ވާހަކަ މެދުކެނޑުނީތީ ވަރަށް ބޮޑަށް މާފަށް އެދެން… ވަރަށް އަވަހަށް އަޅުގަނޑު ވާހަކަ އެނެއްކާވެސް އަޕް ކުރަން ފަށާނަން.. އިންޝާ ﷲ… އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މާފަށް އެދެން ހުރިހާ ކިޔުންތެރިންގެ އަރިހުން….
އެކަމަކު މައުވަން ނިންމައިފައިވަނީ ކަންތައްތައް ހަމަޔަކަށް އެޅެންދެން އެކަން ކުރުމަށެވެ. އެއަށްފަހު ރަފާ ޖެހޭނީ އޭނަގެ ހަޔާތުން ބޭރުވާށެވެ. ދުވަސްތަށް ފާއިތުވަމުން ދަނީ ހީވެސްނުކުރާހާ ހަލުވި މިނެއްގައެވެ. ނުވަތަ ކުރަން ހުންނަ ކަންތަންތަން ނުވެހުއްޓައި ދުވަސްތައް ނިމޭތީ ހަލުވީހެން ހީވަނީކަމަށްވެސް ވެދާނެއެވެ. މަލާކްގެ އަތް މުޅިން ރަނގަޅުވެ ޑިއުޓީއަށް ނިކުންނަވަރުވިއެވެ. އަކްޔަން އާއި އަލާގެ ގުޅުން އިހުނަންވުރެ ރަނގަޅުވެ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައެޅިއެވެ. ނަސީމާ ނުރުހުނެއްކަމަކު މަޒްހަރުގެ ރުހުމާއެކުގައެވެ. ދުވަސްތަކަކަށް ފަހު މަލާކް ފުރަތަމަ ޑިއުޓީއަށް […]
“ކޮފީއެއް ހަދާލަދީބަލަ.. އަހަރެން އެބަ ދަން..” ޔޫޝައު އަންނަ ވާހަކަ ބުނުމުން ނާޒް ހައިރާންވިއެވެ. އޭނާއަށް ޔޫޝައުއާ ދިމާ ބަލާލެވުނުއިރު ޔޫޝައުވެސް އިނީ އޭނާއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާލުމާއެކު އެއްލޯ މަރާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިިވި ނަމަވެސް ހުރިހާ ކަމެއް އެ ހިނގަނީ އޭނާ ހޭލާ ހުއްޓާ އޭނާގެ ލޮލު ކުރިމަތީގައެވެ. ވީއިރު ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. ނާޒް ހިނިތުންވެލަމުން ތުއި ގޮތަކަށް ކޮފީ ހަދަން ދިއުމުން ޔޫޝައު މޫނު ކުނިކޮށްލިއެވެ. ފޫހިވެފައި […]
ދުވަހަކީ ހޫނު މޫސުމުގެ ދުވަސްވަރުގެ ތެރެއިން ދުވަހެކެވެ. ލީފީ އޭނާގެ ހަޔާތުގެ ދަތުރު ފަށަށް ތައްޔާރުވަނީ އެވެ. މި ވާހަކަ އަށް އިންތިޒާރުކޮށްލައްވާ
” މާކިން..ދަރިފުޅު ކޮންތާކުން ތިއައީ.. މިއަދުވެސް މޫދަށް ދިޔައީދޯ..” ކާ ގެއިން ނުކުތް މަލީހާ ސުވާލުކޮއްލިއެވެ. ހަރުވާޅަކާއި ދިގު ހެދުމެއް ލައިގެން ހުރި މަލިހާ ގެ ބޯ ނިވާކޮއްލެވިފައިވަނީ ބުރުގާއަކުންނެވެ. އުމުރުން ސާޅީސް އަހަރުވެފައިވީނަމަވެސް އެ މޫނުމަތިން ތާޒާކަން ފެނެއެވެ. މަންމަގެ މޫނަށް ބަލާލަމުން މާކިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ” މަންމަ އެގަޑީ ފެންނަން ނެތީމަ ނުބުނެ ދިޔައީ..” ލައިގެން ހުރި ފައިވާނުގައި ހަރުލާފައިވާ ވެލިތަށް ފޮޅާލަމުން އެ ނަގާ ފައިވާން ހަރުގަނޑުގައި ބަހައްޓަމުން މާކިން […]
އިރު، އޭގެ ވާޖިބު އަދާކުރަމުން ގޮސް އެންމެ ފަހުގެ މަރުޙަލާ ކަނޑަތު ކުރަމުންދާ ވަޤުތަކީ އެއްވެސް މަޚުލޫޤެއް ބަލާ ފޫހިނުވާނެ، ހިތްގައިމު ވަޤުތެކެވެ. ރާއްޖެތެރޭގެ ރަށެއްގެ ހިމޭން ގޮނޑުދަށެއްގައި މިމަންޒަރު ބަލާލުމުގެ ނަސީބު ލިބުމަކީ އަދި އިތުރަށް ހިތްހަމަޖެހޭނެ ކަމެކެވެ. އެރީތި ގޮނޑުދޮށުގައިވާ ހިމުން ދޮންވެލި ގަނޑު ރަންކުލައިން ވިދާބަބުޅައެވެ! އެ ހަމަހިމޭންކަމުގެ ތެރޭގައި، އަހަރެން އިނީ އެ ފުރިހަމަ ޤުދުރަތީ މަންޒަރުގެ ތެރެއަށް ގޮސް ގެއްލި ހުސްވެފައެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދުނިޔެމަތިން މީގެ […]
ނަސީބު ދެރަކަމުން އަފާފް ކަހަލަ މޮޅު ކުއްޖަކު ވެސް އެވަނީ ސިކުނޑި ދޮވިފައިތާއޭ އޭނަގެ ހިތަށްއަރަން ފެށިއެވެ. އޭނައަށް ނޭނގުނު ކަމަކީ ސިކުނޑި ދޮވިފައިވަނީ ކާކުކަން އޭނައަށް ވަރަށް އަވަހަށް އެނގެން އުޅޭކަމެވެ. އަދި އޭގެ ސަބަބުން އޭނަގެ ދިރިއުޅުން ދުވަހަކުވެސް ބާއްޖަވެރި ނުވާ ފަދައަކުން ބާއްޖަވެރިވާން އުޅޭކަމެވެ. އަފާފް އެދުވަހު ޝަބާމެންގެއަށް ދާން ބައްޕައާއެކީ ކާރުގައި ދަތުރުފެށީ ހަވީރު 4:00 ޖެހި ވަގުތެވެ. ހުސެއިނާއި ޝާދިޔާ އެތައް ވަރަކަށް ބުންޏެއްކަމަކު ބައްޕަގެ ޣައިރު ހާޒިރީގައި […]
ދެމީހުން ކައިރީ ހުރި ކެފޭއަށް ވަދެ އޯޑަރު ދިން ތަނުން އެލައިޝާއަށް މެހެކްގެ ކޯލެއްއައެވެ. މެހެކް ހުރީ ވަރަށް ހާސްވެފައިކަން އަޑުން އިނގުނެވެ.މެހެކް ބުނީ ވަރަށް އަވަހަށް އެލައިޝާމެން ގެޔަށް އައިސް ދިނުމަށެވެ. އޭނާ ހުރީ އެލައިޝާ ހޯދަން އެގެޔަށް އައިސް ކަމަށެވެ.”ވަރަށް އަވަހަށް ގެޔަށް ދާން ޖެހިއްޖެ..މެހެކް އެގުޅީ..ޔަގީން އޭނައަށް ކަމެއް ވެއްޖެ..އިބާން އާދޭ އިނގޭ ކޮފީ ބޮއެގެން..އަހަރެން މިދަނީ..” އިބާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އެލައިޝާ ކެފޭއިން ނިކުންނަން ދިޔައެވެ. އެލައިޝާ ގެޔަށް ވަދެ […]
އަކިޔަލް އޮފީސް ނިންމާލުމަށްފަހު ކައުންސިލް އިދާރާއިން މަގުމައްޗަށް ނިކުމެ ގެއަށް ދިޔުމަށް ހިނގައިގަތް ވަގުތު މީހަކު ފަހަތުން ގޮވާލުމުން ފަސްއެނބުރި ބަލާލިއެވެ. އޭރު ފަހަތުގައި ރިފްއަތު ހުއްޓެވެ. އަކިޔަލް ބަލާލުމުން ހަރު ހިނގުމެއްގަ ރިފްއަތު ކުރިއަށް ހިނގައިގަތެވެ. ރިފްއަތު ފެނުމުން އަކިޔަލް ފާޑަކަށް ހިތްބިރު ގަންނަގޮތްވިއެވެ. ނަމަވެސް މިވެސް ދިރިއުޅުމުގެ އިމްތިހާނެއް ކަމަށް ބަލާފައި ރިފްއަތާ ކުރިމަތިލިއެވެ. ” ކިހާވަރެއް ދިނިއްޔާތަ އަހަރެންގެ ދަރިފުޅުގެ ފަހަތުން ހިނގުން ހުއްޓާލާނީ. ބުނި ވަރަކަށް ފައިސާ ދީފާނަން ” ރިފްއަތު […]