Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ އިންތިޒާރުގައި 8 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
October 16, 2013 9 Mins Read
6 Comments

އާޔަން ގަބުވެފަ ހުރިތާހުރީއެވެ. އެއްވެސް ކޮޅަކަށް ގުޑާވެސް ނުލައެވެ. ލޮލުގައި ކަރުނަތަށް ގިނަވެ ކޯތާފަތް މައްޗަށް ފައިބަމުން ދެއެވެ. އާޔަން އޭނަ ބައްޕައާއި ދުވަހަކުވެސް އެގޮތަށް ވާހަކައެއް ނުދައްކައެވެ. އިރުކޮޅަކު އެހެން ހުރެފަ މައްޗަށް ގޮސް ކޮޓަރިއަށް ވަނެވެ.
އެދުވަހު ނޫރާމެން ޕިރަމިޑުން ވަރަށް އަވަހަށް އައިސްފިއެވެ. ޒައު ރޯތީއެވެ. ނޫރާވެސް އިނީ އަވަހަށް ގެއަށް އަންނަހިތުންނެވެ. ނޫރާ ބޭނުންވަނީ އެކަނިވެލާށެވެ. ނޫރާ އައިސް އަވަހަށް އެއްޗިހިބަދަލު ކޮށްލައިގެން ނަމާދު ކޮށްގެން ޖައްސާލީއެވެ. ނިދަން ހިތުލައިގެންނެވެ. އެކަމު ނިދޭގޮތެއް ނުވިއެވެ. އާޔަން ދެއްކި ވާހަކަތައް ހިތަށް އަރާފަ ރޮވެން ފެށިއެވެ. އާޔަން ލޯބިވަނީ އެހެން ކުއްޖެއްދެކެއެވެ. އާޔަންގެ ލޯބި ނޫރާއަށް ދުވަހަކުވެސް ނުލިބޭނެއެވެ. މުޅިބާލީސް ތެމެންދެން ރޮވުނެވެ. އެހެންއެތައް އިރަކު އޮތުމަށްފަހު ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭގެއެވެ.
ނޫރާއަށް ހޭލެވުނީ ނޫރާގެ ފޯނު ރިންގުވާ އަޑަށެވެ. ނޫރާ ނިދީގަ އޮވެ ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ. އާޔަންގެ އަޑު އިވުމުން ނޫރާއަށް ފުއްމައިގެން ތެދުވެވިއްޖެއެވެ. ނިދިފިލާ ހިގައްޖެއެވެ. އަދި ކޮޓަރީގަ އިން ގަޑި ބަލައިލިއެވެ. އޭރު ގަޑިން އެކެއް ޖަހާ ބޮޑުވެއްޖެއެވެ.
އަނެއްކާ ކިހިނެއްވީބާވައެވެ. އެހާދަން ގަޑިއެއްގައި އާޔަން އެގުޅީ ކޮންމެސް ބޮޑުކަމެއް ޖެހުނީ ކަންނޭގެއެވެ. ނޫރާ ހިތަށްއެރިއެވެ.
“ނޫރާ! ތިރިއަށް އާދެވިދާނެތަ؟” ނޫރާއަށް އެއްޗެކޭ ނުބުނެވެނީސް އާޔަން އެހެން ބުނުމުން ނޫރާ އިނީ ހައިރާންވެފައެވެ.
“އާޔަންއަށް އެގޭތަ ގަޑިން ވީއިރު؟….. މިއޮށް ދަންވަރުތަ؟” ނޫރާއިނީ ގަބޫލު ނުކުރެވިފައެވެ.
“ޕްލީޒް! އައިނީޑް ޓު ޓޯކް……އާދެވޭނެތަ؟” އާޔަން ހުރީ ކޮންމެސްމީހަކަށް ވާހަކަތައް ކިޔައިދޭން ބޭނުންވެފައެވެ.
“އޯކޭ!.. މި އަންނަނީ!” ނޫރާ ދުވަހަކުވެސް އެހާދަން ގަޑީގަ ބޭރަކަށް ނުނިކުމެއެވެ. ނޫރާ ފޯނު އެނދުމަތީ ބޭއްވުމަށްފަހު ތެދުވެއްޖެއެވެ. އަދި ލައިގެން ހުރި ނިދާހެދުން ބާލައިފައި ޓީޝާރޓް އަކާއި ހަރުވާޅެއް ލައިފިއެވެ. އަވަސް އަވަހަށް ބޮލުގަ ހުޅިއެއް ޖަހައިގެން ފޯނާއި ތަޅުދަނޑި ހިފައިގެން ވަރަށް މަޑު މަޑުން އެޕާރޓްމަންޓުން ނިކުތެވެ.
ނޫރާ ފޭބިއިރު އާޔަންގެ ކާރު ތިރީގައި އޮތެވެ. އޭގެތެރޭ އާޔަންއިނެވެ. ނޫރާ ކާރާދިމާއަށް ގުދުވުމުން ކާރަށް އެރުމަށް އާޔަން ބޮލުން އިޝާރާތް ކޮށްލިއެވެ. ނޫރާގެ ހިތް ބާރަށް ތެޅެމުންދެއެވެ. މިވަނީ ކިހިނެއްބާއެވެ. އާޔަން މިއުޅެނީ ކޮންވާހަކައެއް ދައްކަންބާއެވެ.
ނޫރާ ކާރަށް އެރުމުން ކާރު ދުއްވާލިއެވެ. އަނެއްކާ މިދަނީ ކޮންތާކަށްބާއޭ ނޫރާ ހިތަށް އަރަމުން ދެއެވެ. އާޔަން އަނގައަކުން ނުބުނެއެވެ. ހަމަ ކާރު ދުއްވަނީ އެވެ. އެންމެފަހުން ގޮސް ވަރަށް ދުރުގަ އޮތް ޕާރކެއްކަހަލަ ސަރަހައްދަކަށް ކާރު މަޑުކޮށްލިއެވެ. މުޅިސަރަހައްދު ވަނީ ހަމަހިމޭން ވެފައެވެ. ހާލަކުން ފަހަރަކު ދުއްވާ އެއްޗެއް އެހެން ދެއެވެ.
“އާޔަން! ކިހިނެއް ވީތަ؟ ” ނޫރާ އިނީ ޖެހިލުންވެފައެވެ. ނޫރާ އާޔަންއަށް ވަރަށް އިތުބާރު ކުރެއެވެ. ނަމަވެސް މިފަދަ އެފަޅު މާހައުލަކަށް އައުމުން މާހައުލުގެ ހަމަހިމޭންކަމުންވެސް ނޫރާއިނީ ބިރުންނެވެ. ހިތްއަވަސްވެފައި އިނދެ ނޫރާ އާޔަންއަށް ބަލައިލިއެވެ. އާޔަން އިނީ ވަރަށް ދެރަވެފައިކަން ނޫރާއަށް އިނގުއެވެ. މޫނުމަތިން ފެންނަމުންދިޔަ އުދާސްކަމުން ނޫރާގެ ހިތުން ހިސާބަކަށް ބިރުވެރިކަން ފިލައިގޮސް އާޔަންއަށް ހަމްދަރުދީވެވުނެވެ.
“ނޫރާ! އައި ނީޑްއަ ފްރެންޑް ރައިޓްނައު. އައި ނޯ ޔޫ ކޭންޓް ޑޫ އެނީތިން ބަޓް އެޓްލީސްޓް އަޑުއަހާލެވިދާނެތަ؟” އާޔަން ނޫރާއާއިދިމާއަށް އެނބުރުނެވެ. އަދި ސީދާ ނޫރާގެ ދެލޮލަށް ބަލައިލިއެވެ.
ނޫރާ އިނީ އަނގައިން ބުނަން ނޭގިފައެވެ. އަނެއްކާ ކޮންފަދަ ކަމެއް ވީބާއެވެ. އެވާނީ އާޔަންގެ ހަލްމޮނީ ގަދަކަމުން އާޔަން ކޮރެއާއަށް ގެންދަން އުޅޭތީ އެކަން ކަމަށެވެ.
“އާޔަން! ޔޫ ކެން ޓްރަސްޓްމީ. ނޫރާ އަޑުއަހަން މީނީ ކިހިނެއްތަ ވެގެން ތިއުޅެނީ؟” ނޫރާ އިނީ ފިކުރުބޮޑުވެފައެވެ. ބޮޑުކަމެއްދިމާވީހެން ނޫރާއަށް ހީވަމުން ދިޔައެވެ.
“އާޔަން ހިތަކަށްވެސް ނާރަ އާޔަންގެ ޑެޑް މިކަމަށް ފޯރސް ކުރާނެޔެކޭ.” އާޔަން ބުންޏެވެ. “އާޔަން ޑެޑް ވެސް މިއަދު އެބުނަނީ ހަލްމޮނީ ބުނާގޮތް ހަދަން! އާޔަން ކިހިނެއްތަ ހަދާނީ؟ މީގެ ކުރިން، ދުވަހަކުވެސް އާޔަން ޑެޑްއާ ދެކޮޅެއް ނަހަދަން. އެކަމު މިފަހަރު ހަދަން މިޖެހެނީ.” އާޔަން ވަރަށް ދެރަވެފަ އިނދެ ކިޔާދިނެވެ.
ނޫރާ އިނީ ވެގެން އުޅޭގޮތް އަދިވެސް ރަގަޅަށް ނޭގިފައެވެ. އާޔަން ދައްކާވާހަކަ އަޑުއަހަން މަޑުމަޑުން އިނީއެވެ.
“ނޫރާ، ހަލްމޮނީ ބޭނުންވަނީ އާޔަންގެ ކައިވެނި ކުރުވަން. އާޔަންގެ ކައިވެނި ކުރަންވީމަ އިނގޭނީ އާޔަންއަކަށް ނޫންތަ. ހަލްމޮނީ އަކީ ވަރަށް ނުފޫޒުގަދަ މީހެއް. ޑެޑް އަށްވެސް އެއުޅެނީ ސަލާމަތް ނުވެވިގެން.” އާޔަން އިނީ ވަރަށް ރުޅި އައިސްފައެވެ. ހުންގާނުގައި ހިފަހައްޓާލައިގެން އެއަށް ބާރުލާފައި ދެއަތުން ފިތާލަމުން އާޔަން ކުރިމައްޗަށް ބަލަން އިނެވެ.
“އާޔަން ލަންކާއިން އައިފަހުން އަދި ކުއްޖަކާ ރައްޓިއްސެއް ނުވަން. އެހެންވެ ކަންނޭގެ އެއުޅެނީ. އެކަމަކު އިޓްސް މައިލައިފް. ވައި ކޭންޓް ޝީ ލީވްމީ އެލޯން.” އާޔަން ނޫރާއަށް ބަލައިލީވެސް އެރުޅިވެރިކަމުގައި އިނދެއެވެ.

“އާޔަން އަދިވެސް ކުއްޖަކާ ރައްޓެހި ނުވާތީ ހަލްމޮނީ ދެރަވީ ކަމަށްވެސްވެދާނެ ކަންނޭގެ!” ނޫރާ އާޔަންއަށް ބަލައިލަމުން ބުންޏެވެ.
“ތިހެންވެސް ވެދާނެ. އެހެނަސް އާޔަންއަށް އަދި ނެތޭ އެކަމެއް ކުރެވޭކަށް. އިނގޭތަ ކީއްވެކަން.” އާޔަން އެހެން ބުނުމުން ނޫރާ ބޯހޫރާލިއެވެ.
“އާޔަން މިހުންނަނީ ޝައިލާ ކައިރިން މާފަށް އެދިފަ މީހަކާ އިންނަން. އެހެންނޫނީ އާޔަންއަކަށް އެއްވެސް އުފަލެއް ނުލިބޭނެ. އަބަދުވެސް އެވިސްނުމުގަ އާޔަން ހުންނަން ޖެހޭނީ. ޝައިލާ ހޯދައިގެން އޭނަގެ ކިބައިން މާފު ނުލިބެނީސް ކުއްޖަކާ ރައްޓެހިވުމަކީވެސް އަހަންނަށް ފަސޭހަކަމެއްނޫން.” އާޔަން އެހެންބުނަމުން ގޮނޑީގައި ހަމަޖެހިލިއެވެ.
“ހަލްމޮނީއަށްވެސް އާޔަން އޮންނާނީ މިހުރިހާ ވާހަކައެއް ކިޔައިދީފަ. އެކަމަކު ހަލްމޮނީ އެހެން ހަދަނީ ކީއްވެތަ؟ ވައި ކޭންޓް ޝީ އަންޑަރސްޓޭޑް!” އާޔަން ނޫރާއާއި ދިމާއަށް އެނބުރުނެވެ.
“އާޔަން ޝައިލާފެންނަންދެން މުޅި އުމުރުދުވަހު ހުރެދާނޭ ހަލްމޮނީ ހިތައްއެރީ ކަމަށްވެސް ވެދާނެ.” ނޫރާ ވިސްނަން އިނދެފައި ނޫރާ އަށް ލަފާކުރެވޭ އެއްޗެއް ބުންޏެވެ.
“ހަލްމޮނީ ކައިރީ އާޔަންއަށް އެންމެފުރަތަމަވެސް ބުނެވުނުނަމަ އާޔަން ލައިކްވާކުއްޖެއް ހުރެޔޭ. އޭރުން ހިޔެއްނުވެ ފޯރސް ކުރާނެހެނެއް!” އާޔަން ނޫރާއަށް ބަލަން އިނދެފަ ބުންޏެވެ.
އަދި ބޯހޫރާލަމުން ބުމަ ކައިރިކޮށްލިއެވެ. އަދި ކުއްލިއަކަށް އެއްޗެއް ވިސްނިގެން ހިނިތުންވުމެއް އަނގަމައްޗަށް ވެރިވެގެން ދިޔައެވެ. އާޔަންއަށް ރަގަޅު ޙިޔާލެއް ކުރެވުނީއެވެ. އެޙިޔާލު ހިނގައިފިއްޔާ ކިތަންމެހާވެސް ރަގަޅެވެ.
“ނޫރާ! ނޫރާއަށް ކުރެވިދާނެ ކަމެއް އެބައޮތް.” އާޔަން ބުންޏެވެ. “އާޔަން މިބުނާގޮތަށް ވެއްޖެއްޔާ ނޫރާގެ ހެލްޕާލައިގެން މިކަންތައް ކާމިޔާބުވެދާނެ!”
“އެއީ ކޮންކަމެއް؟ ނޫރާއަށް ހެލްޕެއް ވެވެންޏާ ނުރާ ތައްޔާރަށް މިހިރީ.” އާޔަންގެ ހިތުގައި އޮތްއެއްޗެއް ނޭގޭ ހާލުގައި ނޫރާ އެއްބަސްވިއެވެ.
“ހަލްމޮނީ ކައިރީ ބުނާނީ އާޔަންގެ ގާރލް ފްރެންޑެއް ހުރެޔޭ.” އާޔަން ބުންޏެވެ. “ދެންނޫރާ ޖެހޭނީ އާޔަންގެ ފޭކް ގާރލްފްރެންޑަށް ވާން. ނޫރާ އާއި އާޔަންގެ ފޮޓޮއެއް ނަގާފަ ހަލްމޮނީއަށް ފޮނުވާނީ. އެކަމު ނޫރާ ގަބޫލިއްޔާ! އޭރުން ދެން ހަލްމޮނީ ހަމަޖެހިދާނެ ކަންނޭގެ.” އާޔަންގެ އެޙިޔާލްއާއި މެދު ނޫރާ ވިސްނާލިއެވެ. އާޔަންއަށްޓަކާ ނޫރާ އެކަންކުރާނެއެވެ. ނޫރާ އެކަމާ އެއްބަސްވީ ވަރަށް ވިސްނާފައެވެ.
އާޔަންއާއި ނުރާއެއްކޮން ފޮޓޯއެއް ފޯނުން ނެގިއެވެ. އަދި އެފޮޓޯ އަނެއްދުވަހުން ހަލްމޮނީއަށް ފޮނުވަންކަމަށް ނިންމައި ކާރު ދުއްވާލިއެވެ.
ނޫރާއަށް އެރޭ އެޕާރޓްމަންޓަށް ދެވުނުއިރު ހުރީ ހަތަރެއްޖަހަން ކައިރިވެފައެވެ. ނޫރާ ވަރަށްމަޑުން މީހަކަށް ނޭގޭނޭހެން ގޮސް ކޮޓަރިއަށް ވަދެ އެނދަށް އަރައިފިއެވެ. އަދި އެނދުކައިރީހުރި ކަބަޑުމަތީ ފޯނު ބައްވަފައި ނިދައިފިއެވެ.
ޖެހިގެން އައި ދުވަހު ނޫރާއަށް ހޭލެވުނީ ގޭތެރޭ ވަރަށް އަޑުގަދަ ކަމުންނެވެ. ނޫރާ ގަޑިބަލައިލިއެވެ. އަސްތާ! އެއޮށް ދިހައެއްޖަހާ ބޮޑުވީއެވެ. ފަތިސްނަމާދަށްވެސް ނުހޭލެވުނެވެ. ނޫރާ އަވަހަށް ފާހާނާއަށް ވަދެ ތައްޔާރުވަލައިގެން އައިސް ނަމާދު ކޮށްލިއެވެ. އަދި ބޭރަށް ނިކުންނަމުން ފޯނުނެގިއިރު ފޯނުގައި މެސެޖެއް އިނެވެ. ނޫރާ މެސެޖު ކިޔާލިއެވެ. “އިޓްސް ވޯރކިނގް! ތޭންކްސް” ޖަހާފައި އާޔަން މެސެޖު ކޮށްފައި އިނެވެ. ނޫރާ ހީލަމުން ކޮޓަރިން ނިކުމެގެން ބޭރަށް އައެވެ.
ގޭތެރޭ ވަރަށް އަޑުގަދައެވެ. ކިހިނެއްވެގެންތޯ ބަލަން ނޫރާއައިސް ހުޓުމުން އެންމެން އެއްފަހަރާ ނޫރާއަށް ސަމާލުވެލިއެވެ. “މިއޮއްއައީ ނޫރާ!” ނައީމާ ބުންޏެވެ. އޭރު ޒޫނާވެސް އެގެއަށް އައިސް އިނެވެ. އަދި ޒޫނާ ކައިރީ ނޫރާ ކުރިން ނުދެކޭ މީހަކު އިނެވެ. އެއީ އަޔަންގެ ބައްޕަ އިސްމާޙްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އާޔަންޢާއި ވައްތަރު ވީމައެވެ.
“ހާދަ އުފާ ވެއްޖެޔޭ. ކިހާދުވަހެއް ވެއްޖެތަ މަންމަ އާޔަން ކައިރީ ކިޔާތާ މިކަންތައް ކުރަން. މަންމަ މިހިރީ ވަރަށް އުފާވެފަ.” ސޯފާގަ އިން ޒޫނާ ތެދުވެގެން އައިސް ނޫރާ ގައިގަ ބައްދާލަމުން ބުންޏެވެ. ނޫރާ ހުރީ ވާނުވާނޭގިފައެވެ. “އިސްމާޙް! ހިއަރ ޝީ އިޒް.” ޒޫނާ އިސްމާޙްއަށް ނޫރާ ދައްކާލިއެވެ. އިސްމާޙް ނޫރައަށް ހީލިއެވެ. “ﷲ ބްލެސް ޔޫ މައި ޑިއަރ.” އަދި ނޫރާ އިސްމާޙް ކައިރިއަށް ގެނެސް ހެޔޮދުޢާ ކުރިއެވެ.
ނޫރާ ހުރީ ހައިރާން ވެފައެވެ. އެންމެންގެ މޫނަށް ވަކިވަކިން ބަލައިލިއިރު އެންމެންވެސް ތިބީ ހެވިފައެވެ. އުފާވެފައެވެ. ނޫރާ ނައީމާއަށް ބަލައިލިއެވެ. އަދި ވެގެން އުޅޭގޮތެއް ނޭގޭ ކަމަށް ބުނާކަހަލަ ގޮތަކަށް އިށާރާތެއް ކޮށްލިއެވެ. ނައީމާއަށް ނޫރާ އެބުނިއެއްޗެއް ވިސްނުނެވެ.
“އާނ ދެން ތީ އަހަރުމެންގެ ކުއްޖެއްނޫން އިނގޭ. ޒޫތަ އެއުޅެނީ ނޫރާ ގެންދަން ވެގެން އެގެއަށް” ނައީމާ އެހެން ބުނީ ނޫރާއަށް ވެގެން އުޅޭގޮތް ނަގައިގަނެވޭތޯއެވެ. ނަމަވެސް ނޫރާއަކަށް ނުވިސްނުނެވެ. ނައީމާ އެންމެފަހުން ނޫރާގެ އަތުގައި ހިފައިގެން ދުރަށް ގެންދިޔައެވެ.
“އާޔަން އޭނަ މަންމަމެން ކައިރީ އޭނަޔާ ނޫރާއާ ރައްޓެހިވެގެންނޭ އުޅެނީބުނީޔޯ! އެހެންވެ އެކަމާ އުފަލުން އެންމެން އެއުޅެނީ.” ނައީމާ ނޫރާއަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ. “އެއީ ތެދެއްތަ؟” ނައީމާ އަހައިލިއެވެ. ނޫރާ އުޅުނުގޮތުން އެއީ ތެދެއްނޫންހެން ނައީމާއަށް އިހްސާސް ކުރެވުނެވެ.
ނޫރާ ހުރީ ބުނާނެއެއްޗެއްވެސް ނޭގިފައެވެ. މިހާވަރަށް މިކަންތަށް ގޮސްދާނެކަމަކަށް ނޫރާ ހިތަކަށް ނާރައެވެ.
“މީ އަސްލު އާޔަން ކުޅޭ ޑްރާމާއެއް. އެކަމަކު ނުބުނާތި މިވާހަކަ! އާޔަންގެ މާމަ އެހެންމިހަކާ އާޔަންގެ ކައިވެނި ކުރުވަން އުޅޭތީ އާޔަން ބުނީ އާޔަންގެ ގާރލްފރެނޑަކަށް ވާށޯ! އެކަމު ތުއްތާ! ޑޯންޓް ގެޓް ސީރިއަސް.” ނައީމާއަށް ނޫރާ އެވާހަކަތައް ކިޔައިދިނީ ވަރަށް ސިއްރުންނެވެ. ނައީމާއަށް ނޫރާ ވަރަށް އިތުބާރު ކުރެއެވެ. ނައީމާއާއި ނޫރާގެ މިޒާޖާއި ވިސްނުން ހުންނަނީ އެއްގޮތަކަށެވެ.
“ތުއްތައަށް އަންޑަސްޓޭންޑް ވެއްޖެ! އެކަމު ތިކަންތައް އަސްލުނަމަ ކިހާއުފާވީސް!” ނައީމާ ބުނެލިއެވެ.
އެވަގުތު އާޔަން ނޫރާއަށް ގުޅަން ފެށިއެވެ. ނޫރާ ފޯނުހިފައިގެން ވާހަކަ ދައްކަމުން ނޫރާގެ ކޮޓަރިއަށް ވަނެވެ.
“ވަޓް! އާރ ޔޫ ސީރިއަސް!” އާޔަން ކައިރީ ނޫރާ މެންގޭގަ ކުރިއަށްދާ ކަންތަކުގެ ވާހަކަ ބުނުމުން އާޔަން ހުރީ ހައިރާންވެފައެވެ.
“މަންމަމެން ތިގެއަށްތަ އެދިޔައީ؟ މަންމަމެން މާ މައްޗަށް ދޯ އެގެންދަނީ އެކަންތައް!” އާޔަން ބުންޏެވެ.
“ނޫރާ! ނޫރާއަށް އިނގޭތަ ހަލްމޮނީ ބުނި އެއްޗެއް ފޮޓޯ ފޮނުވީމަ؟” އާޔަން ބުންޏެވެ. “ހަލްމޮނީ ބުނީ ނޫރާ ހާދަ ރީއްޗޯ. އާޔަންގެ ޑެޑް އަށްވެސް ނުކެރުނެއްނޫންހޯ ނޫރާ ކަހަލަ ރީތި ކުއްޖެއް ހޯދާކަށް. ދެން ނޫރާގެ ފެމިލީގެ މީހުންގެ ވާހަކަ ވަރު ވަރުން އެހީ. ބައްޕަ ކީއްހޯކުރަނީ މަންމަ ކީއްހޯ ކުރަނީ. ޝީ ވޯސް ރިއަލީ އެކްސައިޓަޑް.” އާޔަން ވާހަކަ ދައްކާ ގޮތުން އާޔަން ވެސް ހުރީ ވަރަށް އުފާވެފަހެން ނޫރާއަށް ހީވިއެވެ.
“އެހެންތަ! ދެން މިހާރު އެމައްސަލަ ހައްލުވީދޯ؟ ” ނޫރާ އަހައިލިއެވެ.
“އާނ! ތޭންސް އިނގޭ! …. އެއްޗެކޭ ހީނުކުރައްޗޭ މިކަންތައް މާމައްޗަށްވެސް ގެންގޮސްދާނެ މަންމަމެން. އެކަމަށް އަންޑަރސްޓޭންޑް ވައްޗޭ!” އާޔަން ބުންޏެވެ.

“ޔާރ.. އައި އަންޑަރސްޓޭންޑް!” ނޫރާ މަޖާ ވެލާފައި ބުނެލިއެވެ. ނޫރާއަށް އިހްސާސް ކުރެވެމުން ދަނީއަސްލަށް ވެސް އެދެމީހުން ރައްޓެހިވީކަމުގައެވެ. ކިތަންމެ ވަރަކަށް ހިތަށް ހަޤިޤަތެއް ނޫނޭ ބުނެދޭން އުޅުނަސް އެހިތް ޤަބޫލެއް ނުކުރެއެވެ. ނޫރާއަށް ހެވެނީއެވެ. އޭނާގެ ހިތް ނަށަނީއެވެ.
“އޭ! އާޔަން ފެންވަރައިލައިގެން ދާނަން އިރުކޮޅަކުން. …… ކޮބައިތަ ޒައު؟ އާޔަންގެ ގާރލްފްރެންޑް.” އާޔަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ވާހަކަ ދައްކަން ފެށީ މަޖާވެލާފައެވެ.
“އެބައުޅޭ!” ނޫރާ ހީލިއެވެ. އެވަގުތު ކޮޓަރީގައި މީހަކު ޓަކިޖަހާލުމަށްފަހު ދޮރު ހުޅުވާލިއެވެ. އެއީ ޒޫނާއެވެ.
“އާޔަންތަ ފޯނުގަ؟” ޒޫނާ ކޮޓަރިއަށް ވަންނަމުން އެހިއެވެ. އެނދުގައި އިށީދެގެން އިން ނޫރާ އަށް ތެދުވެވުނެވެ. އަދި ބޯޖަހާލަމުން އާނއެކޭ ބުނެލިއެވެ.
ޒޫނާ ނޫރާ އަތުން ފޮނު އަތުލިއެވެ. އަދި އާޔަންއާއި ވަހަކަ ދައްކަން ފެށިއެވެ.
“ނޫރާ ބިޒީ ކޮށްލައިގެން ހުރިހާގަޑިއެއްގަ އުޅޭނެކަމެއްނެތް. މިހާރު މަންމަމެންނާ އެއްކޮން ނޫރާ އުޅޭގަޑިމީ. ބާއްވަނީ!” ޒޫނާ ފޯނުކަނޑާލުމަށް ފަހު ނޫރާއަތަށް ދެމުން ހީލިއެވެ.” އޭނަ އެއުޅެނީ މިގެއަށް ނާދެވިގެން. މަންމަ މިއައީ އޭނައާ ކަމެއް ހަވާލުކޮށްފަ.” ޒޫނާ އެހެން ބުނެފަ ނޫރާގެ އަތުގަ ހިފައިގެން ކޮޓަރިން ނިކުތެވެ.
“މީނަ މިއޮށް އެންމެން މިތާ ތިއްބާ ގޮސް ފޯނުން އާޔަންއާ ވާހަކަދައްކަނީ.” ޒޫނާ ނޫރާ ގޮވައިގެން އައިސް ބުންނެވެ.” މާދަމާ މިއުފާވެރިކަންތައް ސެލިބްރޭޓް ކުރަން ޖެހޭނެނު. އެވާހަކަ މި ދައްކަނީ!” ޒޫނާ ބުންޏެވެ.
ނޫރާ ކަންތަށް ބޮޑުވިއެވެ. މާމައްޗަށް މިކަންތައް ގެންދަން އުޅޭތީއެވެ. އެކަމު އުފާވެރިކަމެއްވެސް ހިތަށް ވެރިވެފައި ވެއެވެ.
މިއަދުކުރަން ވަރަށް ގިނަ ކަންތައްތައް ޒޫނާ ވަނީ ނިންމާފައެވެ. ނޫރާ ގޮވައިގެން ބާޒާރަށް ދިއުމާއި ނޫރާއަށް އެންމެމީރު ކެއުން ކާން ނޫރާގެ އެންމެ މަގްބޫލު ރެސްޓޯރެންޓަށް ދިއުމާއި މިފަދަ އެތަށްކަމެކެވެ. ޒޫނާ ހުރީ ވަރަށް އުފަލުންނެވެ. ޒޫނާ އެތަށްދުވަހަކު ކުރި އިންތިޒާރެއް ކާމިޔާބު ވާތީއެވެ. ސައީދާވެސް ހުރީ ނުލާހިކު އުފާވެފައެވެ. އަދި ފާރޫޤް އާއި އިސްމާޙް ވެސް ތިބީ އެހާ ހިތްހަމަ ޖެހިފައެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމެވެ.
ނޫރާގެ ހިތަށް ނުތަނަވަސް ކަން އަންނަމުން ދިއައީ އެންމެންގެ އުފާވެރިކަން ފެންނަން ފެށުމުންނެވެ. އެއީ ހަގީގަތެއްނޫންކަން އެންމެނަށް އެގިއްޖެއްޔާ ވާނެގޮތަކާއިމެދު ނޫރާ ފިކުރުބޮޑުވިއެވެ.
ގޭތެރޭ އެންމެން އެއްފަހަރާ ވާހަކަދައްކަމުން ދެއެވެ. ވަރަށް އަޑުފަށްގަނޑު ގަދައެވެ. ރަގަބީލު ޖެހިއަޑެއްވެސް އެކަކަށްވެސް އިވުނުހެނެއް ހިއެއްނުވެއެވެ. އާޔަން މިހާރު ދޮރުކައިރީހުރެ ދެފަހަރަށް ރަގަބީލު ޖަހައިފިއެވެ. އެތެރޭގެ އަޑުފަށްގަނޑު ބޭރަށްވެސް އިވެއެވެ. އާޔަން ހިތަށްއަރަމުން ދިޔައީ ނޫރާ އުޅޭނެހާލަކާމެދުއެވެ. އާޔަން އާއިހެދި ނޫރާއަށް މި ކުރިމަތިލާންޖެހުނީ ކޮންފަދަ ކަމަކާހެއްޔެވެ.
އާޔަން އެންމެ ފަހުން ނޫރާއަށް ގުޅީއެވެ. ނޫރާކައިރީ ދޮރުހުޅުވަން ބުނެފައި ފޯނު ކަނޑާލީއެވެ. ނޫރާ ދޮރުހުޅުވުމުން އާޔަން އެތެރެއަށް ވަނެވެ. އާޔަން ވަންތަން ފެނުމުން ޒޫނާ އަވަހަށް އާޔަން ކައިރިއަށްގޮސް އެދުވަހުކުރިއަށް ރޭވިފައިހުރި ކަންތައްތައް ކިޔާދިނެވެ.
“މަންމާ! މާ މައްޗަށް ތިގެންދަނީ ދެން!” އާޔަން އެހެންބުނީ ނޫރާއަށް އެހެން ހީވެދާނެތީއެވެ. އާޔަން ހިތުގެ އަޑިން ހުރީ މިހުރިހާކަމަކާވެސް ވަރަށް ހިތްހަމަ ޖެހިފައެވެ. އާޔަން އެހެން ބުނުމުން ޒޫނާ އާޔަންއާ ދިމާއަށް ލޯ އަޅުވާލިއެވެ. އަދި މަޑުން ހުރުމަށް ބުންޏެވެ.
ޒައުއަށް އާޔަން ފެނުމުން ނޫރާ ކައިރިއަށް އައިސް ނޫރާއަށް އާޔަން ދައްކާލިއެވެ. އަދި ހީލަމުން ބުނެލިއެވެ. ” ނޫތަ ދޭބަލަ. ގޮސްބުނެބަލަ އަންނާށޭ ޒައުއާ އެއްކޮން ކުޅެން. ޒައު ބޭނުމޭ ބޯއީފްރެންޑަކަށް ހަދަން.”
ނޫރާ ކައިރިއަށް ހިނިއައެވެ. އަދި ޒައުގެ އަތުގަ ހިފައިގެން އާޔަންކައިރިއަށް އައެވެ. އާޔަން އެމީހުނަށް ބަލައިލުމުން ޒައު ނޫރާގެ ފުރަގަހަށް ވަދެ ފިލަނީއެވެ. އަޔަންއަށް ވެގެން އުޅޭގޮތް ވިސްނުނެވެ.
“ތުއްތާ! މިގޭގަ ހުންނާނެ އާޔަންއަށް ވަރަށްރީތި ކުއްޖެއް. އެއީ ޒައު ކިޔާ ކުއްޖެއް. އާޔަން ބޭނުންވަނީ އެކުއްޖާ އާޔަންގެ ގާރލް ފްރެންޑަށްހަދަން.” މޭޒުކައިރީ ކޮޅަށް ހުރި ނައީމާއާއި ދިމާއަށް އާޔަންބުންޏެވެ.
ޒައު ނޫރާފަހަތަށް ވަދެ ފިލާހުރީއެވެ. އެހެން ހުރެ އިރުކޮޅަކާ އާޔަންއަށް ބަލައިލައެވެ. އާޔަންވެސް ޒައުއާ ސަމާސަކުރަމުން ގެންދެއެވެ.
އެންމެން ތައްޔާރުވެގެން ބޭރަށް ނިކުތީ ބާޒާރަށްދާށެވެ. އެންމެން އެރީ ބޮޑުކާރަށެވެ. އެއްކާރުގަ ދިޔައިމަ މަޖާވާނެ ކަމަށް ބުނަމުންނެވެ. އެންމެ ފަހަތު ސީޓަށް އެރީ ނޫރާ، އާޔަން ޒައު އާއި ޝަކީބް އެވެ. މެދު ސީޓަށް އެރީ ނައީމާ، ސައީދާއާއި ޒޫނާއެވެ. ފާރޫޤް އެރީ އިސްމާޙް އާއި އެއްކޮން ކުރީސީޓަށެވެ. އެންމެން އެއްކޮން ކާރުތެރޭ ތިބެގެން އެކިވަހަކަ ދައްކަމުން ގެންދެއެވެ. ޒައު އިނީ ނޫރާގެ އުނގުގައެވެ. ޒައު ނޫރާއަށް ލަވަކިޔައިދެމުން ދެއެވެ. އާޔަން ޒައު ކިޔާލަވަ މަޖާކަމުން ހެވިފައި އަޑުއަހަން އިނެވެ. ޝަކީބް އިނީ ނިދިފައެވެ. ސައީދާގެ އަނގަ ހުއްޓާނުލާ ތަޅުވަމުން ގެންދެއެވެ. ފޫހިކަމެއްނެތި ސައީދާގެ ވާހަކަތައް އަޑުއަހަން ޒޫނާ އިނެވެ. ނައީމާއިނީ ފޯނުން ގޭމްކުޅެލަކުޅެލަ އެވެ. އިސްމާޙް ކައިރީ ފާރޫޤް ދައްކަމުން ދަނީ ވިޔަފާރީގެ ވާހަކައެވެ. އެންމެންވެސް ތިބީވަރަށް ހަމަޖެހިލައިގެންނެވެ. އިރުގަޑަކު ކާރުދުއްވުމަށްފަހު ވަރަށްބޮޑު މޯލްއެއްގެތެރެއަށް ކާރު ވައްދާލިއެވެ. ކާރު ޕާކުކުރުމަށްފަހު އެންމެން ކާރުންފައިބައިގެން ހިގައިގަތެވެ.
އެކިދިމަ ދިމާއަށް އެންމެން ބެހިލިއެވެ. ނޫރާގޮވައިގެން ޒޫނާ ދިޔައީ ގަހަނާވިއްކާ ފިހާރައަކަށެވެ. އެމީހުންގެ ފަސްފަހަތުން އާޔަން ދިޔައެވެ. ސައީދާ ނައީމާގޮވައިގެން ދިއައީ ޒައުއަށް ހެދުން ގަންނާށެވެ. އަދި ޝަކީބްވެސް އެމީހުނާއެއްކޮން ދިޔައެވެ. އިސްމާޙް ދިޔައީ ފާރޫޤް ގޮވައިގެންނެވެ. އެއީ އެމޯލްގައިހުންނަ އިސްމާޙްމެންގެ ކޮމްޕެނީއިން ހިންގާ ރެސްޓޯރެންޓަކަށެވެ.
ޒޫނާ އުޅެނީ ނޫރާއަށް ހެޔޮވަރުގެ ރަން އުޅައެއް ހޯދުމުގައެވެ. ނޫރާ އެކަމަށް އިންކާރު ކުރުމުންވެސް ޒޫނާއެއް އަޅައެއްނުލައެވެ. ނޫރާ އަތުގަ ފަހަރަކު އުޅައެއް އަލުވައިގެން ގޮތްގޮތަށް ބަލަބަލާފަ އުޅެއެވެ. ނޫރާ އިނީ އެހެންގޮތެއް ނެތިގެން ޒޫނާކުރާނެކަމެއް ކުރަން އަތްދައްކައިގެންނެވެ. އާޔަން ހެވިފަ ތަންކޮޅެއް ދުރުގަ ބަލަން ހުއްޓެވެ. ޒޫނާ އިރުކޮޅަކުން އާޔަންއަށް ގޮވައިފިއެވެ. އަދި އާޔަންއަށް އެންމެ ރީތި އެއްޗެއްނެގުމަށް ބުނެފިއެވެ. އާޔަން ވަރަށް ބަލަބަލާފައި ހުދުރަނުން ހަދާފައިވާ އެހާގޮތްބޮޑުނޫން އުޅައެއް ނަގައިފިއެވެ. އޭގައި ވަނީ ކުދިކުދި ޖަވާހިރު ތަކެއްވެސް ޖަހާފައެވެ. ޒޫނާއަށްވެސް އޭތި ރީތިވެއްޖެއެވެ. ނޫރާއަތުގައި އަޅުވާފައި ޒޫނާ ގޮތްގޮތަށް ބަލައިލިއެވެ.
“މީތި ކިހާރީތި! ނޫރާއާއި ގުޅެނީވެސް މިކަހަލަ ސިމްޕަލް އެއްޗިހި!” ޒޫނާބުންޏެވެ. “ނޫރާއަށް ރީތިތަ؟” ޒޫނާއަހާލިއެވެ.
“ރީތި! އެކަމު ވަރަށް އަގުބޮޑުވާނެނު!” ނޫރާ އެހެން ބުނީ މީގެކުރިން އެހާ އަގުބޮޑު އެއްޗިއްހި ނޫރާ ނާޅާތީއެވެ.
“ނޫރާއަށް ރީތިވީމަ ނިމުނީއޭ! އަގުބަލާނެކަމެއްނެތް” އާޔަންބުންޏެވެ. “މީ މަންމަ ހަމަނޫރާއަށް ދޭހިތުން ދިންއެއްޗެކޭ”
ނޫރާހުރީ ހިތްހަމަނުޖެހިފައެވެ. އެކަމު ޒޫނާދެރަވެދާނެތީ އެއްޗެއްނުބުނެ ހުރީއެވެ. އެދުވަހު ޒޫނާގެ ކަމަކަށް އޮތީ ނޫރާއަށް އެއްޗިހި ގަނެދިނުމެވެ. ހެދުމާ ދަބަހާ އެއާގުޅޭ ފައިވާނާ އެއްޗިހި ޒޫނާ ނޫރާއަށް ގަނެދިނެވެ. ނޫރާހުރީ އެހާގިނަތަކެތި ގަނެދޭތީ ކަންތައްބޮޑުވެފައެވެ. އާޔަންއަށް އެހެން ހީވެގެން އެތައްފަހަރަކު ނޫރާހިތްހަމަ ޖައްސާދޭން އެކިއެއްޗިހި އާޔަން ބުނެއެވެ.
“މަންމަގެ އަންހެންކުއްޖެއް ނެތީމަ މަންމަ އެއުޅެނީއެހެން!” އާޔަން އެއްފަހަރު ބުންޏެވެ.
އެދުވަހު ކައިހަދައިގެން އެންމެން ގެއަށްދިޔައިރު އެންމެންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ.
އެދުވަހުގެ ފަހުން ކޮންމެދުވަހަކު ކޮންމެސް ކަމެއް ޒޫނާމެން ރާވައެވެ. އަދި ކޮންމެސް ތާކަށް ދެއެވެ. އެކިދުވަހު އެކިތަންތަނަށްގޮސް ދެއާއިލާއެއްކޮން މަޖާނަގަމުން އެކުވެރިކަންމަތީ އުޅެމުން ދެއެވެ. ދެއާއިލާގެ ގުޅުން ވަރަށްބޮޑައް ބަދަހިވެ އެއްއާއިލާއަކަށްވެ ނިމިއްޖެއެވެ. ޒައުއަށް ނޫރާއާއި އާޔަން ނުލާ އެއްކަމެއްވެސް ނުވެއެވެ. ސައީދާނުލާ ޒޫނާއަށްވެސް ނޫޅެވެއެވެ. ނޫރާ ފަހަތުން އާޔަން އުޅެއުޅެ ކުރިއަށްވުރެ ބޮޑަށް ނޫރާދެކެ އާޔަންއަށް ލޯބިވެވިއްޖެއެވެ.
ނައީމާމެން ފުރަންއުޅޭތީ މިއަދު ޒޫނާމެންގެއަށް އެންމެން ކާންދިޔައެވެ. އެދުވަހު އެއްކޮން އެންމެން އުޅުނީ ޒޫނާމެންގޭގައެވެ. ޒައުގޮވައިގެން އާޔަން ސްވިމިންޕޫލަށް އެރިގެން އުޅެއެވެ. ނޫރާއާއި ނައީމާ ޕޫލްކައިރީހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީދެގެން ތިއްބެވެ.
“ތުއްތައަކަށް ހިއެއްނުވޭ މިހާރު ފޭކުހެނެއް!” ނައީމާ އިނދެފަ ބުންޏެވެ.
“ކީކޭ؟” ނައީމާ އެކިޔާއެއްޗެއް ނޫރާއަކަށް ނޭގުނެވެ. “ކީކޭތިބުނީ؟” ނޫރާ އެހިއެވެ.
ނައީމާ ނޫރާއާއިދިމާއަށް އެނބުރުނެވެ. އަދި ނޫރާއަށް ބަލައިލަމުން ބުންޏެވެ. “މިބުނީ އާޔަންއާ ނޫރާއާ މިހާރު އުޅޭގޮތުން އެކަކުވެސް ނުބުނާނެޔޭ ތީ ފޭކް އެކޭ! އެހެންނުވާނީ ނޫރާއަށް އާޔަން ނުކަންޏާ ކެވެނީކީނޫން. އެއްކޮންނޫނީ ތާކަށް ނުދެވެ. ނޫރާދާތާކަށް އާޔަން އެބަދޭ ފަހަތުން. އާޔަން ތާކަށްދަންޏާ ނޫރާ ހުންނަނީދާންވެފަ. އެހެންވީމަ ތުއްތައަށްވެސް މިހާރު ޝައްކު.”
“ދެން! ތީ ތުއްތަ ތިކަމަށް އެކްސްޕެކްޓް ކޮށްގެން ހުރީމަ ހީވާގޮތް.” ނޫރާ އިނީ ލަދުގަނެފައެވެ. އަދި ނައީމާ އެބުނީ މުޅިން ދޮގެއްނޫންކަންވެސް ނޫރާ ގަބޫލުކުރެއެވެ.
“އާނ ތިބުނީތެދެއް! ތުއްތަ މިހުންނަނީ ހަމަ ތިކަމަށް އުއްމީދުކޮށްގެން. ތިކަންތައް ހަގީގަތަކަށްވޭތޯ ދުޢާކޮއްލަކޮއްލަ!” ނައީމާ ބުންޏެވެ.
“ދެން ތުއްތާ! ތިކަމެއްނެތެއްނުވާކަށް. އާޔަން ލޯބިވަނީ އެހެން ކުއްޖެއްދެކެވިއްޔަ!” ނޫރާ ޕޫލްގައޮތް އާޔަންއަށް ބަލައިލަމުން ބުންޏެވެ. އޭރު އާޔަން ޒައުކޮޑަށްލައިގެން ފަތަނީއެވެ.
“ތުއްތައަށް ގެރެންޓީ އާޔަން ނޫރާދެކެލޯބިވާކަން!” ނައީމާ ނިކަން ޔަގީންކަމާއިއެކު ބުންޏެވެ. “އެހެންކުއްޖެއްދެކެ ލޯބިވެޔޭ ބުންޏަސް ނޫރާދެކެވެސް ލޯބިވެޔޭ ތުއްތަބުނާނީ! އާޔަން ނޫރާއާއިދިމާއަށް ބަލާގޮތާއި އަދި ނޫރައަށް ކެއަރކުރާވަރުވެސް ފެންނާނެ އެންމެނަށްވެސް. ނޫރާދެން ގަބޫލު ނުކުރިއަސް ރިއަލިޓީ ކުރިމަތީ ފެންނަމުން އެދަނީ!” ނައީމާ ބުންޏެވެ.
ނައީމާ އެކިޔާއެއްޗެއް ނޫރާގަބޫލު ކުރަން ބޭނުމެއްނޫނެވެ. އާޔަން އެހެންބުނެފަ އޮތީމަކަންނޭގެއެވެ. ގައިމުވެސް ނޫރާއަށް އާޔަން ފަހަތުން ދެވެއެވެ. އަބަދުވެސް އާޔަންއާއި އެކުއުޅޭހިތް ވެއެވެ. އެކަމު އާޔަން…. ނޫރާ ވިސްނަމުންދިއައެވެ. ތުއްތަވެސް އެބުނީ މުޅިއަކުން ދޮގެއްނޫނެވެ. އާޔަންވެސް އަބަދު ނޫރާފަހަތުން އުޅޭކަން ނޫރާއަށްވެސް ފާހަގަކުރެވުނެވެ. އަދި އާޔަން ދާތަނަކަށް ނޫރާދާން ނުޖެހުނަސް ގެންދަންވެސް މަސައްކަތްކޮށްފައި އެބަހުއްޓެވެ. ކުރީދުވަހަކު ޝަކީބްބެއާއެކު ޕްރިންޓަރެއް ގަންނަންދާންވެސް ވަރަކަށް ނޫރާގެންދަން އުޅުނެވެ. ނަމަވެސް އާޔަން މަންމައާއި އެކު ތާކަށްދާންވެގެން ނޫރާއަށް ނުދެވުނީއެވެ.
ނޫރާ ސިއްސައިގެންދިޔައީ ނޫރާމެންގަޔަށް ފެންބުރުމުންނެވެ. ޒައު އާއި އާޔަންއާއި ދެމީހުންވެގެން ނޫރާމެން ތިބިތަނަށް ފެންބުރުވަނީއެވެ. ނައީމާ އަވަހަށް އެތަނުން ތެދުވެގެން ދުރަށް ދިޔައެވެ. ނޫރާވެސް ތެދުވެއްޖެއެވެ. ތެމިއްޖެއްޔާ ލާނެ އެއްޗެއް ނޯންނާނެތީއެވެ. ޒޫނާ ބުނެގެން ނައީމާއައީ ޒައުގެ ހެދުން ހިފައިގެންނެވެ.
“ނޫތާ ތެންމާލަން ހިނގާ!” އާޔަން ޒައު ކައިރީ ބުންޏެވެ. އަދި ޕޫލްއުން އަރާ ނޫރާފަހަތުން ދުއްވައިގަތެވެ. ނޫރާވެސް ދުވަންފެށިއެވެ. އާޔަންފަހަތުން ޒައުވެސް ދުވަނީއެވެ. ޕޫލްވަށާ ދުވަނީއެވެ. ނައީމާ ދުރުގަހުރެގެން ހީހީފަ ފޯނުން އެމަންޒަތު ވީޑިއޯ ކުރަން ފެށިއެވެ.
އެންމެފަހުން އާޔަންގެ އަތުގަ ނޫރާ ޖެހިއްޖެއެވެ. ބަލާކަށް ނުހުރެ ހިފަހައްޓާފަ ޕޫލްއާދިމާއަށް ކޮށްޕާލިއެވެ. ނޫރާގޮސް ވެއްޓުނީ ޕޫލްތެރެއަށެވެ. ނުތެމެން އުޅެނިކޮން އެއްކޮން ތެމިފޯވީއެވެ. ޒައު އާއި އާޔަން ހޭންފެށިއެވެ. އަދި ދުރުގަހުރި ނައީމާވެސް ހެނީއެވެ. ނޫރާ ފެންގަނޑުތެރޭގައި ރުޅިއައިސްފައި އޮތެވެ. ނޫރާގެ ރުޅިގަނޑު ހުރީ އިރުކޮޅަކުއެވެ. ޒައުއަށްގޮޥާ ގެނެސް ފެންގަޑަށް އެރުވައިފިއެވެ. އަދި ސަކަރާތް ޖަހަންފެށިއެވެ. އާޔަން އެތަންބަލަން ހުއްޓާ ޒައު އާޔަންއަށް ގޮވާގެނައެވެ. ތިންމީހުން އެކަކު އަނެކަކުގަޔައް ފެންޖަހާމަޖާނަގަމުން ދެއެވެ. ނައީމާ އަދިވެސް ވީޑިއޯ ކުރަނީއެވެ. އެއީހަދާނުގައި ބަހައްޓަން ކިހާއުފާވެރި ވަގުތުކޮޅެއްހެއްޔޭ ނައީމާ ހިތައްއަރަމުން ދިޔައެވެ.
ކާގަޑި ޖެހުނު އިރުވެސް އެމީހުންތިބީ ފެނގަނޑުތެރޭގައެވެ. ނައީމާއައިސް ޒައު ގޮވައިގެން ދިޔައީ ރީތިކުރާށެވެ. ނޫރާއާއި އާޔަން ޕޫލްތެރޭތިއްބެވެ.
“އާޔަންއާހެދި މިތެމުނީ! ދެން ނޫރާލާނީވެސް ކޯޗެއް؟” ނޫރާ އާޔަންއާދިމައަށް އެހެންބުނަމުން ޕޫލްގެ ކައިރިފަށުގައި އަތްއަޅުވާލިއެވެ.
“ދެން ޓީޝާރޓެއްލައިގެން ހުންނާނީނު! ގެއަށްދާންވާއިރަށް ތިހިކޭނެނު.” އާޔަން ބުންޏެވެ.
“އާނ! ހިނގާ ޓީޝާޜޓެއްދޭން މިހާރުކާގަޑި ޖެހިއްޖެނު.” އެހެންބުނެފަ ނޫރާސިޑިކައިރިއަށް ދާން ފަތައިގަތެވެ.
“މަޑުކޮށްބަލަ!” އާޔަން ނޫރާގެ އަތުގައި ހިފާ މަޑުކުރުވިއެވެ. “ތިހާ އަވަސްއަރުވައިލައިގެން ނޫޅުނަސް ކާންލިބޭނެޔޭ.” އާޔަން ނޫރާއާއި ކައިރިވެލަމުން ބުންޏެވެ.
ނޫރާގެ ހިތް ބާރަށް ތެޅެންފަށިއެވެ. މީހާފިނިވެއްޖެއެވެ. މުޅިގަޔަށް ކަރަންޓް އަންނަކަހަލަ އިހްސާސެއް ކުރެވެން ފެށިއެވެ. އާޔަންއަށް ބޭއިޙްތިޔާރުގައި ނޫރާއާދިމައަށް ބަލަން ހުރެގެން ނޫރާއާއިވަރަށް ކައިރިވެވިއްޖެއެވެ. އަދި ނޫރާގެ އަތުގައި ހިފައިގެން ނޫރާގެލޮލަށް ބަލަން ހުރެވުނެވެ. ނޫރާ އިސްއުފުލައި އާޔަންއަށް ބަލައިލިއެވެ. މިވާންއުޅެނީ ކީއްބާއޭ ނޫރާ ހިތައްއަރަމުން ދެއެވެ. ނޫރާގެހިތް މިހާރު ތެޅެނީ އާޔަންއަށްވެސް އަޑުއިވޭހާ ބާރަށް ކަމުގައި ނޫރާއަށް އިހްސާސްވިއެވެ. އާޔަންގެ ބާރުގަދަ ދެއަތުން ނޫރާގެ ލޫޅާފަތި އުނަގަނޑުގައި ހިފާ އާޔަންއާއި ކައިރިއަށް ދަމާލެވުނެވެ. މިހާރު އާޔަންގެ ނޭވާގެ ހޫނުކަން ނޫރާގެ ނިއްކުރިއަށް އެޅޭހާކައިރި ވެވިއްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި 7 ވަނަ ބައި

Next

ވީމޭ އިންތިޒާރުގައި 9 ވަނަ ބައި

Next
October 17, 2013

ވީމޭ އިންތިޒާރުގައި 9 ވަނަ ބައި

Previews
October 16, 2013

ވީމޭ އިންތިޒާރުގައި 7 ވަނަ ބައި

6 Comments!

  1. ainee says:
    October 17, 2013 at 12:31 pm

    mi vaahaka vrh reethi adhi genesdhey iru ehaa bodah part part gina dhuvas nukoh gennaathee vrh hih hama jehey dhuvaalaku 1 faharu viyah part eh upload kohdhenyaa vrh ragalhu heekuran konme dhuvahakuves madhuvegen 1 part upload kohdheyne kamah.. n thanks to u for bring such a besutiful story.. aasi

    1. alex alu says:
      October 18, 2013 at 10:53 am

      comment hama eh nujehey ( vrh ragalhu heekuran)means

    2. ainee says:
      October 18, 2013 at 11:45 am

      alex alu ran’galhah kiyaala eyrun egeyne, hama nujeheyhen thi heevanee ethanuga komaa eh netheema. (vrh ragalhu, heekuran) mi gothah innaanee.. 1 faharu viyas part eh upload kohdhenyaa ragalhu kamah alhuga’ndu jahaafa eyni.. heekuran mihaaru olhun filaafi kamah

  2. alex alu says:
    October 18, 2013 at 10:55 am

    ohhh aayan magey little bro damm it

    1. Marlie says:
      February 6, 2014 at 1:48 am

      Play inaormftive for me, Mr. internet writer.

  3. someone says:
    August 25, 2014 at 11:06 am

    salhi!

Comments are closed.

Next Episodeވީމޭ އިންތިޒާރުގައި 9 ވަނަ ބައި←


All Right Reserved!