މާގިނަ އިރު ތަކެއް ނުވެ ފެރީ އައިސް މާލޭ ތޮށިގަނޑާ ގުޅިފައިވާ ފާލަމަށް ކައިރިކޮށްލިއެވެ. ދެ މީހަކު ފޭބުމާއެކު ޝާޔާ އަދި ތިޔާވެސް އެ ޒުވާނާ ފަހަތުން ހިނގައިގަތީ ބެކްޕެކް އަދި ފޮށިތައް ހިފައިގެން ފެރިން ފޭބުމަށެވެ. ފެރިން ފޭބުމަށްފަހު ނަޒަރު ހިންގާލެވުނީ މާލޭ މަގުތަކަށެވެ. މާލޭގެ މަލަމައްޗާ މީހުންގެ ދިރިއުޅުން ހާދަބަދަލްވެއްޖެއޭ ޝާޔާގެ ހިތަށްއަރަމުންދިޔައެވެ. ޝާޔާހުރީ އާއިލާ މީހުންނާ ބައްދަލުވުމަށް ކެތްމަދުވެފައެވެ. ފަސްއަހަރުގެ ދިގު ކިޔެވުމުގެ ދަތުރު ނިންމާލުމަށްފަހު ތިޔާގެ ވެޑިންނާ ސީދާ ދިމާކޮށް މާލެ […]
ހާލާަކޮވެލީގެއަޑުން ފަތިސްވެއްޖެކަން މުޅިދުނިޔެ އަށް އިއުލާން ކުރަމުން ދެއެވެ.”ދަރިފުޅާ ޟީން ހޭލަބަލަ އެއޮއް ފަތިސް ނަމާދު ކުރަނީ. މަންމަ އަށް ވެސް މިހޭލެވުނީ މިއަދު ތަން ކޮޅެއް ލަހުން އަވަހައް ތެދުވޭ” މުނީރާ ދެފަހަރަކު ދޮރުގަ ޖަހާލުމައްފަހު ގޮވާލިއެވެ.ކަންނެއް ގޮތަކައް މޯަޅިއަކަށް ދެމިލާ ޟީން ތެދުވެ ފާޙާނާ އަށް ވަދެ ވުލޫ ކޮއްލައިގެން ނިކުމެ ފަތިސް ނަމާދު ކޮއްލިއެވެ.އެއީ ކޮންމެ ދުވަހެއްގެވެސް ޟީން ގެ ފެށުމެވެ.ރޭގައި ގިނަ އިރުތަކެއްގައި ނުނިދާ ރުއިމުގެ ސަބަބުން ޟީންގެ ދެލޯާރަތްވެ ބޮލުގައިމަޑުަ […]
އަޅުގަނޑު ގެނެސްދެމުން ދިޔަ ވާހަކަ “ޒާރާ” ގެނެސްދިނުން ގިނަދުވަސްތަކަކަށް މެދުކެނޑިފައިވާތީ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. މިވާހަކައިގެ ދެން ކުރިއަށް އޮތް (9 ވަނަބައި) ހިސާބުން ފެށިގެން ދެން ހުރިބައިތަށް ޖެނުއަރީ 25 އިން ފެށިގެން ގެނެސްދޭނެ ވާހަކަވެސް ދަންނަވަމެވެ.
“މަލާކް ދާނީ އަހަންނަން ޗުއްޓީ ލިބޭ ފަހަރަކުން ދޯ” އަމީނާގެ ކުރިމަތީގައި މައުވަން އެހެން ބުނުމުން މަލާކަށް އިތުރު އެއްޗެއް ނުބުނެއެވެ. އޭނަ ހިތާހިތުން ނިންމައިލީ އެރަށް ދާނެކަމުގައެވެ. ހަމަ އެވަގުތެވެ. މަލާކްގެ ފޯން ރިންގު ވަމުން ދިޔައެވެ. ނަގާހިޔާލެއް މަލާކް ނުކުރެއެވެ. ވާހަކަ ދައްކާނެ ހިތްވަރު ނެތީއެވެ. ކޮންމެ ފަހަރަކުވެސް ލަނީ ސައިލެންޓަށެވެ. ޔަޒާން ވެސް ހުއްޓާލާކަން ނޫޅުނެވެ. ޔަޒާން ނުހުއްޓާނެކަން އެގުމުން މަލާކް ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ. ދައްކަން އެ އުޅެނީ ކޮންވާހަކަ އެއްކަން […]
ބޯކޮށްވެހެމުން ދިޔަ ވާރޭގެ ސަބަބުން މާލޭގެ މަގުތައްވަނީ ހިމޭންވެފައެވެ. ޖަހާލާ ބާރު ގުގުރީގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މިގަދަ ވިއްސާރާގައި ކުޑަ އެއް އަތައް ނަގައިގެން ހިނގަމުން އަންނަ ޒުވާން އަންހެންކުއްޖާގެ ހިތުގައި ވަނީ ބިރުވެރިކަމެވެ. މަގުގައި އޭނާ ނޫން އެހެން މީހެއްގެ ހިލަމެއްވެސް ނުވޭ ވިއްޔާއެވެ. އެއްއަތުން ކޮލެޖުގެ ފޮތްތައް ހިފައިގެން، އަނެއްއަތުން ކުޑަ ހިފައިގެން ހިނގަމުން ދިޔަ އަންހެންކުއްޖާގެ ބޭނުމަކީ އަވަހަށް ގެއަށް ދިޔުމެވެ. ވައި ގަދަވުމުގެ ސަބަބުން ބައެއް ފަހަރު ކުޑަވެސް އެއްލައިގެން […]
3 ވަނަ ބައި ******** ރޭގަނޑުގެ ވަގުތެވެ. ޔުމްނު އޮތީ އެންމެންނަށް ރަނގަޅަށް ނިދެންދެންނެވެ. ބޭނުމަކީ އެންމެން ނިދުމުން އަވީމެންނާއި ބައްދަލުކުރުމެވެ. އެންމެންނަށް ނިދުމުން އަވަހަށް ޓެންޓުން ނިކުމެ ރަށުގެ ތުނޑިއަށް ދިޔައީ އެތާނގައި އަވީމެން ތިބޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ. “ޝިކާ” ޝިކާއަށް އާދެވުމާއެކު އަވީ ގޮވާލުމަށްފަހު ތުން ދަމާލިއެވެ. އަދި ބައްދާލިއެވެ. “އަވީ. ތުންދަމަންޏާ ނައްޓައިގެން ވެއްޓިދާނެ.” ޝިނާން ދިމާކޮށްލިއެވެ. “ތުންގަނޑު ދިގުކަމުން ހީވަނީ މާކަނައެއް ހެން ވިއްޔަ.” އަވީ އަދި ޝިކާގެ އެއްމާބަނޑު ބޭބެ ކަމުގައިވާ ނާލް ވެސް އަވީ ރުޅި އަރުވާލުމަށްޓަކައި ބުންޏެވެ. “ނާލްއަށް ގާރލް ކުދިން ފެންނަނީ މާކަނައެއްގެ ސިފައިގަތަ؟” މިފަހަރު ޔާލް ވެސް މަޑުން ހުންނާކަށް ބޭނުމެއް ނުވިއެވެ. “ޝިކާ އަށް ނޭނގެ ވިއްޔަ ނައްޓައިގެން ވެއްޓޭ ވަރަށް ތުންދަމާކަށް. އޭރުންނެއްނު ފޮޓޮއެއްވެސް ނެގޭނީ” ޝިކާގެ ފިރިމީހާ ވިނާން ޝިކާގެ ތުންފަތު ގައި ހިފާލަމުން ބުންޏެވެ. “އެއަށްވުރެ ރަނގަޅުވާނެ ތިމީހުންގެ އަމިއްލަ ތުންފަތް ވަޅިން ކަނޑާލިއްޔާ” ޝިކާ ވިނާންގެ ކަންފަތުގައި ހިފައި ކުޑަކޮށް އަނބުރާލަމުން ބުނެލިއެވެ. “އައުޗް. ކަންފަތުން ދޫ ކޮށްބަލަ. ޕްލީސް. ސޮރީއޭ.” ވިނާން އެންމެ ފަހުން މާފްކޮށްދިނުމަށް އެދުމުން ޝިކާ އޭނަގެ ކަންފަތުން ދޫ ކޮށްލިއެވެ. “އަދި އެހާ އަވަހަކަށް މާފެއް ނުކުރެވޭނެ އިނގޭ” ޝިކާ ވިނާންްގެ ކަންފަތުން ދޫކޮށްލިތަން ފެނުމުން އަވީ އޭނަގެ ފިރިމީހާ ޝިނާންގެ އަތުގައި ވިކައިގަތީ ކުއްލިއަކަށެވެ. އެއާއެއްކޮށް ޝިނާންއަށް އައުޗްއޭ ކިޔަައި ހަޅޭއްލަވައިގަނެވުނެވެ. “އަވީއާ ޝިކާ މީ އެއްވަރުގެ ދެމީހުން. އެކަކު ކަމެއް ކޮށްފިއްޔާ އަނެކަކުވެސް ވާނެ ކޮންމެސް ކަމެއް ކުރަންް” ފިރިމީހާ ނާލް އަނެއްކާވެސް ދިމާކޮށްލުމުން ޔާލްއަށް މަޑަކުން ނުހުރެވުނެވެ. “ޓްވިންސް ކުދިންނަށްވީ ކޮންމެސް ކަމެއްވީމައެއްނުދޯ. ނާލްއަށް އެވަރުވެސް ނޭނގެ. އެކަމް މީނަމީ އެމީހުންގެ އެއްމާބަނޑު ޓްވިންސް ބްރަދާރ އޯރ. އެއީ ވެސް އަދި ނަމަކަށް.” ޔާލް މިފަހަރު ދިން ރައްދުން ނާލްއަށް ބުނާނެ އެއްޗެއް ނޭންގިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. “އޭރަށް ޔާލްއާ ދިމާލަށް ބުނެވިދާނެ ހަމަ އެހެން. އެއްމާބަނޑު ޓްވިންސް ސިސްޓާއޭ. އެކަމު ހަމަ ނަމަކަށޭ.” ވިނާން އާއި ޝިނާންއަށް އެމީހުންގެ އެއްމާބަނޑު ދައްތައާ ދިމާލަށް މިހެން ބުނެވުނީ އެއްފަހަރާއެވެ. “އެއީ ކީއްވެކަން ބުނެދޭންވީނު. ޔާލް ގާރލްސް ކޮޅަށް ހުންނާތީ މައްސަލައަކަށް ވެގެން އުޅޭއިރު ތިމީހުން ފުރަތަމަ ދިމާކުރަން ފައްޓާތީ ވާގޮތޭ.” ޔާލް މިފަހަރު މިދިން ރައްދު ނިމޭއިރަށް އަވީ އާއި ޝިކާ އަތް ޖަހާލިއެވެ. ވިނާން އާއި ޝިނާންއަށް ވެސް އެއްޗެއްނުބުނެވުނެވެ. “ދެން ހިނގާބަލަ އަހަރެމެންގެ ދަރިން ގެނެސްގެން މޮޅުވަނީ ކޮންބައެއްތޯ ބަލަން. ހަމަ ގައިމުވެސް އަހަރެމެން މޮޅުވާނީ.” އަވީ އުފާވެފައި ހުރެ ބުނެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ގިނަފަހަރު އަވީމެންދޭ ރައްދުތަކުގެ ސަބަބުން ނާލްމެންގެ ބަސްހުއްޓެއެވެ. […]
މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ލޯބީގެވާހަކައެކެވެ. މި ވާހަކައިގައި ހިމަނާފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ އެއާ ޕޯޓްއަށް ވަދެނިކުމެގެންދާ އެންމެންގެ ސަމަލުކަމަށް ހުއްޓެނީ ރަތްކުލައިގެ ފޮއްޓެއް ހިފައިގެން މަޑުކޮށްލައިގެން ހުރި ޒުވާން ރީތި އަންހެން ކުއްޖާއަށެވެ. ހަމުގެ ކުލަ އަލި ރީތި ފަންއިސްތަށިގަނޑުގެ އެ އަންހެން ކުއްޖާއަށް ލިބިގެންވަނީ ނުހަނު ހިތްގައިމު ރީތި ސިފަތަކެކެވެ. ފޮށި ދަމަމުން ފެރީ ތަކާ ދިމާލައް މިސްރާބު ޖެހިއެވެ. އެވަގުތު ފަހަތުން މީހަކު އައިސް ގައިގާ ބައްދައިގަތެވެ. […]
މަލަކާ އަށް ހޭލެވުނީ ގަޑި ސޯނާ ވާން ފެށުމުންނެވެ. އާދައިގެ މަތިން މަލަކާ ފާހާނާ އަށް ވަނީ މޫނު ދޮވެ ފެން ވަރައިގެން ސުކޫލް އަށް ދިޔުމަށްޓަކައެވެ. މަލަކާ ޔުނީފޯމް ލައި ރީތި ވެގެން ސައި ބޯން ދިޔައިރު މަލަކާ ގެ މަންމަ އިނީ ސައިތަސި ހަދާފައެވެ. މަލަކާގސައިތަށިިބޮއިގެން ގަޑި ނުޖެހި ސުކޫލް އަށް ދިޔުމަށް ޓަކައި ހިނގައިގަތެވެ. މަލަކާ ގެ ހުންނަނީ ސުކޫލް އާ ކައިރީ ކަމުން ސުކޫލް އަށް ދެވުނެވެ. ސުކޫލް އިން ބެލް […]
އެއީ ޔުމްނުއެއް ނޫނެވެ. އެއީ އެހެން ކުއްޖެކެވެ. ޝިކާ އެވެ. ޖިންނީންނާއި އިންސާނުންގެ ބާރު ހުރި އަންހެން ކުއްޖެކެވެ. އެކަމަކު ގޯސް ކުއްޖެއް ނޫނެވެ. ޔުމްނުގެ އެދުމުގެ މަތިން ޝިކާ ޔުމްނުގެ ސިފައަށް ބަދަލުވެ އެގޭގައި ދިރިއުޅެނީއެވެ. ކުރިން އެގޭގައި ޝިކާގެ ދައްތަ އަވީ ވެސް ވަނީ ދެއަހަރު އުޅެފައެވެ. ސަރާ ޝިކާއަށް ބަލައިލުމަށްފަހު އޭނާގެ ވާހަކަ ފެށިއެވެ. ” ޕްރިންސަސް ޝިކާ. އަޅުގަނޑު މިއައީ މިނީޝާ އަދި ކައިނާ ގޮވައިގެން. ގޭގެ އެންމެން ރަނގަޅު. އަދި […]