Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (16)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
January 9, 2018 4 Mins Read
32 Comments

ފެނުނުމަންޒަރާއެކު އަލޫކްގެ މެޔަށް ނުބައިގޮތެއްވެގެން ދިޔައެވެ. ނަމަވެސް އިބާ އެކޮޓަރިއަށްވަދެ އެކުރާކަމެއް ހޯދުމަށް ހިނގައިގަތް އަލޫކް ފާހާނާއަށް ދާންޖެހުމުން ހަތިޔާރު ބަހައްޓާފައި ކޮޓަރިއަށް އެނބުރިއައީ ފާހާނާކޮށްލައިގެން އިބާކުރާކަމެއް ބަލަންދާން ނިންމައިގެންނެވެ.

ހަމަ އެގޮތަށް އަވަސްއަރުވާލާފައި ކޮޓަރިއަށްވަތް އަލޫކް ފެނުމުން އިބާއަާއި އަލޫކް ފެނުމުން ކޮޓަރިއަށް ވަތް ލޫޔާވެސް އިނީ ކިޔާނެ އެއްޗެއް ބުނާނެއެއްޗެއް ނޭންގިފައެވެ. މިވަގުތު އިބާ އެހާސިއްރުން ނިކުމެ އެކުރަނީ ކީއްހެއްޔެވެ. އަހަރެން ފެނުމުން އިބާ ކުލިއަކަށް ބަދިގެއަށް ވަނީ، ހަމަ ރަނގަޅަށްވެސް އިބާ އައީ ބަދިގެއަށް ބާއެވެ. އަނެއްކާ އިބާގެ ފަހަތުން އަލޫކް އެނިކުތީ އިބާއަށް ފާރަލަން ބާއެވެ. ނޫނީ އިބާ އަލޫކްބުނެގެން އެއްޗެއް ތައްޔާރުކުރަން އައީބާއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ އިން ލޫޔާ ހިތުގައި އެތަަކެއް ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. އަލޫކް އަދި ދޮރުގައި ޓަކިދީފަ ދިޔަތާ ވާނީ ތިރީހަކަށް މިނެޓް އެވެ. ވީއިރު އެހާއަވަހަށް އިބާ އަށް ގޮވާ ނަގަންވީ ކީއްކުރަން ކަމެއް ލޫޔާއަކަށް ނުވިސްނުނެވެ. އަނެއްކާ އެކަމެއް އެކުރަނީ އަލޫކްތޯވެސް މިހާރު ލޫޔާ ހިތުގައި ޝައްކު އުފެދިއްޖެއެވެ.

މާބޮޑަށް ވިސްނަމުންދިޔަ ލޫޔާ ބޮލަށް ބަރުވާންފެށުމުން އަވަހަށް އޮށޯވެލަން އެނދާ ދިމާއަށް ދިޔައެވެ. ނަމަވެސް ފައިގައި އެއްޗެއް ޖެހުމުން ގުދުވެލާފައި އަވަހަށް އެނަގާ ބަލާލިއެވެ. ” މީ.. މީ.. ތަވީދެއް.. މީތިމިތާންގަ.. އަނެއްކާ.. ” ލޫޔާ ވިސްނާލިއެވެ. އެންމެ ފަހުން ބައްޕަގެ ހަނދާނީ ކޮޓަރިއަށް ދިޔަދުވަހުވެސް ލޫޔާ އެފަދަ ތަވީދެއްދުއްޓެވެ. އަނެއްކާ އޭތި ނޭންގި އޭނާއަށް ގެނެވުނީއޭ ހިތަށް އެރުމާއެކު ލޫޔާ އަވަސްވެގަތީ އަވަހަށް އެތަވީދު ދަބަހަށް ލުމަށެވެ. މިގޭގަ އެކަހަލަ އެއްޗެއް އޮންނަންޔާ ލޫޔާއަށް އެނގިގެން އޮންނީ ލޫޔާގެ ބައްޕަގެ ހަނދާނީ ކޮޓަރީގައެވެ. މާދަމާއަކީ އަނެއްކާވެސް އެކޮޓަރިއަށް ޒިޔާރަތް ކުރާދުވަސްކަމުން ކޮންމެހެންވެސް މާދަމާ އެކޮޓަރިއަށް އޭތި ލާންދާނެއެވެ.

ބަދިގެއަށް ވަތް އިބާ އެތަށް އިރަކު އެތާންގައި އިނދެފައި އެންމެފަހުން ކޮޓަރިއަށްއައީ މާ ގިނައިރު ވާންވެއްޖެނަމަ އަލޫކް ހޭލާގެން އޭނަޔަށް ފާރަލާފާނެތީއެވެ. ނަމަވެސް އަދިވެސް އިބާ އެކޮޓަރިއަށް ވަންނަން ބޭނުމެވެ. އެތަވީދުހޯދަން އެގޭގެ ކޮންމެތަނެއްވެސް ކޮންމެ ގޮތެއް ހަދާފައިވެސް އިބާ ހާވާނެއެވެ. އެހާވެސް ބޮޑަށް މިހާރު އަލޫކްކައިރިން އޭނާ ސަލާމަތްވާން ބޭނުންވެއެވެ. އެނުހޯދެނީސް އަރުޝަދުއާއި އަނގައިން ބުނަންވެސް އިބާ ބިރުގަނެއެވެ.

ފާހާނާއިން ނިކުތް އަލޫކް ސިހުނީ އަލަމާރީގެ ދޮރު ލެއްޕުން އަޑަށެވެ. ބަލާލިއިރު އިބާ އެތާންގައި އިބާ ހާސްވެފައި ހުއްޓެވެ. ނަމަވެސް އަލޫކްއަށް އިބާފެނުނީ ލޫޔާގެ ސިފައިގައި ކަމުން މަސްތީގޮތަކަށް އަލޫކް ބަލާލިއެވެ. ވަގުތުން ލޫޔާ ތުން އަނބުރާލުމާއެކު އެނދާދިމާއަށް ދިޔައެވެ. ނަމަވެސް ފަހަތުން ގޮސް އަލޫކް އިބާ ގައިގަ ބައްދާލުމާއެކު ހާމައަށް އޮތް ކަނދުރާގައި ބޮސްދިނެވެ. އެއާއެކު އިބާ ގައިގެ ހުރިހާ ލޯލިތަށް ކޮޅަށްޖެހުނެވެ. މީގެކުރިން ދުވަހަކުވެސް އެފަދަ އިހްސާސެއް ކުރެވިފައިނުވާ އިބާއަށް ހުރެވުނީ އާތަޖުރިބާއާއި އެކު ގުޑިލާންވެސް ނޭންގިފައެވެ. އަލޫކް ކުއްލިއަކަށް އިބާ އަނބުރާލުމާއެކު ލުއިފަތެއްހެން އަތްދަނޑި މައްޗަށްލައިގެން ގެންގޮސް އެނދުގައި ބޭއްވުމަށްފަހު އިތުރަށް އިބާއާއި ގާތްވެލިއެވެ. އަލޫކްގެ ހޫނުނޭވާތަށް އިބާގެ މޫނަށް އެޅެމުންދިޔަ ދިޔަހެން އިބާއަށްވެސް އަލޫކްއާއި ބައިވެރިވެވުނީ ކުރެވުމުންދިޔަ އިހްސާސްތަކަށް އިޖާބަދިނުމާއެކު ގައެވެ.

ފަތިހު ނަމާދަށްހޭލި ފަރޫން ލޫޔާ އެގަޑީގައި ގުޅާފައި އިނުމުން ނަމާދުކޮށްލައިގެން ގުޅަން ނިންމައިގެން މިސްކިތަށް ދިޔައެވެ. ލޫޔާވެސް ނަމާދުކޮށްލައިގެން އަނެއްކާވެސް ފަރޫމްއަށް އައިސްދިނުމަށް އެދި މެސެޖް ކޮށްލީ ރޭގެ ހާދިސާއާއި ހެދި ބޮލުގައި ރިއްސާފައި ވުމުން އެކަން ފަރޫންއާއި ހިއްސާކޮށްލަން ބޭނުންވެފައި ހުރިލެއްބޮޑުކަމުން ނެވެ. މިސްކިތުން ފެއިބި ފަރޫން ލޫޔާގެ މެސެޖް ކިޔާލުމާއެކު މިދަނީއޭ ޖަހާ ރިޕްލައި ކޮށްލުމަށްފަހު އަވަހަށް ކާރަށް އަރާ ސްޓާޓްކޮށްލީ ލޫޔާމެންގެ ގެއަށް ދިއުމަށެވެ.

ހިނގާދިޔަ ހާދިސާއާއި އެކުގައި އަލޫކްއަށް ހޭލެވުނީ ފަސްގަޑި ބައިވާން ވެފައި ވަނިކޮށެވެ. ދާދިގާތުގައި އޮތް އިބާ ފެނުމާއެކު މޯޅިއަކަށް ދެމިލި އަލޫކްދިޔައީ ސިއްސައިގެންނެވެ. އެއާއެކު ރޭގެ ހާދިސާ އޭނައަށް ކުލަވެގެން ދިޔައެވެ. އައިރުޅިއާއި އެއްވަރަށް ދެރަވުމުން ހަނދާންވީ ގޮތް ނޭންގި ބޮލުގައި ހިފާއްޓާލުމާއެކު ކޮޅަށްތެދުވި އަލޫކް އެނދުކައިރީގައި ޮއތް ބޮކްސާ ލުމާއެކު އަވަހަށް އިބާގައިމަތީގައި އޮތް ކުއިލެޓް ރަނގަޅަށް އަޅާލަދިނުމަށްފަހު ފާހާނާއަށް ވަނީ އެނދުކައިރީގައި ހުރި އަންނައުނުތަށް ސޯފާއަށް އަޅާލުމަށް ފަހުގައެވެ. ފާހާނާއަށް ވަތްގޮތަށް މާގަނޑު ދޫކޮށްލައިގެން އޭގެ ދޮށުގައި އިނދެވުނީ ކިހާއިރަކުކަމެއް އަލޫކްއަށް ނޭންގުނެވެ. އިރުއިރުކޮޅާ ހިތްހަމަނުޖެހިފައި ފާރުގައި ގޮއްމުށުން އެހެން އިނދެ ޖަހާލައެވެ.

“ދޮގުނަހަދާ ބުނައްޗޭ.. ލޫކް އާ އިބާ މެރީކުރީ ހަމަ ލޯބިންތަ.. ” ފަރޫން އައިސް ވަނުމާއެކު ކޮޓަރީގެ ދޮރުލައްޕާލަމުން ލޫޔާ ސުވާލުކޮށްލިއެވެ. އެހެން އަހާލުމުން ފަރޫންގެ މޫނަަށްއަރާ ފައިބައިގެން ދިޔަކުލަވަރުން ލޫޔާއަށް އެކަމުގައި ނުބައެއްއުޅޭކަން ޔަގީންވިއެވެ. އެހެންވެ ރޭގައި ކަންތަށް ހިނގާދިޔަގޮތް އަކުރުން އަކުރަށް ކިޔާދިނެވެ. ” އެހެންވީމަ ލޫކް ލޫދެކެ ލޯބިވާކަމަށް ހީކޮށް ދޯ އިބާއެހާވަރުން ލޫކްއާ މިދިމާކުރީ.. އަދި އެވަރުން ނުވެގެން މިހާރުވެސް އެހާ އެ އުނދަގުކުރަނީ.. އެކަމަކު އަހަރެން ހަމަ އަޖައިބުވާވަރުވޭ އިބާ ލޫދެކެ އެއަންނަ ރުޅިއަކުން.. ” ވާހަކަތަށް އަޑުއަހަން އިން ފަރޫން ބުނެލިއެވެ. އަދި ކަންތައް ހިނގާދިޔަގޮތް ޔަފްސީލުކޮށް ލޫޔާއަށް ކިޔާދިނެވެ. އެހުރިހާ ވަހަކައެއް އަޑުއިވުމުން ރޭގަނޑު ޓަކިޖަހާމީހަކާމެދު ސުވާލު އުފެދުނެވެ. ނަމަވެސް ފަރޫންއަށް އަލޫކްދެކެ އޭނަ ލޯބިވާކަން ހާމަކުރަން ލޫޔާ ބޭނުމެއް ނުވިއެވެ.

އެތަށް ވާހަކައެއް ހިއްސާކުރަމުންދިޔަ ދެކުދިންނަށް ނޭންގުނުކަމަކީ އެހުރިހާ ވާހަކައެއް އަޑުއަހަން ޔާސިރު ކޮޓަރިކައިރީގައި ހުރިކަމެވެ. ޔާސިރު ވެސް އެތަނަށް އައީ ކޮންމެހެން އެކަހަލަ ވާހަކަތަކެއް އަޑުއިވޭނެކަމަކަށް ނޫނެވެ. ފަރޫން އައިކަން އެނގުމުން އަލޫކް މިއަދު ނުތެދުވާތީ އެކީގައި ކޮފީއެއް ބޯނެމީހަކު ނެތީމަ ފަރޫންއަށް ގޮވާލަން ކަމަށެވެ. ނަމަވެސް އިވުނު ވާހަކަތަކުން ޔާސިރުގެ އަށް ދެން ފަރޫންއާއި ލޫޔާގެ އިތުރުން އަލޫކްއާއި ކުރިމަތިލާން އުނދަގުވާނެއެވެ. އަމިއްލަ ދަރިފުޅުއެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަށް ޔާސިރު ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.

ފާހާނާގައި ހުރެފައި އަލޫކް އެންމެފަހުން ނިކުތީ މާވަރަކަށް ފޯނުރިންގްވާއަޑު އިވޭތީއެވެ. އޭރުވެސް އިބާ އޮތީ ގަދަ ނިދީގައި ކަމުން އެކަމެއް އޭނައަކަށް ނޭންގެއެވެ. އަވަސްކޮށްލާފައި ނިކުތް ފަރޫން ފޯނުބަލާލިއިރު ގުޅަނީ ފަރޫންކަމުން އަވަހަށް ފޯނުނެގިއެވެ. ” ބަލަ ހާދައިރެކޭ ދޯ ފޯނުވެސް ނަގަން.. ކީއްތަ ތިކުރަނީ.. ނިކަން އަވަހަށް ލޫގެ ރޫމްއަށް އައިސްދީބަލަ.. ” ފޯނުނެގި ިއރަށް އެއްފަށްޗަކަށް އަމުނާލުމާއެކު އަލޫކް އަށް އެއްޗެއްބުނާނެ ފުރުސަތުވެސް ނުދީ ފަރޫން ފޯނުބޭއްވިއެވެ. އަލޫކް އިނީ ހަދަންވީ ގޮތްވެސް ނޭންގިފައެވެ. އަނެއްކާ ލޫ އަށް ދަންވަރު އުދަނގުކުރާ ވާހަކަ ފަރޫންކައިރީ ބުނީބާއެވެ. ނޫނީ އިބާ ވަންކަން ލޫއަށް އެނގުނީބާއެވެ. މިއޮއްވީގޮތަކުން ދެން އެއިން މީހަކާ މޫނު ދިމާކޮށްލަންވެސް އަލޫކްއަށް ނުކެރޭނެއެވެ. ހިތްހަމަނުޖެހުމާއެކު އެނދުގައި އޮތް އިބާއަށް ކުދިގޮވަމުން ގަޔަށް ޓީޝާޓަކާއި ސޯޓެއް މަހާލަުން އަލޫކް ނުކުތީ ކޮންމެގޮތެއްވިޔަސް އެވީކަންތަށް ކުރެވުނީ ގަސްތަކާއި ނުލައިކަމަށްވާއިރު އެއީ ފާފައަކަށްވެސް ނުވާނެކަން އަމިއްލަ ހިތަށް ވިސްނާދެމުންނެވެ.

އިވުނުއަޑުތަކާއެކު މަތިމަރުވެފައިން މޯހަކުފަދައިން ޔާސިރުއައިސް އިށީންދެލީ ސޯފާގައެވެ. އިން އިރު ވިސްނެމުން ދިޔައީ ފަރޫންއާއި ލޫޔާ ދެއްކިވާހަކަތަކަށެވެ. ހަމަ ރަނގަޅަށްވެސް އިބާ އަލޫކް ހޯދަން ފަންޑިތަހެދީހެއްޔެވެ. އަދިއެވެސް ނަސްރީނާއާއި ބޭބެގެ ގާތް ރަހްމަތްތެރިޔާ ލައްވައެވެ. ވީއިރު ހާޖީބެއަށްވެސް މިކަން އިނގޭއިރު ނުބުނީތާއެވެ. އެންމެފަހުން ވަރަށް ވިސްނުމަށްފަހު ޔާސިރު ނިންމީ އެކަމާބެހޭގޮތުން އިބާއާއި ވާހަކަދައްކާށެވެ. އަދި އިބާ ލޫޔާދެކެ އެހާ ރުޅިއެއް އަންނަ ސަބަބުވެސް އޮޅުން ފިލުވާށެވެ. އެވަގުތު އަވަސްއަރުވާލާއި ކޮޓަރިން ނިކުމެގެން ލޫޔާގެ ކޮޓަރިއާއި ދިމާއަށް ދިޔަ އަލޫކްފެނުމުން ޔާސިރު އިސްޖަހާލިއެވެ. އަމިއްލަ ދަރިފުޅުކުރި މުޑުދާރުއަމަލުގެ ސަބަބުން އަލޫކްއާއި ހަތަރުކަޅި ހަމަކުރަންވެސް ޔާސިރު ލަދުގަނެއެވެ. މިއަދު އަލޫކްގެ އެކެތްތެރިކަން ހިތަށް އެރުމުން ޔާސިރު އެހާ އުފާވެސް ވިއެވެ.

“ލޫކް .. އާދޭ އާދޭ.. ” އަލޫކް އައިސް ދޮރުގައި ޓަކިޖެހުމުން ފަރޫންގޮސް ހުޅުވާލާފައި ބުންޏެވެ. އަދި ލޫޔާއެކިޔަނީ ރަނގަޅަށްހޭ އަހާލިއެވެ. އެއާއެކު ފާޑަކަށް ލޫޔާއަށް ބަލާލުމާއެކު ކޯއްޗެކޭ ހޭ އަލޫކް އަހާލިއެވެ. އަލޫކް ހީކުރީ ލޫޔާ އަލޫކް އައިވާހަކަ ބުނީކަމަށެވެ. އެހެންވެ ޖެހިލުންވެހުރެވެސް ނޫންކަމަށް ހަދާ ވީކިހިނެއްތޯ އަހާލިއެވެ. ” ލޫބުނި ދަންވަރުގަޔޯ.. އިބާ ލައްވާ ލޫކް ކައްކަނީ އެތެދެއްތަ.. ރޭގަ ލޫ ބޭރަށް ފެންފުޅިއެއްބަލާ ނިކުތްގަޑީ އިބާ ބަދިގެއަށް ވަންތަން ދުށީމޯ.. ” ފޮނޮތޮށި ކާފޫރުތޮޅި އެއްކޮށްގެން ފަރޫން ވާހަކައެއް ހަދާލީ ހުދު އޭނާވެސް ލޫޔާހީކުރިގޮތަށް އިބާއާއި މެދުގައި ޝައްކު ކުރެވުނީމައެވެ. ލޫޔާ ފަރޫންކައިރީ ކަރުދާސްކޮޅުގައިވާ އެއްޗެއް އޮޅުވާލާފައިބުނުމުން ފަރޫންއަށްވެސް އެގޮތަށް ޝައްކުވީއެވެ.

“ތިބުނީ.. ކޯއްޗެއް ކައްކާ ވާހަކަ… ” އަލޫކް ހުރީ އިވުނުވާހަކައިން ވާނުވާ ނޭންގިފައެވެ. “އެހެންވީޔާ އެވަގުތު ލޫޔާ ކޮޓަރިއަށް އެވަނީ.. ” ހިތަށް އެހެން އެރުމާއެކު ކުޑަކޮށްވާނުވާ އަލޫކްއަށް ރޭކާލިއެވެ. ” އެއީދެން އެހެންވީޔާ ކޮންތަޅުދަނޑިއެއް.. ” ވިސްނުމެއްގައި އިނދެފައި އަލޫކް އަށް ބުނެވުނެވެ. “ތަޅުދަނޑިއެކޭ…” ފަރޫންއާއި ލޫޔާއެކީގައި އެހެންބުނުމާއެކު އަލޫކްއަށް ހަމަބިމަށް އާދެވުނެވެ. އަދި ރޭގައި ކަންތަށް ހިނގާދިޔަގޮތް އެއްވެސް އޮޅުވާލުމެއްނެތި ސާފުކޮށް ކިޔާދިނެވެ. އަދި ފަރޫންގެ ކުރިމަތީގައި ލޫޔާދެކެ ހަގީގަތުގައިވެސް ލޯބިވެވިފައިވާކަން ހާމަކޮށްލީ އެއްވެސް ޖެހިލުމެއްނެތިއެވެ. ނަމަވެސް އަލޫކްއަށް އެވަރުންވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ރޭގައި އެހިނގި ހާދިސާއަކީ އަލޫކް އެއްގޮތަކަަށްވެސް ހިނގަމްބޭނުންވި ހާދިސާއެއްނޫނެވެ. އެކަމާ އަމިއްލަ ނަފްސު ކުއްވެރިކުރެވެނީ އެވެ. “އަދްލުވެސްތަ.. އަޅޭ ތިކަން ކުތިން އެނގުންނަމަ ތިޔަކައިވެނި ކުރިޔަކަ ނުދިނީސް.. އަހަންނަށް އިނގޭ ނުބުންޏަސް ލޫވެސް ލޫކް އާ ގަޔާވަކަން.. އެކަމަކު ލޫކްގެ ގޮތެއް ނޭންގޭތީ އެހެން ނުބުނަން މިހުރީ.. ” ފަރޫން އުފާވެލާފައި އެހެން ބުނިމާއެކު ލޫޔާގެ އެދޮންމޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އެންމެފަހުން އަލޫކް އޮފީހަށް ދިއުމަށް ނިކުތީ ލޫޔާގެ އަނގައިން ލޯބިވާކަން ހާމަކުރުމުން އުފަލުން ހުރެއެވެ. ހަމަ އެގޮތަށް ފަރޫންވެސް ވީ އުފަލާއެކު އެހަބަރު އަލްޔާއަށް ދިނެވެ.

**********

އޮފީހުގެ މީޓިންތަށް ނިންމާލުމަށްފަހު ޔާސިރު އިބާއަށްގުޅާލީ އޮފީހަށް އައުމަށް ބުނުމަށެވެ. ނަމަވެސް ފޯނުނެގުމާއެކު އިވިގެންދިޔަ އަޑުން ޔާސިރުއަށް އިންތަނުން ތެދުވެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ހަމްސަފަރް ގެ ކިއުންތެރިންނަށް…

Next

ހިތާ ފުރާނައިން… (7)

Next
January 9, 2018

ހިތާ ފުރާނައިން… (7)

Previews
January 9, 2018

ހަމްސަފަރް ގެ ކިއުންތެރިންނަށް…

32 Comments!

  1. Layaa says:
    January 9, 2018 at 6:53 pm

    Salaam all.. varah bodah maafahedhen kiutheringe kibain.. vaahaka up nukurevi ginadhuvass thakeh ve habareh nuvevuneema.. Asslu mihaaru misitega vaahaka liyaairu v undhgu typekuran.. ehenve ekun ehaalassvee .. mipart thakolheh kuruvedhaane ekamaku 17th part mihaaru liyamundhaathee mipart kurakass mi up kohlee .. insha allah mirey e partvess upkohladheynan .. love u all

    1. Aki says:
      January 9, 2018 at 7:26 pm

      mivaahaka mihaaru up kuranee hawwi tha

    2. Hawwu (Layaa) says:
      January 9, 2018 at 7:45 pm

      Aki aee layaage real name profile update kohlaafa ineema ename fennan einnanee ..

  2. Friends says:
    January 9, 2018 at 6:56 pm

    First dhw

    1. Hawwu (Layaa) says:
      January 9, 2018 at 7:45 pm

      Mifaharu dhen second kamah balamaadhw dear ??

  3. YALUN says:
    January 9, 2018 at 6:59 pm

    Me first tha? Nuvx kiyan adhi… bt i knw rythi vaanekan?

    1. Hawwu (Layaa) says:
      January 9, 2018 at 7:47 pm

      Ohh dear YALUN mifaharu dhen third kamah balamaadhw .. ? btw dhenfaharakun first hoadhaaneedhw .. ? thank you dear ??

  4. Friends says:
    January 9, 2018 at 6:59 pm

    Mashaa allah stry vvvv nice
    Keep it up layaa
    Waiting 4 next part
    Upload soon ingey dear
    Gud nyt layaa

    1. Hawwu (Layaa) says:
      January 9, 2018 at 7:49 pm

      Ohh thank you dear friends .. ?? insha allah mirey up kohladheynan .. ? ?

  5. Friends says:
    January 9, 2018 at 7:25 pm

    Layaa ge name change v tha

    1. Hawwu (Layaa) says:
      January 9, 2018 at 7:50 pm

      Nuney layaage komments thah hamalibeynee layaagenamuga .. Bt profile update kohlee real name ah change kohlaafa ?

  6. Zee says:
    January 9, 2018 at 7:27 pm

    Salhi keep it up????

    1. Hawwu (Layaa) says:
      January 9, 2018 at 7:51 pm

      Thank you my dear zee ??

  7. hayyaan says:
    January 9, 2018 at 8:13 pm

    aslunamakee kobaibaa

    1. Hawwu (Layaa) says:
      January 10, 2018 at 5:21 am

      Hehe hayyan

  8. JUMA says:
    January 9, 2018 at 8:17 pm

    Wowwwwww?

    1. Hawwu (Layaa) says:
      January 10, 2018 at 5:21 am

      Thank you dear jumakko ??

  9. Pinky shifoo says:
    January 9, 2018 at 8:18 pm

    Hiii Layaa ?.. Varah varah reethi ingey mi part vx.. Hama fabulous.. Varah inthizaaru kohfin mi vaahakaige parteh kiyaalan libeythr..This is my favourite story mihaaru..Waiting for next part.. Love you Layaa ?❤️

    1. Hawwu (Layaa) says:
      January 10, 2018 at 5:22 am

      Awwn ? thank you dear sshifoo??

    2. Hawwu (Layaa) says:
      January 10, 2018 at 5:26 am

      Ly 2

  10. Unaal says:
    January 9, 2018 at 9:01 pm

    Alhe vrh reethi.. Vaahaka kuriah dhaa goiyy vc..vrh reethi.. Ekm reyga vrh dhera kameh e v..

    1. Hawwu (Layaa) says:
      January 10, 2018 at 5:24 am

      Hehe unaal .. ehenvess vedhaane.. btw thank you mydear ??

  11. Mixuhan says:
    January 9, 2018 at 9:19 pm

    Nice and interesting story layaa
    seventeen vana bai kiyan keii madhuvehje
    Haadha salhi ey
    ..,,maashaa allah
    Love this story
    Waiting for the next part
    Pls update fast

    1. Hawwu (Layaa) says:
      January 10, 2018 at 5:25 am

      Awwn ?thank you dear mixuhaan ??

  12. Saadhu says:
    January 9, 2018 at 9:30 pm

    Layaa I love this story very much. Layaa kihinetha. V kiyaahithun mihuree avaha up kodhee. Love ?

    1. Hawwu (Layaa) says:
      January 10, 2018 at 5:27 am

      Alhey thank you my dear saadhu. ??

  13. Zaaraa says:
    January 9, 2018 at 9:38 pm

    Vv reethi mivaahaka

    1. Hawwu (Layaa) says:
      January 10, 2018 at 5:27 am

      Ehentha ? thank you dear zaaraa ??

  14. mishy says:
    January 9, 2018 at 10:08 pm

    ހެއި ލަޔާ.. ޥަރަށް ރީތި މިބައި ވެސް.. ???

    1. Hawwu (Layaa) says:
      January 10, 2018 at 5:28 am

      Awwn thank you dear mishy ??

  15. Aaan says:
    January 9, 2018 at 10:15 pm

    This part is so loving .when is next part

    1. Hawwu (Layaa) says:
      January 10, 2018 at 5:29 am

      Ohh dear next part innane up kohlaafa ..? btw thank you Aaan ??

Comments are closed.

Next Episodeނޭންގިހިތޭ ގެންދެވީމަ މިތުރާ… (17)←


All Right Reserved!