ނޭންގިހިތޭ ގެންދެވީމަ މިތުރާ… (17)
ހަމަޔަގީނުންވެސް އެއިވެނީ އިބާގެ ގިސްލުމުގެ އަޑެވެ. މިވީހާދުވަސް ވީއިރު ޔާސިރު އިބާ ގެންގުޅުނީ އެލޮލުން އެންމެކަރުނަތިއްކެއްވެސް ވައްޓާލިޔަނުދީއެވެ. ވީއިރު އެގޮތަށް އެދަރިފުޅު އެހާ އަސަރާއެކު ރޮމުންދާއަޑު އިވުމުން ޔާސިރު ދައްކަން އުޅުނު ވާހަކަވެސް ހަންދާންނެތިގެން ދިޔައެވެ. އަދި ވީގޮތެއްބަލަން ފޯނުބޭއްވުމާއެކު އަވަހަށް ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ.
އެހެން ދުވަސްތަކާއި ހިލާފަށް އަލޫކް ހުރީ އުފަލުންކަން އޭނާގެ ހަރަކާތްތަކުންވެސް ފާހަގަވެއެވެ. ލޫޔާއާއި ފަރޫންކައިރީގައި އޭނާބޭނުން ނޫންގުޅުމެއް އިބާއާއި އެކުގައި ކުރިއަށް ގެންދެވުންކަން ހާމަނުކުރިނަމަވެސް ގޯހެއްހެދުނުކަމަށް ބުނުމުން އެމީހުންވެސް އެދުނީ ބަލައިގެން އުޅުމަށެވެ. ހަމައެގޮތަށް ލޫޔާގެ އަނގައިން ލޯބިވާވާހަކަ ބުނީތީ އަލޫކްގެ ހިތްވަނީ އުފަލުންގޮސް އާސްމާނުގައެވެ.
ކޮލެޖްއަށް ފަރޫންއާއި އެކުގައި ވަދެގެންްއައި ލޫޔާގެ މޫނުމަތީގައިވެސް ވަނީ ނުފިލާހިނިތުން ވުމެވެ. އެދެކުދިން އެކީގައި ފެނުމުން އާންމުކޮށް ހަސަދައިގެ ލޮލުން ބަލާ ލޯތަށް އަދިވެސް މަދެއްނޫނެވެ. ސީދާ ޔޫނިއަން އޮފީހަށް މިސްރާބުޖަހާފައިވާ ދެކުދިންގެ ހިނގުން މަޑުޖައްސާލީ ފަރޫންގައިގަ އައިސް ތަތްވެގަތް ޝާޔާގެ ސަބަބުންނެވެ. އައްޓަންމަހެއް ހެން ޝާޔާ އައިސް ތަތްވެގަތުމުން ފަރޫންގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އަލްޔާއާއި ރައްޓެހިވީފަހުމް ފަރޫންވަނީ އޭނާގެ އުޅުން އެއްކޮށް ބަދަލްކޮށްލާފައި ކަމުން ވަގުތުން ޝާޔާ ދުރަށް ޖައްސާލުމާއެކު ދުރުގައި ހުރިމަށް އެންގިއެވެ. އަދި އެގޮތަށް އައިސް ގަޔަށްބޮލަށް އަރަންޏާ މައްސަލަޖައްސާނެ ކަމަށްވެސް ބުންޏެވެ. ފަރޫން ބުނިއެއްޗެއްބުނީ ހަމައެކަނި ލޫޔާއާއި ޝާޔާއަށް އަޑުއިވޭވަރަށްކަމުން ދުރުގައި މަންޒަރުބަލަން ތިބިކުދިންނަށް އެތަނުގައި ވީގޮތް ރަނގަޅަށް ސާފެއްނުވިއެވެ. އެއީ ފަރޫން ބޭނުންވެސްވީގޮތެވެ. މިއަދު އޭނާގެ ފަރާތުން އެއްވެސް ކުއްޖަކު އެންމެންކުރިމަތީ ލަދުގަންނަވާލުން އެއީ ފަރޫން ކުރަންބޭނުން ކަމެއްނޫމެވެ. އަލްޔާވަނީ އެހާވެސްބޮޑަށް ފަރޫން ބަދަލްކޮށްލާފައެވެ.
ގެއަށް ގޮސް ވަނުމާއެކު ހަލުވި ހިންގުމެއްގައި ޔާސިރު މިސްރާބުޖެހީ އިބާގެ ކޮޓަރިއާއި ދިމާއަށެވެ. ނަމަވެސް ވަކި ހިސާބަކުން ޔާސިރުގެ ހިނގުން މަޑުޖައްސާލީ ލޫޔާގެ ކޮޓަރިން ވާހަކަދައްކާ އަަޑުއިވުމުންނެވެ. މިވަގުތު ގޭގައި ލޫޔާ ނޫޅޭނެކަން ޔާސިރުއަށް ޔަގީންވެއެވެ. މީހުން ނެތްގަޑިބަލާފައި ލޫޔާގެ ކޮޓަރިއަށްވަން އިބާ ސިހުނީ ކޮޓަރީގެ ދޮރުމަތީގައި ހުރި އޭނާގެ ބައްޕަ ފެނުމުންނެވެ. އިބާ ހީކުރީ އެވަގުތު ބިޒީވުމުން ބައްޕަ ފޯނު ކަނޑާލީ ކަމަށެވެ. އަދި މިވަގުތު ގޭގައި މީހަކު ނޫޅޭތީ އެހާވަރުން ތަވީދު ހޯދަން ލޫޔާކޮޓަރިއަށް އައީ ފަހަރެެއްގައިވެސް ގެއަށް މީހަކު އައިސްދާނެކަމަށް ނޫނެވެ. ނަމަވެސް މިއަދު އޭނާގެ ބައްޕަގެ ކުރިމަތީގައި ރަނގަޅަށް ބޭޒާރުވެއްޖެއެވެ.
ލޫޔާގެ ފައިލެއް ބާއްވާފައި ކޮލެޖްއަށް ދެވުމުން، އެވަގުތު ކޮފީއަކަށް ބޭރަށްދިޔަ ފަރޫންއާއި އަރުޝަދު ކައިރީ އެގެނެސްދިނުމަށް ލޫޔާއެދުނީ ކޮޓަރީ ތަޅުދަނޑި ފަރޫންއަތަށް ދީފައެވެ. ލޫޔާމެންގެ ގެއަށް ވަދެގެން އައި ފަރޫންމެން މަޑުޖެހިލީ އެކޮޓަރީގެ ދޮރުމަތީގައި ހުރި ޔާސިރުފެނުމުންނެވެ. ހަމައެއާއެކު ކޮޓަރީގެ ދޮރުހުޅުވާފައި ހުރުމުންވެސް މެއެވެ.
އެތެރޭގައި ހުރި އިބާ އިސްޖަހާލުމާއެކު ކޮޓަރިން ބޭރަށް ނިކުތުމާއެކު ޔާސިރު އިބާއަށް ބަލާލިއެވެ. ހަގީގަތުގައިވެސް އިބާވަނީ ގަދަޔަށް ރޮވިފައިކަން އޭނާގެ ދުޅަވެފައިވާ ދެލޮލުން ހާމަވާން ހުއްޓެވެ. ކޮޓަރިން ނިކުމެ ކުއްވެރިއަކުފަދައިން ދޮރުލައްޕާ ތަޅުލުމަށްފަހު އިބާ އިސްޖަހާލިއެވެ. “ދަރިފުޅާ.. ކިހިނެއްތަ މިވަނީ.. ބައްޕަޔަށް އެއްވެސްކަމެއް ހަމަަ އަންގާނުލާނަންތަ.. ދަރިފުޅުމިހާރު ބައްޕަ ހާދަ ދުރުކޮށްްލައިފިއޭ.. ” ޔާސިރު ވާހަކަ ދެއްކީ ލޯތްބާއެކުގައެވެ. އޭނާ ބޭނުންވަނީ ރީތިކޮށް ވާހަކަދައްކައިގެން އިބާކުރެން ހުރިހާކަމެއް އޮޅުންފިލުވާށެވެ. ” އާދެބަލަ ދަރިފުޅާ އެތާންގައި އިށީދެލަން.. ” ބަހެއްނުކިޔާ އިބާ އިންނަންފެށުމުން ޔާސިރު ސިޓިރޫމްގައި ހުރި ސީފާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
ދެބަފައިން އެކީގައި އައިސް ސޯފާގައި އިށީންދެލިއިރު ފަރޫންމެން ލޮލުގައި އަޅައިނިގަތީ އެމީހުން އެތާންގައިހުރި ފޮތްތަށްލާފައިވާ ކަބަޑު ބިއްދޮށަށްވާގޮތަށް ވަދެތިބުމުންނެވެ. އެތާންގައި ތިބިނަމަވެސް ދެކެވެމުންދާ ވާހަކަ ރީތިކޮށް އެމީހުނަށް އަޑުއިވެއެވެ. އަދި ޔާސިރުއާއި އިބާ ތިބީ އެ ފޮތްކަބަޑަށް ފުރަގަސްދީގެން ކަމުން ފަރޫން އާއި އަރުޝަދު ކުޑަކޮށް ބޭރަށް ނިކުމެލާ ތިއްބެވެ.
“ދަރިފުޅާ ކީއްތަތިކުރަނީ ލޫޔާގެ ކޮޓަރީގަ.. ދަރިފުޅުވެސް ނުވާނު ހުއްދަނެތި އެހެންމީހުންގެ ކޮޓަރިއަށް ވަންނަން.. ތީ ކޮންތާކުން ހޯދި ތަޅުދަނޑިއެއް.. ” ޔާސިރު އިބާއަށް ވިސްނާދޭފަދައިން ވާހަކަދައްކަމުން އަހާލިއެވެ. އެއާއެކު އިބާ ފެށީރޯށެވެ. ކިތަންމެ ބޭނުން ނޫންނަމަވެސް މިއަދުދެން ބައްޕައަށްވެސް މިކަން އަންގައިގެން ނަމަވެސް އެތަވީދު ހޯދަން އިބާ ބޭނުންވެއެވެ. ފުންނޭވައެއް ލުމަށްފަހު އިބާ ކަރުނަފުހެލާފައި އޭނާގެ ބައްޕަގެ މޫނަށް ބަލާލިއެވެ. އަދި ޒޭންގެވާހަކަ ފިޔަވާ އެހެން ހުރިހާކަމެއް އޭނާގެ ބައްޕައަށް ކިޔާދިނެވެ. ނަމަވެސް ޔާސިރުގެމޫނުމަތީގެ ކުލަވަރުން އެއީ އާވަހަކައެއްނޫންކަން އިބާއަށް އެނގުނީ ޔާސިރު ބަލަން އިނގޮތުންނެވެ. ” ދަރިފުޅާ މިއަދު ބައްޕަ ގުޅީވެސް ތިވާހަކަ އަޑުއިވިގެން ތިކަން އޮޅުން ފިލުވަން.. ” އެހެން ބުނެފައި ހެނދުނު ކަންތަށްވީގޮތް ޔާސިރު އިބާއަށް ކިޔާދިނެވެ. ” ދަރިފުޅަށް އިނގޭތަ ބައްޕަ މިހުރީ މިހާރު އެއިން ކުއްޖަކާވެސް ހަތަރުކަޅި ހަމަކޮށްލަން ނުކެރިފަ ދަރިފުޅު ތިކުރިކަމަކުން.. ގެނޭ ބައްޕަ އަތަށް ތިތަޅުދަނޑި.. ބައްޕަ ލޫޔާކުރެން އަހާނަން އެއްވެސް ތަވީދެއް އެކޮޓަރީގަ އޮތްތޯ.. ދަރިފުޅުދެންވެސް އެކޮޓަރިއަށް ނުވަންނާތި އިނގޭ.. ” އިބާއަތުގައި އޮތް ތަޅުދަނޑިނަގަމުން ޔާސިރު ވާހަކަދެއްކީ ލޯބިވާދަރިފުޅުގެ އެއަމަލުތަކުން ލަދުވެތިވާ ހާލުގައެވެ.
” އަދި އެބައޮތް ބައްޕަގެ ސުވާލެއް .. ދަރިފުޅުވާނެ ބައްޕަޔަށް އޮޅުވާލުމެެއްނެތި ދެންމެތިޔަ ކިޔާދިންހެން ރަނގަޅަށް ބުނެދޭން.. އޭރުން ބައްޕަވެސް ދަރިފުޅުތިކަމުން މިންޖުކޮށްދޭން ކުރެވުނު ހުރިހާކަމެއް ކޮށްދޭނަން.. އަދި ދަރިފުޅަށް ވަރަށް މުހިންމު ވާހަކައެއްވެސް ކިޔާދޭނަން.. ” ޔާސިރުގެ ވާހަކަ އަޑުއަހާފައި އިބާ އޭނާގެ ބައްޕައަށް ބަލާލީ ކޮންވާހަކައެއްތޯ އަހާލާގޮތަށެވެ. ” ދަރިފުޅު ކީއްވެތަ ލޫޔާދެކެ އެހާ ރުޅިއަންނަނީ.. ބައްޕަ ދައްތަޔާ އިނީމަ ބައްޕަގެ ލޯބި ކުޑަވެދާނެތީތަ..” ޔާސިރުގެ އެސުވާލާއެކި އިބާދުލުން ނިކުތީ އެންމެ ލަފްޒެކެވެ. “ޒޭން..” އޭ ބުނެވުމާއެކު އިބާއަށް ރޮވުނެވެ.
ޒޭންގެ ނަން އިވުމާއެކު އަރުޝަދު އަށް ތެޅިގަނެވުނެވެ. އެވަގުތު ފަރޫން ނުހިފޭއްޓިނަމަ އެކަބަޑުން ފޮތެއްވެއްޓި އެމީހުން އެތާންގައި ތިބިކަން ފަޅާއެރީހެވެ. ކިހިނެއްވީތޯ ފަރޫން އަހާލިމުން ފަހުން ކިޔާދޭނަމޭބުނެ އިބާ ދެން ދައްކާވާހަކައަަކަށް އަރުޝަދު ކަންފަތްދިނެވެ. ފަރޫންވެސް އަރުޝަދުއެހެން ބުނުމުން އިހު ހުރިގޮތަށް އެނބުރިލިއެވެ.
“ބައްޕާ.. ޒޭން.. ޒޭ.. ޒޭންއަކީ އަޅުގަނޑަށް އެމީހަކުދެކެ އެންމެ ފުރަތަމަ ލޯބިވެވުން ފަރާތް.. އެކަމަކު ..” އެހެން ބުނުމާއެކު އަނެއްކާވެސް އިބާއަށް ރޮވުނެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ޒޭންގެ ވާހަކަތަށް ވެސް ބައްޕަ އާއި އިބާ ހިއްސާކުރިއެވެ. އަދި މިހާރު އެލޯބި ޒޭންގެ ސޫރާގައިވާ އަރުޝަދުދެކެ ވެވުންކަންވެސް ހާމަކޮށްލީ ބައްޕަގެފަރާތުން އެކަމަށް އެއްބާރުލުން ލިބޭނޭކަމުގެ ފުރިހަމަ އުންމީދާއެކުގައެވެ.
“ދަރިފުޅާ އެމީހެއްގެ ވަގުތުޖެހުމުން ކޮންމެ މީހަކުވެސް ލޯމަރާލާނެ.. އެކަމަކު އެއީ ކޮންވަގުތަކުން ކިހިނެއް ކޮންތާކުކަމެއް ނޭންގޭނެ.. އެދުވަހު އެކަން ވާންހުރީމަ ލޫޔާއެހާވަރުން ސައިކަލްގަ ދާންބުނީ.. އެއީ އެކަމާ ދަރިފުޅު ލޫޔާދެކެ ރުޅިއަންނނންވީ ސަބަބެއްނޫނެއްނު ދޯ.. އެދުވަހު އެހެން އެވީ ދަރިފުޅިގެ ތަގްދީރުގަ ލިޔެވިފައިވަނީ ތިޔަބުނާ އަރުޝަދުގެން ނަންވީމަ ކަމަށްވެސް ހަމަވެދާނެ.. ބައްޕަ ބުނެލަން އޮތީ ވެދިޔަކަންތަން ހަނދާން ނައްތާލާފަ ދަރިފުޅުދެން ރީތިކޮށް ލޫޔާއާއި ވާހަކަދައްކާށޭ.. އަދި އަލޫކްގެކިބައިންވެސް މާފަށްއެދި ތިހުރީހާ ކަމެއް ހައްލުކުރަން ވާހަކަދައްކައިގެން މަސައްކަތް ކުރާށޭ.. ދަރިފުޅާ.. ދަރިފުޅަށްއިނގޭތަ .. ލޫޔާއަކީ ދުވަހަކުވެސް ދަރިފުޅާއި ދުރުވާނެކުއްޖެއްނޫން.. އެއަށްވުރރ މާގަތް ގުޅުމެއް ލޫޔާއާއި ދަރިފުޅާދެމެދުގަ ވަނީ.. އާން ދަރިފުޅާ.. އެއީ ބައްޕަގެ ބޭބެ.. އާދިލްގެ ހަމައެކަނި ހުރި ފުރާނަ.. ” ޔާސިރު ގެ އެބަހާއެކު އިބާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހަމަ އެވަގުތު އިބާގެ ހަނދާނަށްއައީ އޭނާގެ ކާފަ ނިޔާވުމުގެ ކުރިން ދެއްކިވާހަކަތަކެވެ.
** ދަރިފުޅާ ޔާސިރު.. ބައްޕަ މިއަދުވެސް ލޯމަރާލަން ޖެހިދާނެ.. އެކަމަކު ދަރިފުޅުވާނެ ހަނދާނުގަ ބަހަށްޓަން ދަރިފުޅުގެ ބޭބެ އާއި މަންމަ ކަންތަށްކުރިގޮތް…**
އެހަންދާން އާވުމާއެކު އިބާ ހިތްހަމަނުޖެހިފައި ބުނެވުނީ ކާފަވެސް އެބޭބެދެކެ ރުޅިއަންނަވާހަކައެވެ. ނަމަވެސް ޔާސިރު އޭނާގެ ދަރިފުޅަށް ކަންކަން ހިނގާފައިވާ ގޮތް ރަނގަޅަށް އޮޅުންފިލުވާދިނުމާއެކު އިބާއަށްވެސް ކާފަދެކެ ރުޅިއާދެވުނެވެ. އެކަމަކު މިހާރުދެން ކާފަދެކެ ރުޅިއައުމުން ވާނޭ ފައިދާއެއްނެތުމުން ކަންތަށް ކުރެވިފައިވާގޮތް ހަނދާންވެ އޭނާގެ ބައްޕަކައިރީ މާފަށް އެދުނެވެ. ދެންދުވަހަކުވެސް އެކުއްތަކުރާރު ނުކުރާނޭކަމަށް ވައުދުވިއެވެ. އަދި ލޫޔާ އާއި އަލޫކްގެ ކިބައިންވެސް މާފަށް އެދޭނެކަމަށް ބުންޏެވެ. ދަރިފުޅަށް ހެޔޮވިސްނުން ދެއްވީތީ ކަލާންގެ ކިބަޔަށް ޔާސިރު ހަމްދުކުރިއެވެ.
އެހުރިހާއިރު ވާހަކަތަށް އަޑުއަހަންތިބި ފަރޫންއާއި އަރުޝަދު މަޑުމަޑުން ގެއިން ނިކުތީ އިބާކޮޓަރިއަށް ދިއުމާއެކު ޔާސިރުވެސް ކޮޓަރިއަށް ވަނުމުންނެވެ. ލިބުނު ހަބަރާއެކު އަރުޝަދުއިނީ ވާންވީގޮތް ނޭންގިފައެވެ. ލޯބިވާ ފަރާތް ލިބޭނެކަން އެނުގުމުން އުފާވިނަމަވެސް އިބާ އަށް އަރުޝަދު ސިފަވަނީ ޒޭންގެ ގޮތުގައިކަން އެނގުމުން ހިތްނުތަނަވަސްވެއެވެ. ފަރޫން ހުރީ ހުރިހާ ކަމެއް އޮޅުންފިލުމުން ހިތްހަމަ ޖެހިފައިނަމަވެސް މިހާރު ލޫޔާ އެތަށްފަހަރަކު ގުޅާފައި އޮތުމުން ކަންބޮޑުވެފައި އަރުޝަދުއަށް ބަލާލިއެވެ. ” މަށަށްފެންނަނީ އެހަށް ވީގޮތް ނުބުނެ ބާއްވަން.. އޭރުން އިބާ ހަދާގޮތެއްވެސް އެނގިދާނު.. ” ފަރޫން ބަލާލުމާއެކު އަރުޝަދު ހަމަޔަކަށް އެޅިލާފައި ބުނެލިއެވެ. ” ސާބަހޭ މީނދަރޯމިއޯ.. މަމި ކަންތަށްބޮޑުވަނީ ފައިލްނުލާ ނިކުމެވުނީމަ… އެނުލާ ލޫ ކައިރިއަށް ގޮއްސީޔާ ސުވާލު ގޯންޏެއް އޮއްސާލާނެ.. ” އަރުޝަދުގައިގަ ބޮނޑިއެއް އަޅާލަމުން ފަރޫން އެހެން ބުނުމާއެކު ” އެހިފައިލް ހިފައިގެން ދިޔަސް.. ތިބުނާ ގޯނީގެ ތުން ހުންނާނީ ހުޅުވިފައޭ ” އަރުޝަދު ބުނެލިއެވެ. އެންމެފަހުން ދެމީހުން އެއްގަލަކަށް އަރާ ފައިލް ހިފައިގެން ދާން ލޫޔާމެންގެއަށް ވަންތަނާހެން ދިމާވީ ނިކުންނަށް އައި ޔާސިރުއާއެވެ.
” އަހަށް ދެކުދިން މިގަޑީ….” މޫނުދޮވެލާ ފްރެޝްވެލައިގެން ނިކުތް ޔާސިރު ފަރޫންމެން ފެނުމާއެކު އަހާލިއެވެ. އެމީހުން ވެސް ދެންމެހިގި ކަންކަން އެނގޭކަމަށް ހަދާނުލާ މިއައީ ލޫޔާ ބުނެގެން ފައިލެއް ބަލައޭ ކިޔާ ހިނގައިގަތެވެ. ޔާސިރުވެސް އިތުރުސުވާލެއްނުކުރީ ފަރޫންއާއި އިތުރަށް ވާހަކަދައްކަން ވެއްޖެނަމަ ޔާސިރުގެ ލަދުން މޮޔަވެދާނެތީއެވެ.
ކޮޓަރިއަށްގޮސް ވަން ފަރޫންއާއި އަރުޝަދު ދެލޯބޮޑުވީ ކޮޓަރިތެރެ އޮތްގޮތްފެނުމުން ނެވެ. އަވަހަށް ކޮޓަރިތެރެ ހަމަޔަކަށް އަޅުވާލުމަށްފަހު ފައިލްހިފައިގެން ދެމީހުނަށް ނިކުމެވުނީ ލަސްގެން ގެއަށް އައި ލޫޔާގެ ކުރިމައްޗަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.






Alhey lovely haadha rangalhey ? vrh salhi ? btw me first tha؟؟
Yess ur first dear jumakko ? and thank you loabikilhaa ??
V salhi Thanx
Awwn thank you dear zaaraa ??
? maashallah
Shukuran dear Unaal ??
މިޝީ އަށް މިޝި ގެ ކޮމެންޓް އިންނަނީ ދިވެހިން… ބަޓް އެހެން ކޮމެންޓްތައް ހުންނަނީ އިންގްލިޝް އިން… ސްޓޯރީ ވަރަށް ރީތި..
Its oki dear layaa ah kiye dhivehin unass? btw thank you dear mishy ??
Salaam all. Vaahaka upkohlivaguthu site ah nuvadhevun fahun.. ehenve up vikame nuvaakamehvess layaa ah neyngun.. Bt fathis namaadhah heylaafa mibalaalee.. btw dear all dhen innanee vaahakaige final part epart ah ekuda inthizaareh hurihaa kiuntherinnvess kohladheythi.. insha allah mi week nimumuge kurin genessdheynan.. and mi partvess kamudhaane kamah unmeedhu kuran.. love u all?❤??
.. alhey..can’t wait
Story hama habeys
Alhe avahah up khdhehchey layaa
Love your stories dear
Waiting 4 the next part
Keitherivey dear .. and btw thank you dear mixuhaan ??
.Masa Allah v ves reethi story
Shukuran dear Aaan ??
V nice story. When aneh bai up kurany. Kurin comment koh nukiyas kiyalan egy hurihaa part eh vx vnice????❤❤❤
Asslu ? thank you so much dear pritty??
Wow.. Varah varah reethi.. Avahah next part up kohladhehchey Layaa.. Waiting for next part
Wat layaa GE name hawwi ah badhal v tha but stry Hama habeys ingey?
Thank you dear nadheema ??
yeah who is hawwi ?
Hawwi +Layaa =me
next part
V salhi
Hiiiiii…. hws? Story???? waiting for next part… Good luck dear❤️❤️
Plx plx avahah up kohdheeba! Cant’ wait! Nice story?
This is one of the best stories I’ve read here, it has mystery and romance and dheytherin humor ves, hope you continue writing amazing stories like this even after this one is done
Alhy vaahaka kiyaahithun???
layaa dhooni konirakun up kohla dhey nee
އަޕްޑޭޓް އެށް ނެތީތަ
????????
Mihaaru mivvaahaka up nuvaathee foohi veje?????
Hey!!!!!!!!!!!!!! kobaa tha next part…… avas kolaba plxxxxxxx
Alhe keevetha vahaka up nukurani so sad