Skip to content
އެސްފިޔަ

އަނދިރިވި ހަޔާތް

މިއީ ދުނިޔެއެވެ. އެއްބަޔަކު އުފަލުގައި ދުވަސްތަށް ގުނަމުން ދާއިރު، އަނެއްބަޔަކު ދަނީ ހިތާމައިގެ ކަރުނަ އޮހޮރަމުންނެވެ. ކިތަންމެ އުފަލުގައި އުޅެވުނަސް މާދަމާ ކަޅު އަނދިރި ގަނޑެއްގެ ތެރެއަށް ހަޔާތް ވެއްޓިދާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ.
ކައިވެންޏެއްގެ ބިންގާ އަޅާލެވޭ ކޮންމެ އަންހެނަކުވެސް މާދަމާއަށް ޓަކައި ދެކޭނެ ކުލަ ނުވާ ހުވަފެންތަކެއް ހުންނާނެއެވެ. މިހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި، ދިރިއުޅުން ބިނާކުރުމަށްޓަކައި ދިމާވާ ކޮންމެ ތޫފާނެއްގައި ދިރިއުޅުމުގެ ނައު އެއްމަންޒިލަކަށް ދަތުރުކުރުމަށްޓަކައި ދެމަފިރީންގެ ހިއްސާ އެއްވަރަކަށް ބޭނުންވާނެއެވެ. މިވައުދު މީގެ 12 އަހަރުކުރީން އަހަރެންގެ އަލަތު ފިރިމީހާ އާއި އެކުގައިވީމެވެ.
އަހަރެންގެ އުމުރުން 23 އަހަރުގައި ޖަހާލެވުނު އަލަތު ކައިވެނީގެ ގޮށް ވެގެން ދިޔައީ އަހަރެންގެ ހަޔާތުގެ ސަފްޙާތައް އަނދިރިވުމަށް ދިއްލާލެވުނު ހުޅުކޮޅަކަށެވެ. ނަމަވެސް މިއަނދިރިކަމުން މިއަދު އަހަރެން ނުކުތުމަށްޓަކައި އަޅާލާ ކޮންމެ ފައިތިލަ އަކާއި އެކުގައި، އަހަރެންގެ ހިތްވަރާއި ފަންވަރު ގެއްލިގެންދަނީ އަހަރެންގެ ފަސްބައިގާ ހިފައި އެލިގަންނަ އަހަރެންގެ ދިރިއުޅުމުގެ ހަމައެކަނި އުންމީދު ކަމުގައިވާ އަހަރެންގެ 03 ދަރީންނެވެ.
ކައިވެނީގެ ފުރަތަމަ ކޮޅުގައި ފިރިމީހާގެ ފަރާތުން ނުހަނު ލޯތްބާއި ހަމްދަރުދީ އަދި އަޅާލުން ލިބެމުން ދިޔައެވެ. ނަމަވެސް ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ހަލުވި ކަމާއި އެކުގައި މިގުޅުމަށް ބަދަލު އަންނަން ފެށިއެވެ. އުފާވެރި ކަމުގެ ހުޅުކޮޅު ނިވި، ހަޔާތް އަނދިރިވެއްޖެއެވެ. ހިތާމައިގެ ކޮޅެއްވެސްނެތެވެ. ދެމަފިރީން ދެމެދުގައި ޖެހޭ ކުދިކުދި ކުނިތައް، ކުނިގޮނޑުތަކަށް ބަދަލުވަމުން ދިޔައެވެ. ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލަކަށް އަތް އިސްކުރެވެން ފެށިއެވެ. ފިރިމީހާ ހިލޭ އަންހެނުންނާއި އެކުގައި ވަގުތު ހޭދަކުރަން ފެށިއެވެ. އަހަރެންގެ މައްސަލައަކީ ކޮބާތޯ ތަކުރާރުކޮށް ފިރިމީހާ އާއި ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި ހަޑިހުތުރު ބަސްތަކުން އަހަރެން ކަސްތޮޅު އަޅުވާލައެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ތަޅުންމައްޗަށް ވައްޓާލައި އަތުންނާއި ފައިން އަހަރެންގެ ގައިގެ އެތަންމިތަނުގައި ތަޅާ ލިބިފައިވާ އަނިޔާގެ ލަކުނުތައް ގައިގެ އެތަންމިތަނުގައި ލާފައި މިހާރުވެސް އެބަހުއްޓެވެ. ބޭރުފުށުން ފެންނަށް ހުންނަ ލަކުނު ފިލި ކަމުގައި ވިޔަސް، ހިތުގައި ލެވޭ ލަކުނުތަށް ފިލާނެ ހެއްޔެވެ؟
ބަލިވެ އިންނަދުވަސްވަރުގައި ފިރިމީހާގެ އަޅާލުމާއި ލޯބި ނުލިބޭ ތަނުގައި އަހަރެން ވިހެއުމުންވެސް ފިރިމީހާގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ނުފެނެއެވެ. އަހަރެންގެ 03 ކުދީންވެސް ފިރިމީހާ ފެނުމުން ބިރުން ތުރުތުރުލައެވެ. އެކުދީންނާއި ލޯބިކޮށްލާ ވާހަކަދައްކާ ދައްކާ ހެދުމީ ފިރމީހާގެ “ސްޓައިލް” އެއް ނޫނެވެ. އަހަރެން މިކަމާއި ފިރިމީހާ އާއި ވާހަކަ ދެކެވޭ ކޮންމެފަހަރަކު ދަރީން ބަލަންޖެހޭނީ ކުދިންގެ މަންމަ ކަމަށާއި ދަރީން ބެލުމަކީ ފިރިމީހާ ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ބައްޕަގެ ޒިންމާއަކީ ފައިސާ ހޯދުންކަމަށް ބުނެއެވެ. އަހަރެންގެ 03 ކުދީންނަކީވެސް ވަރަށް ބަސްއަހާ ބަސްމަދު ކުދިންނެވެ. ފިރިމީހާ އަހަރެންނާއި ޒުވާބުކޮށް ހަޅޭލަވާއިރު ކުދީންގެ ކުރިމަތީގައި ވެސް މިފަދަ އަމަލްތައް ހިންގާ ހަދައެވެ.
މިއަދަކީވެސް އެހެންދުވަސްތަކެކޭވެސް އެއްފަދަ ދުވަހެކެވެ. ފިރިމީހާގެ ޙަބަރެއްނުވެ 06 މަސްދުވަސް ފާއިތުވެ ދިޔަފަހުން އޭނާ ގެއަށް އައުމުން އެކަމާއި އަހަރެން ސުވާލުކުރުމުން، ބެހޭކަމެއް ނޫންކަމަށް ބުނެ ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި ތަޅުންމައްޗަށް ކޮއްޕާލިއެވެ. އަހަރެން ތަޅުންމައްޗަށް ވެއްޓުމުން ފިރިމީހާގެ ފައިން އަހެރެންގެ ބުރަކަށީގައި އެތައްފަހަރަކު ޖެހިއެވެ. އަދި އަހަރެންގެ ކަރުގައި ހިފާފައި ސިޓިންގ ރޫމްގައި ހުރި ސޯފާއެއްގެ މައްޗަށް ވައްޓާލިއެވެ. ފިރިމީހާ އަހަންނަށް ކުރަމުން އައި އަނިޔާތައް ފެންނަ ހިސާބުގައި ބަލަހައްޓައިގެން ފިރިމީހާގެ މަންމަ ސިޓިންގރޫމްގައި ގޮނޑިއެއްގައި އިށީންދެއިނެވެ. އަހަންނަށް ލިބެމުން އައި ވޭންތަކުން ބާރަށް ރޯންފެށުނެވެ. އަހަންނަށް އަނިޔާ ނުކުރާށޭ ކިޔައި ފިރިމީހާގެ ފައިބުޑުގައި ބޮސްދިނީމެވެ. ކުއްލިއަކަށް ގޭގެ ދޮރުގައި ޓަކިދޭންފެށިއެވެ. “މިއީ ފުލުހުންނޭ، ދޮރުހުޅުވާށޭ” ކިޔައި ދޮރުގައި ތަޅަންފެށިތާ އިރުކޮޅެއްފަހުން ފިރިމީހާ އަހަރެންގެ ކަރުން އޭނާގެ އަތްދޫކޮށްލައި ދޮރު ހުޅުވުމާއި އެކުގައި ފުލުހުންގެ 05 މީހުން ގޭތެރެއަށް ވަނެވެ. އަހަރެން ބޭއިޚްތިޔާރުގައި ދުވެފައި ގޮސް އެތަނުން ފުލުހެއްގެ ދެފައިގާ ހިފުމަށްފަހުގައި އަހަރެން ސަލާމަތްކޮށްދޭށޭ ބުނީމެވެ. ސަލާމަތްކޮށްދިނުމަށް އެދުނީމެވެ.
ފުލުހުން ފިރިމީހާ ބިޑި އަޅުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ހަމައެވަގުތުގައި ކޮޓަރީގައި ތިބި 03 ކުދީން ނުކުމެ ބާރަށް ރޯންފެށިއެވެ. އެކުދީންގެ ބައްޕައަށް ގޮވަންފެށިއެވެ. މައްސަލައިގެ ތަޙްޤީޤަށް ފުލުހުންގެ އިދާރާއަށް ހާޞިރުކޮށް މައްސަލަ އާއި ގުޅިގެން ސުވާލުކުރުމުން އަހަރެންގެ ދިރިއުޅުމުގެ މިހާދިޘާ ކިޔައިދިނީމެވެ.
ނަމަވެސް، އަހަރެންގެ ދަރީންނާއި އަހަރެންވެސް ފިރިމީހާއަށް ދެރަގޮތެއްވާކަށް ނޭދެމެވެ. އަދިވެސް އެދެނީ ސުލްހައަށެވެ. ކީއްވެހެއްޔެވެ؟ އަހަރެންގެ ދަރީންނަށްޓަކައެވެ. ދަރީންގެ ލޮލުން މިއަދު އޮހޮރެމުން އައި ކަރުނައަކީ އެކުދީންގެ ބައްޕައަށްޓަކައި އެކުދިން ވާލޯތްބެވެ. އަދި އެއީ އަހަރެންގެ އަޒުމުގެ ބަލިކަށިކަމެވެ.
-ނިމުނީ-
ޒިދާން މުޙައްމަދު

Comments (16)

  1. Elai

    Story v reethi dear keep it up

  2. Shauna

    Varah reethi mi story ves. Hope Zidhan ge ehen story eh ves kiyaalan libeyne kamah 🙂

  3. shaan

    nice storyy ekam niemun ehaa rangalhe noon but ok hama 1st storyy veema ☺??

  4. Sana

    Nice when next part?

    1. Sana
      Sana

      *next story

  5. Zidhan

    Maadhan @Sana

  6. Zidhan

    Soon next one!

  7. faa

    V reethi

  8. aish_@

    alhe vr reethi story eh?…thankolheh dhigu kollahchey all parts vs if possible..luv it

  9. Ibaa

    Reeth?

    1. Zidhan Mohamed
      Ibaa

      Thanks

  10. Shaayan

    Varah habeys story eh jumlathah varah reethi vefai fashuvi keep it up

  11. zai*zaishan

    ވ.ސަޅި ވާހަކަ އެއް..ޒިދާން !! ކޮންއިރަކު ނޭ އަނެއްބައި އޮތީ؟؟

  12. ޝެލީ

    ވ.ސަޅި****##***

  13. Zidhoo

    Story habeys… Real story eh hen heevanee. Kiyamun Anna iru sifa vamun dheyy..

  14. Leen

    Hadha dhera ey rovihje ???

Comments are closed.