ތަށިތައް ދޮވުމުގައި ހުރި އިރާދާ އަށް އޭނާ ކުރަމުން ދިޔަ މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ވިސްނެމުން ދިޔައީ އިކާލް އާ މެދުއެވެ. އެހެން ކަމަކާއިމެދު ވިސްނަން ކިތަންމެ މަސައްކަތެއް އިރާދާ ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބެވެ. އެންމެ ފަހުން އިރާދާގެ ސިކުނޑި ފުނި ޖެހިފައިވި ހިޔާލުތައް އޭނާގެ ސިކުނޑިން ދިޔައީ ތައްޓެއް ވެއްޓި ތެޅުމުންނެވެ. ”މަންމާ ބަލައިގެން..” ނަމާދަށް ދިޔުމަށް ތައްޔާރުވެގެން ނުކުތް ރާކިން އަށް ތަށި ތެޅުނު އަޑު އިވިފައި އިރާދާއަށް […]
“ވައި..” އަނާނީއަށް ޤަބޫލު ނުކުރެވިގެން އަހައިލެވުނެވެ. “އެއީ ވަރީގެ ފޯމު ލާފަ އޮތީމަ. ކޯޓުން ގުޅާފާނެ އެއްނު.” ލޫކަސް ހަމަޖެހިފައި އިނދެ ބުންޏެވެ. އެއާއެކު އަނާނީގެ ހިތް ގެނބުނުހެން ހީވިއެވެ. ލޫކަސް ހަމަ އަސްލުގައި ވެސް އެ ފޯމު ލީތާއެވެ. “އޯހް..” ރަކިވެފައި ހުރިކަން ނުދައްކަން ވެގެން އަނާނީ އިސްތަށިގަނޑާއި ކުޅެލިއެވެ. “ގުޅީމަ އަންނާނަން. މިހާރު ޓިކެޓު ވެސް ނަގާފަ އޮންނާނީ ދާން. ސޯ އައި ނީޑް ޓު ގޯ.” އަނާނީ ގޮސް ކޮޓަރިއަށް ވަދެ ދޮރު […]
ދެމީހުންވެސް އެއްވަރަކަށް މަގުގެ އެއްފަރާތުގައި ހިނގާފައި ދިޔައިރު މާއީ ހުރީ މަގުގެ އެންމެ ދުއްވާ ތަކެއްޗާ ކައިރީގައިއެވެ. ގެޔާއި ނުހަނު ކައިރިވެފައި ވަނިކޮށް މާއީގެ ކުރިމަތިން ނުހަނު ބާރަށް ސައިކަލެއް އައުމުން މާއީ ހުރީ ހަދާނެ ގޮތެއް ނޭނގިފައިއެވެ. ބިރުގަނެފައި ހުރުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ. އެންމެ ބާރު ދުވެލީގައި އެ ސައިކަލު އާއިރު މާއީ ހުރީ ދެން ސަލާމަތް ނުވާނެކަން އެނގި ހުރެ އޭނާގެ ދެލޯ މަރާލައިގެންނެވެ. **** ”ދަރިފުޅު ދެން މީހަކާ ކައިވެނި […]
ޔައިޝް އާ ދިމާލަށް އެގޮތަށް އެއްޗިސް ކިޔުނީތީ އަހަރެން ވަރަށް ދެރަވިއެވެ.. ރީޝާ އެ ވާހަކަ އަހަރެންނާ ޝެއާ ކުރީތީ އަހަރެން ރީޝާ ކާރީގައި އަހަރެންނާއި ޔައިޝް ގެ ވާހަކަ ވެސް ބުނީމެވެ..”ވަޓް ދަ … ދޮގު ނަހަދާ ބުނެވެސް ނުލާ އެކަމް ބަލައިގެން އުޅެއްޗޭ އަހަރެމެން ބުއި ކަހަލަ ބޮނޑިއެއް ނުބޮއްޗޭ”..”ޔެސް މެޑަމް”…ރީޝާ އަހަރެން ގައިގައި ބައްދާލިއެވެ.. ވާހަކަ ތައް ހިއްސާ ކޮއްލެވުމުން އަހަރެމެން ދެމީހުންގެ ހިތައްވެސް ހަމަ ޖެހުމެއްލިބުނެވެ.. އެރޭ މަންމަ އަހަރެން ބަލާ […]
ޔުޝްރާގެ އުނދަގޫ ބޮޑުކަމުން އެންމެ ފަހުން މަންހާ ފާޚަނަ އަކަށްށޭ ކިޔައިފަ ދިޔައެވެ. އެއިރު ޔުޝްރާ ވައި އަޑުން ހީލަ ހީލަ އިނެވެ. ޒިދާން ވެސް އިނީ ޔުޝްރާ އާ ދިމާލަށް ލޯ އަޅައިިގެންނެވެ. ” ސޮރީ ދޮންބޭ … އެކަމް ބައެއް ފަހަރު އުނދަގު ކުރުމަކީ ވެސް އޮންނަ ކަމެންނު …. ހެހެެެހެ ” ޔުޝްރާ ޒިދާން އާ ވެސް ދިމާ ކުރަން ފެށިއެެވެ. ޒިދާން ވެސް އެންމެ ތަންކޮޅެއް ވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. […]
ޖެހޭ ފިނި ވައިރޯޅިން ހިތަށް ފިނިކަން ގެނެސްދެމުން ދެއެވެ. އުދަރެސްމަތީގައި ފަވާލެވިފައިވާ ކުލަތަކަކީ ގުދުރަތުގެ އަޖައިބެއްފަދައެވެ. އިރުއޮއްސެމުން ދިޔަ ގަޑީ ގުދުރަތުގެ ރީތި މަންޒަރަށް ގެއްލިފަ އިން ނެހާ އަށް އޭނާ ވަށައިގެންވާ އެއްވެސް ކަމެއްގެ އިހުސާސް ނުކުރެވޭފަދައެވެ. ކުއްލިއަކަށް ނެހާ ސިއްސައިގެން ދިޔައީ އޭނާ އަށް ވަރަށްބާރަށް މީހަކު ގޮވާލުމުންނެވެ. “ނެހާ… ނެހާ.. އަޅެފަހޭ ކީއްތިކުރަނީ މިތާ އިނދެގެން. ހާދަ ފުން ހިޔާލަކަށް ގެއްލިފައޭ ތި އިނީ. މަ މިޙާރު ގޮވާތާ ކޮން އިރެއް؟” ނެހާ […]
ރިޕޯޓު ފޯމް ސްޓޭޖު މަތިން ލިބުމާއެކި ސިޑިން ފައިބައިގެން އައިސް ގޮނޑީގައި އިށީނދެ ފައިލް ހުޅުވާލީ ވަރަށް ފޮނި އުންމީދަކާއެކީގައެވެ. މި އަހަރު ހާސިލް ކުރެވުން ނަތީޖާ ބެލުމަށްޓަކައި އެ ހިތުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އޭނާ ދިޔަ ކުލާސް ބަލާލާފައި ކުޑަކޮށް ކުރިއަށް ބޯދިއްކޮށްލާ ކުރިމަތީ އިން އަންހެން ކުއްޖާގެ ރިޕޯޓަށް ބޯދިއްކޮށްލިއެވެ. ކަނދުރާ ކައިރިން މީހެއްގެ ހިޔަނި އެޅުން ހެން ހީވެގެން ކައިނާ ފަސްއެނބުރުނެވެ. މޫނާ ޖެހޭނުޖެހޭ ހިސާބުގައި އިން މާޝަލް ވަގުތުން ދުރަށް […]
އަހަރެންމީ ޔާޝާއާ އެއްވެސް ގުޅުމެށް ނެތް މީހެއް ކަމުގައި ވިޔަސް އަހަރެން ވަރަށް ލޯބިވޭ ޔާޝާާ ދެކެ” ޔަނާލް ކައިރީގައި ޔާޝާ ދެކެ ލޯބިވާ ވާހަކަ އައިޝަން އަށް ބުނެވުނީ ބޭ އިހްތިޔާރު ގައެވެ. ”ކީކޭ… ދޮންތަ ދެކެ ލޯބިވެޔޭ؟؟؟” ޔަނާލް އަށް ގަބޫލް ނުކުރެވިގެން އަހާލިއެވެ. އާނ… އެކަމް ޔަނާލް ހީކޮށްފާނެ އަހަރެން މިވަނީ ޔާޝާ ދެކެ ހަގީގީ ލޯތްބެއް ނޫނޭ. އަހަރެން މިހުރިހާ ދުވަހު ވެސް އަހަރެން މިހުންނަނީ ޔާޝާ އަށް އެކަން ނާނގަން. […]
އާއިޝް އެހެން އޮތުމަށްފަހު ކޮޓަރި ކަނެއްގައި ބަހައްޓާފއި ވާ ގިޓާ ނަގައި އާއިޝް ލަވަ އެއް ކިޔަން ފެށިއެވެ. އާއިޝް އަކީ އުމުރުން 16 އަހަރުން ފެށިގެން ލަވަ ކިޔަމުން އަންނަ މީހެކެވެ. “އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ…2 އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ…2 ހުރެލްނަ ބޭނުމޭ އަރިހުގާ ދުރުކޮަށްލަން އުދާސް ހިތުގަވާ ނިމިދާނީ އެކީ އުޅެ މިތާ ލެވިދާ ފަހު މި ނޭވާ މިތާ… ހިއްސާ ކޮށްލަމޭ ލޯބިވާވަރު.. ނުމެދާނަން އެކަނި ކޮށް […]