ދެރަވެސް ވިއެވެ. އެހެންނަމަވެސް އޭނާ އިހްސާސްތައް ފޮރިވައިލިއެވެ. އެވަގުތު އެތާ މޭޒުމަތިގައި އޮތް މައިލީންގެ ފޯން ރިންގްވިއެވެ. މައިލީން ފޯނާ ދިމާލަށް ބަލާލުމާއެކު އަވަސްއަވަހަށް ފޯން ފޮރުވިއެވެ. އަދި އަވަސްއަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އޭރު މައިލީން ގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަނެއްކާ ޔުއާން އަށް ފެނުނީހެއްޔެވެ؟ ފެނިއްޖެނަމަ ޔުއާން ގެ އަމަލް ތައް ހުންނާނީ ކިހިނެއްހެއްޔެވެ؟. މައިލީން ސިހުނު ގޮތް ޔުއާން އަށް ފެނުނު ކަމުގައިވިޔަސް ފޯނުގެ ސްކްރީން […]
އިބާގޮސް ލޯމަތިން ގެއްލުމާއެކު ފަރޫންއާއި އަލޫކް އެހަނިގޯޅިގަނޑަށްވަދެ ހާޖީބެ ދިރިއުޅޭ ކޮޓަރީގައި ޓަކިޖަހާލިއެވެ. ސޯފާގައި އިން ޔާސިރުއަށް ވިސްނި ވިސްނިހެން ބޯގޮވުންނޫންކަމެއް ނުވެއެވެ. ކޮންމެގޮތެއްވިޔަސް ލޫޔާ އަކީ އޭނަގެ ބޭބެގެ ދަރިފުޅަށް ވެއްޖެނަމަ މިހާރުވެސް އޮތްގޮތަށް ޔާސިރުއާއި ނަސްރީނާ ވިޔަފާރި އެއްކޮށްނުލާ ދެދަރިންގެ ނަންމައްޗަށް ބަދަލްކުރާން ޔާސިރުވަނީ ނިންމާފައެވެ. އިބާ އެކޭ އެއްފަދައިން ލޫޔާއަކީ ބޭބެގެ ދަރިކަން ޔަގީން ވެއްޖެނަމަ އެކަމާ އިތުރުބަހަނާއެއް ދެއްކޭނެ މީހަކު ނުހުންނާނެއެވެ. ހުދުއިބާވެސް ޖެހޭނީ އެކަން ގަބޫލުކުރާށެވެ. ނަމަވެސް ނަސްރީނާ ދެވިޔަފާރިއެއްކޮށްލަން […]
ދަންވަރު އެކެއްޖަހާ ބޮޑުވި އިރުވެސް ވިޝިކާއަށް ނުނިދެއެވެ. އެ ދުވަހު ދުވާލު މާގިނައިރު ނިދުމުން ވިޝިކާ ކައިރިއަށް ނިންޖެއްނައެވެ. ވައިފައި އޮންކޮށްލާފައި ވައިބާ ބަލައިލިއިރު ލަޔާން ފޮނުވާފައި ހުރި ފޮޓޯތަކެއް ފެނިގެން ބަލައިލިއިރު އެއީ ވިޝިކާއަށް ނޭނގި އޭނަގެ ގައިން ލަޔާން ނަގާފައި ހުރި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ފެނުމުން ވިޝިކާއަށް ރުޅިއައުމުގެ ބަދަލުގައި ހިނިތުންވެލެވުނީ ލަޔާންގެ ހިތުގައިވެސް އޭނައަށް ހާއްސަ ކަމެއްނުވާނަމަ އެ ގޮތަށް ފޮޓޯ ނުނަގާނެއޭ ހިތަށް އަރާފައެވެ. “އަދިވެސް ނުނިދަނީތަ؟ މިހާރު ކުޑަކުދިން […]
ދެމީހުން އެބުރި ހޮޓެލަށް ދިޔައީ މެހެކް ގުޅުމުންނެވެ. އަބަދު ޒުވާބުކޮއް ހަދާ ދެމީހުން އެޕާކުން ނިކުމެ ދިޔައީ އެކުވެރިންގެ ގޮތުގައެވެ. އެލައިޝާގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު އިބާންއާއި ހިއްސާކުރެވުމުން ހުރީ ހައިރާންވެފައެވެ.ހައިރާން ނުވާންވީ ކީއްވެ ހެއްޔެވެ. އިބާންއާއި ދިމާވިތާ އަދި ހަފްތާއެއްވެސް ނުވެއެވެ.މެހެކްއާއިއެކު އެތަށް އަހަރަކު އުޅެފައިވާއިރުވެސް އެލައިޝާއަށްވަނީ މެހެކް ގާތުގައި އެވާހަކަ ނުބުނެވިއެވެ. ދެމީހުން އެކީގައި ހޮޓެލް ކައިރިއަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ޒެވިޔަންއާއި މެހެކް ތިއްބެވެ. “ދެމީހުން ހަމަ އެކީގަތަ ތިއުޅެނީ…މެހެކް […]
އެހެނަސް އޭނަގެ ސިކުނޑިއަށް ނޭދެވޭ ޚިޔާލުތަކެއް ވެރިވާން ފެށީ އޭނަ އޮސްޓްރޭލިޔާއަށް ފުރި ދުވަސް ހަނދާންވުމުންނެވެ. އެދުވަހާއި ޖެހެންދެން ވެސް މަންމަ ދިޔައީ އޮސްޓްރޭލިޔާއަށް ދިޔުމަށްޓަކައި ދަތުރު ހަދަމުންނެވެ. އެހާ ކުއްލި ގޮތަކަށް މަންމަ ޚިޔާލު ބަދަލުކޮށްލީ ކީއްވެ ހެއްޔެވެ؟ މަންމަ މި ހުރިހާ އަހަރު ވީއިރު އޭނައާއި ޝިނާޒްގެ ޚަބަރެއް ނުބެލީ ކީއްވެ ހެއްޔެވެ؟ ދޮންބައްޕަގެ ފަރާތުން ފަހުން މަންމަގެ އެއްވެސް ޚަބަރެއް ނުލިބުނީ ކީއްވެ ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުން އަނެއްކާވެސް ޝަރަފްގެ […]
“ސޯ ގްރޭޓް ޑޮކްޓަރ ޔުއާން ވަޓް ޑޫ ޔޫ ވޯންޓް” ހިތްވަރުކޮއްފައި ނުގޮސް ޔުއާން ހުންނަން ފެށުމުން މައިލީން އަހައިލިއެވެ. ޔުއާން އަށް މައިލީން ގެ އަޑު އިވުމާއެކު ފުން ނޭވާއެއްލަމުން މޭގައި ފިރުމާލިއެވެ. އެތަން ބަލަން ހުރި މައިލީންގެ ހިތަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. މައިލީން ގެ ހިތުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުންދިޔައެވެ. ޔަޝްމް އަށް ކިޔަވައިދޭން މަސައްކަތް ކުރަމުން ދިޔަ އާރާ ދެފަރާތަށް ބޯ ހޫރާލަމުން މަޑުޖެހިލީ ޔަޝްމް ގެ ސަމާލުކަން […]
ހޮސްޕިޓަލްގެ އެނދުމަތީގައި އޮތް ޝަރަފަށް ދެލޯ މަރައިގެން އޮވެފައި ލޯ ހުޅުވާލެވުނު ވަގުތު އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. ވޯޑަށް ވެރިވެފައި އޮތް ފަނޑު އަލި ކަމުގެ ތެރެއިން ވެސް އޭނަގެ ލޮލަށް ޖަމާވެފައިވި ކަރުނަތަކުގެ ވިދުން ފެންނަމުން ދިޔައެވެ. އޭނައަށް ފުން ނޭވާތަކެއް ލެވެމުން ދިޔައިރު އޭނައަށް ހީވީ މޭމަތީގައި އުފެދިފައިވި ރިހުމެއްގެ ސަބަބުން އޭނަގެ ހިތް ފަޅައިގެން ހިނގައިދާނެހެންނެވެ. މީގެ ތިން މަސް ކުރިން އައި އެދުވަހުގެ އެވަގުތު އޭނައަށް ކުރެވުނު އިޙްޞާޞްތައް އަނެއްކާވެސް […]
“އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވެން އުޅެނީ އޭ އާރާ” ޔަޝްމް ގޮވައިގެން ބޭރަށް ގޮސްފައި ޝާލީން އައިއިރު ޔަޝްމް ގެ އަތުގައި ކުޅޭ އެއްޗެއް އޮތެވެ. އޭނާ ނިކަން ހެވިފައި ހުރެގެން އައިސް މައިލީން އަށް ދައްކައިލިއެވެ. އޭރު މައިލީން ހުރީގޭތެރެ ފޮޅާ ސާފުކުރާށެވެ. ސިޓިން ރޫމްގައި ހުރި ސްޓަޑީ ޓޭބަލް ގައި ފޮތްތައް އަތުރައިގެން އިން އާރާ ފެނިފައި ޔަޝްމް ގޮސް އެ އާރާ އަށް ދައްކައިލިއެވެ. އޭނާ އެދުނީ އޭނާއާއެކު އާރާ ކުޅެން އައުމަށެވެ. […]
ގިނަ ކިޔުންތެރިންގެ އެދިލެއްވުމަށް ” xaaahy” އެސްފިޔައިގައި ޝާޢިއުކޮށްފައިވާ ވާހަކަ، “ލޯތްބަށްޓަކައި” ކިޔުންތެރިންނަށް ފަސޭހައިން ކިޔާލެވޭނެ ގޮތަށް ގެނެސްދިނީމެވެ. ލޯތްބަށްޓަކައި.. (ފުރަތަމަ ބައި) ލޯތްބަށްޓަކައި.. (ދެވަނަ ބައި) ލޯތްބަށްޓަކައި… (ތިންވަނަ ބައި) ލޯތްބަށްޓަކައި… (ހަތަރުވަނަ ބައި) ލޯތްބަށްޓަކައި… (ފަސްވަނަ ބައި) ލޯތްބައްޓަކައި…(ހަވަނަ ބައި) ލޯތްބަށްޓަކައި (ހަތްވަނަ ބައި) ލޯތްބަށްޓަކައި ( އަށްވަނަ ބައި) ލޯތްބަށްޓަކައި ( ނުވަވަނަ ބައި) ލޯތްބަށްޓަކައި ( ދިހަވަނަ ބައި) ލޯތްބަށްޓަކައި ( އެގާރަވަނަ ބައި) ލޯތްބަށްޓަކައި (ބާރަވަނަ ބައި) ލޯތްބަށްޓަކައި ( ތޭރަވަނަ ބައި ) ލޯތްބަށްޓަކައި ( ސާދަވަނަ ބައި ) ލޯތްބަށްޓަކައި (ފަނަރަވަނަ […]