ދެލޯ ފޮހެމުން ޓީވީޗެނަލްއަކަށް އިންޓަރވިއު ދެމުންގެންދިޔަ އަލީގެ ފައިގައި ބައްދައިގަނެގެން ރޮއެގިސްލަމުން، ތުރުތުރު އަޅަމުން އެދަނީ ނިކަމެތި މަންމައެކެވެ..އަލީގެ އަނބިމީހާ އިޔާރާއެވެ. އޭނާގެ ހާލުގެ ވާހަކަ އަހައިފި މީހެއްގެވެސް ހިތްކުދިކުދިވާވަރުވެއެވެ. ނުވާންވީ ސަބަބެއްވެސް ކޮބައިތޯއެވެ؟ އުމުރުން އެންމެ ފަސްމަސްވީ ތުއްތު އަންހެން ދަރިފުޅު އޮޔާދިޔައީ އޭނާގެ ދެލޯ ކުރިމަތީގައެވެ. އެދަރިފުޅު ލޮނުގަނޑުގެ ތެރެއަށް ގެނބުނުއިރު ހާސްވެގެން އެތެޅުނު ތެޅުމާއި ރުއިވަރު އެމައިމީހާގެ ހިތާއި ސިކުނޑީގައިވަނީ ހަރުލާފައެވެ.މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކުއްޖާފުޅުގެ ހަކަތަހުސްވެ ކުނިތަކާއި ގާތަކުތެރެއަށް ގެއްލުނީ އޭނާގެހިތް […]
“ދަރިފުޅާ.. ބައްޕަ އެބަވިސްނަން ބައްޕަގެ ދޯނި ދަރިފުޅުގެ ނަންމައްޗަށްް ރަޖިސްޓަރީކުރަން.” ހަސަނު ފާއިޒުގެ މޫނަށް ފުންކޮށްބަލައިލަމުން ބުންޏެވެ. އެވަގުތު ފާއިޒުގެ މޫނުމަތިން ފެނިގެންދިޔަ ހައިރާންކަމުންވެސް އޭނާއަށް ހަސަނު ބުނިބަސް ގަބޫލުނުކުރެވޭކަމަށް ހެކިދެއެވެ.ބުނާނޭ އެއްޗެއްވެސް ނޭންގިފައި ފާއިޒުއިނެވެ.ބައްޕަ އޭނާއަށް މިހާރު މާ ހެޔޮވެގެންމިއުޅެނީ ކީއްވެބާއޭހިތަށް އަރަމުންދިޔައެވެ. “ދަރިފުޅު މިކަމާއި ބުނަނީ ކީކޭ؟” ހަސަނުވެސް ނުކެރިފައިންކަހަލަގޮތަކަށް އަހާލީ ފާއިޒު އަނގައިން ނުބުނުމުންނެވެ. “އަހަރެން ބޭނުމެއްނޫން.” ފާއިޒު އޭނާގެ ޖަވާބުދިނީވެސް އެއިންގޮތަށް އިސްޖަހައިގެން އިނދެއެވެ. “އެކަމަކު ބައްޕަ ބޭނުމީ ދަރިފުޅަށް ދޯނިދޭން.ނޫނީ […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ނަމަވެސް އެހަމަހިމޭންކަން މިރޭ ނަގާލާފައިވަނީ ފޭރުގަސްދޮށުގެއިން އިވެމުންދިޔަ ވޭނީ ރުއިމުގެ އަޑުންނެވެ.ކައިރި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއިގެން އޭރުވެސް އެގޭދޮށްްވަނީ ތޮއްޖެހިފައެވެ.އެހެން ނުވާންވީވެސް ކީއްވެހެއްޔެވެ؟ އެގޭ ހަދީޖާ އޭނާގެ ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ނިޔާވީއެވެ.އެެއީ ވިހެއުމަށްފަހު ގިނައަދަދަކަށް ހަށިގަނޑުން ލޭފޭބުމުގެ ސަބަބުންކަމަށް ފޫޅުމައިން ބުނަމުންދިޔައެވެ.ހަދީޖާއަށް އޭނާ ވިހޭ ތުއްތުތުއްތު ފިރެހެން ދަރިފުޅު އުރާލާ ލޯބިކޮށްލަންވެސް ފުރުސަތެއް ނުލިބުނެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރިން ރޮއެ ހޭރޭއިރު ހަދީޖާގެ ފިރި ހަސަނުއިނީ ހުއްޓުން އަރާފައެވެ. އަށިގަނޑުމައްޗަށް އެއްފައިނަގައިގެން ކަކުލުގައި […]
އުފަންވީއްސުރެ ފާއިޒުގެ ހަޔާތަށް ބަހާރު މޫސުމެއް ނައެވެ.އަބަދުވެސް ލިބެމުންދިޔައީ ހިތާމައެވެ. އެކަނިވެރިކަމެވެ.އެހާލުގައި އުޅެމުންގޮސް ފާއިޒުވެސް ބޮޑުވެ ތަސައްރަފް ފުދިފައިވާ މީހަކަށްވިއެވެ.ދިރިއުޅުން އުޖާލާކުރެވޭތޯ ލައްކަމަސައްކަތްކުރިއެވެ.ދެންވެސް އޭނާއަށް ދިމާވީ ނާކާމިޔާބެވެ.ހަޔާތުން ސާޅީސް އަށް އަހަރުވީއިރުގަވެސް އުފަލެއް ނުލިބުނު މީހަކު އެނޫނީ އަހަރެން ނުދެކެމެވެ… ވަރަށް އަވަހަށް އަންނަނީ…
ނާދް އާއި ބައްޕަ ބައިތިއްބާފައިތިބީ ޖެހިޖެހިގެންހުރި ދެއެނދުގައިކަމުން އެއީ އަހަރެންގެ ހިތަށްލިބުނު ވަރަށްބޮޑުުފިނިކަމެކެވެ. ކުއްލިއަކަށް އެތަނަށް އައިސްވަންމީހަކު ފެނި އަހެރެން ހައިރާންވިއެވެ.ހީވަނީހަމަ ނާދްހެންނެވެ. އެމީހަކާއި އެކު ޒުވާން ރީތި އަންހެނަކާއި ތުއްތު ކުއްޖަކުވެސް އައެވެ. އެއަންހެން މީހާއަށް ނާދް ފެނުމާއިއެކު ނާދް އޭކިޔާފައި ނާދްގައިގައި އޮޅުލައިގަތެވެ. ނާދްވެސް އައިންތޫއޭ ކިޔާ އެމީހާގައިގައި ބައްދާލިގޮތުން އަހަރެންގެ ހިތަށް ނުބައިގޮތްތަކެއް ވެގެންދިޔައެވެ.އަދި އެ ތުއްތު ކުއްޖާ އުރާލަމުން އެކުއްޖާއަށް ބޮޮސްދިނެވެ. އެވަގުތު އަހަރެންގެ މަންމަވެސް އެތާނގައިހުރުމުން ނާދްގެ އާއިލާ މީހުންނާއި […]
އަހަރެމެން އެންމެންވެސް ތައްޔާރުވަމުން މިދަނީ އަންނަ މަހުގެ ފަނަރަވަނަދުވަހުގެ ރެއަށެވެ. ކޮންމެގޮތެއްވިޔަސް އެރޭ ކޮންމެވެސް އެއްގޮތަކަށް ނަތީޖާ ނެރެން އެބަޖެހެއެވެ.އެރޭގެ ކުރިން ނާދް ސަލާމަތް ނުކުރެވިއްޖެނަމަ، އެރޭ އެޖިންނިތައް ނާދްގެ ދުވަސް ދުއްވާލާނެއެވެ. “ހާދީބޭ.. ކިހިނެއްހަދައިގެން އަހަރެމެނަށް ބައްޕަ އާއި ނާދްސަލާމަތް ކުރެވޭނީ؟” މަޝްވަރާގެ ތެރެއިން އަހަރެން ސުވާލު ކޮށްލީމެވެ. “މިރޭމީ މިމަހުގެ އެންމެފަހު ރޭ. އެހެންވީމާ މިރޭ އިރުއޮއްސި ހައެއްޖަހާއިރު ކިޔެވެލި ކިޔަވަން ފަށަންވީ.އޭރުން ތިކަމާއިގެން ކުރިއަށް ދެވޭނީ.އިތުރަށް އެއްޗެއް ބުނަންވެސް އެނގޭނީ އޭރުން.އަހަރެމެނަށް އޮތީ […]
ވާހަކަ އަޕްނުވެ ލަސްވިކަމަށްޓަކައި މިވާހަކައިގެ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށްއެދެން. އިރާދަކުރެއްވިއްޔާ ލަސްވެގެން މާދަމާރޭ ވާހަކައިގެ ބާކީއޮތްބައި ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭތޯ ލީމް ވަރަށް މަސައްކަތް އެބަކުރަން. ހޯޕްކުރަން ހުރިހާކުދިންވެސް ލީމްއަށް ފޮގިވް ކުރަމުން ވާހަކައަށް އިންތިޒާރުކުރާނެކަމަށް.. ވަރަށް ލޯބިވޭ ހުރިހާ ކުދިންދެކެވެސް..
މާމަގެ މޫނުމަތިން ފެނުނު އަސަރުތަކުން މާމައަށް ކޮންމެވެސް ޝައްކެއްވިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ނޫންކަމަށް ހަދާލުމަށްފަހު އަވަހަށްގޮސް މާމަ ގައިގައި ބައްދާލީމެވެ.މާމަގެ ހިތްހަމަ ޖައްސައިދެވޭތޯއެވެ. މާމަވެސް ހިނިތުންވެލާފައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެހެންކަމުން އަހަރެންބެލީ އަވަހަށް ކޮޓަރިއަށް ދިއުމަށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އެނދުމައްޗަށް ވެއްޓިގަނެވިއްޖެއެވެ. ވެފައިހުރި ވަރުބަލިކަމާއިއެކު ނިދީގެ އަސަރު އަހަރެންގެ މައްޗަށް ގަދަވެގަތެވެ.ނަމަވެސް ކުއްލިއަކަށް ސިކުނޑިއަށް އައި އެއްޗަކުން ފުންމައިގެން ތެދުވެވުނެވެ. “ހާދީބެ؟ ހާދީބެއަށް ކިހިނެއްބާވީ؟” އަހަރެންނަށް ހިތާއިހިތުން ކިޔާލެވުނެވެ. އަވަސްކަމާއިއެކު ފޯނު ހޯދާލެވުނެވެ. […]
ލިބުނު ހައިރާންކަމާއިއެކު އެތަނުން ނިކުންނަން އަހަރެން ހިނގައިގަތީމެވެ.އެ ކޮޓަރިން ނިކުމެ ލައިބުރަރީ ތެރެއަށް ވަނީމެވެ..އެ ހަރުގަނޑުތައް ފުރެންދެން މިވަނީ ކޮންހާ ފޮތެއްބާއެވެ؟ މި ޖިންނީންވެސް ފޮތް ކިޔާބާއެވެ؟ ކޮންމެގޮތެއްވިޔަސް މިތަނުން ފޮތެއްގައިވާ އެއްޗެއް ބަލައިލާން ބޭނުމެވެ.އެހެންކަމުން ތަންކޮޅެއް ބިއްދަށުގައި ވަކިންހުރި ފޮތް ހަރުގަނޑެއްގައި ހުރި ފޮތްތަކުގިެތެރެއިން ގަދަފެހި ކުލައިގެ ކަވަރެއްލާފައި ރަންކުލައިގެ ބޮޑު ގޮބެއްލާފައި އިން ފޮތެއް ނެގީމެވެ. ގިނަދުވަސްވުމުގެ ސަބަބުން ހިރަފުސް ހުރެދާނެކަމަށްހިތާ ފޮތް ފޮހެލީމެވެ. ނަމަވެސް އޭގައި އެއްވެސް ހިރަފުހެއްނެތެވެ. މުޅި ވަށައިގެންވާ ހުރިހާ […]