ހިތުގެ ގޮވުން 2

- by - 96- September 11, 2019

ކިލާސް ޓީޗަރު އައިސް ވަނުމުން ދެ ކުދިން ގޮޑީގައި އިށީނެވެ.” މިސް މިއަދު މި އައީ އާކުއްޖެއް ތާރަފުކޮއްދެން ” އަހާނާ މެންގެ ކިލާސް ޓީޗަރު ރަޒާ ބުންޏެވެ. އެވަގުތު ވަދެގެން އައި ޒުވާން ފިރިހެން ކުއްޖާ ފެނި ހުރިހާ އަންހެން ކުދިން މޮޔަ ނުވީ ކިރިޔާ އެވެ. އެހާވެސް ރީއްޗެވެ. ފުރިހަމަ އެވެ.” އަމިއްލަ ތާރަފެއް ދޭންވީނު ” ރަޒާ މިސް ބުނެލިއެވެ.” އައްސަލާމު އަލައިކުމް… “އެ ފިރިހެން ކުއްޖާގެ ރީތި ބަރު އަޑު އިވުމާއެކު ކައިރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާއަށް ވަމުންދާ ގޮތް ހުދު ކައިރާ އަކަށް ވެސް ނުވިސްނެއެވެ. އަހާނާއަށް އޭނާގެ އެކުވެރިންގެ ހާލު ފެނުމުން މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. އަދި އެ ފިރިހެން ކުއްޖާ އައި ދިމާއަށް ލޯ އަޅަލި އެވެ. ” އަހަރެންގެ ނަމަކީ…. ”

************************

” އަޔާން” އަޔާން އޭނާގެ ނަން ބުނެލުމަށް ފަހު އައްޒާމް ކައިރީގައި ހުރި ހުސް ގޮނޑީގައި އިށީނެވެ. “ހާއި އައި އޭމް އައްޒާމް” އައްޒާމް ތާރަފްވެލަމުން ހިނިތުންވުމެއް ހަދިޔާ ކުރި އެވެ. ބަދަލުގައި އަޔާން ހިނިތުންނުވިތާ އައްޒާމް އާއި ދިމާއަށް ބަލާ ވެސް ނުލައެވެ. އައްޒާމް ރަކިވެފައި ހުރެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. މި މަންޒަރު ބަލަން އިން އަހާނާގެ ހިތަށް އަޔާން އާއި މެދު ރުޅިވެރިކަން ވެރިވެގެން ދިޔައެވެ.

ބްރޭކް ގަޑިއަކީ އަހާނާ އެންމެ ގަޔާވާ އެއް ގަޑި އެވެ. ނަމަވެސް މިއަދު އޭނާގެ މޫޑު ވަނީ މުޅިން ހަރާބު ވެފައެވެ. އެހެންވެ ބަޑުހައި ނުވާކަމަށްބުނެ ބުނެ ޝިއާ އާއި ކައިރާ ކެންޓީނައް ދާން އެދުމުން ވެސް ކުލާހުގައި މަޑު ކުރީއެވެ.

******

*ޔާރާއެ ތީމަގޭ *އެކުވެރިޔެ ތީމަގޭ* *މާފުކުރާށޭ އަހަރެންނަށް* *އެހީވުމަށް އެދެމޭ* *ގާތު ވުމަށް އެދެމޭ* * މާފުކުރާށޭ އަހަރެންނަށް* ކެންޓީނައް ނުގޮސް ކުލާހުގައި ފިލާވަޅެއް ހަދަން އިން އަހާނާގެ ކަންފަތުގައި ވޭނުން ފުރިފައިވާ  ލަވައެއްގެ އަޑު ޖެހުނެވެ.*މިއީޔެ ސިއްރުވެރިޔާ* *ތިއީޔެ ރަހުމަތްތެރިޔާ* *މިއީއެ ކުށްވެރިޔާ* *ތިއީޔެ އިޙުސާންތެރިޔާ*  ލަވަ ކިޔުންތެރިޔާގެ އަޑުގައި ހުރި އަސަރުން އަހާނާއަށް ރޮވުނެވެ.  *ޔާރާއެ ތީމަގޭ *އެކުވެރިޔެ ތީމަގޭ* *މާފުކުރާށޭ އަހަރެންނަށް*

*****

ކުލާހަށް ވަދެގެން އައި  ޝިއާ   އަށް މޭޒުމަތީގައި ބޯއަޅައިގެން ރޯން އިން އަހާނާ ފެނުމުން  ކަންބޮޑުވިއެވެ. “އަހާނާ….އަހާނާ ކީއްވެ ތި ރޮނީ؟” ހާސްކަމުން ފުރިފައިވާ އަޑަކުން ޝިއާ އަހާނާ އާއި ސުވާލު ކުރިއެއް  ނަމަވެސް އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހާނާ ގޮޑިން ތެދުވެ ކުލާހުން ބޭރަށް ދިޔައެވެ.

*****

އަހާނާ އަވަހަށް ކުލާހުން ބޭރަށް ނިކުމެ ރިކޯޑިން ރޫމް އާއި ދިމާއަށް ދުއްވައި ގަތެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން  އަދިވެސް ދަނީ  ދެންމެ އިވުނު ލަވައެވެ. އޭނާގެ ހިތް ގޮވުމުން ދަނީ ލަވަކިޔުންތެރިޔާ ފެނިލުމަށެވެ. އޭނާގެ ހިތް އެގޮތަށް އެދުމުން ހުދު އަހާނާވެސް ހައިރާންވިއެވެ. އަހާނާ ރިކޯޑިން ރޫމްއާ އަރާހަމަވިއިރު ރިކޯޑިން ރޫމްގައި އެކަކު ވެސް ނެތް ކަން އެނގުމުން ހިތަށް މާޔޫސް ކަން ވަރިވިއެވެ. އަދި ކުލާހަށް އަބުރާ ދިޔައެވެ.

******

ލަވަ ކިޔައި ނިމިގެން ރިކޯޑިން ރޫމް އިން ނުކުންނަން ދިޔަ ކުއްޖާ އަށް އަހާނާ ފެނުމުން ޕިޔާނޯ ދަށަށް ފިލަންވެގެން ވަނެވެ.

ނުނިމޭ

96

Aly

Love to read and write stories...

You may also like...

30 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. Wow v v habeys?❤??..Aly v molhu ingey..ayaaan kahneyge dhw e song ky..N e song raagu buneladhyba ingey aly?❤??..Anyways waotimg fr da next..so curious to read it..ly❤???

  Me first dhw

  ⚠Report!
 2. Woww aly ur awsome❤️❤️?mi prt vx Hama habeys… But adhi thankolheh dhigu kohlahchey… Eyrun Hama Perfect vaane… N ya Mi buru Mimmige namu ga ehn meehaku comment kohfiyyaa gabool nukuraathi… kurin burgage vx Mimmige name beynun kohgen alyge stryga 2 bad comments kohfa ebain…. BTW lysm❤️❤️

  ⚠Report!
 3. N mi prt thankolheh vahtharu Mimmige stryge feshumaa coz eyge vx the boy is a singer n Hama zaayaa class thereyga indhaa lava kiyaa adu ivigen balan dhaairu ekeh vx nuhunnaane… Don’t take me wrong but amilla ideas use kuran vaanee… But it’s OK maybe u didn’t read my stry ehnve same vedhaane dhw…. But pls use own ideas, it helps a lot?? Ummeedhu kuran Kuriah oii badi thankolheh thafaathu kohlaane kamah… BTW Whn nxt?? I’m waiting curiously… N mee aslu Mimmi ingey

  ⚠Report!
 4. Wow mi part hama beyond habeys! And yeah everytime I try to singet ur songs when I read the story❤🙈🙈goodluck

  ⚠Report!

Leave a Reply

Your email address will not be published.