“ކީކޭ؟ ރައުފާ ވަރިވީއޭ؟” މަލާކަށް އެހެން ބުނެލެވުނީ އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ކިޔަވާ މޭޒުދޮށަށް ދިޔަ މަގުމަތީގައި ކަންފަތުގައި ފޯނު ޖައްސައިގެން އިނދެއެވެ. “އާނއެކޭ މަލާކް….ވަރަށް ސަކަރާތްވެފަ ރައުފާ ހުރީ. ރަނގަޅަށް ނުވެސް ކާ. ކުރީ ދުވަހު ވަރަށް ބަލިވެގެން ހޮސްޕިޓަލުގަވެސް ބާއްވަން ޖެހުނު. އަހަރެން ވާހަކަ ދައްކަން އުޅެއުޅެ ރަނގަޅެއްނުވޭ. މިހާރު މިވަނީ އެއް ހަފްތާ. އަޅެ މަލާކް ރައުފާއަށް ގުޅާފަ ވާހަކަ ދައްކާލަބަލަ. މަލާކް ވަރަށް މޮޅެއްނު މީހުން ހައްދަން؟ ޓްރައިއެއް ކޮށްލަބަލަ!” […]
ސަކަރާތްޖެހުން ނިމުމަކަށް އައީ އިދާން ގެއައް ދާންޖެހުމުންނެވެ. ކޮންމެއަކަސް މާދަމާއަދި މަޖާކޮއްލަން ވާނޭ ކިޔާފަ އެންމެންވެސް އެއްބަސްވިއެވެ.ސުކޫލް ބަންދުވުން އެއީ ހަމަ ނަސީބޭ ލާރާ ހިތައްއެރިއެވެ.ލާރާއަށް މިމަހު 18 އަހަރު ފުރޭނެއެވެ.ލަޔާންއަށް 22 އަހަރެވެ.ލާރާ އާއި ލަޔާންގެ މަންމަ އާސިހާވީ ލަންކާގައެވެ.ދެމީހުންގެ ދޮންތަ ކައިރީއެވެ.ދެމީހުންވެސް އާސިހާ އާއެެއްކޮށް ދާންބޭނުންވިއެވެ. އެކަމަކު ލަޔާންގެ ޑިއުޓީ އޮތް ގޮތުންކުއެއް ނުދެވޭއެވެ.އެހެންވެ ލާރާވެސް ލަޔާން ގާތު ބަހައްޓާފައި ދިޔައީއެވެ. ~~~~~~~~~~~~~ ދަންވަރު 1 ޖަހާފިއެވެ.އީމާ ކުޑަ ދޮރު މަޑުމަޑުން ހުޅުވާލިއެވެ.މިގަޑީ އެންމެންވެސް […]
“ސުހައްތާ…. ޔޫ…ން އެއް… ނެ.ތޭ….” މަލްޝާ ރޮމުން ބުނެލިއެވެ. މަލްޝާގެ ކޯތާފަތުގައި ކަރުނައިގެ ރޮނގުތައަ ދެމެމުން ދިޔައިރު ހީވީ ދުވަހަކުބެސް އިފަލެއް ނުލިބޭ ކުއްޖެއްހެނެވެ. “މަލް އަށް އިނގޭތަ ތި ކިޔޭ އެއްޗެއް…” ސުހާ އަހާލިއެވެ. ސުހާ ޔޫންގެ މަސްގަނޑަށް ބަލައިލަމުން ބުނެލިއެވެ. ޔޫންގެ ނޭފަތް ކައިރީ ސުހާގެ ޝަހާދު އިނގިލި ބާންޖާލުމަށްފަހު އަވަހަށް މީހަކަށް ގުޅުމަށް ބުންޏެވެ.މަލްޝާ ފޯނު ނަގައި ގިސަ ޖެހޭ ހާލު އާއިޝް އަށް ގުޅާ އަވަހަށް ގެއަށް އައުމަށް އެދުނެވެ. **** […]
ފޯނު ވައިބްރޭޓް ވީހެން ހީވެގެން އަހަރެން ފޯނަށް ބަލާލީމެވެ. ޑިސްޕްލޭ ވެސް ދިއްލިފައި އޮތުމުން ޔަޤީނުން ވެސް މެސެޖެއް އައީކަން އެނގުނެވެ. ފޯނު ނަގާފައި ހުޅުވާލީ ކޮންމެހެން މާ ޚާއްސަ މެސެޖަކަށްވާނެ ކަމަކަށް ނޫނެވެ. ސޭވްކޮށްފައި އިން ނަމްބަރެއް ނޫނެވެ. މާބޮޑަށް ނަމްބަރަށްވެސް ބަލާކަށް ނުހަދަމެވެ. މެސެޖު ހުޅުވާލައިފީމެވެ. ހީކުރި ގޮތަށް، އެއީ މާ ޚާއްސަ މެސެޖެއް ނޫނެވެ. ހަމަ އެކަނި “ހައި” އެކެވެ. ހިތަށް އެރިއެވެ. މީހުން “ހައި” އެއް މެސެޖުންވެސް ފޮނުވާ ހެއްޔެވެ؟ […]
މާލޭގެ ވިޔަފާރިވެރިއެއް ކަމަށް ވާ ރެހާން އަޙްމަދު އާއި އަންހެނުން ޑޮކްޓަރ ކެއިލީން ޔޫކޭ އިން މާލެ ބަދަލުވީ ދާދިފަހުންނެވެ.މި ދެމަފިރިންގެ ކައިވެންޏަށް 30 އަހަރު ވީއިރު ލިބިފައިވަނީ 2 ކުދިންނެވެ.ޒެން އާއި ޒާނާ އަކީ އެދެމަފިރިންގެ ލޮލުގެ ނޫރެވެ. ކެއިލީން އަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ. އެތައްބަޔެއްގެ ލޯބި ލިބިފައިވާ އޯގާތެރި ޑޮކްޓަރެކެވެ. އެހުރިހާ މަންޒަރެއް ފެނި ޒެން ވެސް ބޮޑުވެގެން ވީ ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށެވެ. އަދި ހަމަ އެއާއެކު އޭނާއަކީ ރާއްޖޭގެ […]
ނަރާން އެއްލި ނޯޓު ގޮސް އަފްރާހުގެ ބުރަކަށީގައި ޖެހުމުން ކުޑަކޮށް ހިނި އައެވެ. އެވަގުތު މަންމަ ދޮނތި އައިސިއޭ ކިޔައިފައި ގޮވާލިއެވެ. *** ނަރާން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް ކާގެއަށް ވަދުނެވެ. “ދަރިފުޅާ! މަންމަ އަބަދުވެސް ބުނަމެއްނު މަޑުން ސިޑިން ފައިބާށޭ.. ނޫނީ އަނިޔާއެއް ވެދާނޭ.. އެކަމަކު ހަމަ ނަރާން އަކަށް އަޑެއް ނީވެއޭ..” ނައިރާ ނަރާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އޯކޭ މަންމާ..” ނަރާން ރޮށިކޮޅެއް ފިލުވާލަމުން ބުނެލިއެވެ. “ބައްޕާ! އަޅުގަނޑު […]
ލެޕް ނިއްވާލައިފައި އޮށޯތް ތަނާ އަހަރެންނަށް ނިދުނެވެ.. ދުވަސްތައް ފާއިތު ވަމުން ދިޔައީ ވަރަށް ވެސް ހަލުވި ކަމާއެކުގައެވެ. ޓާމް ޓެސްޓްގެ ދުވަސްވަރު ކަމުން އަހަރެންގެ އިސްޓަގްރާމް އެކައުންޓް ޓެމްޕޮރެރީ ކޮއް ޑީއެކްޓިވޭޓް ކުރުމައްފަހު ހުރިހާ ވަގުތެއް ހުސްކުރީ ފޮތް ކިޔުމަށެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންނަށް ހީކުރި ވަރަށް ވުރެ ރަނގަޅު ރިޒަލްޓެއް ލިބުނެވެ.. އަހަރެންނަށް ލިބުނު ރިޒަލްޓްގެ ސަބަބުން މަންމަ އާއި ބައްޕަ އުފާވީތީ އަހަރެނަން ވަރަށް ވެސް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.. އަހަރެން […]
އަޔާޒް ހީކުރީ މަލާކް އެގަތް ލަދާއެކީ އޭނައަށްޓަކައި ދެން ކަމެއް ކޮށްދޭން ނުވެސް ކެރޭނެކަމަށެވެ. އެހެނަސް އެ ފަހުން ވެސް މަލާކް އެކި ގޮތްގޮތުން އޭނައަށް ‘އެހީ’ވަމުން ދިޔައެވެ. އޭނަގެ އަތުކުރީ ގަޑި މަސައްކަތްކުރުން ހުއްޓުނު ދުވަހުގެ އަނެއްދުވަހު އޭނައަށް އަރިމަތީ މޭޒުމަތިން އާ ގަޑިއެއް ފެނިގެން ދިޔައެވެ. އޭނަ ގެންގުޅުނު ކޮންމެވެސް ފޮތެއް ނުފެނިގެން އުޅުނު ދުވަހަކު އެކި ތަންތަން ހޯދަމުން ގޮސް އޭތި ހޯދާލެވުނީ ހަމަ މަލާކަށެވެ. އޭނަ އެންމެ ފަހުން ގަތް ސެންޓުގައި […]
ވޮލެޓް ކުޑަކޮށް ހާވާލިތަނުން ނަވާރްއަށް އައިޑީކާޑް ފެނުނެވެ. އޭތި ނަގައިފައި އޭގައި އޮތް ނަން ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. *** ނަވާރް ދެތިން ފަހަރު އޭގައި އިން ނަން ކިޔާލިއެވެ. އޭނާގެ ދެލޯ ފެންކަޅިވާން މަދު ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނެވެ. ނަމަވެސް އޭގެ ދެވަަނަ ސިކުންތުގައި އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައީ އެއް ނަން ކިޔާ ބައިވަރު މީހުން އުޅޭކަން ހަނދާންވުމުންނެވެ. ފަހަރުގައި މިއީ ވެސް އިވާން ކިޔާ އެހެން […]