“ސޮރީ… ބަލާނުލާ އާދެވުނީމަ ވީ ގޮތް… އަހަރެންގެ މިސްޓޭކް…” ކޮންމެވެސް ތަނަކުން އިވިފައިވާ އަޑެއްހެން އަހަންނަށް ހީވިއެވެ. ފޯނުން ނަޒަރު ވަކިކޮށްލަމުން، އިސްއުފުލާ އެމޫނަށް ބަލާލެވުނެވެ. ސާފުކޮށް އެމީހެއްގެ މޫނު ފެނުނު ނަމަވެސް، އެއީ ކާކުކަން ދެނެގަންނަން ވަގުތުކޮޅެއް ހޭދަވިއެވެ. ކުރިމަތީގައި ހުރީ ކާކުކަން އެނގުމުން، ފަހަތަށް ދެފިޔަވަޅެއް އަޅާލެވުނީ ޖެހިލުންވިވަރުންނެވެ. ހީވެސް ނުކޮށް ހުއްޓާ ކުރިމަތިން ފެނުމުން، ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ********************** އެތައް ދުވަހެއް ފަހުން ދިމާވިޔަސް، އެ ސޫރައަށް މާ ބޮޑެތި […]
”އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން އެއީކީ..” ކާރުގެ ޑްރައިވަރު އިސްދަށަށް ޖަހައިލައިގެން އިނެ ފުލުހުންގެ ކުރިމަތީގައި ބުނެލިއެވެ. ”އަހަރެން ދިޔައީ މީހުންތައް އެހެން ނުދަނީ ހެން އަވަހަށް ދާން.. އެކަމަކު ކުއްލިއަކަށް އައިސް މީހަކު ކުރިމައްޗަށް އެރުމުން އަހަންނަށް ކާރުގެ ބުރެކި ޖެއްސުން ވީ އުނދަގޫ ކަމަކަށް.. ވަރަށް ބާރަށް ދާން ދިޔައީ.. އަހަރެން އިނީ ކުރިމަތިން ފެނުނު ކަންތައް ގަބޫލުކުރަން އުނދަގޫވެފައި.. އެއޮށް ކުޑަ ވަގުތު ކޮޅު ތެރޭގައި ހުރިހާ ކަމެއް ވެ ދިޔުމުން.. […]
އިސްއުފުލާލަމުން ކުރިމަތި ބަލާލި ވަގުތު ލޫންގެ މޫނު އެއްކޮށް ހުދުވިއިރު ދެލޯވަނީ ބޮޑުކޮއްލެވިފައެވެ. ************************* އެ އަޅިކުލައިގެ ދެލޮލާ އެ މޫނުމަތީގައިވާ ހިތްހެޔޮ ހިނިތުންވުން ލޫންއަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ އިތުރު ދެވަނަ މީހެއްނޫނެވެ. ދާނިޝްއެވެ. “ސޮރީ..ސޮރީ….ވަރަށް ތަދުވިތަ؟…” އެހެން ބުނަމުން ދާނިޝް ލޫންއާ ދިމާލަށް ބަލާލަން އުޅުމާއެކު ލޫން އަވަސް ހަރަކާތަކާއެކު އިސްދަށަށް ޖަހާލަމުން ކުރިއަށް ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ. ދާނިޝް ލޫން ދިޔަދިމާލަށް ބަލަން ހުރުމަށްފަހު ދެކޮނޑު އަރުވާލަމުން ކުރިޔަށް ހިނގައިގަތީ ފުންނޭވާއެއް ލަމުންނެވެ. […]
“ހީވަނީ ދެން މާދަމާ ހެނދުނުހެން ދޯ މަލާކާއި މި ވާހަކަ ދެކެވޭނީ؟” މަސްޢޫދު އެ ސުވާލުކޮށްލީ ސާރިޔާއާއެކީ ބަދިގޭގައި ހުރި ކުޑަ ކާމޭޒު ދޮށުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިނދެއެވެ. “އާނދޯ؟ ހެހެ….ފިރިހެނަކު އޭނަ ނެގި ވާހަކަ ބުނީމަ ހުރީ ލަދުން މޫނު ރަތްވެފަ. އެކަމަކު ރުޅި އިސްކުރީ…އެއީ ހަމަ އޭނަގެ މިޒާޖު ހުންނަ ގޮތް. ބޮޑަށް ސަކަރާތްވެގެން ރަނގަޅަށް ނުކައި އެ ދިޔައީ ދެންމެ އާމިނަމެން އައިސް މާ ބޮޑަށް އަޅުވައިގެން ކިޔުނީމަހެން އަހަންނަށް […]
“ޖަވާބު ލިބިއްޖެ ހެން ހީވަނީ” ނަޒްހާ ބުނެލިއެވެ. އަދި ނައިހާގެ ފަހަތުން ދިޔައެވެ. މުށިތައް މަތީ އޮތް އަނގޮޓިއާ ކެވެލިކޮޅު ނަގައިގެން އިޝާމް ނައިހާމެން ފަހަތުން ދުއްވައިގަތެވެ. ނަމަވެސް އިޝާމްއަށް އެ ކުދިންނާ ހަމައަށް ނުދެވެނީސް، އެ ހިސާބުން ދިޔަ ޓެކްސީއެއް ހުއްޓުވާފައި ނަޒްހާ ނައިހާ ގޮވައިގެން އެރިއެވެ. ޓެކްސީ ދިޔަ ތަން ބަލަން އިޝާމްއަށް ހުރެވުނީއެވެ. އިޝާމް އެނބުރި ގެޔަށް ވަން އިރު ސިޓިންގރޫމްގައި ހަމްދާއާ ރައުނާ ތިއްބެވެ. “ކީކޭ ހިތަށް އަރައިގެންތަ ހަމްދާ އެހެން […]
ޒިރާން ހެނދުނު ގަޑީގައި ފަޒީލް އާއި އެކު ފިހާރައަށް ދާން ނުކުންނަން އެއުޅެނީ ފިހާރައަށް ބޭނުންވާނެ ބައެއް ސާމާނު ގަންނާށެވެ. ޒިރާން އާއި ފަޒީލް ބޭރަށް ނުކުމެ އިރުކޮޅެއްވީ ފަހުން މުޅި ގޭތެރެ ވެސް ހޭލައްވާލީ ބާރުގަދަ އަޑު ފައްގަނޑެއް އިވުމުންނެވެ. އެއާއި އެކު އެންމެން ވެސް ގެއިން ނުކުމެގެން ބޭރަށް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ. ބޭރަށް ނުކުމި ކައިޒީންމެން އެންމެންގެ ވެސް ލޯތައް ބޮޑުވެގެން ދިޔައީ ކުރިމަތިން ފެންނަމުން […]
“ކޮބާ ލުވެއިޒް…” އަހަރެން އަހާލީމެވެ. އާންމުކޮށް މިދެމީހުން އެއްތަނަކު ތިބެންޏާ ބޮޑީ ގަރޑަކަށް ލުވެއިޒް ނުހުރެ ނުދާނެއެވެ. “ކޮންފެރެންސަކަށް ދިޔަގޮތަށް އަދި ނާދެ..” އެލީނާ ޖަވާބު ދީ ނިމުންތަނާހެން ޓީވީއިން ކުއްލި ޚަބަރެއް ދައްކަން ފެށިއެވެ. “ޖަލުން ބައިވަރު ޤައިދީންތަކެއް ފިލައިފި.. މިކަން ހިނގިތާ މާ ގިނައިރެއް ނުވެ، ގޭންގުތައް ދެމެދު ބާރު ބޮޑުވެ، ދެމީހަކު ގަޔަށް ވަޅި ހަރާ ޒަޚަމްވެސް ކޮށްލައިފި… ފުލުހުން އިލްތިމާޒް ކުރައްވަނީ، މި މައްސަލަ ފުލުހުންގެ އަތް ދަށަށް ގެނެވެންދެން، ބޭރުތެރޭގައި […]
“އަންކަލް…” މިޙުރާންގެ މޫނަށް ވެރިވެގެންދިޔަ ކުލަައަކުން ކުރިއަށް ފިޔަވަޅެއް އަޅާލަން ނުކެރިފައިހުރެ ހައިޒަލް ގޮވާލިއެވެ. އެ ހަތަރުއަކުރުގެ ބަހުން މިޙުރާންގެ ލޮލުން ކަރުނަ ނީރާލެއްވިއިރު ހައިޒަލްއާއި ދިމާލަށް ބަލާލަމުން ދެއަތް ފުޅާކޮށްލެއްވިއެވެ. އެއާއިއެކު ހައިޒަލް އަތުގައި ހިފައި ގެނައި ގޮތަށް މޭގައި ޖައްސާލެއްވިއެވެ. “އަލްޙަމްދުލިއްﷲ… މިބައްޕަގެ ދުއާ އިޖާބަކުރައްވައިފި… ދަރިފުޅު ދެކުމުގެ ނަސީބު މަރުވުމުގެ ކުރިން ދެއްވައިފި…” މިޙުރާންގެ ލޮލުން އޮހުނު ކަރުނަތަކާއިއެކު ވެރިއިލާހުގެ ހަޞްރަތަށް ހަމްދުއެޅިއެވެ. އަޒްހާންގެ މަރަށްފަހު ހުއްޓުމެއްނެތި އޭނަ ކުރަމުންދިޔަ ދުއާ އީޖާބަކުރައްވައިފިއެވެ. […]
މެންދަމުން އަލިވެ ތިނެއް ޖެހުމާ ގާތްވަނީއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަ ހިމޭންކަމެކެވެ. ކޮންމެ މީހަކުވެސް ނިދީގެ ފޮނި ރަަހަ ދެކެމުންދަނީއެވެ. ހިތާމަވެރި ހުވަފެންތަކުގައި އެއްބަޔަކު ރޮމުން ދާއިރު، އުފާވެރި ކަމުގެ ހުވަފެނުގައި އަނެއްބަޔަކު ހެމުންދަނީއެވެ. އެެއީ ދުނިޔޭގައި ކަން ހިނގަމުންދާ ގޮތެވެ. އެކި މީހުންނަށް ކުރިމަތިވަމުންދަނީ އެކި އިމްތިހާނެވެ. މުޅި ކޮޓަރީގައި ހިފާފައިވާ އޭސީގެ ފިނިން އެކޮޓަރީގައި ނިދީގެ މީރުކަން ލިބުމަށް މަސައްކަތް ކުރަމުންދާ ޒުވާނާއަށް އެ ފިނިން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ މުޅި […]