………………”އައި ހެވަންޓް ސީން ޔޫ ބިފޯ. މިފެނުނީ މިއަދު އެކަނި. އެވެސް މާ ކުރީގެ ތަސްވީރަކުން. ބަޓް އައި ޕްރޮމިސް، އައި ޕްރޮމިސް އައިލް ފައިންޑް ޔޫ.” ރިހާ އަނެއްކާވެސް ލެޕްޓޮޕްގަ އިން ތަސްވީރާ ވާހަކަ ދައްކަމުން މަޑުމަޑުން ބުނެލިއެވެ. ރިހާގެ ހިތަށް އެރިއެވެ. ހޯދާނަމޭ ބުނިނަމަވެސް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ވީތަނެއް ކީއްކުރަން ހުންނަ ސިފައެއްވެސް ރިހާއަށް އެނގެނީކީނޫނެވެ. ނަމަވެސް ރިހާގެ ހިތް ބުނަމުން ދިޔައެވެ. ފެނުމުން ގައިމުވެސް އެނގޭނެއެވެ. ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

ރިހާ އެ ޙިޔާލުގައި ހުއްޓަ ރިހާގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭ އަޑުއިވުނެވެ. އެއަޑުން ރިހާއަށް ކުޑަ ސިހުމެއްލިބި ޙިޔާލީދުނިޔެއިން ރިހާ ބޭރަށް ނެރުނެވެ. ރިހާ ލޯގަނޑުން މޫނުބަލާލާ މޫނުމަތި ކުޑަކޮށް ރަގަޅު ކޮށްލަމުން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ރިހާ ގޮސް މަޑުމަޑުން ދޮރު ހުޅުވާލަމުން ހައްވައްތަ ކާން ގެނައީ ކަމަށް ހިތާ ބުނެލިއެވެ. “ހައްވައްތަ ކައިރީ ރިހާ ބުނަމޭނުންތަ ރިހާ އަމިއްލައަށް…..” ރިހާ ބުނެބުނެ ހުރި ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ ދޮރު ހުޅުވާލުމުން ކުރިމަތީގައި ހުރި މީހާ ރަގަޅަށް ފެނުމުން އެއީ ހަމަ ހަޤީޤަތެއްކަން ޤަބޫލް ކުރަން ތަދިވި ވަރުންނެވެ. ކުރިމަތީގައި ހުރީ މާހީއެވެ. އެއީ މިއިން ދުވަހަކު ރިހާ ގާތަށް ރިހާގެ ކޮޓަރިއަށް އަމިއްލައަށް އައިސްދާނެ ކަމަށް ހީނުކުރާ މީހުންގެ ތެރެއިން މީހެކެވެ.

“އެތެރެއަށް ވަންނާކަށް ނުބުނާނަންތަ، ދޮންތާ؟” ރިހާ އަނގައިން ނުބުނެ ބަލަހައްޓައިން ހުންނަން ފެށުމުން މާހީ ބުނެލިއެވެ. ރިހާ މަޑުމަޑުން ވަންނާށޭ ބުނެ ތަންދެއްކި އިރުވެސް ހުރީ ހިސާބަކަށް ޤަބޫލްކުރަން ދަތިވެފައެވެ. ފުރަތަމަ މާހީ އަމިއްލައަށް އައުމެވެ. ދެން ރިހާއަށް ދޮންތަ އޭ ކިޔާ މުޙާތަބު ކުރުމެވެ. މާޔާ އާއި މާހީ އެހެން ނުކިޔާތާ އެތަށް ޒަމާނެކެވެ.

ރިހާގެ ކޮޓަރިއަށް ވަދެ ފުރަތަމަވެސް މާހީއަށް މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. ގެ އަލުން ހެދިފަހުން ރިހާގެ ކޮޓަރިއަށް މާހީވަތް މީ ފުރަތަމަ ފަހަރުކަމުން އެ ކޮޓަރީގެ ފުރިހަމަކަމާއި ތަރުތީބުކަން ފެނި މާހީ ހުރީ ބަސްހުއްޓިފައެވެ. އެކޮޓަރިތެރެއިން ބަލާލާ ކޮންމެ ދިމާއަކުން މާހީއަށް ފާހަގަވަމުން ދިޔައީ ރިހާގެ ހުންނަ ހަރުދަނާ ޝާހީ ޝަހުސިއްޔަތާއި ގުޅުވާލެވޭފަދަ ކަންކަމެވެ. އެއްޗެހި އަތުރާލަފަވާ ގޮތާ އދި ބޭނުންކޮށްފަ ހުރި ފަރުނީޗަރުވެސް ވަރަށް ގުޅޭކަމަށް މާހީ ހިތާއި ހިތުން ނިންމިއެވެ. ކޮޓަރީގެ އެތަން މިތަނަށް ބަލާލުމުން މޮޅު އިންޓީރިއާ ޑިޒައިނަރެއްގެ މަސައްކަތެއްފަދައެވެ. ނަމަވެސް ރިހާ އިންޓީރިއާ ޑިޒައިނަރެއްގެ އެހީ ނުހޯދާކަން މާހީ ރަގަޅަށް ދަނެއެވެ. އަދި އެއީ ރިހާގެ އަމިއްލަ މަސައްކަތުން އެކޮޓަރި ތަރުތީބުކޮށްފައި ނޫނީ ޑެކަރޭޓްކޮށްފަ އިންގޮތްކަންވެސް މާހީއަށް އެނގެއެވެ. ސަބަބަކީ މާހީމެންގެ ކޮޓަރިތައްވެސް ފަރުނީޗަރުތައް އަތުރާ އެކި އެއްޗެހި އެހުންނަންވާ ތަނުގަ ބަހައްޓާ ހުރިހާ ކަމެއް ކުރީ ރިހާ ކަމަށްވުމުންނެވެ. ނަމަވެސް އެ އެންމެންގެ ކޮޓަރިއާއި ރިހާގެ ކޮޓަރި ތަފާތެވެ.

“މާހީ އިށީންނަންވީނުން” މާހީ އެގޮތަށް ހުންނަން ފެށުމުން މާހީގެ ފަހަތުގައި ހުރި ރިހާ އެންމެފަހުން ބުނެލިއެވެ. ރިހާގެ އަޑަށް އަމިއްލަ ދުނިޔެއެއްގައި ހުރި މާހީ ކުޑަކޮށް ސިހޭގޮތްވިއެވެ. ބޮލުން އާއެކޭ ބުނެ މާހީ ސޯފާއާއި ދިމާލަށް ހިނގައިގަތީ ރިހާ އެދިމާލަށް އިޝާރާތް ކޮށްލުމުންނެވެ. މާހީ ގޮސް ސޯފާގައި އިށީންތަނާ ހުޅުވިފައިވާ ރިހާގެ ލެޕްޓޮޕްގައި އިން ތުއްތު ދެ އަންހެން ކުދިންގެ ފޮޓޯ މާހީގެ ލޮލުގަ އަޅައިގަތެވެ. އެވަގުތު ސޯފާކައިރިއަށް ހުއްޓުނު ރިހާއަށްވެސް އެތަން ފެނިގެން ކަންބޮޑުވިއެވެ. އަދި މާހީ ލެޕްޓޮޕްނަގަން އަތްދިއްކޮށްލިތަނާ މާހީއަށް ވުރެ ކުރިން ރިހާ ލެޕްޓޮޕް ނަގާ އުނގަށްލައިން އިށީނދެ މަސައްކަތެއްކުރަނީ ކަމަށް ހެދިއެވެ. މާހީ ހީކުރީ ރިހާގެ އެއްޗެއްގައި އަތްލަން އުޅުމުން ހިތްހަމަ ނުޖެހުނީ ކަމަށެވެ. އެހެންނުވާންވީވެސް ކީއްވެ ހެއްޔެވެ. އެއްގެއެއްގަ އުޅުނެއްކަމަކު އެދެމެދުގައި އެއްވެސް ގުޅުމެއް މިވީހާތަނަކަށްނެތެވެ. ނަމަވެސް މިހާރު މާހީ ބޭނުންވަނީ އެގޮތް ބަދަލުކުރާށެވެ. މިއަދުގެ ހާދިސާއަށްފަހު މާހީ ވިސްނިއެވެ. މާހީ ރިހާއަށް ނަފްރަތު ކުރަނީ ކީއްވެ ހެއްޔެވެ. އެތަށްގޮތަކަށް ވިސްނުމުންވެސް މާހީއަށް ލިބުނީ އެންމެ ޖަވާބެކެވެ. އެއީ އެންމެ ކުޑައިރުއްސުރެ މާހީއަށް ފެންނަނީ އަބަދުވެސް އެންމެން ރިހާއަށް ނަފްރަތު ކުރާތަނެވެ. މާހީގެ ބޭބެމެން ރިހާއާއި ރީތިކޮށް ވާހަކަ ދައްކާ ހަދާ ތަނެއް ނުފެނެއެވެ. އަބަދުވެސް ބަލާނީ ކޮންމެވެސް ޖެއްސުމެއްކޮށްލެވޭތޯއެވެ. ފެށުނީއްސުރެ މިއަދާ ހަމައަށް އެކަން އެގޮތަށް އޮތީ ނަސީމާ އެކަން ހުއްޓުވަން ނޫޅުނީމައެވެ. އެހެންނޫނީ ރިހާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟

މިއަދު މާހީއަށް ވިސްނިއްޖެއެވެ. މިއަދާ ހަމައަށް ރިހާއާއި މެދު ކަންތައް ކުރެވުނީ ރަގަޅަކަށް ނޫނެވެ. ޢާއިލާގެ އެހެން މީހަކަށް ވުރެ ބޮޑަށް މާހީއަށް އެހީވެދީފައި ވަނީވެސް ރިހާކަން މިއަދު ވިސްނާލުމުން އެނގިއްޖެއެވެ. ކަމަކު އެދިއްޖެޔާ ރިހާ އެކަންތައް ނުކޮށްދީފަ މިވީހާތާކުނެތެވެ. ލެޕްޓޮޕް ހިފައިން އޭގެ ސްކްރީނަށް ނަޒަރުހުއްޓާލައިން އިން ރިހާއަށް މާހީ ބަލަން އިނީ ފަރުވާތެރިކަމާއި އެކުއެވެ. އެމޫނުމަތިން ފާޅުވާންހުރީ ކޮންކަހަލަ އިޙްސާސެއް ކަމެއް މާހީއަށް ދެނެގަންނާކަށް ނޭނގުނެވެ. “އޮހް… ސޮރީ” މާހީގެ ނަޒަރު ރިހާއަށް ހުއްޓިފައިވާތަން ފެނުމުން ރިހާ ބުނެލިއެވެ. “ސޮރީ އައި ކެޕްޓް ޔޫ ވެއިޓިން. މި… ވަރަށް މުހިންމު އެއްޗެއް ސޭވް ކޮށްލަން ވެގެން…” ރައްދުގައި މާހީ ދިނީ ހިނިތުންވުމެކެވެ. ލެޕްޓޮޕް ލައްޕާލާ މޭޒުމަތީގައި ބަހައްޓަމުން ރިހާ އަނެއްކާވެސް ބުނެލިއެވެ. “މާހީ! ކިހިނެއްވީ؟”

“އަމް…” މާހީ ރިހާގެ ސުވާލަށް ޖަވާބު ދިނުމަށްޓަކައި އަނގަ ހުޅުވާލިއެވެ. ނަމަވެސް ބޭނުންވާ ކަންތަކުގެ ވާހަކަ ބުނާނީ ކިހިނެއްކަމެއް ނޭނގުނެވެ. “ދޮންތާ މާހީ ބޭނުން އޮފީހަށް ނުކުންނަން. އައި މީން އައި ވޯންޓް ޓު ވާކް ވިތް ޔޫ” މާހީ ވަރަށް ފަރުވާތެރިކަމާއިއެކު މަޑުމަޑުން އެހެން ބުނެލީ ރިހާއަށް ބަލަން އިނދެއެވެ. މާހީ އެހެންބުނި ވަގުތު ރިހާގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމާއި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެކެވެ. ރިހާ ހައިރާންވީ އެއީ މާހީގެ ފަރާތުން އިވޭނެ ކަމަށް އުންމީދުކޮށްގެން ހުރި ކަމަކަށް ނުވުމުންނެވެ. ރިހާ ހީކުރީ މާހީ ކޮންމެވެސް އެއްޗެއް ގަނެދިނުމަށް އެދެން އައީ ކަމަށެވެ. ނުތަނަވަސްވީ މާހީއަށް ވިޔަފާރީގެ ކަންތައްތައް ކުރެވޭނެ ބާއޭ ހިތަށް އެރުމުންނެވެ. ރިހާގެ މޫނުމަތީގެ ކުލަވަރު ފެނުމުން މާހީ އިތުރަށް ބުނެލިއެވެ. “އެކަމް ދޮންތަ ބޭނުމިއްޔާ… އޮންލީ އިފް ޔޫ އާ އޯކޭ ވިދް އިޓް… އޮންލީ ދެން” މާހީ ދެލޯބޮޑުކޮށްލަމުން އަވަހަށް އެހެން ބުނެލިގޮތުން ރިހާ ގާތަށް ހިނިއައެވެ. މާހީއަށް އެވަދުތު ރިހާގެ މޫނު އުޖާލާވެގެން ދިޔަގޮތުން އިނީ ގަބޫލް ކުރަން ދަތިވެފައެވެ. ރިހާ ހިނިތުންވާތަން މާހީއަށް ފެނުނު މީ ފުރަތަމަފަހަރެވެ.

ރިހާ ހިނިގަނޑު ހިންދާލަމުން މާހީއަށް ބުނެލިއެވެ. “ދޮންތަގެ ނެތް އެއްވެސް މައްސަލައެއް. އެކަމު އާ ޔޫ ޝުއާރ އެބައުޓް ދިސް؟” ރިހާ މާހީއަށް ވިސްނައިދީ ނަސޭހަތްދޭ ފަދަ ގޮތަކަށް ވާހަކަދައްކަމުން ދިޔައެވެ. “ދިސް އިޒް ނޮޓް އޭޒް އީޒީ އޭޒް އިޓް ލުކްސް. މިއީ ބިޒްނަސް، ޔޫ ހޭވް ޓު ޑީލް ވިތް އޯލް ސޯޓްސް އޮފް ޕީޕްލް. ހުރިހާ އެންމެން އެއްގޮތެއްވެސް ނުވާނެ. އެކިފަހަރު އެކިކަހަލަ ސިޗުއޭޝަންސްގަ ވޯކް ކުރަންޖެހޭނީ. ވަރަށް ކެތްތެރިވެގެން މިކަން ވާނީ. އައި ހޯޕް ޔޫ އަންޑަސްޓޭންޑް.”

މާހީ އާނ އެކޭ ބުނެ ބޯޖަހާލަމުން ބުނެލިއެވެ. “އައި ނޯ. ތިހުރިހާ ކަމަކަށް ވިސްނައިފިން. އެހެންނޫނަސް ޔޫ ވިލް ބީ ދެއާ ޓު ގައިޑް މީ، ވޯންޓް ޔޫ؟” އުންމީދުން ފުރިގެންވީ ގޮތަކަށް ރިހާއަށް ބަލާލަމުން މާހީ ސުވާލުކޮށްލިއެވެ. ރިހާ ހިނިތުންވެލަމުން ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން ސުވާލު ކޮށްލިއެވެ. “އެކަމް މާހީ އަދި ކިރިޔާ އޯ ލެވެލް ތި ނިމުނީ. އިތުރަށް ކިޔަވާކަށް ބޭނުމެއް ނުވޭތަ؟”

“ސާބަހޭ ދޮންތާ! އަދި ރެޒަލްޓް ލިބުނީމައޭނުން ތިކަމާ ވިސްނޭނީ.” މާހީ އެހެން ބުނެލީ ވަރަށް ގާތް އެކުވެރިއަކާ ވާހަކަ ދައްކާ ފަދައިންނެވެ. އެހާވެސް ގާތް ކޮށެވެ. އެދެމެދުގައި އެއްވެސް ބީރައްޓެހި ކަމެއް ނުވާފަދައެވެ. “އެހެންނޫނަސް ދޮންތަ އެކީ ވޯކް ކުރަން އުޅެފަ ހަމަ ބިޒްނަސްގެ ދާއިރާއިން ވެސް ކިޔެވިދާންނުން.” މާހީ މަޖާވެލާފައި ވާހަކަ ދައްކަމުން ދިޔައެވެ. “ބިޒްނަސް އޭ!” ރިހާވެސް މާހީއާއި ބައިވެރިވެލީ ހަމަ މާހީ ވާހަކަދެއްކިހާ ގާތްކޮށް ވާހަކަ ދައްކަމުންނެވެ. “ޕޮލިހަކަށް ނޫންތަ މާހީވާން ބޭނުމީ؟ އެހެންވެ އެއްނޫންތަ މާ ޕޮލިސްވެގެން އުޅުނީ އަބަދު މާޔާ ފަހަތުން ދަނޑިބުރި ހިފާފަ؟” ރިހާ އާކުރީ ކުޑައިރުގެ ހަނދާނެކެވެ. މާހީ ރިހާއާއި ދިމާލަށް ބަލާލީ ހައިރާންވެ އިނދެއެވެ. “ޔޫ ރިމެމްބަރ؟!” ހައިރާންވި ވަރުން މާހީއަށް އަހާލެވުނެވެ. އެއީ މާހީ ވަރަށް ކުޑައިރު ކުރި ކަމެކެވެ. މާޔާ އާއި ދެ ކުދިން ކުޑައިރު ކުޅެން އުޅޭއިރު މާހީ އަބަދުވެސް ވާނީ ޕޮލިހަކަށެވެ. މާޔާއަށް ޖެހެނީ ކުށްވެރިޔާގެ ބައި އަދާ ކުރާށެވެ. އެހެން ކުޅެން އުޅޭއިރު މާހީ އަބަދުވެސް ބުނާނެއެވެ. މާހީ ބޮޚުވެގެން ވާނީ ޕޮލިހަކަށެވެ. އެ މަންޒރު ބަލަން ރިހާ ހުންނަނީ މާ ދުރު ނޫން ހިސާބެއްގައިއެވެ. މާހީގެ އެ ޖުމްލައާއި އެކު ރިހާ ސީރިއަސް ވިތަން ފެނުމުން މާހީ އަނެއްކާވެސް މަޖާވެލަމުން ބުނެލިއެވެ. “އެއީ ދެން ހާދަ ކުޑައިރުގެ ކަމެކޭ. އޭރު މާހީއަށް ނުވެސް އެނގޭ ޕޮލިހުންނަކީ އަސްލު ކީއްކުރާ ބައެއްކަން.”

“ހޫމް. މާހީ ބޭނުމިއްޔާ އޯކޭ.” ރިހާ ވިސްނާލާފަ ކުޑަކޮށް ސީރިއަސްވެލާފަ އަނެއްކާވެސް ބުނެލިއެވެ. “އެކަމް މަންމަ އާއި ބައްޕަ ގާތުން ހުއްދަ ހޯދަން ވާނުން. މަންމަ ފަހަރެއްގަ ހިތްހަމަ ނުޖެހިދާނެ.” މާހީ ދެފަރާތަކަށް ބޯ ހޫރާލަމުން ބުނެލިއެވެ. “ޑޯންޓް ވޮރީ އެބައުޓް ހާ.” މާހީ ހިނިތުންވެލިއެވެ. “ހޫމް އޯކޭ. ސޯ ވެން ޑޫ ޔޫ ވޯންޓް ޓު ސްޓާޓް.” މާހީގެ ހިނިތުންވުމަށް ރައދުގައި ހިނިތުންވުމެއް ދެމުން ރިހާ ބުނެލިއެވެ. “ލައިކް ނާއު އޯލްސޯ ފައިން ވިތް މީ” މާހީ ސަމާސާ ގޮތަކަށް ބުނެލިއެވެ. ރިހާ ގަޑި ބަލާލިއެވެ. ގަޑިން ބާރަ ޖަހަނީއެވެ. “ހޫމް، އެހެންވިޔާ ދޭ ނިދަން. މާދަމާ 8 އަށް އޮފީހަށް. އެންޑް ވެއާރ ސަމްތިން ދެޓް ގިވްސް އަ ޕްރޮފެޝަނަލް ލުކް.” ރިހާ މާހީއަށް ބުނެލިއެވެ. ރިހާ އެހެން ބުނުމުން މާހީ ތެދުވެ ހިނގައިގަތެވެ. ފަހަތުން ރިހާވެސް ދިޔައެވެ. މާހީ ދޮރާ ހަމައަށް ގޮސް ހުއްޓި ރިހާއާއި ދިމާއަށް އެނބުރުނެވެ. “ކިހިނެއްވީ؟” ރިހާ މާހީގާތު އަހާލިއެވެ. މާހީ ހަމަ ބަލަހައްޓައިން ހުރި ގޮތަށް ހުރީއެވެ. އެހްނ ހުރެފަ ކުއްލިއަކަށް ރިހާ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. އަދި ބުނެލިއެވެ. “ތެންކިއު” ރިހާ ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫން ކަމުން ރިހާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެހެން ހުއްޓަ މާހީ ރިހާގެ ގައިން ދޫކޮށްލާ އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އާ ދުވަހަކަށް އިރު އަރައިގެން އައި އިރު މާހީ އަވަދިނެތި އުޅެނީ މާހީގެ އަލަމާރިތެރެއިން، އޮފީހަށް ދިއުމަށް ލާނެ ރަނގަޅު ހެނދުމެއް ނުފެނިގެންނެވެ. ފަހަރަކު ހެދުމެއް ބަލާފަ ކަމު ނުގޮސްގެން އެ ހެދުމެއް އެނދުމައްޗަށް ނޫނީ ކޮޓަރީގެ ކޮންމެވެސް އެހެން ދިމާއަކަށް ހޫރާލަނީ ބަލާލުމެއް ނެތިއެވެ. އެންމެފަހުން ވަރުބަލިވެގެން ގޮސް އެނދުގެ އެއްކަނުގައި މާހީ ރީތިކޮށް އިށީނދެލިއެވެ. އަދި މުޅި ކޮޓަރިތެރެއަށް އުކާލެވިފައިވާ އަންނައުނު ތަކަށް ނަޒަރު ހިންގާލިއެވެ. “އޯހް ގޯޑް. މަންމައަށް މިތަން ފެނިއްޖެޔާ، ޝީ ވިލް ކިލް މީ” މާހީ ހިތަށް އެރިއެވެ. އަދި ތެދުވެ ރީތިކޮށް ހުރިހާ އެއްޗެއް ކޮނޑުތަކުގަ އަޅުވާ ނޫނީ ފަތްޖަހާލާފައި އަލަމާރިއަށް ލާން ފެށިއެވެ. މާހީގެ އެމަސައްކަތް ނިމުނުތަނާހެން ގޭޓުން ވަދެގެން އައި ކާރުގެ އަޑު ކަންފަތުގައި ޖެހުމުން މާހީ ކުޑަދޮރުން މިހާ ހެނދުނާ ކާކުތޯ ބަލާލިއެވެ. މާހީ ކުޑަދޮރުން ބޭރު ބަލާލި އިރު ރިހާ ކާރުން ފައިބަނީއެވެ. ލައިގެން ހުރި ޓްރެކްސޫޓް ފެނުމުން ރިހާ އެއައީ އާދައިގެ މަތިން ޖޮގިން ކޮށްލަން ގޮސްކަން މާހީ ދެނެގަތެވެ. ރިހާ ފެނުމުން ރިހާ ގާތުން ލާނެ ހެދުމެއްގެ ލަފާ ހޯދަން ހިތަށް އަރާފަވެސް މާހީ އެ ހިޔާލު ދޫކޮށްލީ އަމިއްލައަށް ތައްޔާރުވާން ބޭނުންވާތީއެވެ. އެހެންމީހެއްގެ އެހީގައި އަބަދު އުޅޭނީ ކިހިނެއްހެއްޔެވެ؟ އަމިއްލައަށް ލާނެ އެއްޗެއް ނުނިންމެންޏާ ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމަން އެނގޭނެހޭ މާހީ އަމިއްލަ ހިތާ ސުވާލުކޮށްލަމުން ހިނިތުންވެލިއެވެ.

“ގުޑް މޯރނިންގ” ހެނދުނުގެ ނާސްތާއަށް ކާމޭޒު ދޮށަށް ޖަމާވެތިބި އެންމެނަށް ހެނދުނުގެ ސަލާމް ކޮށްލަމުން މާހީއައިސް ބުނެލިއެވެ. މާހީގެ އަޑަށް އެދިމާއަށް އެނބުރުނު އެންމެން ހައިރާންވެ ތިބީ މާހީއަށް ސުވާލުގެ ނަޒަރަކުން ބަލަހައްޓައިންނެވެ. ވާނީވެސް އެހެންތާއެވެ. މާހީ މިއަދު ލައިފަ ހުރީ އޮފީސް ވައްތަރު ޕީޗް ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެކެވެ. އަދި ކޮނޑުގައި އަޅުވާލަފަ އޮތް ކުޑަ އަތްދަބަހާއި ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އެހުރިހާ ކަމަކާއިއެކު އަރާފައިވާ ކަޅުކުލައިގެ އުސް ބޫޓުން މާހީ ފެންނަނީ ވަރަށް ރަސްމީގޮތަކަށެވެ. މާހީ އެއީ ކުރިން އެގޮތަށް މިހާ ހެނދުނާ ތައްޔާރުވާ ކުއްޖެއްނޫނެވެ. ހެނދުނުފެންވާރާ ނަލަވިއަސް މޭކަޕް ކުރުމާއި އެހާ ރަސްމީކޮށް ހެނދުން އެޅުން އެއީ މާހީ މީގެ ކުރިން ހެނދުނުގަޑީގައި ނުކުރާ ކަންތަކެވެ. “ކިހިނެއްވީ މާ ވަރަކަށް މާހީއާއި ދިމާލަށް އެންމެން ތި ބަލަނީ؟” މާހީއައިސް ގޮނޑިއެއްދަމާލާ މޭޒުދޮށުގައި އިށީންނަމުން އަހާލިއެވެ. “ކީއްވެ ހޯ؟” މާހީގެ ސުވާލާއި ވިއްދައިން މާޔާ ބުނެލިއެވެ. “ބަލަ މިއަދު ކޮންދިމާއަކުން އިރުއަރައިގެންތަ ތިއުޅެނީ؟ މިއޮއް ހެނދުނާ ކޮންތާކަށް ދާން ތައްޔާރުވެލައިން ތި ނުކުތީ؟”

“އޮފީހަށް. ވިތް މީ” މާހީއަށް މާޔާ ކުރި ސުވާލުގެ ޖަވާބުއައީ މާޔާގެ ކުރިމަތިން ކާބަޔަށް ވަދެވަދެ ހުރި ރިހާގެ ފަރާތުންނެވެ. ރިހާ އެތަނަށް އައިސް ހުއްޓިލަމުން ހިނިތުންވެލިއެވެ. އެހިނިތުންވުމުގައި އެކުލެވިގެންވީ މަލާމާތެވެ.

===(ނުނިމޭ)===

9

1 Comment

  1. cute

    June 23, 2015 at 2:07 pm

    dhen kon iraku tha up kurany…

Comments are closed.