ހާމަ ކުރީމާ ލޯބި މަވާކަން 8
މެހެކްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އޭނާގެ ބައްޕައަކީ ހަމަ އެހާ ހިތްހަރު މީހެއް ހެއްޔެވެ. އޭނާގެ އުފަލަކީ އެބައްޕައަށް މުހިއްމު ނުވީ ކީއްވެ ހެއްޔެވެ. މަޖްބޫރުން ކުރެވޭ ކައިވެންޏަކުން އޭނާއަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ. ކޮޓަރިއަށް ވަދެ މެހެކް އަވަސްވެގަތީ އެލައިޝާއަށް ގުޅައި އެވާހަކަތަށް ކިޔައިދޭށެވެ.
“އަޅޭ ހާދަ ދެރަ ގޮތެކޭ ތިވީ..މެހެކް ދެން ނުރޮއި ހުއްޓާލާ..ކިތަންމެ ވަރަކަށް ރުޔަސް ކަމެއް ހައްލެއް ނުވާނެ އެއްނު..ލައި ދަންތަ މެހެކް ކައިރިއަށް.. އެކަނި އިނީމަވެސް ބޮޑަށް ވިސްނޭނީ..” މެހެކް ހުރިހާ ވާހަކައެއް ކިޔައިދިނުމުން އެލައިޝާ ބުނެލިއެވެ.
“އާ ޕްލީޒް ލައި އަވަހަށް އާދެބަލަ އަހަރެން ކައިރިއަށް..އަހަންނަށް ގެއިން ނިކުތުންވެސް އޮތީ މަނާކޮއްފަ..” މެހެކް ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.
“ޑޭޑް އަޅުގަނޑު މިދަނީ މެހެކްމެން ގެޔަށް އިނގޭ..” މެހެކްމެން ގެޔަށް ދާން ރެޑީ ވެލައިގެން އިލްހާމްގެ ކޮޓަރީ ދޮރުމައްޗަށް އަރާފައި އެލައިޝާ ބުނެލިއެވެ.
“އެކީއްކުރަން މިގަޑީ ދެން އެގެޔަށް ތިދަނީ..މިހާރު ގަޑިން ދިހައެއް ޖަހަން އަރަނީ..ލައިއަށް އިނގެއެއްނު މިހާ ލަސްކޮށް ބޭރަށް ދިޔުން އެއީ ޑޭޑް ގަބޫލު ކަމެއްނޫން ކަން..”
“އިނގެޔޭ އަޅުގަނޑަށް. އެކަމް މިވަގުތު މެހެކް ކައިރީ ހުރުން ވަރަށް މުހިއްމު..އެފަކީރު ރޮއެ ރޮއެ ހަލާކު ވެދާނެ” އެލައިޝާ ބުނެލިއެވެ. އިލްހާމް އެ ކީއްވެ ތޯ އެހުމުން އެލައިޝާ އޭނާއަށް ވީގޮތް ކިޔައިދިނެވެ.
“އަހަރެން ހިޔެއްނުކުރަން ރީހާން އެހާ ނުބައި ވާނެ ކަމަކަށް..އަމިއްލަ ދަރިންގެ އުފާ ތަކަށް ހުރަސް އަޅާނީ ހިތެއް ނެތް ބަފައެއް..ދަރިފުޅު ދޭ މެހެކް ކައިރިއަށް..މެހެކް ބޭނުމިއްޔާ ދަރިފުޅު މިރޭ އޭނާ ގާތު މަޑުކުރިޔަސް ޑޭޑްގެ އެއްވެސް މައްސަލައެއް ނެތް..ލައި ގެޔަށް އައިސްދާނެ ވިއްޔަ ޑޭޑް ރުޅިއަންނާނެ ކަމަށް މެހެކް މަޑުކުރަން ބުންޏަސް..”
އިލްހާމް އެހެން ބުނުމުން އެލައިޝާ ތޭންކްސް ޑޭޑްއޭ ބުނެފައި ނިކުތެވެ.
ޒެވިޔަން އެލައިޝާއަށް ގުޅާލީ މެހެކްމެން ގޭ ދޮރުމަތީ ހުއްޓައެވެ.އެލައިޝާ ޒެވިޔަންއަށް ވީގޮތް ކިޔައިދިނުމައްފަހު ބެލް ޖެހިއެވެ. ދޮރުހުޅުވީ ގޭގައި ގެންގުޅޭ މީހެކެވެ. އޭރު މެހެކްގެ މަންމަ ރޭނާ ގޭގައި އުޅޭ ނޯކަރުންނާއި ވާހަކަ ދައްކަމުން ދިޔައެވެ. އެމީހުން ދައްކާ ވާހަކައަށް މާބޮޑު ސަމާލު ކަމެއް ނުދީ އެލައިޝާ ހިނގައިގަތީ މެހެކްގެ ކޮޓަރިއާއި ދިމާއަށެވެ.
“ލައި..އަންކަލް ވަރަށް އުފާ ވެއްޖެ ލައި މެހެކް ކައިރިއަށް އައީމަ..ލައި އޭނައަށް ވިސްނައިދީބަލަ..އެ އަލަމްއަށްވުރެ ހާސްބައި ރަގަނޅު ބައިވެރިއަކު އަހަރެންވާނީ އޭނާއަށްޓަކައި ހޮވައިފައި..އަހަރެންގެ ދަރިއާއި އެކަށީގެންވަނީ އާލޯކްފަދަ މީހެއްގެ ދަރިއެއް..ސެކިއުރިޓީ ގާރޑްއެއްގެ ދަރިއެއްނޫން..މެހެކް ކައިރީ ބުނޭ އާލޯކް އާއި އޭނާގެ ދަރިފުޅު މާދަން މިގެޔަށް އަންނާނޭ..ކައިވެނި ކުރަން ތާރީހެއް ފައިނަލް ކުރަން. ލައިވާނެ އެގަޑީ މެހެކް ކައިރީ ހުންނަން..އަންކަލްއަށް ފެންނަނީ މިކައިވެނި ނިމެންދެން ލައި މިގޭގައި މަޑުކުރަން..މެހެކްވެސް އޭރުން ވަރަށް އުފާވާނެ..އަހަރެން އިލްހާމްއާއި ވާހަކަ ދައްކާނަން..” މެހެކްގެ ކޮޓަރިއަށް ވަންނަން ދިޔަ އެލައިޝާ ހުއްޓުނީ ރީހާން އޭނާއަށް ގޮވައިލުމުންނެވެ.
“މެހެކް އުފާވާނެ ވާހަކަ އަންކަލް ރަގަނޅުވާނީ ނުދެއްކިއްޔާ..އަމިއްލައަށް މެހެކްގެ އުފާތަކަށް ހުރަސް އަޅާއިރު އަންކަލްއަށް ނޭންގެނީތަ ހަމަ މެހެކް ހިތުގައި ޖެހޭނެވަރު..ތިކައިވެނި ކޮއްގެން މެހެކްއަށް ލިބޭނެ އެއްވެސް އުފަލެއް ނެތް..ތިކައިވެނިން އަންކަލްއަށްވެސް ލިބޭނީ ވަގުތީ ހިތްހަމަ ޖެހުމެއް..ފަހުން އަންކަލް ދެރަވާނެ އަދި..އެދުވަހުން އަންކަލްގެ މެހެކް އަންކަލްއަށް ގެއްލިދާނެ..” ހިތާހިތުން އެލައިޝާ ރީހާނާއި ދިމާއަށް އެއްޗެހި ކިޔާލިއެވެ.ކިތައްމެ ވަރަކަށް އެލައިޝާ އިލްހާމްއާއި ދިމާއަށް އެއްޗެހި ކިޔަން ބޭނުންވިޔަސް އެލައިޝާއަކަށް ނުކެރުނެވެ. އެހެންކަމުން އާއެކޭ ބުނުމަށްފަހު އޭނާވަނީ މެހެކް ކައިރިއަށެވެ.
އެރޭ އެތަށް އިރެއް ވަންދެން މެހެކް ރުޔެވެ. އެލައިޝާ އޭނާ ހަމަޔަކަށް އަޅުވަން އެކި އެކި ވާހަކަ ދެއްކިނަމަވެސް ފައިދާއެއް ނުކުރެއެވެ. އަލަމްއަށް ގުޅައިފައިވެސް ރުޔެވެ. ފިލައިގެން ގޮސް ކައިވެނި ކުރަން ބުނުމުން އަލަމްވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އޭނާ ބުނީ ކައިވެނި ކުރާނީ އާއިލާގެ ރުހުން ލިބިގެންކަމަށެވެ.
އިބާންއާއި ޒެވިޔަންގެ އިތުރުން އިލްހާމްވެސް އެލައިޝާއަށް މެސެޖް ކޮއްގެން މެހެކްގެ ހާލު ބަލައެވެ. އެއެންމެން މެހެކްއާއި ދޭތެރޭ ވިސްނާވަރަށްވެސް ރީހާން ނުވިސްނަނީބާއޭ އެލައިޝާގެ ހިތަށް އަރައެވެ. މެހެކްއަށް އެވަރުގެ ބޮޑު ދެރައެއް ދޭން އުޅޭ އިރުވެސް އެންމެ ފަހަރަކުވެސް މެހެކް ކުރާ ހިތާމައެއް ބަލައިނުލައެވެ.
“މެހެކް ދެން އަވަހަށް ރެޑީވެބަލަ..މިހާރު އެމީހުން އަންނަން އުޅޭނީ” އެލައިޝާ ފެންވަރައިގެން ނިކުމެ އޮށޯވެގެން އޮތް މެހެކްއަށް ގޮވައިލަމުން ބުނެލިއެވެ.
“ލައި ތީ ކޮން ކަހަލަ ފުރެންޑެއް..އަހަރެން މިތަނުން ފިލައިގެން ގެންދިޔުމުގެ ބަދަލު ތި ރެޑީވަނީ އަހަރެންގެ ދިރިއުޅުން ބަރުބާދު ވެގެންދާ މަންޒަރު ބަލަންތަ..ލައި އެމީހުންނާއި ބައްދަލުކުރަން ބޭނުމިއްޔާ ލައި ދޭ..އަހަންނެއް ނުދާނަން..އަހަންނަށް ހެޔޮ ޑޭޑް ރުޅިއަޔަސް..”
” މެހެކްއަށް ހާދަ ނުވިސްނެއޭ ދޯ..އަހަރެން ކަންތައް މިކުރަނީ މިވަގުތު ހުރި އެންމެ ރަގަނޅު ގޮތަށް..މެހެކްއަށް ރަގަނޅަށް އިނގޭނެ ފިލައިގެން ނުދެވޭނެކަން..މިގޭ ސެކިއުރިޓީ އެހާ ހައި ވިއްޔަ..ފިލަން އުޅެނިކޮށް ބަސްޓު ވިއްޔާ ދެ ހަފްތާ ތެރޭ ކުރެވެން އުޅޭ ކައިވެނި އެއް ދުވަހުން ކޮއްލަފާނެ…އޭރުންނޯ..”
“ދެން ތިބުނަނީ އަހަރެން އޭނައާއި މީޓް ކުރާށޭ ތަ..”
“ޔެސް..އަދި އޭނައާއި ވާހަކަވެސް ދައްކަންވީ..އޭނައަށް ކިޔާދޭންވީ ހުރިހާ އެއްޗެއް.. އޭނަވެސް ބޭނުމެއް ނުވާނެ ކަންނޭންގެ މެހެކް އެހެން މީހެއްދެކެ ލޯބިވާކަން އެނގިހުރެ މިކައިވެނި ކުރާކަށް..”
“ގުޑް އައިޑިއާ..އަހަރެން މާ އަވަހަށް ދޯ މި ގިވް އަޕް ކޮއްލައިގެން އޮންނަނީ..ލައިދޭ އަހަރެން އެބަ ދަން ރެޑީ ވެލައިގެން..” މެހެކް އެހެން ބުނުމައްފަހު ވަނީ ފާހާނާއަށެވެ.
ހަވީރު ހަތަރެއް ޖެހިއިރު މެހެކްގެ އާއިލާ އެންމެން ތިބީ ސިޑިންރޫމްގައެވެ. އެލައިޝާވެސް މެހެކް ކައިރީގައި ހުރެފައި އެއްފަރާތަށް ޖެހިލީ އިބާން ގުޅުމުންނެވެ.
“ކީކޭ އިބާން..”
“މިއަދު ލައި މަތިން މާ ބޮޑަށް މިސްވަނީ..”
“ހެހެ..މިސް ޔޫ ޓޫ މޮޔަ..”
“އަހަންނަށް ހީވަނީ މެހެކްގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެހެން ..ދެން ހިނގާބާ އަހަރުމެން ދެމީހުންވެސް އިންނަން..”
“ވަޓް..އިބާން ދައްކާ ވާހަކަ..މިކަހަލަ ގަޑިއެއްގަވެސް އިނގެނީ ސަމާސާ ކުރަން ދޯ..”
“އެހެންނު ވާނީ އަށާވީސް އަހަރަށް އޮތްއިރުވެސް މިއުޅެނީ މީހަކާއި ނީންދެވިއްޔަ….އަހަންނާއިއެކު ސުކޫލުގައި އުޅުނު އެންމެންގެ މިހާރު ދަރިންވެސް ތިބޭ..”
“ސާބަހޭ އިބާންއަށް..އެމީހުން މީހަކާއި އިނޭކިޔާފަތަ އިބާން އިންނަން ޖެހެނީ..ދެން ކޮން ފޮތެއްގަ އޮންނަ އެއްޗެއް އެއީ އަށާވީސް ވާއިރު އުޅެން ޖެހޭނީ ކައިވެނި ކޮއްގެންނޭ..”
“ދެން ތިބުނަނީ އަހަރެން މީހަކާއި އިންނަން ވީމަ އިނގޭނީ އަހަންނަށޭ ދޯ..އަހަރެން ވެއްޖޭ މެރީ ކުރަން މިހާރު…މިލައި އެއް ނުވެސް އިންނާނެ އަހަންނަކާއި..ދޯ..”
ފޯނުގައި އިން އެލައިޝާގެ ނަޒަރު ހުއްޓުނީ އެގެޔަށް ވަދެގެން އައި ޒުވާނާއަށެވެ.ފަހުން ގުޅާނެކަމަށް ބުނެ ފޯނު ބޭއްވުމައްފަހު އޭނާ މެހެކް ކައިރިއަށް ގޮސް ހުއްޓުނެވެ. ” އޭނަ ކޮންމެސް ތާކުން ދެކުނު ވައްތަރު ޖަހާ..މެހެކްއަކަށް އޭނަ ދަންނަ ވައްތަރެއް ނުޖަހާތަ..” މެހެކްގެ ކަންފަތް ދޮށުގައި އެލައިޝާ ބުނެލިއެވެ.
“ލައި ތިހެން ބުނީމަ މެހެކްއަށްވެސް އެބަ ހީވޭ އޭނަ ދަންނަން ހެން..އެކަމް ހަނދާނެއްނެތް ކިހިނެއް ކަމެއް..” މެހެކް ބުނެލިއެވެ.
” ރީހާން މިއީ އަހަރެންގެ ދޮށީ ދަރިފުޅު އަޒެލް.. މިކައިވެންޏަށް އެދުނީވެސް ޒެލް. މީގެ ތިންމަސް ކުރިން ޒެލް އިންޑިޔާއަށް އައީވެސް..މަހެއްހާ ދުވަސް ކުރިން ޕާޓީއަކުންނޯ މެހެކް ފެނުނީ.. ޒެލްއަށް މެހެކް ވަރަށް ކަމުދެޔޯ..އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ދެކުދިންގެ ކައިވެނި ކޮއްދެން..” އާލޯކް ބުނެލިއެވެ.
“އަޒެލް..އޯ މައި ގޯޑް އެއީ އަނެއްކާ އެއްކަލަ އަޒެލްތަ..”މެހެކް މަޑުމަޑުން އެލައިޝާ ގާތުގައި ބުނެލިއެވެ.
“ހޫމް އެއީ އޭނަ..އަށް އަހަރު ތެރޭ އޭނައަށް ހާދަ ބޮޑު ބަދަލެކޭ ދޯ އައިސްފަވަނީ..ކުރިން ހުންނަނީ ހިކި ކަމުން އިލޮއްޓެއްހެން ވިއްޔަ..މިހާރު ކިހާ ފިޓްކޮއް އެހުންނަނީ..”އެލައިޝާ ބުނެލިއެވެ.
“އަހަންނަކަށް ހީޔެއްނުވޭ އޭނަ މިކައިވެނި ކުރަން އިންކާރު ކުރާނެ ހެނެއް..ލައި އެދުވަސް މަތިން ހަނދާން ނެތުނީތަ..އެދުވަހަށްފަހު އެއްނު އޭނަ އިންޑިޔާ ދޫކޮއް ދިޔައީ..”
“މެހެކް ދައްކާ ވާހަކަ..އޭނައެއް ނޫޅޭނެ ދޯ ދެން އެއިރު ވީކަމެއް މާ ބޮޑު ކަމަކަށް ހަދައިގެނެއް..އެހެންނޫނަސް އެކަންތައް ހަނދާން ހުރިއްޔާ އޭނަ ބޭނުންވާނެތަ މެހެކްއާއި އިންނަން.. ދެން އޭނައާއި އެވާހަކަ ދައްކާ އިނގޭ..”
” މެހެކް ދާންވީނު ޒެލް ގޮވައިގެން ބަގީޗާއަށް ވާހަކަ ދައްކައިލަން..” ރީހާން އެހެން ބުނުމުން މެހެކް އަޒެލް ގޮވައިގެން ބަގީޗާއަށް ނިކުތެވެ.
“އަހަރެން އެބަ ޖެހޭ އަޒެލް ކައިރީ ވަރަށް ބޮޑު ވާހަކަ އެއް ބުނަން..އަހަންނަކަށް ނެތް މިކައިވެނި ކުރެވޭކަށް..ޕްލީޒް އަޒެލް ބުނޭ ގޭމީހުން ކައިރީ މިކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ..”
“އެކީއްވެޔޯ މިކައިވެނި ކުރެވެން ނެތީ..އަލަމްއާއި ހެދިތަ..” އަޒެލް އެހެން ބުނުމުން މެހެކް ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް މެހެކްއާއި އަލަމްގެ ވާހަކަ އިނގުނީ ކިހިނެއްހެއްޔެވެ. ހަމަގައިމުވެސް ރީހާން އެވާހަކަ ކިޔައެއްނުދޭނެއެވެ.
“އޯ މެހެކް އަދިވެސް ހަމަ އެހާ މޮޔަތަ..ގެންނަންވީނު ލައި..އަހަރެން ބޭނުން އޭނައާއި ވާހަކަ ދައްކަން..ހާދަ ދުވަހެއް ވެއްޖޭ ލައިއަށް އިންތިޒާރު ކުރާތާ..” މެހެކް ހައިރާންވެފައި އަޒެލްއަށް ބަލަހައްޓައިގެން ހުރުމުން އޭނާ ބުނެލިއެވެ.
އިރުކޮޅަކު ވިސްނަން ހުރެފައި މެހެކް އެލައިޝާއަށް ގުޅާލިއެވެ.ވަރަށް އަވަހަށް ބަގީޗާއަށް އައުމަށް ބުނެލިއެވެ.
“ދެން މެހެކް އަހަރުމެންނަށް ކުޑަ ވަގުތުކޮޅެއް އެކަނި ދޭންވީނު..އަށް އަހަރު ފަހުން ދިމާވީމަ ދައްކަންޖެހޭ ބައިވަރު ވާހަކަ ހުންނާނެއެއްނު ދޯ ލައި..” އެލައިޝާ އެމީހުން ކައިރިއަށް އައިސް ހުއްޓުމުން އަޒެލް ބުނެލިއެވެ.
“ހާއި ލައި..” މެހެކް ދިޔުމުން އަޒެލް ބުނެލިއެވެ.
“ހާއި އަޒެލް..އައި ނޯ އަޒެލްއަށް މެހެކް ކަމުގޮސްގެންކަން ތިއުޅެނީ..އެކަމް މެހެކްގެ ލޯބިވެރިޔަކު ހުރޭ..މިކައިވެނި ކޮއްގެން އަޒެލްއަށް ލިބޭނެ އެއްްވެސް ހިތްހަމަޖެހުމެއް ނެތް..”
“މިކައިވެނި ކުރެވިއްޖިއްޔާ ލައި ވަރަށް ދެރަވާނެ ދޯ..”
“އާ..އަހަރެން ވަރަށް ދެރަވާނެ..މެހެކްއަށް ލިބޭ ކޮންމެ ހިތާމައަކީ ހަމަ އަހަންނަށްވެސް ލިބޭ ހިތާމައެއް..”
“މިކައިވެނި ކުރެވިއްޖިއްޔާ މެހެކް މުޅި ދިރިއުޅުން މަތިންވެސް ފޫހިވާނެ ދޯ..”އަޒެލް ބުނެލިއެވެ.އެލައިޝާ ބޯޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
“މައްސަލައެއް ނެތް އަހަރެން މިކައިވެނި ހުއްޓުވަފާނަން..އެކަމް އެއީ ލައި އަހަންނާއި އިންނަން އެއްބަސް ވެއްޖިއްޔާ..”
“ވަޓް..އަޒެލް މޮޔަވީ ތަ..”
“ނޭންގޭތަ އަހަރެން މޮޔަ ކޮއްލީ ލައި ކަމެއް..އަށް އަހަރު ކުރިން އަހަރެން ލޯބި ހުށަހެޅުމުން ލައި އަހަރެން އެންމެންގެ ކުރިމަތީ ރިޖެކްޓްކުރިއިރު އަހަރެން ލަދުގަންނާނެ ވަރެއް ލައި އަކަށް ނޭންގޭތަ..އެދުވަހު އެއެންމެން އަހަންނަށް މަލާމާތްކޮށް ހީހެދި މަންޒަރު އަދިވެސް ލޯމައްޗަށް ފެންނަ ކަހަލަ..ސުކޫލުން ކެނޑުނީ..އަމިއްލަ ގައުމު ދޫކޮއްދިޔައީ ލައިއަކާއި ހެދި..އެކަމް އިނގޭތަ އަދިވެސް އަހަރެން ލައި ދެކެ އިންތިހާއަށް ލޯބިވޭ..ގޯއާއަށް އައީސްސުރެ އަހަރެން މިދަނީ ލައި އަށް ފާރަލަމުން..ފުރަތަމަ އެދުނީ ލައިގެ ޑޭޑް ކައިރީގައި ލައިގެ ކައިވެންޏަށް.. އިނގޭތަ ދިން ޖަވާބު.. އަހަރެންގެ ލައި އަދި ކިޔަވާ ނުނިމެޔޯ..އެހެންނޫނަސް ލައި އިންނާނެ މީހެއް އިނގޭނީ ލައިއަށޭ..ދެން އަހަންނަށް އިނގޭ ލައި ކައިރީ ރީތިކޮއް އެހިޔަސް އަހަންނާއި ނުގުޅޭނެކަން..އެހެން ފާރަލަނިކޮއް އަހަންނަށް މެހެކްގެ ކަންތައް އެނގުނީ..” އެލައިޝާއާއި ކައިރިވެލަމުން އަޒެލް ކިޔައިދިނެވެ.
“ލުކް އަޒެލް..އަހަރެން އޭރު އަޒެލް ރިޖެކްޓް ކުރީކީ އަޒެލްއަށް ދެރައެއް ދޭކަށް ނޫން..އަހަރެން ލޯބިނުވާތީ..އެހެންނޫނަސް އޭރު އަހަންނަށް އެންމެ 15 އަހަރު..އަހަރެން ގަބޫލެއް ނުކުރަން އަޒެލް އަހަރެން ދެކެ ލޯބިވާ ކަމަކަށް..އެހާ ކުޑައިރު ލޯބިވެވޭތަ..އަޒެލް މޮޔަކަމުން ދޯ އެންމެން ކުރިމަތީގައި އަހަންނަށް ލޯބި ހުށަހެޅީ..އަހަރެން ގަބޫލެއް ނުކުރަން މީގަ އަހަރެންގެ ކުށެއް ވާކަމަކަށް..އެންޑް މިދޭތެެރެއަށް މެހެކް ވައްދާކަށް ނުޖެހެއެއްނު..އަޒެލްއަށް އިނގޭތަ މެހެކްއަށް ތިދެނީ ކިހާ ބޮޑު ދެރައެއް ކަން..” ފަހަތަށް ޖެހެމުން އެލައިޝާ ބުނެލިއެވެ.
“މެހެކް ދޯ..އޭނަ ދެރަވާނެކަން އަހަންނަށްވެސް އިނގޭ..އެކަމް އެވަރު ލައި އަކަށް ނުވިސްނެއެއްނު..މެހެކް އުފަލުގަ ހުންނަން އެދޭނަމަ ލައި ޖެހޭނީ އަހަންނާއި ގުޅެން..އެހެން ނޫނީ އެނގެއެއްނު ރީހާން އެހުރީ މިކައިވެނި ކުރުވާ ގޮތަށްކަން..އެވެސް ދެ ހަފްތާ ތެރޭ..ލައި އަހަންނާއި ގުޅެން އެއްބަސް ނުވާހާ ހިދެއްގަ މިކައިވެންޏެއް ނުހުއްޓުވޭނެ..އެއްބަސް ނުވެއްޖިއްޔާ އަހަރެން މިކައިވެނި ކުރާނަން..އަދި މެހެކްގެ ދިރިއުޅުން ބަރުބާދު ކޮއްލާނަން..އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެލައިޝާ..” އަޒެލް ބުނެލިއެެވެ. އެލައިޝާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
“އަހަންނަށް ޖަވާބެއް ދީ މި ދެހަފްތާ ތެރޭ..ރަގަނޅަށް ވިސްނައްޗޭ އިނގޭ..މެހެކްއާއި ދޭތެރޭ..ހެހެ..ތިހެން ކަންބޮޑުވެފައި ހުންނަ އިރު ހާދަ ލޯތްބޭ..” އެލައިޝާގެ މޫނުގައި ހިފައިލުމަށްފަހު އަޒެލް ބުނެލިއެވެ. އަދި ދަނީއޭ ބުނެފައި އެތެރަށް ދާން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.



Assalaam alaikum
Miothy “haama kuryma loabi ma vaa kan” ge 8 vana part up kohdhevifa
Mistakes thah bunelahchey ingey
hope you guys will like this part too ?
Plx nugulhuvaaathi axel and lai nugulhey eyahvure ibaan maa gulhey nice story ☺☺
❤Thank yuh Xeee ?
Alhey haadha reeiichey
Dhn vaane gotheii balan keii madhu vehje
Alhe avahah next part up khdhehchey pls pls pls
Story is interesting , hama habeys
Thank yuh Mixuhan ?
Next part vx v enme avahakah upload koh dheynan
Wow just wow?
This story is awesome ?
Varah shocking gothah mi part Nimuny kiyaalaahithun huttas ?
Thankolheh avahah next part up kohla
dhehchey
Can’t wait to read ?❤
Thank yuh Hish ?❤
Alhey kihineh mi veee.. Dhn Lai kihineh baa hadhaanyvx?? Waiting for next part
Lai hadhaa gothehvx balaalabaa dhw ?❤
އެހާ އެހާ އެއްވެސް ނޫން
Ooh thankx
Thankx for telling the truth
Actually this is my first story
So I am trying my best on this ?
Nice
❤☺ Thank yuh Rsh
Mi partves v reethi..alhey kihinehba dhen vaany… waitin waitin…
❤ Thank yuh kudaa dhen nujeheyne ingey ehaa gina iru wait kuraakah ?
“Moya” 😛