“ލޯމަރާލަން ބޭނުމޭ.. އޮވެ ތި އުނގުގާ ބޯ އަޅައި…. ބުނެދޭނުހޭ ލޯބިވާ… ދެން ކަލާ ދެރަ ނުވާށޭ… ޖަންނަތެއް ވޭ އެކުމަށާ.. ކެތް ކުރާށޭ ލޯބިވާ… ވާނުތޯ އޭ ގާތުގާ.. ރޭދުވާ އެކުގާ ތިބާ…” އަނިކާގެ މި ލަވަ އިން އީދު ޝޯވްގެ އަޑު ގަދަ ވި ހެން ހީވިއެވެ. ޢަނިކާ އަކީ މިހާރު ރާއްޖޭގައި މަޝްހޫރު ވަމުން އަންނަ ބޭންޑެއްގައި މަސައްކަތް ކުރަމުން އަންން ކާމިޔާބު ލަވަ ކިޔުންތެރިއެކެވެ.އަނިކާގެ އިތުރުން ހައެއްކަ މީހުން މި ބޭންޑު […]
މާނީ ލޮލުގެ އިޝާރާތުން އާރާޝްއަށް އިޝާރަތް ކުރުމުން އާރާޝް އިވާންއަށް ގޮވާލިއެވެ. “އިވާންގެ ދަރިފުޅު ކޮބާ؟” އާރާޝްގެ ސުވާލުން އިވާން ސިއްސައިގެން ދިޔައެވެ. އެމީހުންނަށް އޭނާގެ ދަރިއެއް ހުންނަކަމެއް ނޭންގޭނެއެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އާރާޝް އަދި މާނީއަށް ބަލާލުމަށްފަހު އިވާން އިސްޖަހައިލިއެވެ. “މަރުވެއްޖެ” ހިތުގައި ވޭން އަޅަމުން ދިޔަ ނަމަވެސް ލޯބިވާ ދަރިފުޅު ނުރައްކަލުން ސަލާމަތް ކުރުމުގެ ނިޔަތުގައި އިވާން ބުންޏެވެ. ނަވާރްގެ ހިތް ހީވީ ޗިސްޗިސްވެގެން ދިޔަހެންނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި […]
“ން…ނޭވާ ނު…ލެވޭ…” މަލާކް ކުރުވެފައިވާ ނޭވާއަކާއެކީ ބުނެލިއެވެ. މަލާކްގެ އެ ބަސްތައް އިވުމާއެކު އަޔާޒް ކޮޓަރީގެ ބޮކިތައް ދިއްލާލަމުން އިތުރު ސުވާލެއްވެސް ކުރުމެއްނެތި މަލާކް ނެބިއުލައިޒްކުރަން އަވަސްވިއެވެ. މަލާކް ނޭވާލާން މަސައްކަތް ކުރަމުން ނެބިއުލައިޒް ކުރަމުން ދިޔަ ވަގުތު އަޔާޒަށް ވިސްނުމެއްގައި އިނދެވުނެވެ. މި ހުރިހާއިރު އޭނައަށް ހީވެފައިވީ މަލާކަށް މި ވަމުންދާހާކަމެއް ވަނީ އޭނަ ހާސްވެފައިވުމުގެ ސަބަބުން ކަމަށެވެ. އެހެނަސް އޭނަ މަލާކް ކައިރިއަށް އައި ވަގުތު މަލާކްގެ ހާސްކަން ގެއްލި ދިޔަކަން އޭނައަށް ޔަޤީނެވެ. […]
އެއާޕޯޓަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދިޔައީމެވެ. ކުރީގެ ބުޅި އިސްތަށިގަނޑު ފަންކޮށް، ކަނދުރާ އާއި ހަމައަށް ކޮށައިލީމެވެ. ދެލޯ އަނދުނުން ފަވައިލީ، އެ ލޮލުން ފެންނަމުންދިޔަ ރިހުން އެހެން މީހުންނަށް ސިއްރުކުރުމަށެވެ. އުފުލަންޖެހޭ އެއްޗެހި ގިނަކަމުން އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. އެ ހުރިހާ އެއްޗެއް ޓެކްސީއަށް ނޭރުވުމުން ޖެހުނީ ބަހެއްގައި ދާށެވެ. ބަސް ހޯދުމަށް އެތައް ވަގުތެއް ހޭދަކުރަންޖެހުނެވެ. ގަޑި ނުޖެހި އެއާޕޯޓާއި ހަމައަށް ދެވޭނެކަމަށް އަހަރެން ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް […]
އަހަރެން ދެލޯ މަރާލައިގެން މި ކަމާމެދު ވިސްނަން ހުއްޓާ ކުއްލިއަކަށް ސިހުނީ މެސެޖް ނޮޓިފިކޭޓަން އެއް އައި އަޑަށެވެ.. ނާއިލް ގެ ފަރާތުންނެވެ.. އަހަރެން ނާއިލްގެ ކޮންވޯ އިންނަ ބަޔަށް ވަދެލީމެވެ.. އަހަރެންގެ އަތް އޭރުވެސް ތުރު ތުރު ލައެވެ.. ނާއިލް ކޮއްފައި އިން މެސެޖް ފެނި އަހަރެންގެ ދެލޯ ބޮޑުވިއެވެ..”ޔައިޝް ކިޔާ މީހެއް ދަންނަންތަ؟؟”…”އަ..އާން މި..ރަށުގަ އު..އުޅޭ މީހެއް..އަހަރެމެންގެ ކެ..ކެޑޭޓް ޕްރެކްޓިސް ތަ..ތަކަށް ދާނެ ..ކެޑޭޓް އިންސްޓްރަކްޓާރ އެ..އެއް”…”ތިހެން ވަންޏާ މައިޝާ އާ ތި ޔައިޝް […]
އިހްނާ އާއި ޔޫން އަކީ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. އެދެކުދިންގެ މަންމަމެންނަކީ އެއްބަނޑު އެއްބަފާ ދެބެން ކަމުން އުޅެބޮޑުވެފައި ވަނީ ވެސް އެކީގައެވެ. އެހެން އުޅުމުގެ ތެރޭގައި ޔޫންއަށް އިހްނާ ދެކެ ލޯބިވެއެވެ. އެކަމަކު އިހްނާ ޔޫން ދެކެނީ ބޭބެެއެއްގެ ގޮތުގައެވެ. އެދުވަސްވަރު ތެރޭ އާއަވަށްޓެރި ބައެއް އެހިސާބުގައި ދިރިއުޅެން އާދެއެވެ. އެއާއިލާގައި އެދެކުދިން ވަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ. ވާހަކައިގައި ދެން ވާނެ ގޮތެއް ބެއްލެވުމަށް ވާހަކަ ކިޔާލައްވާ. އިންޝާ ﷲ ވަރަށް އަވަހަށް އަންނަނީ…….
“ކިއުޓް! ތިކަން ކުރެވިދާނެ ނުލާހިކު ރީއްޗަށް. ދެން ބުނެބަލަ…..މިކަމުގެ ތެރޭގަ ވަރަށް ބަދުނަސީބު ކޭސްއެއްވިއްޔާ އޭނަ މަރުވެސް ވެދާނެތަ؟” މައުވާ ސަމާސާއެއްކުރާ ފަދައަކުން ސުވާލުކޮށްލިއެވެ. “ސީޒްޝާރގެ ތެރޭގައި ބޮލަށް އަނިޔާއެއްވެއްޖެއްޔާ ހަމަ ވެދާނެ.” އެކޮޅުން ކިޔައިދެވުނެވެ. އެއާއެކު މައުވާގެ ލޮލުން ނުލަފާ ވިދުވަރެއް ފެނިގެން ދިޔައެވެ. “ގުޑް ނިއުސް….ތިހެން ވެއްޖެއްޔާ ވަރަށް އަވަހަށް ކުއީންސް ޝޮޕް ފިހާރައިގެ މާރކެޓިންގް ޓީމް މެމްބަރެއްގެ ޖަނާޒާ އޮންނާނެ.” މައުވާ އެ ވާހަކަ ފެށީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް ވާހަކަ […]
ޑްރައިވަރު ކާރު ދުއްވާލުމާއިއެކު، އަހަރެން ފަހު ފަހަރަށް މަންމަގެ މޫނަށް ބަލައިލީމެވެ. މަންމަ ހުރީ ފެންކަޅިވެފައެވެ. އެ ދެލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފެނި، އެ މަންޒަރު ބަލަން އަހަންނަކަށް ކުޅަދާނައެއް ނުވިއެވެ. އަވަސްއަވަހަށް އިސްޖަހައިލީމެވެ. އާދައިގެ ދުވެއްޔެއްގައި ދަތުރުކުރަމުންދިޔަ ކާރުގެ ދުވެލި، ވަކި ހިސާބަކުން ބާރުވިކަން ފާހަގަވިއެވެ. ކުއްލިއަކަށް އެންމެ ބާރުކޮށްލިގޮތުން އަހަންނަށް ރަވާންގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ރަވާން ކޮންމެވެސް އެއްޗެއް ބުނިކަންވެސް އެނގުނެވެ. ޑްރައިވަރު ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސައިލުމުން ވީނުވީއެއް ނޭނގުނެވެ. […]
“ލެޓްސް ޕްލޭ ޓްރޫތް އޯ ޑެއާރ.”…”އޯކޭ އަހަރެން މި ފަށަނީ އިނގޭ”..ޓްރޫތް އޯ ޑެއާރ”…”ޓްރޫތް”…”އަހަރެންގެ ފީޑް އަސްލުވެސް ހަޑިތަ؟”…”އަހަ އަހަ އަސްލުވެސް ހަޑި” އަހަރެން ބުނެލީމެވެ..”އޯކޭ ތިހެންވީރު..އައި ވިލް ޓޭކް ޓްރޫތް”…” ކިތަށް ގާލްފްރެނޑް ގެންގުޅުނިން؟؟؟؟”…”3 އައި ގެސް”…ޕިސް ޕިސް ކާމިޔާބު މީހެއްދޯ އަހަ އަހަ.. އައި ވިލް ޓޭކް ޓްރޫތް އަގެއިން”…”މައިޝާގެ ބޯއީފްރެންޑެއް ހުރޭތަ؟؟؟؟؟..”ނު..ނުހުރޭ”.. “އެހެންތަ ވަނީ..”…”ނޫނޭ ހަމަ މިހެން ވަނީ އަހަ އަހަ”…”އޭ މައިޝާ ވަރަށް ބޮޑަށް ސޮރީ އިނގޭ ކުއްލިއަކަށް ތާކަށް ދާން […]