިލެއްވީ ފާއިޤްއާ ބައްދަލުކުރައްވަން. […]
“އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ މަސްޢޫދު ކޮންމެ ވާހަކައެއް ބުންޏަސް. ވަރަށް ބޮޑަށް މަޢާފަށް އެދެން މަސްޢޫދަށް އިންކާރު ކުރަން ޖެހުނީތީ…” ސާރިޔާ އެހެން ބުނެ އެ މޭޒުދޮށުން ތެދުވެ ދާން އުޅުނު ވަގުތު މަސްޢޫދުވެސް ތެދުވެލަމުން އޭނަގެ ނަމުން ގޮވާލިއެވެ. އެހިނދު އެ ދެމީހުންވެސް ހުއްޓުން އެރީ ސައި ކޮޓަރީގެ ދޮރުމަތީގައި ހުރި މަޒީދު ފެނުމުންނެވެ. މަޒީދު އެހެން ހުރެހުރެފައި ސާރިޔާއާއި ހިނިތުންވެލުމުން ސާރިޔާއަށްވެސް ޖެހިލުންވުމަކާއެކީ ހިނިތުންވުމެއް ދައްކާލެވުނެވެ. އެއާއެކު އޭނަގެ ޙަޔާތުގައި އެ ފެށިގެން […]
“ސްމައިލް ކުޑަކުރާނެ ކަމެއްނެތް….އަބަދުވެސް ތިގޮތުގަ ހުންނަންވީ…” އަޔާޒް މަލާކްގެ ކޯތާފަތުން ދެއަތް ނަގާލަމުން މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް މަލާކްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ހަމަ އެވަގުތު ރޫމުގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވިފައި މަލާކް ސިއްސައިގެން ދިޔަ ވަގުތު ދެމީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. މަލާކް ވަގުތުން އޭނަގެ ބުރުގާ ދޭން އެދުމުން އަޔާޒް މަލާކަށް ބުރުގާ އަޅަން އެހީވެދިނެވެ. އަޔާޒް އާދައިގެ ހިނގުމެއްގައި ދޮރު ހުޅުވަން ދިޔައީ އެއީ ކާކުކަން […]
“އަޔާޒް! އަޔާޒް ވަރަށް އަވަހަށް މަލޫ ހުރި ތަނަކަށްދޭ! މަލޫވަނީ ނުރައްކަލެއްގެ ތެރޭގަ. އިތުރަށް ކިޔައިދެވޭކަށް ނެތް އަޔާޒް އާދޭސްކޮށްފަ މި ބުނަނީ އެ ކަނބުލޮ ސަލާމަތްކޮށްދީ!” ބައްޕަ ހަރުއަޑުން އެ ބަސްތައް ބުނެލިއިރު އެ އަޑު ރޫރޫއަޅައިގެން ދިޔަ ގޮތުން އަޔާޒްގެ މެއަށް ވެސް ގޮތެއްވިއެވެ. މަލާކަށް ގޮތެއްވެދާނެކަމުގެ ޚިޔާލުން ވެސް އޭނަގެ ސިކުނޑީގެ މަސައްކަތް ހުއްޓެން އުޅުނުހެން ހީވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ ސުވާލެއްވެސް ކުރުމެއްނެތި ފޯނު ކަނޑާލަމުން ގޮނޑިން ތެދުވެ […]
“ން…ނޭވާ ނު…ލެވޭ…” މަލާކް ކުރުވެފައިވާ ނޭވާއަކާއެކީ ބުނެލިއެވެ. މަލާކްގެ އެ ބަސްތައް އިވުމާއެކު އަޔާޒް ކޮޓަރީގެ ބޮކިތައް ދިއްލާލަމުން އިތުރު ސުވާލެއްވެސް ކުރުމެއްނެތި މަލާކް ނެބިއުލައިޒްކުރަން އަވަސްވިއެވެ. މަލާކް ނޭވާލާން މަސައްކަތް ކުރަމުން ނެބިއުލައިޒް ކުރަމުން ދިޔަ ވަގުތު އަޔާޒަށް ވިސްނުމެއްގައި އިނދެވުނެވެ. މި ހުރިހާއިރު އޭނައަށް ހީވެފައިވީ މަލާކަށް މި ވަމުންދާހާކަމެއް ވަނީ އޭނަ ހާސްވެފައިވުމުގެ ސަބަބުން ކަމަށެވެ. އެހެނަސް އޭނަ މަލާކް ކައިރިއަށް އައި ވަގުތު މަލާކްގެ ހާސްކަން ގެއްލި ދިޔަކަން އޭނައަށް ޔަޤީނެވެ. […]
“ކިއުޓް! ތިކަން ކުރެވިދާނެ ނުލާހިކު ރީއްޗަށް. ދެން ބުނެބަލަ…..މިކަމުގެ ތެރޭގަ ވަރަށް ބަދުނަސީބު ކޭސްއެއްވިއްޔާ އޭނަ މަރުވެސް ވެދާނެތަ؟” މައުވާ ސަމާސާއެއްކުރާ ފަދައަކުން ސުވާލުކޮށްލިއެވެ. “ސީޒްޝާރގެ ތެރޭގައި ބޮލަށް އަނިޔާއެއްވެއްޖެއްޔާ ހަމަ ވެދާނެ.” އެކޮޅުން ކިޔައިދެވުނެވެ. އެއާއެކު މައުވާގެ ލޮލުން ނުލަފާ ވިދުވަރެއް ފެނިގެން ދިޔައެވެ. “ގުޑް ނިއުސް….ތިހެން ވެއްޖެއްޔާ ވަރަށް އަވަހަށް ކުއީންސް ޝޮޕް ފިހާރައިގެ މާރކެޓިންގް ޓީމް މެމްބަރެއްގެ ޖަނާޒާ އޮންނާނެ.” މައުވާ އެ ވާހަކަ ފެށީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް ވާހަކަ […]
“މަލާކް…..ކާކުތަ މަލާކްގެ އެމްއާރްއައި ރިޕޯޓް އެދުވަހު ގެނެސްދިނީ؟ މި ބުނީ ހޮސްޕިޓަލުން ރިޕޯޓް ނަގަން ދިޔައީ ކާކުހޭ؟” އަޔާޒަށް އަހާލެވުނެވެ. “ރިޕޯޓް ނަގަން ދިޔައީ ބޮޑުބޭބެ…އަޔާޒަށް ފަހަރެއްގަ އެނގިދާނެ ބޮޑުބޭބެ. ފާރޫޤު ހަސަން ކިޔާނީ. ފްރީސްޓައިލް ފިހާރަ އެނގޭތަ؟ އެ ފިހާރައިގެ ވެރިޔާ.” މަލާކް ބުނެލިއެވެ. ފާރޫޤުގެ ނަން އިވުމާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ. މަލާކްގެ ރިޕޯޓު ބަދަލުކުރި ކަމުގެ ނުރުހުންތެރިކަން ފާރޫޤަށް އަމާޒުވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނީ ކުރިން ދުވަހަކު ދޮންބެ […]
“ތިހާވަރުން ވިއްޔާ ޤަރުނަކުންނެއްނު ތި ފެން ހިކޭނީ؟ ދައްކަބަލަ!” އަޔާޒް މަލާކްގެ ކުރިމަތީގައި ކުރުފައި މައްޗަށް ތިރިވެ މަލާކްގެ އަތް ތުވާލި މަތިން ނަގައި ތުވާލިން ރަނގަޅަށް މަލާކްގެ އިސްތަށިގަނޑު ހިއްކައިދޭން ފެށިއެވެ. ތުވާލި ހިންގަމުން ދިޔަ ވަރަކަށް އަޔާޒަށް މަލާކްގެ މޫނުވެސް ފެންނަމުން ދިޔައެވެ. އެކަމަށް އޭނައަށް ސަމާލުކަން ދެވޭގޮތްވީ އެ މޫނު މުޅިން ކަޝްފުވެ ތުވާލި ބޯމަތިން ކައްސާލައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންގެ ވެސް […]