ކާރުގެ އެންމެ ފަހަތު ސީޓުގައި ތިބީ ތަމަންނާއާއި ވިލްދާނެއެވެ. ދުއްވަން އިނީ ގައިޝާންއެވެ. ހުއްޓާ ނުލާ ވާހަކަ ދައްކަން އިނީ ޖައިލާއެވެ. ޖައިލާގެ ބޭކާރު ވާހަކަތަކަށް ހޫން އަޅުވަމުން ތަމަންނާގެ ކުޑަ އިނގިލި ވިލްދާންގެ އިނގިލީގައި އޮޅާލިއެވެ. އެއްޗެއް ނުބުނިކަމުގައި ވިޔަސް އޭނާގެ އެ ހަރަކާތުން ވިލްދާންގެ ހިތަށް ހަމަޖެހުމެއް ލިބުނެއެވެ. ތަމަންނާ އޭނާޔާއި ދިމާލަށް ބަލާނުލިޔަސް ވާހަކަ ނުދެއްކިޔަސް އެ ވަގުތު ވިލްދާންގެ ހިތަށް ފޯރުވީ ބަޔާންނުކުރެވޭ ފަދަ އިހްސާސެކެވެ. ކާރުގެ އޭސީންނާއި ތަމަންނާގެ ކުޑަަ އިނގިލިން ލިބެމުންދިޔަ އަރާމުން އޭނާގެ ލޯ ދިޔައީީ މެރެމުންނެވެ. ދުރު ހަނދާނެއް ސިކުނޑީގައި ކުޅެވެމުން ދިޔައެވެ. ފެންނަނީ ކުޑަ ކުއްޖެކެވެ. ނަމަވެސް އޭނާގެ ބޯ އޮތީ ފެންގަނޑެއްގެ އަޑީގައިއެވެ. ނޭވާ ނުލެވިގެން އެކުއްޖާ މަރަށް ތެޅެނީއެވެ. ހޭކެނޑިގެން ގޮސް ލޯ މެރުނުއިރުވެސް އެ ކުއްޖާ ފެންގަނޑުން ބޯ ނުނެގިއެވެ. ހީވާގޮތުގައި މީހަކު ގަދަކަމުން ކަނދުރާގައި ހިފަހައްޓާފައިހުރި ކަހަލައެވެ. ކުއްލިއަކަށް އެ މަންޒަރު ގެއްލި ދެން ފެނުނީ އަންހެންކުއްޖެކެވެ. ނޫ ކުލައިގެ ހެދުމެއްގައި ހުރި އަށް ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. […]
ރަހްމާ އޮފީހަށް އާދެވުނުއިރު ބަނޑުހައިވެގެން ދެފައި ތުރުތުރުއަޅަނީއެވެ. ހެނދުނު ކެއީ ބަދަން ކޮޅެއް އެކަންޏެވެ. ލިފްޓް ތެރޭގައި އިން ލޯގަނޑުން ވެނީލާ ކުލައިގެ ހެދުމަކާއި ގަދަ މުށިކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އަހަރެންގެ ސޫރައަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ކަޅުކަން ގަދަ ދެލޯ ފެންނަ ކޮންމެ ފަހަރަކު ހަނދާންވަނީ ދެލޮލަށް ލޭ އަރާ ދުޅަވެފައި ހުރި ދުވަސްތަކެއްގެ މަތިންނެވެ. އެވަގުތު ލިފްޓު ދޮރު ނުލެއްޕެނީސް ފިރިހެނެއްގެ ބޫޓު ހަނިވަމުން ދިޔަ ދޭތެރެއަށް ކޮއްޕާލާ ލިފްޓުގެ ދޮރު ހުޅުވާލިއެވެ. ލިފްޓަށް […]
ތަމަންނާއާއި ފާރަލާތާ މިވޭތުވެދިޔަ ފަނަރަ މިނިޓު ތެރޭގައި އިނގިގެން ދިޔަކަމަކީ އޭނާ ބިރުގެންފައި ހުރިވަރެވެ. އޭނާ ނޭނގޭ ހިތާމައަކާއި ކުރިމަތިލާކަމެވެ. ދެކޮޅަށް ބޯ ހޫރުވަމުން ކުށެއް ކުރި މުޖުރިމެއް އުޅޭ ފަދައިން އޭނާ ހަލުވި ހިނގުމެއްގައި ގޮސް ބަސް ހުއްޓިއަކަށް މަޑުކުރިއެވެ. ބަސް އާދޭތޯ އިންތިޒާރުކުރަމުން ދިޔައިރުވެސް އޭނާގެ ދެލޮލުން ކަރުނަ ނުހިކޭކަން ދުރުން ވެސް އިނގެއެވެ. ވަށައިގެން ތިބި މީހުން ފާހަގަވެގެން ބަލާލާ ކޮންމެ ފަހަރަކު ރުމަލުން ލޯ ކައިރި ފޮހެލައެވެ. ބަހަށް ތަމަންނާ އެރުމާއިއެކު […]
ސުލްތާން ގެޔަށް އާދެވުނުއިރު ބަރާބަރު ފަހެއް ޖެހީއެވެ. ދެފައި ވައްކޮށްގެން ސޮފާމަތީގައި އިން ނީނާ ފެނި އަނެއް ފަރާތަށް އަހަރެން މޫނު އަނބުރާލީމެވެ. ދެނެހުރިކަމަށް ވެސް ނަހަދާ ބޫޓު ބާލަމުން އަހަރެން ތިން ކޮޓަރީގެ އެޕާޓްމަންޓަށް ވަނީ ހަލުވިކޮށެވެ. ހިތާމައަކީ އެވަރުންވެސް ނީނާގެ ސަމާލުކަން ލިބުނީމައެވެ. ބޮކެއް ފުންމަމުން އަންނަ ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ބަލާބެލުމަށް ހީވަނީ އެއްޗެއް ބޭނުން ވެގެން އުޅޭ ހެނެވެ. “ނީނާ ޕްރެގް ތަ؟ މަ ހީ ވެސް […]
ރަހްމާ ސޭލްސް ކެބިންއަށް ދުން ކަނޑާފައި ވަންއިރު އަނގަ ހުޅުވައިގެން ޗުވިންގަމެއް ހަފަން އިން އީނާޝްގެ ކަންފަސޭހަ ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. އީނާޝްއާއި އަަހަރެން ފިޔަވައި ދެން ތިބި އެންމެން ވީ ކާން ގޮހެވެ. އަތުގައި އޮތް އާފަލުގައި ހިފާލުމުން ސުލްތާންގެ ސޫރަ ސިފަވެގެން ދިޔައެވެ. ދަތް ކުނޑި ވިކަމުން އަހަރެންނަށް ހާއްސަކުރެވިފައި ވާ ގޮނޑީގައި އިށީނީމެވެ. ސުލްތާންއަކީ ހަމަ އަހަރެން ހީކުރި ކަހަލަ މީހެކެވެ. މީހުނަށް އިހުތިރާމު ނުކުރާ އަނގަ ހަޑި މީހެކެވެ. ސިކުނޑި ވެސް […]
ސުލްތާން ބޯ ގޮވާނީ ދެން މިވަރަކަށެވެ. ހުރިހާ ކަމެއް ވެސް އައިސް ޖެހޭނީ އަހަރެންގެ ބޮލަށެވެ. ވާނީވެސް ދެން އެހެނެއް ނޫން ހެއްޔެވެ؟ މިއޮފީހުގައި އެއްޗެއް އިނގޭ މީހަކަށް ހުންނާނީ އަހަރެން އެކަންޏެވެ. ރުޅިގަނޑު މައިތިރި ކުރަމުން އަހަރެން ވާހަކަ ދައްކަމުން ދިޔައީ އިއްޔެ ގުދަނުން ޑެލިވަރ ކުރި އެއްޗެހީގެ ޕޭމަންޓު އަދިވެސް ނުލިބޭތީއެވެ. ބަވާ އަޅާލީމާ ނޫނީ މިއިން މީހަކަށް ކިޔާ އެއްޗެއް ނޭނގޭނެއެވެ. ކަމުގެ ސީރިޔަސްކަން ނޭނގޭނެއެވެ. “ކަލޭ މަބުނާ ގޮތް ހަދާބަލަ ބޭކާރު […]
ރަހްމާ ނުވަ ބުރިއަށް ނަގާފައި ހުރި އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކީ އަހަރެން ފޭބީމެވެ. އަޅާފައި އޮތް ބުރުގާ ލޯގަނޑުން ރީތި ކޮށްލަމުން “ގެލެކްސީ ފުޑް ސަޕްލައިސް” ޖަހާފައި އިން ދަނބު ކުލައިގެ ދޮރުން އެތެރެއަށް ވަނީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. އެތެރެެއަށް ވަންތަނާހެން ނޭފަތުގައި ޖެހުނު ފޮނި ލުނބޯ ވަހުން އަހަރެންގެ އެތެރެ ހައްޓަށް ތާޒާ ކަމެއް ގެނުވިއެވެ. ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ހިނިތުންވެލަމުން އަޅި ކުލައިގެ ސޯފާގައި އިށީދެލުމަށް […]
ބައްޕަ އެހެން ބުނެލުމާއި އެކީ ޖައިލާގެ މޫނު އުޖާލާވެގެން ދިޔައެވެ. ވިލްދާން ބޯ ހޫރަމުން މިސްރާބުޖެހީ އަނބުރާ އައި ކޮޅަށެވެ. ކުރާނެ ކަންތައް މަދުވެގެނެއް އޭނާ ނޫޅެއެވެ. ނިންމަން އޮތް ކިލާސް މަސައްކަތާއި އޮފީހުގެ ކަންތައް ވެސް ހުރީއެވެ. “ވިލްދާން.. ދަރިފުޅާ.. މަޑުކޮށްބަލަ.” ބައްޕަގެ އަޑަށް ފުރަގަސްދިނުމަކީ ވިލްދާންއަށް ކުރަން ކެރޭ ވަރުގެ ކަމެއް ނޫނެވެ. އެހެން އުޅޭނީ ހަގަށް ހުރި ގައިޝާންއެވެ. ވިލްދާންއަކީ ނަމޫނާ ދައްކަން ހުރި މީހާއެވެ. ވިސްނެންޖެހޭ މީހާއެވެ. “އާނ..” ފަހަތަށް އެނބުރިލުމަށްފަހު […]
ވިލްދާން އެހެން އަހާލީ ގައިޝާންގެ ޒާތީ އެއްވެސް ކަމެއް ނޭނގޭތީއެވެ. ގައިޝާންއަކީ ވެގެންވަންޏާ ދުވަހަކު ގެޔަށް ބޯވެސް ދިއްކޮށްލަން ބޭނުންނުވާ މީހެކެވެ. މަންމަ ހުންނާތީ ކުރިން އައި ކަމަކު ރާއްޖެއަށް އައި ފަހުން އަދި އެންމެ ފަހަރަކުވެސް ގެޔަށް ނުވަދެއެވެ. “ނުލިބުނު ލޯބި.. ދެން ދުވަހަކުވެސް ނުލިބޭނެ ކަންނޭނގެ..” ތަމަންނާ ސައިކަލާއި ދިމާލަށް ދަމުން އެހެން ބުނެލިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ވިލްދާންއަކީ ލޯބީގެ ކުޅިވަރަށް އައު މީހެއް ކަމުގައި ވިޔަސް ތަމަންނާގެ ހިތުގެ […]