އަމާނީ
ގަދަ ވިއްސާރައާއެކު ބޯކޮށްވެހެމުންދިޔަ ވާރޭގެ ތިކިތަށް މުޅި ރަށަށް ވެހެމުންދިޔައީ ގުގުރާ ވިދަމުންނެވެ. އެ ވިދުންތަކުގެ ސަބަބުން ދެލޮލުން ކަނި ބުރައިގެންދާ ކަހަލައެވެ. ކުއްލިޔަކަށް ޖަހާލި ބާރު ގުގުރިއަކާއެކު، ދުއްވަމުން ދިޔަ ކާރު އަހަރެންނަށް ބުރެކި ޖައްސާ މަޑުކޮށްލެވުނެވެ. އެރެޔަކީ ވަރަށް އަނދިރި އެހާމެ ބިރުވެރި ރެޔެކެވެ.
އެއްލުނު ކަޅިއަކުން ދެން ފެނިގެންދިޔައީ އާދަޔާ ޚިލާފު މަންޒަރެކެވެ. މަގުގެ އެއްފަރާތެއްގައި ބޯވިއްސާރަ ގަނޑު ތެރޭގައި އެއިނީ އަންހެން ކުއްޖެކެވެ. އަހަރެން އަވަސް އަވަހަށް އެދިމާލަށް ކާރު ގާތްކޮއްލުމަށް ފަހު، ކާރަށް އެރުމަށް އިޝާރާތް ކޮއްލީމެވެ. ލިބޭނެ ޖަވާބަކަށް ނުބަލައި އަހަރެން ދެވަނަ ފަހަރަށް އެކުއްޖާއަށް އިޝާރަތްކޮށްލީ އޭނަގެ އެއްވެސް ގޮތަކަށް ބަލައި ނުލުމުންނެވެ.
އެއްވެސް އެއްޗެކޭ ނުބުނެ އެކުއްޖާ ކާރަށް އެރިއެވެ. މިފަދަ ރެއެއްގައި މިފަދަ ގަޑިއެއްގައި މިތާ އެކަނިމާ އެކަނިން އޭނާ ހުރީތީ އަހަރެންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް އަހަރެން އޭނާ ގާތުގައި އޭގެން އެއްވެސް ސުވާލެއް ނާހަމެވެ. އެއީ އޭނަގެ އަމިއްލަ ކަމަކަށް ވާތީ އެކަމާ އަހަރެން ބެހެން ބޭނުންނުވީއެވެ.
ތެމިފައި އިނުމުގެ ސަބަބުން އެ އަންހެން ކުއްޖާ އިނީ ވަރަށް ބޮޑަށް ހީކަރުވައި ގަންފައެވެ. އަހަރެން ގެންގުޅޭ ދަބަހުގެ ތެރޭގައި އޮތް ތުވާއްޔެއް އޭނައަށް ދިއްކޮއްލީމެވެ. ޝުކުރު އަދާކުރުމަށް ފަހު އޭނާ އެތުވާލީގައި ހިފިއެވެ. އެކުއްޖާގެ އަޑު އަހަރެންގެ ކަންފަތަށް އިވުމުން ސިހުންގަނޑެއް އަރައިގެން ދިޔަކަހަލައެވެ. މާލަސްތަކެއް ނުކޮށް، ދާންވީ ކޮންތަނަކަށްތޯ އަހަރެން އެކުއްޖާއާ ސުވާލު ކުރުމުން އޭނާ ދާންވީ މަންޒިލު ބުނެދިނެވެ. ކާރު ދުއްވާފައި ދިޔައިރު އަހަރެމެން ދެމީހުން އިތުރު އެއްވެސް ވާހަކައެއް ނުދައްކަމެވެ. ނަމަވެސް ކާރުގެ ކުރިމަތީގައި އިން ލޯގަނޑުން އަހަރެންނަށް އޭނާ ވަރަށް ރަނގަޅަށް ފެނެއެވެ.
އޭނަގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމެވެ. ފަރި ފަރި ހިނިތުންވުމެއް އެ ލޯބި ލޯބި މޫނުގައި ވެއެވެ. ރިހި ކޯތާފަތަކާއި ފަން އިސްތަށި ގަނޑެއްގެ ވެރި “ހޫރުލް ޢީން” އެކެވެ. އަހަރެންނަށް އޭނަ ވަރަށް ކަމުގޮއްސިއެވެ. ދާން ބޭނުންވި މަންޒިލަށް އާދެވިއްޖެއެވެ. ކާރުން ފޭބުމުގެ ކުރިން،އެކުއްޖާ އަހަރެންނާ ދިމާލަށް ބަލާލައި ހިނިތުންވެލުމަށްފަހު ޝުކުރު އަދާކުރީ އިތުރު ފުރުސަތަކަށް ދަޢުވަތުދިން ފަދަ ގޮތަކަށެވެ. މިއާއެކު އަދި ފަހުން ވެސް ދިމާވާނެ ކަމަށް ބުނެ ގޯޅި ގަނޑެއްގެ ތެރެއަށް ވަދެގެން ގޮސް އެކުއްޖާ އޮބާލައިއެވެ.
އޭގެ 3 ދުވަސް ފަހެވެ. އަހަރެންގެ ފޯނު ރިންގްވާން ފަށައިފިއެވެ. ނަންބަރު ސޭވް ކޮއްފައި ނުވާތީ، ކާކުތޯ ބެލުމުގެ ބޭނުމުގައި އަވަސް އަވަހަށް ފޯނު ނެގީމެވެ. ” އައްސަލާމު ޢަލައިކުމް ” މީގެ ކުރިން އިވިފައިވާ އަޑެއްކަން އަހަންނަށް ފާހަގަވިއެވެ. އަނެއްކާވެސް، އެ ލަތީފީ އަޑުން ތަކުރާރުކޮއް ސަލާމް ގޮވާލިއެވެ. ” ވައަލައިކުމުއް ސަލާމް ” އަހަރެން ޖަވާބު ދިނީމެވެ. ހަމަ އެނޭވާގައި ކޮންކުއްޖެއްތޯ ވެސް އަހަރެން އަހައިފީމެވެ. އެކޮޅުން ޖަވާބު ދިނެވެ. ” މީ، އަމާނީ… ކުރިންރޭ މަގުމަތިން ފެނުނު ކުއްޖާ! އަސްލު އެރޭ އަހަރެން ޓެކްސީގެ ފޯން ނަންބަރު ހިތުއަޅުވާލިން… މި ގުޅާލީ ޝުކުރު އަދާކޮއްލަން ވެގެން އިނގޭ… ވަރަށް ބޮޑަށް ތޭންކްސް” އޭނާ ބުންޏެވެ.
އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ، މިއީ ކޮންފަދަ ސަޕްރައިޒިންގް ކޯލެއް ހެއްޔެވެ. ބަސްހުއްޓިފައި މިހެން ހުއްޓާ އަނެއްކާވެސް އޭނަ ވާހަކަދެއްކިއެވެ. ” އިނގޭ އެގަޑީ އެކަނި، އެތާ ހުރީމަ ތީނަގެ ހިތުގައި ސުވާލު އުފެދޭނެކަން. އަސްލު ވީގޮތަކީ، ބޭރަށް ނިކުމެ އުޅެނިކޮއް ވިއްސާރަ ގަނޑުގައި ޖެހުނީ… މުޅިމީހާ ހީކަރުވައި ގަނެފަހުރިވަރުން ހިރި ނުލެވޭ ވަރުވެފައި ހުއްޓަ ތީނަ އައީ… އެއީ ދެން އަހަރެންގެ ނަސީބު ކަންނޭނގެ ”
އެހިސާބަށް ވާހަކަ ދިޔުމުން އަހަރެން ހިނިތުންވެލާ އޭނަ ގާތުގައި ބުނީމެވެ. ” އެރޭ އަހަރެންގެ ފަރާތުން ދެވުނު އެހީތެރިކަމުގެ ސަބަބުން އަހަރެންވެސް ވަރަށް އުފާވޭ. އެކަމަކު ބުނަން ދެންވެސް ބޭރަށް ދާއިރު ކުޑައެއް ގެންދަން ހަނދާން ކުރާތި! ވަރަށް ވިއްސާރަ ދުވަސްކޮޅެއްނު ދޯ؟ ”
ހިނިތުން ވެލުމަށް ފަހު، އޭނަ ބުންޏެވެ. ” ޔާ.. އޯކޭ.. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ! “. ޖަވާބުގައި އަހަރެން މަރުހަބާ އޭ ބުނެލީމެވެ. ” އޯކޭ ދެން ބާއްވަނީއެ. އެންޑް ބައިދަވޭ އައިލަވްޔޫ ” މިހެން ބުނެ އޭނަ ފޯން ކަނޑާލިއެވެ. ކަނޑާލަމުން އެބުނި އެއްޗެއް އަހަރެންނަށް ރޭކާލީ ދެނެވެ. ވީ އުފަލެއްގެ ބޮޑުކަމުން އެ ނަންބަރަށް ” މީ.. ޓޫ ” އޭ ލިޔަލާފަ މެސެޖެއް ކުރީމެވެ. ދެން އެއަށް ފަހު އެކޮޅުން ޖަވާބު އަންނަމުނަ ދާ ވަރަކަށް، އަހަރެންވެސް ޖަވަބު ފޮނުވަން ފެށީއެވެ.
އޭގެ ފަހުން އަހަރެމެން މީ ދެ ލޯބި ވެރިންނެވެ. ފޯނުން ވާހަކަ ދެއްކުމުގެ އިތުރުން، ހަމަހިމޭން މާހައުލު ތަކުގައި ދެމީހުން އެކަހެރިވެ ވަޤުތު ތަށް ހޭދަކުރުމާއި، ރެސްޓައުރެންޓްތަކަށް ކާންދިއުމަކީ ރައްޓެހިވެގެން އުޅޭ ދެކުއްޖެއްނަމަ އާއްމުކޮއް ކުރާ ކަންތައްތަކެވެ. އެ އުސޫލުން އަހަރެމެންވެސް ދިޔައީ އެގޮތަށް އުޅެމުންނެވެ. ދުވަސްތަށް މިގޮތަށް ގުނުމުގައި ދުނިޔެ އޭގެ ވާޖިބާއެކުގައި ކުރިއަށް ދެއެވެ.
މިއަދަކީ އަހަރެމެންގެ ލޯބި އިތުރަށް ވަރުގަދަ ކުރުމަށް ގޮށެއް ޖެހުނު ދުވަހެކެވެ. މިއީ ރައްޓެހިވެގެން އުޅޭތާ 3 އަހަރު ފުރުމުގެ އިތުރުން، އަހެރެމެންގެ އަލަތު ކައިވެނި ކުރެވުނު ދުވަހެވެ. މި ލޯބި އަބަދުގެ އަބަދަށް ދެމެހެއްޓުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ދުވަހެވެ. އަމާނީ އަކީ އަހަރެން އުއްމީދު ކަހަލަ އަންބަކަށް ވާނެކަމުގެ އުއްމީދުގައި ހުރީމެވެ.
މާތް ﷲ އަހަރެމެންގެ ކައިވެނީގައި ބަރަކާތް ލައްވާ، އުފާވެރި ޒަވަޖީ ހަޔާތެއް މިންވަރު ކުރައްވާށި. – އާމީން –
_ނިމުނީ_
ލިޔުނީ: ޒިދާން މުހައްމަދު (ހަވާސާ/ރ.ވާދޫ)
11 Comments!
Comments are closed.






V simple nd also nice ,
Story v v reethi unmeedhu kuran adhi avahah xidhaan ge new story eh kiyaalan libeyne kamah gud luk
Mi story ves varah reethi and simple. Ibaaraai kurun varah furihama. You have the talent to write stories Zidhan. Hope to see more stories of yours. Gud Luk 🙂
Varah reethi hope will see soon you’re story ?
nice
Kuree dhuhu “eemaan”, miadhu amaany…. zidhan aharumengey kudhinge name ekanitha stories ge name ah laany.. Dhen anna vaahaka akah “Yamaany” kiyaane kamah ummeedhukuran eyrun enmen hamavee.
Sure adhi yamaany vess fenidhaane ?
hehe my name is Amany and 10th January is my birthday too. The date in which i this story was updated what a coincidence ?
Waawaa ? hope u like ur birthday gift! ?
Yayy ? ur birthday gift ?
Zidhan i love your stories good job