ދެލޯ ފޮހެމުން ޓީވީޗެނަލްއަކަށް އިންޓަރވިއު ދެމުންގެންދިޔަ އަލީގެ ފައިގައި ބައްދައިގަނެގެން ރޮއެގިސްލަމުން، ތުރުތުރު އަޅަމުން އެދަނީ ނިކަމެތި މަންމައެކެވެ..އަލީގެ އަނބިމީހާ އިޔާރާއެވެ. އޭނާގެ ހާލުގެ ވާހަކަ އަހައިފި މީހެއްގެވެސް ހިތްކުދިކުދިވާވަރުވެއެވެ. ނުވާންވީ ސަބަބެއްވެސް ކޮބައިތޯއެވެ؟ އުމުރުން އެންމެ ފަސްމަސްވީ ތުއްތު އަންހެން ދަރިފުޅު އޮޔާދިޔައީ އޭނާގެ ދެލޯ ކުރިމަތީގައެވެ. އެދަރިފުޅު ލޮނުގަނޑުގެ ތެރެއަށް ގެނބުނުއިރު ހާސްވެގެން އެތެޅުނު ތެޅުމާއި ރުއިވަރު އެމައިމީހާގެ ހިތާއި ސިކުނޑީގައިވަނީ ހަރުލާފައެވެ.މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކުއްޖާފުޅުގެ ހަކަތަހުސްވެ ކުނިތަކާއި ގާތަކުތެރެއަށް ގެއްލުނީ އޭނާގެހިތް […]
ގަދަ ވިއްސާރައާއެކު ބޯކޮށްވެހެމުންދިޔަ ވާރޭގެ ތިކިތަށް މުޅި ރަށަށް ވެހެމުންދިޔައީ ގުގުރާ ވިދަމުންނެވެ. އެ ވިދުންތަކުގެ ސަބަބުން ދެލޮލުން ކަނި ބުރައިގެންދާ ކަހަލައެވެ. ކުއްލިޔަކަށް ޖަހާލި ބާރު ގުގުރިއަކާއެކު، ދުއްވަމުން ދިޔަ ކާރު އަހަރެންނަށް ބުރެކި ޖައްސާ މަޑުކޮށްލެވުނެވެ. އެރެޔަކީ ވަރަށް އަނދިރި އެހާމެ ބިރުވެރި ރެޔެކެވެ. އެއްލުނު ކަޅިއަކުން ދެން ފެނިގެންދިޔައީ އާދަޔާ ޚިލާފު މަންޒަރެކެވެ. މަގުގެ އެއްފަރާތެއްގައި ބޯވިއްސާރަ ގަނޑު ތެރޭގައި އެއިނީ އަންހެން ކުއްޖެކެވެ. އަހަރެން އަވަސް އަވަހަށް އެދިމާލަށް ކާރު ގާތްކޮއްލުމަށް […]
މިއީ ދުނިޔެއެވެ. އެއްބަޔަކު އުފަލުގައި ދުވަސްތަށް ގުނަމުން ދާއިރު، އަނެއްބަޔަކު ދަނީ ހިތާމައިގެ ކަރުނަ އޮހޮރަމުންނެވެ. ކިތަންމެ އުފަލުގައި އުޅެވުނަސް މާދަމާ ކަޅު އަނދިރި ގަނޑެއްގެ ތެރެއަށް ހަޔާތް ވެއްޓިދާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. ކައިވެންޏެއްގެ ބިންގާ އަޅާލެވޭ ކޮންމެ އަންހެނަކުވެސް މާދަމާއަށް ޓަކައި ދެކޭނެ ކުލަ ނުވާ ހުވަފެންތަކެއް ހުންނާނެއެވެ. މިހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި، ދިރިއުޅުން ބިނާކުރުމަށްޓަކައި ދިމާވާ ކޮންމެ ތޫފާނެއްގައި ދިރިއުޅުމުގެ ނައު އެއްމަންޒިލަކަށް ދަތުރުކުރުމަށްޓަކައި ދެމަފިރީންގެ ހިއްސާ އެއްވަރަކަށް ބޭނުންވާނެއެވެ. މިވައުދު މީގެ […]
ބައްޕަ އިމާމްވެ ކުރި އެ ނަމާދު ނިންމާލާފައި ޝަރަފަށް ދެއަތް އުފުލައި އޭނަގެ ފާފަތައް ފުއްސެވުމަށް އެދި ރޮއިރޮއިފައި ދުޢާކުރެވުނީ ވެސް އާޔަތެއްގެ މަތިން ހަނދާންވެފައެވެ. ފިހާރައަކަށް ގޮސް ހުރި ޝަބާއަށް ގެއަށް އާދެވުނީ ޝަރަފް އެ ގޮތަށް އިންދައެވެ. އޭނަ ބައްޕަގެ ކޮޓަރީގެ ދޮރު ކައިރިއަށް ދިޔައީ އެ ދިމާލުން ގިސްލުމެއްގެ އަޑުއިވުމުންނެވެ. ދޮރު ހުޅުވާލިއިރު ފުރަތަމަ ފަހަރަށް އޭނަގެ ކޮއްކޮ އެފަދަ ގޮތަކަށް އިން މަންޒަރު ފެނިފައި ޝަބާ ހުއްޓުން އަރާ ގޮތްވިއެވެ. އޭގެ […]
ހަމަޔަގީނުންވެސް އެއިވެނީ އިބާގެ ގިސްލުމުގެ އަޑެވެ. މިވީހާދުވަސް ވީއިރު ޔާސިރު އިބާ ގެންގުޅުނީ އެލޮލުން އެންމެކަރުނަތިއްކެއްވެސް ވައްޓާލިޔަނުދީއެވެ. ވީއިރު އެގޮތަށް އެދަރިފުޅު އެހާ އަސަރާއެކު ރޮމުންދާއަޑު އިވުމުން ޔާސިރު ދައްކަން އުޅުނު ވާހަކަވެސް ހަންދާންނެތިގެން ދިޔައެވެ. އަދި ވީގޮތެއްބަލަން ފޯނުބޭއްވުމާއެކު އަވަހަށް ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. އެހެން ދުވަސްތަކާއި ހިލާފަށް އަލޫކް ހުރީ އުފަލުންކަން އޭނާގެ ހަރަކާތްތަކުންވެސް ފާހަގަވެއެވެ. ލޫޔާއާއި ފަރޫންކައިރީގައި އޭނާބޭނުން ނޫންގުޅުމެއް އިބާއާއި އެކުގައި ކުރިއަށް ގެންދެވުންކަން ހާމަނުކުރިނަމަވެސް ގޯހެއްހެދުނުކަމަށް ބުނުމުން އެމީހުންވެސް އެދުނީ […]
ހަޤީޤީ ހާދިސާތަކެއް މި ލިޔަނީ މި ކުދިންގެ ހުއްދަ ލިބިގެން. ކަމުދާނެ ކަމަށް އެއްމީދު ކުރަން. ޔުމްނު ދިޔައީ ސްކޫލަށް ދާށެވެ. އޭނާ އެކު މިހާރު އެގޭގައި އުޅޭ ކްލާސް ކުއްޖެއް ކަމަށްވާ ނާއިޝް ވެސް ހުއްޓެވެ. ޔުމްނު ކުރިއަށްވުރެ ބާރަށް ހިގަން ފެށުމުން ނާއިޝް އޭނަގެ އަތުގައި ހިފެހެއްޓިއެވެ. “ދެން. މީނަ ނުބަލާނެ ކޮންމެ ކަމެއް ކުރާކަށްވެސް. މީ ގެއެއް ނޫނޭ. މީ މަގުމައްޗޭ. ނާއިޝް ގަނޑާ” “ސާބަސް މަ ނޫޅެމޭ ކާލާކަށް. މާދަން ހުކުރެއްނު. […]
މެހެކްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އޭނާގެ ބައްޕައަކީ ހަމަ އެހާ ހިތްހަރު މީހެއް ހެއްޔެވެ. އޭނާގެ އުފަލަކީ އެބައްޕައަށް މުހިއްމު ނުވީ ކީއްވެ ހެއްޔެވެ. މަޖްބޫރުން ކުރެވޭ ކައިވެންޏަކުން އޭނާއަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ. ކޮޓަރިއަށް ވަދެ މެހެކް އަވަސްވެގަތީ އެލައިޝާއަށް ގުޅައި އެވާހަކަތަށް ކިޔައިދޭށެވެ. “އަޅޭ ހާދަ ދެރަ ގޮތެކޭ ތިވީ..މެހެކް ދެން ނުރޮއި ހުއްޓާލާ..ކިތަންމެ ވަރަކަށް ރުޔަސް ކަމެއް ހައްލެއް ނުވާނެ އެއްނު..ލައި ދަންތަ މެހެކް ކައިރިއަށް.. އެކަނި އިނީމަވެސް ބޮޑަށް ވިސްނޭނީ..” […]
އޭނާ އެނބުރި ބަލާލުމާއެކު ފެނުނު މީހެއްގެ ސަބަބުން ހިނިތުންވެލެވުނެވެ. “ދޮންބޭ” އުފާވެފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއް ނޭގި އަފްޝީން އަށް ކުރެވުނު ހާވެސް ކަމަކީ ބާރަށް ދޮންބޭ އޭ ކިޔާފައި ހަޅޭއްލަވައިގަތުމެވެ. މީހުންތައް ބަލަން ފެށުމުން ހިސާބަކަށް ލަދުގަތެވެ. އެހެންކަމުން އަފްޝީން އަވަސް އަވަހަށް މިސްރާބުޖެހީ ނުކުތުމަށެވެ. ޔުއާން އަފްޝީން ގެ ފޮށި ހިނގައިގަތެވެ. ބުޅި އިސްތަށިގަނޑު ދޫކޮއްލާފައިވާއިރު ބަލައިލަން ހިތްގައިމެވެ. ދޮން ވެފައި ހަމުގެ ކުލަ އަލިވުމުން އާއްމުކޮއް ދިވެހިންގެ ގައިގައި ހުންނަ ކުލައަށްވުރެ […]
ފެނުނުމަންޒަރާއެކު އަލޫކްގެ މެޔަށް ނުބައިގޮތެއްވެގެން ދިޔައެވެ. ނަމަވެސް އިބާ އެކޮޓަރިއަށްވަދެ އެކުރާކަމެއް ހޯދުމަށް ހިނގައިގަތް އަލޫކް ފާހާނާއަށް ދާންޖެހުމުން ހަތިޔާރު ބަހައްޓާފައި ކޮޓަރިއަށް އެނބުރިއައީ ފާހާނާކޮށްލައިގެން އިބާކުރާކަމެއް ބަލަންދާން ނިންމައިގެންނެވެ. ހަމަ އެގޮތަށް އަވަސްއަރުވާލާފައި ކޮޓަރިއަށްވަތް އަލޫކް ފެނުމުން އިބާއަާއި އަލޫކް ފެނުމުން ކޮޓަރިއަށް ވަތް ލޫޔާވެސް އިނީ ކިޔާނެ އެއްޗެއް ބުނާނެއެއްޗެއް ނޭންގިފައެވެ. މިވަގުތު އިބާ އެހާސިއްރުން ނިކުމެ އެކުރަނީ ކީއްހެއްޔެވެ. އަހަރެން ފެނުމުން އިބާ ކުލިއަކަށް ބަދިގެއަށް ވަނީ، ހަމަ ރަނގަޅަށްވެސް އިބާ އައީ […]