“އިޝާމް މިހާރު ހާދަ ފިލައިގެންނޭ ދޯ ތި އުޅެނީ” ނައިހާގެ އަތުގައި ހިފާ ހުއްޓުވާފައި މަޒްހާ އިޝާމްއަށް ބުންޏެވެ. “ތަންކޮޅެއް ބިޒީ ދުވަސްކޮޅެއް ވީމަ ނާދެވެނީ. ނަޒް ކިހިނެއް؟ ނައި ކިހިނެއް؟” އިޝާމް އަހާލިއެވެ. “އަހަރެން ރަނގަޅު. އެހެން މީހުންގެ ގޮތެއް ނޭނގެ” އެހެން ބުނެފައި ނައިހާ އެކަނި ދޫކޮށްލާފައި ނަޒްހާ އެތެރެއަށް ވަނެވެ. “ހިނގާ ދޯ ވަންނަމާ” އިރުކޮޅަކު ދައްކާނެ ވާހަކައެއް ނޭނގި ތިބެފައި އިޝާމް ސައިކަލުން ފައިބާފައި ބުންޏެވެ. “މިއޮއް އައީނު؟” ދެ މީހުން […]
ފަތިސްނަމާދު ކޮށްގެން ރިޔާޝަށް ނިދުނެވެ. އެހެންކަމުން މިއަދު ރަޔާ އެކަނި ދުވަން ދާންޖެހުނެވެ. ފޯނު އެލާރމް ވުމާއެކު ރިޔާޝަށް އޭނާގެ ބަރު އެސްފިޔަތަށް ހުޅުވާލަން މަޖުބޫރުވިއެވެ. ތެދުވެގެން ގޮސް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލިއިރުވެސް ރަނގަޅަށް އެދެލޯ ނުހުޅުވެއެވެ. ލޯއުނގުޅަމުން ރިޔާޝް އެނބުރުނު ވަގުތު ފަހަތުގައި ހުރި ރަޔާ ފެނި ސިހުނެވެ. އެ ތާޒާ މޫނަށް ރިޔާޝަށް ބަލައިލެވުނީ އެހެން ނަޒަރަކުންނެވެ. ބުމަ ގޮށްޖަހައިގެން ލޯއަޅައިގެން ހުރިއިރު ރަޔާ ހާދަ ލޮތްބޭ ރިޔާޝް ހިތާ ހިތާ ކިޔާލިއެވެ. […]
މަޔާންގެ ކޮޅަށް ކުޅިފަސް ލިބެމުންދިޔަނަމަވެސް ނާކާމިޔާބު ޤަބޫލުކޮށް ކުޅިބައި ދޫކޮށްލުމުގެ ވިސްނުމެއް ރާސިލްނުގެންގުޅުނެވެ. އޭނައަށް ވާހަކަދައްކަން ލިބުނު ފުރުސަތުގައި ގޮނޑިން ތެދުވީ މަޔާންއާއި ދެކޮޅަށް ބިންދާލާނޭ ވާހަކަތަކެއް ސިކުނޑިއަށް އެއްކޮށްލައިގެން ހުރެއެވެ. ގޮނޑިން ތެދުވެ މޭޒުމަތީ އިން މައިކާއި ގާތަށް ލެފިލިވަގުތު އަލްހާން ރާސިލްގެ އަތުގައި ހިފެހެއްޓިއެވެ. ރާސިލް ވަގުތުން މޫނު އަނބުރާބަލާލިއިރު އަލްހާން ކޮށްލި އިޝާރާތާއިއެކު އެމޫނުގެ ކުލަ ވަގުތުން ބަދަލުވެގެންދިޔައެވެ. ދެލޯބޮޑުކޮށްލަމުން ބަލާލެވުނީ އަލްހާންގެ އެ އަމަލުން އެބުނަން އުޅޭ އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ. […]
ޖެހިލުންވެ ހުރެ، ރަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހީމެވެ. ރަޔާން ދޮރު ހުޅުވާލާ ބަލާލިއިރު، އެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ކުރިމަތީގައި ހުރީ އަހަރެންކަމާއިމެދު، ސުވާލު އުފެދިފައި ހުރިހެން ހީވިއެވެ. ********************** “ރަޔާން” ހިތްވަރުކޮށްލާފައި އަހަރެން ރަޔާންއަށް ގޮވާލީމެވެ. ހުއްޓުން އަރާފައި ހުރި ރަޔާނަށް ހޭވެރިކަންވީ، އަހަރެން ގޮވާލުމުންނެވެ. ދޮރުފަތް ބޮޑަށް ހުޅުވާލަމުން، އެތެރެއަށް ވަންނަން ބުންޏެވެ. އަހަރެން، ޔަމާންއާއި ދިމާއަށް ބަލާލީމެވެ. ޔަމާން ބޯ ޖަހާލުމުން، އަހަރެންވެސް ޔަމާންއާއިއެކު އެތެރެއަށް ވަނީމެވެ. ރަޔާން އެނދުގައި […]
”ރައު ބަލާބަ އެއްކަލަ ޝިއުނާތަ އެ އަންނަނީ؟ އެކަމް އޭނައާއި އެކު ދެން އެހެރީ ކާކު؟ އޭނަގެ ބޯއީ ފުރެންޑް ތަ އެއީ؟” ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން އައިސް ވައިން ޝިއުނާ ފެނުމުން ޒައިނާ ރައުހާ އަށް ދައްކާލިއެވެ. ޝިއުނާ އަށް މާ ބޮޑު ބަދަލެއް އައިސް ފައި އެއް ނުވެއެވެ. ހަމަ ކުރީގެ ގޮތްގަނޑު ފެންނަން ހުއްޓެވެ. ޒައިނާ އެހެން ބުނުމުން ދޮރަށް ފުރަގަސް ދީގެން އިން ރައުހާ ބަލައިލިއެވެ. އެވަޤުތު ޝިއުނާ އާއި […]
ރިޔާޝްއާއި ރަޔާގެ މިސްރާބު ހުރީ ތުނޑިޔާދިމާއަށެވެ. އަރަމުން އަންނަ އިރުގެ ދޯދި ތަށް ވިލާތަކުން ފުރޭނިގެން ގަސްތަކުގެ ކުރިތަކަށް އެޅެމުން ދިޔައެވެ. ފަތިސް ނަމާދަށްފަހު ދުވުން އެއީ މިދެމީހުންގެ އާދައެވެ. ރަޔާ އިށީނދެލީ އާންމުކޮށްވެސް އޭނާ އައިސް އިށީންނަ ގާގަނޑުމަތީގައެވެ. ރިޔާޝް އެއްބުރު ޖަހައި ނިމެންދެން ރަޔާ އިންނާނީ އެތާނގައެވެ. “ކިހިނެއްވީ ދޮންބޭ؟..ނިމުނީ..؟” ރިޔާޝް އައިސް ރަޔާ ކައިރި އިށީނުމުން ރަޔާ އަހާލިއެވެ. “ޔާ.. މިއަދު ދާންވެގެން ތަންކޮޅެއް އަވަހަށް..” ރަޔާ ދާންވީހޭ އަހާލާފަދަ ގޮތަކަށް ނިތް […]
ދެލޯ މަރާލައިގެން އޮތް އަޒާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު މަލްޝާ ތެދުވެގެން ރައުލްއާ ދިމާލަށް ދިޔައިރު ހިތުގެ ތެޅުން ބާރުވެފައިވެއެވެ. ” މިރޭ ދިމާ ވެވިދާނެ ތަ؟ ވީ ނީޑް ޓު ޓޯކް… ” މަލްޝާއާ ހަތަރުކަޅި ހަމަކޮށްލަމުން ރައުލް ބުނެލިއިރު އެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް މަލްޝާ އެކަމާ އެއްބަސްވީ އޭނާވެސް ރައުލްއާ ވާޙަކަ ދައްކަން ބޭނުންވެފައި ހުރުމުންނެވެ. ރައުލް އިތުރު އެއްޗެއް ނުބުނެ ބޯ ޖަހާލާފައި ދިޔައީއެވެ. ރައުލް […]
” ހަމަ ރީ އަށް ވެސް އެނގުނު ގޮތަށް. ” ރީން ހެމުންހެމުން ބުނެލިއެވެ. ________________ ” ހޫން ދެން ހެވޭ. ” ރީމާ ދެލޯ ކުޑަ ކޮއްލައި ހިނިތުންވެލަމުން ބުނެލިއެވެ. ” އޭ ދެން މި ވާހަކަ ދައްކާނީ ފަހުން. ” ރީން ރީމާގެބފަހަތުން އައި ރިހާން އާއި ރުހާން އަށް އިޝާރަތް ކުރަމުން ބުނެލިއެވެ. ރީމާ ވެސް އޭގެ ފަހުން އެ މައުޟޫއަކަށް ނުދެއެވެ. ” އޭ ރީން އަން މިއޮތީ މެގްނަމް. މި […]
ރީންގެ މެގްނަމް ވެއްޓުނީ އެމީހާގެ ގަމީހަށެވެ. ރީން އެމީހާއާއި ދިމާލަށް ހަޅޭއް ލަވައިގަތެވެ. ________________ ” އޭތް؟؟ ކިހިނެތްތަ ވެގެން ތިއުޅެނީ؟؟ ތަނަކުން އަންހެން ކުއަޖަކު ފެންނައިރަށް އައިސް ޖެހިގަންނަން ޖެހޭތަ؟؟ ކަލޭއާ ހެދިއޭ މަގޭ މެގްނަމް ވެސް އެ އެއްޓުނީ…. ” ރީން އެމީހާ އާއި ދިމާލަށް ހިތު ހުރި އެއްޗެއް ކިޔާލީ ވީނުވީއެއް ވެސް ބަލާލުމެއް ނެތިއެވެ. ” އަޅޭ މަ ގަސްތުގައެއް ނޫނޭ ޖެހުނީ… މަ މިހެން އަންނަނިކޮށޭ. ވަރަށް ބޮޑަށް ސޮރީ. […]