”އަނެއްކާ އެއީ އިކާލްގެ މަންމަ ތަ؟” ރާކިންގެ ހިތަށް އެރި ސުވާލަކުން ވަގުތުން އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް ރާކިންގެ ހިތް ބުނަމުން ދިޔައީ އިރާދާއަކީ އިކާލްގެ ގާތް މީހެކޭއެވެ. ވިސްނެމުން ދިޔަ އެއްޗެހީގެ ސަބަބުން ރާކިން އެހިޔާލުތަކުން ދުރުވުމަށްޓަކައި ދެލޯ މަރާލިއެވެ. ނަމަވެސް އެގޮތަށް އެތައް އިރަކު އިތް އިރުވެސް އޭނާގެ ދެ ލޮލަށް ނިދި ސަވާރުނުވުމުން ލެޕްޓޮޕުން ފިލްމެއް އަޅުވައި އެ ބަލަން ފެށިއެވެ. […]
ތުނި ދޮރުފޮތިތަށް ތޮރުފާލާފައި ކޮޓަރިތެރެއަށް އިރުގެ ހޫނުކަމާއި އަލިކަން ފެތުރިގަތެވެ. ޒަމާނައައި ބަދަލުތަކާއިއެކު ސަރަހައްދުގައި ހާ ގޮވުމުގެ ދުވަސްތަށްވެސް ވަނީ ފަހަނައަޅާ ގޮއްސްފައެވެ. ނަމަވެސް ދޫޏި ސޫފާ ސޫފީގެ ތޫލި އަޑުން ނުކެނޑޭކަން އެއީ އެ މާހައުލުގެ ފުރިހަމަކަމަށް ލިއްބައިދިން ނަސީބެވެ. ކުޑަދޮރާ ކުރިމައްޗަށް ވާގޮތަށް ބަހައްޓާފައި ހުރި ބޮޑު އެނދުގައި ނިދާފައި އޮތް މާޝަލްގެ މޫނަށް އަވިއެޅެން ފެށުމުން އޭނާ އެސްފިޔަ ތަޅުވައިގަތެވެ. ކުނި މޫނު ހަދާލަމުން ރަޖާގަނޑު މޫނުގައި އަޅާ އަދި އޭގެ މަތީގައި ބޮޑު ކަފަ ގަނޑެއްފަދަ ބާލިސް […]
”އާން މަންމަމެން މި ތިބީ ދަރިފުޅުމެންނާއެކީ ދާން ތައްޔާރަށް.” މުފީދާވެސް ހުރީ މާއީ މެންނާއިއެކު ދާން ތައްޔާރަށެވެ. ”ނަމަނަމަ މި ތިއްތަ އާ ކައިރި ނުވާތި ދާ މަގުމަތީގަ. ވަރަށް ޖެއްސުން ކުރާނެ.” މައިޝް މާއީއަށް އަވަސް ނަޒަރެއް ދެމުން އިކާލް، ފާއިޒް އަދި ރާކިންއަށް ބުނެލިއެވެ. އެއާއިއެކު މާއީގެ އަތުގެ ހަމަލާއެއް މައިޝްގެ ފައިގެ ފަލަމަސްގަނޑަށް އަރައިގެން ދިޔައެވެ. ”އެހެންޏާ މިޖެހުނީ ވަރަށް ހުށިޔާރު ވެގެންތާ ދޯ އުޅެންވެސް.” އިކާލް މާއީއަށް ދިމާލަށް ބަލާލައިފައި އެއްލޯ […]
ދިރި އުޅުމަކީ އިމްތިހާނެއްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަންނާ ކުރިމަތިވީ ކެތްކުރަން ދަތި އުނދަގޫ އިމްތިހާނެކެވެ. މި އިމްތިހާނާ އަހަރެން ކުރިމަތިލީ ކެރިގެންނެވެ. -އަނިކާ- އަހަރެންނަކީ އަންހެން ކުދިން ފަހަތުގައި އުޅެ ބޮޑުވި މީހެއްގެ ހުރި ހަމަ އެކަނި ފިރިހެން ދަރި އެވެ. އަދި އެވެސް ދޮށީ ދަރިއެވެ. އެހެން ކަމުން އަހަރެންނަށް އުޅެން ދަސް ވެފައި ވަނީ އަންހެނުން އުޅޭ ގޮތަށެވެ. މީހުން ކިތަންމެ މަލާމާތެއް ކުރިޔަސް އަޅަ އެއް ނުލަމެވެ. =އަނިލް= އަހަރެންގެ ހަޔާތަކީ […]
އަހަރެންނަކީ ދެދަރި މައެކެވެ. 5 އަހަރުގެ ޔޫސުފް އާއި 6 މަހުގެ ކައިސް ގޮވައިގެން އަހަރެން ދިރިއުޅެނީ ތ.މަޑިފުށީ އިރުމަތި ފަރާތު އަތިރީގައި ހުރި އަހަރެންގެ ބައްޕަގެ ގޭގައެވެ. ގެއާ އިންވެގެން 3 ފޫޓު އުސް ވަށާފައިރު ރާނާފައި ހުރި ފަޅުގެއެއް ހުންނައިރު ބިއްދޮށު ފަރާތަށް ނުކުމެލުމުން ޖެހިފައި އޮތީ ގަސްތަކުން ހިޔާވެފައިވާ ހިތްފަސޭހަ ފަންނެވެ. އުދައަރާ މޫސުމުގައި އެކަމުގެ ތަކުލީފު އުފުލަން ޖެހުނު ނަމަވެސް އެއީ އުޅެން ފަސޭހަ ހިސާބު ގަނޑެކެވެ. ޖެހޭ ފިނިފިނި ރޯޅިން […]
. ހަނދާނަށް އަންނަނީ އިންޓަވަލް ގަޑީ ޕެކެޓް ކަނޑަން އާންޓީ ކައިރިއަށް ދިޔަ ދުވަސްތަކެވެ. ގަސްތުގައި ބަންދު ނައްޓާލައިން އާންޓީ ބަންދު އަޅުވައި ދޭތޯ، ނޫނީ ވޫލު ކޮޅު ނައްޓާލައިގެން އާންޓީ ވޫލު ކޮޅު އައްސައި ދޭތޯ އަތް މައްޗަށް ނަގައިން އިން ދުވަސް ތަކެވެ. އަބަދުވެސް ކޮންމެވެސް ކުއްޖަކާ ތޮޅެގެން ކުށްވެރި ވެގެން އުޅުނު ދުވަސް ތަކެވެ. ރަތް ގޮނޑި އާއި ހިފާތެޅި ދުވަސްތަކެވެ. ގެއަށް އަންނަ މަގުމަތީ މަގުގެ އެއްކައިރިން ހިނގަން އެ މަންމަ […]
“މަލާކް…..ކާކުތަ މަލާކްގެ އެމްއާރްއައި ރިޕޯޓް އެދުވަހު ގެނެސްދިނީ؟ މި ބުނީ ހޮސްޕިޓަލުން ރިޕޯޓް ނަގަން ދިޔައީ ކާކުހޭ؟” އަޔާޒަށް އަހާލެވުނެވެ. “ރިޕޯޓް ނަގަން ދިޔައީ ބޮޑުބޭބެ…އަޔާޒަށް ފަހަރެއްގަ އެނގިދާނެ ބޮޑުބޭބެ. ފާރޫޤު ހަސަން ކިޔާނީ. ފްރީސްޓައިލް ފިހާރަ އެނގޭތަ؟ އެ ފިހާރައިގެ ވެރިޔާ.” މަލާކް ބުނެލިއެވެ. ފާރޫޤުގެ ނަން އިވުމާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ. މަލާކްގެ ރިޕޯޓު ބަދަލުކުރި ކަމުގެ ނުރުހުންތެރިކަން ފާރޫޤަށް އަމާޒުވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނީ ކުރިން ދުވަހަކު ދޮންބެ […]
އިވާން ފެނޭތޯ އަހުސަމްއާއީ އާރާޝް މުޅި މާލޭގައި ދުއްވިއެވެ. ނަމަވެސް އިވާންގެ ހިލަން ވެސް ނުވިއެވެ. ދެމީހުންވެސް ދުއްވަ ދުއްވައިފައި ރޭގަނޑު އެގާރަ ޖެހުމުން ގެއަށް ދިޔައެވެ. ދީނާ އައުމުން ނަވާރް ދީނާއަށް ހުރިހާ އެއްޗެެއް ކިޔައިދިނެވެ. ނަވާރްގެ ބައްޕަ ފެނުމުން އެކުވެރިޔާއަށް ޓަކައި ދީނާ އުފާވިއެވެ. ނަވާރް ރުއިމުން އެކުއްޖާ ހަމައަކަށް އެޅުވުނީ ދީނާއަށެވެ. މާނީގެ ފަރާތުން ނަވާރްއަށް އަސްލު ވީ ކިހިނެއްކަން ޔޫސުފްއަށް އެނގުނެވެ. އޭނާ ބޭނުންވީ ވަގުތުން ވަގުތަށް އިވާން ހޯދާށެވެ. އިސްރާ […]
މިއަދަކީ ދިރިއުޅުމަކަށްޓަކައި އަހަރެން ދެކެމުން އައި ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހޭ ދުވަހެވެ. އިސްކޮޅާއި އެއްވަރުގެ ދިގު ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓިލައިގެން ހުރީ ކައިވެނީގެ ހުދު ހެދުމުގައެވެ. އެހެދުމުގައި އަހަރެން ހީވަނީ މުޅީން ތަފާތު މީހެއް ހެންނެވެ. ކޮށްފައިވާ ލުއި މޭކަޕްގެ ސަބަބުން އަހަރެންގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވިއެވެ. އެ ރީތިކަން ހަދިޔާ ކުރަން ބޭނުންވާ ހަމައެކަނި ފަރާތަކީ އަހަރެންގެ ވާންއުޅޭ ފިރިމީހާ ރަވާންއެވެ. އަހަރެންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް […]