Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ބާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 9, 2018 7 Mins Read
29 Comments

ބައްޕަ އިމާމްވެ ކުރި އެ ނަމާދު ނިންމާލާފައި ޝަރަފަށް ދެއަތް އުފުލައި އޭނަގެ ފާފަތައް ފުއްސެވުމަށް އެދި ރޮއިރޮއިފައި ދުޢާކުރެވުނީ ވެސް އާޔަތެއްގެ މަތިން ހަނދާންވެފައެވެ. ފިހާރައަކަށް ގޮސް ހުރި ޝަބާއަށް ގެއަށް އާދެވުނީ ޝަރަފް އެ ގޮތަށް އިންދައެވެ. އޭނަ ބައްޕަގެ ކޮޓަރީގެ ދޮރު ކައިރިއަށް ދިޔައީ އެ ދިމާލުން ގިސްލުމެއްގެ އަޑުއިވުމުންނެވެ. ދޮރު ހުޅުވާލިއިރު ފުރަތަމަ ފަހަރަށް އޭނަގެ ކޮއްކޮ އެފަދަ ގޮތަކަށް އިން މަންޒަރު ފެނިފައި ޝަބާ ހުއްޓުން އަރާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ލޮލުން ވެސް ކަރުނަ ހިލުނެވެ.

 

“ޝަރަފް….” ޝަބާއަށް ވައި އަޑުން ގޮވާލެވުނު ތަނާހެން ޢައްބާސްއާއި ޝަރަފްގެ ނަޒަރުވެސް އޭނައަށް އަމާޒުވިއެވެ. އެ ހިނދު ޝަބާގެ ލޮލުން ކަރުނައެއް ފައިބައިގެން އައުމުން ޝަރަފަށް ވެސް ދޮންތާއޭ ކިޔައި ގޮވާލެވުނެވެ. އެއާއެކު ޝަބާ ގިސްލަމުން ގޮސް ކޮޓަރިއަށް ވަދެ ޝަރަފްގެ ކުރިމަތީގައި ހުއްޓިލީ އެތައް ވާހަކައެއް ދައްކަން ބޭނުންވެގެންނެވެ. އޭނައަށް ޝަރަފްގެ ފަރާތުން މިފަދަ މަންޒަރެއް ފެނުމުގެ ފަހަތުގައިވި ސަބަބު ތަފްޞީލުކޮށް ދެނެގަންނަން ބޭނުންވެގެންނެވެ. އެހެނަސް ﷲ ހިދާޔަތް ދައްކަވާ ގޮތް ހިތަށް ތަޞައްވުރު ކުރެވުމުން ޝަބާއަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. މީގެ މަދު ދުވަސްކޮޅެއް ކުރިން އޭނަގެ މި ކޮއްކޮވީ އެތައް އަނދިރިގަނޑުތަކެއްގެ އެންމެ ފުނުގައެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި ﷲ އެ ވަނީ އޭނަ އަލިކަމުގެ ތެރެއަށް ގެންނަވާފައެވެ. އެކަން އިޙްޞާޞް ކުރެވުނު ވަގުތު ޝަބާގެ ހިތް ޙަމްދުން ފުރިގެން ދިޔައެވެ. އެވަގުތު އެތާ އިން ޢައްބާސްގެ ހިތްވެސްމެއެވެ.

 

 

އެދުވަހަކީ ޝަރަފްގެ މުޅި ޙަޔާތް ބަދަލުވެގެން ދިޔަ ދުވަހެވެ. އެދުވަހަށްފަހު އޭނައަކީ މުޅިން ތަފާތު މީހަކަށްވިއެވެ. ޤަވާޢިދުން ނަމާދުކުރަން ފެށިފަހުން އޭނައަކީ އޭނަގެ ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ މީހަކަށްވިއެވެ. އޭނަ ރޭގަނޑު އެހާ ގިނައިރުވަންދެން ހޭލާ ހުންނަން ބޭނުމެއް ނުވަނީ ފަތިސް ނަމާދަށް ހޭނުލެވިދާނެކަމުގެ ބިރު އޮންނާތީވެއެވެ. ދުވަސްތެރޭގައި ވަގުތު ބޭކާރު ނުކުރަނީ ވަގުތު ބޭކާރު ކުރުމުގެ ސަބަބުން އޭނައަށް ފާފައަކަށް އަރައިގަނެވިދާނެތީވެއެވެ. އަދި ފާފައެއް ކުރުމުން އޭގެ ނޭދެވޭ އަސަރު އޭނަ ކުރާ ނަމާދަށް ކޮށްފާނެތީވެއެވެ. ނަމާދުގައި އޭނައަށް އޭނަގެ އަމިއްލަ ނަފްސާއި ﷲ އާއިމެދު އިޙްޞާޞް ކުރެވޭ ގާތްކަން އެހެން ހުރިހާ ކަމަކަށްވުރެ ވެސް މުހިއްމުވުމުންނެވެ. ނަމާދުކުރަން ފެށިތާ ދެ ދުވަހެއްހާ ތެރޭގައި އާހިލްއާއެކީ ބެލި ފިލްމެއްގެ ސަބަބުން އޭނައަށް އަނެއްކާވެސް އޭނައަށް ބެލެމުން ދިޔަ ނޭދެވޭ މަންޒަރުތަކަށް އަނބުރާ ދެވެން އުޅުނެވެ. ތައުބާވިފަހުން އެދުވަހު އޭނައަށް ފުރަތަމަ ފަހަރަށް ނަމާދެއް ކުރިއިރު އެއްވެސް އެއްޗެއް އިޙްޞާޞެއް ނުކުރެވެއެވެ. އެކަމާމެދު އޭނަ ކަންބޮޑުވީ އެއީ އޭނަ ﷲ އާއިމެދު ޣާފިލުވެފައިވިއިރު ވެސް ނަމާދުކުރުމުން ވާގޮތް ކަމަށްވާތީވެއެވެ. އެ ފަދަ ނަމާދެއްގެ ސަބަބުން އަނެއްކާވެސް އޭނަ އަނދިރިގަނޑެއްގެ ތެރެއަށް ގެނބިގެން ހިނގައިދާނެތީ އޭނަ ބިރުގަތެވެ. އެދުވަހު ކުރި އެއްވެސް ނަމާދެއްގައި އޭނައަށް ހިތްހަމަޖެހުމެއް ލިބޭ ގޮތެއްނުވުމުން ޝަރަފް އަނެއްކާވެސް އުއްމީދު ގެއްލެން އުޅުނެވެ. އެހެނަސް އޭނަގެ އުއްމީދު ދެންވެސް އަނބުރާ ގެނައީ އޭނަގެ ހިތަށް ދިރުން ގެނެސްދިން ފޮތެވެ. އަފާފް ހަމަ އެދުވަހު ހަވީރު އައިސް އާހިލްއަށް ކިޔަވައިދިނީ ނޫޙު ސޫރަތުގެ ބައެއް އާޔަތްތެކެވެ. ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ފާފަފުއްސެވުމަށް އެދި ދުޢާކުރުމަށް އެންގެވުމަށްފަހު ދިން ނަޞޭޙަތެވެ. ﷲ އަކީ އަބަދުވެސް ތަކުރާރުކޮށް ފާފަފުއްސަވަމުން ގެންދެވާ ރަސްކަލާނގެކަމަށް ވިދާޅުވެ، އެގޮތަށް ކަންތައް ކުރުމުން ރިޒުޤު ތަނަވަސްވެގެންދާނެ ކަމަށް ވަޢުދުވި އާޔަތްތަކެވެ. ރިޒުޤު ތަނަވަސްވެގެންދާނެކަމަށް އޮތް ތަންކޮޅަށްވުރެ ޝަރަފަށް މުހިއްމުވީ ﷲ އަކީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމަށް އެނގުންވުމުންނެވެ. އޭނަ އަނބުރާ ފާފަތަކަށް ނުދިޔުމަށް ޢަޒުމް ކަނޑައަޅައި ތައުބާވުމަށްފަހު ވެސް ފާފައެއް ކުރެވިއްޖެނަމަ އަނެއްކާވެސް ތައުބާވުމުގެ ފުރުޞަތު އޮތްކަން އެނގުމުން އޭނައަށް އުއްމީދެއް ލިބުނެވެ. އެ ލިބުނު އުއްމީދުގައި އޭނަ އަނެއްކާވެސް އިޚްލާޞްތެރި ހިތަކާއެކީ ފާފަ ފުއްސެވުމަށް އެދި ކަރުނަ އަޅައި ދުޢާ ކުރިއެވެ. އަދި އެއަށްފަހު އޭނަގެ ޢަމަލުތައް ބެހެއްޓީ ކުރިއަށްވުރެ ވެސް ފާފަތަކުން ދުރުވެވޭނެ ފަދަ ގޮތަކަށެވެ. އާހިލްއާ ގުޅުން ބަދަހި ކުރުމުގެ ނިޔަތުގައި އޭނަ ފިލްމު ބެލުމުގެ ބަދަލުގައި އާހިލްއާއެކީ އެކި ތަންތަނަށް ޒިޔާރަތްކޮށް އޭނައާއި ރީތި ގޮތުގައި ސަމާސާތަކެއް ކުރަން ފެށިއެވެ. އަދި އާހިލް އޭނައާއި ގާތްވެގެން ދިޔަދިޔަހެން އާހިލްގެ ގޯސް އެކުވެރިންގެ ވާހަކަ އިވުމުން އެމީހުންނާއި ދުރުވުމަށް ނަޞޭޙަތްތަކެއް ދޭންފެށީ އަމިއްލަ ތަޖުރިބާތައް ޙިއްޞާ ކުރަމުންނެވެ. އާހިލް އޭނަގެ ނަޞޭޙަތްތައް އަޑުއަހަން ފެށުމުން ޝަރަފް މަޑުމަޑުން އޭނައާއެކީ މިސްކިތަށް ވެސް ދާންފެށިއެވެ. ޚުދު އޭނަގެ ލޯ ކުރިމަތިން އާހިލްގެ އުޅުން ބަދަލުވަމުން ދިޔަދިޔަހެން ޝަރަފްގެ ލޮލުން ކަރުނަ ހިލެމުން ދިޔައީ، ހަމަ ޙަޤީޤަތުގައި ވެސް އޭނަ ކުރާ ކޮންމެ ހެޔޮ ކަމެއްގައި ބަރަކާތް ލައްވަނީ ހަމައެކަނި ﷲ ކަން އެނގުންވުމުންނެވެ. އަދި މިހާ ހިސާބަށް އައުމަށް އޭނައަށް ހިދާޔަތް ދެއްކެވީވެސް ހަމައެކަނި އެކަލާނގެކަން އެނގުންވުމުންނެވެ.

 

ހަމައެކަނި އެ ހިދާޔަތުން ޝަރަފްގެ ހިތް ފުރުނެއްކަމަކު، އޭނަ ތަކުރާރުކޮށް ތައުބާވާން ފެށުމުން ﷲ ގެ ރީތިވެގެންވާ ވަޢުދުފުޅު އޭނަގެ މައްޗަށް ފުރިހަމަވާން ފެށި ފަދައެވެ. އޭނައަށް އެނގިގެންނާއި އެނގުމަކާއި ނުލައިވެސް އޭނަގެ ރިޒުޤު ތަނަވަސްވާން ފެށިއެވެ. ތައުބާވިފަހުން އޭނަގެ ޞިއްޙަތުވެސް އިހުނަށްވުރެ އެތައް ގުނައެއް ރަނގަޅުވެފައިވިކަން އޭނައަށް އިޙްޞާޞް ކުރެވުނެވެ. އެއްޗެހީގައި ހިފާއިރު އަތް ތުރުތުރު އަޅާ މިންވަރާއި ބަނޑަށާއި ބޮލަށްވާ އުނދަގޫތައް ކުޑަވިކަން ފާހަގަވިއެވެ. އޭނަ ގިނަވަގުތު ހިނިތުންވުމެއްގައި ހުންނަ ގޮތުންނާއި މަގުމަތިން މީހަކު ފެނުނަސް އެހީވެވޭ ގޮތުން އޭނަގެ އެކުވެރިން ގިނަވިއެވެ. އެ އެކުވެރިންގެ ތެރެއިން އެއް އެކުވެރިޔަކު ބައްޕަގެ ބަންދު ކޮށްފައިވާ ފިހާރަ ކުއްޔަށް ހިފަން ބޭނުންވިއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އިންޓަވިއުއަށް އައުމަށް އޭނައަށް ގުޅާލެވުނެވެ.

 

“ސާބަހޭ ސާބަހޭ! ދެން އިންޓަވިއުއަށް ދާންވާއިރަށް ތީތި ދާ ނުކުރާތި.” ޝަބާ އެދުވަހު ހެނދުނު އޮފީހަށް ދިޔުމަށް ނިކުންނަމުން ކޮޓަރި ތެރޭގައި ސޫޓެއް ލައިގެން ލޯގަނޑުކުރިމަތީގައި ހުރި ޝަރަފާއި ދިމާލަށް ބުނެލިއެވެ. އެ ވާހަކައަށް ޢައްބާސް ހީލިއިރު ޝަރަފް ދަތްކުނޑި ވިކާފައި އޭނަގެ ދޮންތައަށް ބަލާފައި ކަރުބުޑުން އަޑެއް ލައްވާލިއެވެ. ދޮންތަ ހިނިގަނޑެއް ޖަހާލާފައި ނިކުމެގެން ދިޔުމުން ޝަރަފް އަނެއްކާވެސް އޭނަގެ ކުރިމަތީގައި ހުރި ލޯގަނޑަށް ބަލާލީ އޭނަ ހުރީ ރީތިކޮށްތޯ ބަލާލުމަށެވެ. އިންޓަވިއުއަށް އަދި 3 ގަޑިއިރު އޮތެއްކަމަކު ޝަރަފް އެކަމަށްޓަކައި މިހާރުއްސުރެ ތައްޔާރުވާން ބޭނުންވީ ނުތަނަވަސްވެފައިވި ހިތެއްގެ ސަބަބުންނެވެ. އޭނަ ނުތަނަވަސްވީ އޭނަ ދާން މި އުޅެނީ އަފާފްއާ ގުޅުން ހުރި ތަނަކަށްވުމުންނެވެ. އިންޓަވިއު ކުރާނީ ކާކުކަން އޭނައަށް ދޮންތަގެ ފަރާތުން އޭނައަށް އެނގިފައިވިޔަސް އޭނަ ދެންވެސް ނުތަނަވަސްވިއެވެ. އޭނައަށް މި ވަޒީފާ ލިބިއްޖެނަމަ އޭނައާއި އަފާފްއާ ދެމެދު އޮތް ގުޅުމަށް އިންޤިލާބެއް އަންނާނެހެން ހީވަނީ ކީއްވެކަމެއް ނޭނގެއެވެ. އަފާފްއާ އޭނަގެ ކައިވެނީގެ ހުވަފެންތައް ދެކުނެއްކަމަކު އަފާފަށް އޭނަ ކަމުނުގޮސްދާނެކަމުގެ ބިރުވެރިކަން ވެސް އެ ހިތުގައި އޮވެއެވެ. އަފާފް ކަހަލަ ޢިލްމުހުރި، މޮޅު ކުއްޖަކު ބޭނުންވާނީ ހަމަ އެފަދަ ޢިލްމުވެރި މީހެކޭ ހިތަށްއަރައެވެ. .އަފާފްއާ އަޅާ ބަލާއިރު އޭނައަކީ ކާކުތޯ ހިތަށްއަރަމުން ދިޔައެވެ. ޝަރަފަށް ނޭނގުނު ކަމަކީ އޭނަ ފުރަތަމަ ފަހަރަށް ތައުބާވި ރޭ އޭނަގެ ދޮންތަ އަފާފަށް ގުޅިކަމެވެ. އަދި ދޮންތަ ދިން ޚަބަރުތަކެއްގެ ސަބަބުން އޭނަ މަތިން ހަނދާން ނައްތާލަން އަފާފަށް ދަތިވެފައިވި ކަމެވެ.

 

**

 

“އައްސަލާމްޢަލައިކުމް! ތިބާގެ އަމިއްލަ ތަޢާރަފެއް ދެއްވިދާނެތޯ؟” ކުޑަ ކެބިންއެއްގެ ތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިން އަފާފަށް، ދިމާ އޭނައާއި ކުރިމައްޗަށްވާ ގޮތަށް ހުރި ފާރުގައި ހަރުކުރެވިފައިވި ސީސީޓީވީއިން، އެ ސުވާލު އިނގިރޭސި ބަހުން ކުރެވުނު އަޑު އިވުނެވެ. މިއީ އޭނައަށް އެ ބަސްތައް އިވިގެން ދިޔަ 5 ވަނަ ފަހަރެވެ. އާދައިގެ މަތިން ދެން އިވޭނެ ނަމަކަށް އަފާފަށް އިނދެވުނީ ކެތްމަދުވެފައެވެ. އެހެނަސް މިފަހަރުވެސް އޭނަގެ ހިތް އެދެމުން ދިޔަ ނަން އޭނައަށް ނުއިވުމުން އަފާފްގެ ހިތަށް މާޔޫސްކަމެއް ވެރިވިއެވެ. އޭނައަށް އޭނައިން ގޮނޑިއަށް ލެނގިލަމުން ފުން ނޭވައެއް ދޫކޮށް މޫނު ފޮރުވާލެވުނީ އަމިއްލަ ނަފްސަށް ނުރުހުންވީ ވަރުންނެވެ. އޭނަ މިތަނަށް މިއައީ ވެސް މުޅިން އަމިއްލަ އެދުމެއްގައިތާއޭ ހިތަށްއަރަމުން ދިޔައެވެ. އެ މަޤާމަށް ނަގާނެ މީހަކު ނިންމުމަށް އޭނައަށް މިހާތަނަށް އިންޓަވިއު ކުރި މީހުންގެ ޖަވާބުތަކަށް ރަނގަޅު ސަމާލުކަމެއްވެސް ދެވުނީއެއް ނޫނެވެ. އޭނައަށް ވިސްނެމުން ދިޔައީ ހަމަ އެންމެ މީހަކާއި މެދުގައެވެ. ޝަރަފާއި މެދުގައެވެ. އެނަން ހިތަށް ވެރިވުމުން ވެސް އަފާފްގެ ގައިން ހީބިހި ނަގައިގެން ދެއެވެ. އެހެންވާ ކޮންމެ ފަހަރަކު އެ ނަމަކީ އޭނަ ނުވެސް ދަންނަ ނަމަކަށް ހަދަން ބޭނުންވިއެއްކަމަކު އެގޮތަށް ކަންތައް ނުވެއެވެ. އެކަމާމެދު ވެސް އަފާފް އަންނަނީ ރުޅިއެކެވެ. އެ ރުޅީގެ ތެރެއިން ވެސް އޭނަ ބޭނުމިއްޔާ އޭނައަށް ނުހަނު ފަސޭހައިން ޝަރަފާއި ގުޅިދާނެކަން އެނގުންވާ ކޮންމެ ފަހަރަކު އޭނައަށް ވަގުތީ އުފާވެރިކަމެއް ލިބެއެވެ. އެ އުފާވެރިކަން ދެމި ނުދަނީ އޭނަ މީހަކާއި އިންނަން އުޅުނު އެންމެ ފަހު ފަހަރު ކަންތައްވީ ގޮތް ހަނދާންވެފައެވެ. އެ ފިޔަވަޅު އަޅަން އޭނަ ޖެހިލުންވެފައިވީ އެހެންވެއެވެ.

 

އަފާފް ވިސްނުމެއްގެ ތެރޭގައި އިންދާ އެ ކެބިންގެ ދޮރު ހުޅުވިގެން ދިޔަ އަޑުއިވުނެވެ.

 

“އައްސަލާމްޢަލައިކުމް! ބަލާބަ މަށަށް ނުވެސް އަންގާ މިތާ ފިލާފަ އޮތްގޮތް!” އަފާފާއި ގާތްވަމުން ދިޔައީ ޝަބާގެ އަޑެވެ. ޝަބާ ވާހަކަ ދެއްކި ގޮތުން އަފާފަށް ހީލެވުނެވެ.

 

“ހެހެ…..ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ! ހަމަ ޝަބޫއަށް ސިއްރުކުރަން މިއަދު ބޭނުންވީ. ކިހިނެއްބާ އެނގުނީ އަހަރެން މިތާ ހުރިކަން.” އަފާފް ވެސް ސަމާސާގައި ބައިވެރިވަމުން ސީރިއަސްކަމާއެކީ އޭނަގެ ދެލޯ ހަނިކޮށްލިއެވެ.

 

“އޯ ޕްލީޒް! މި އޮފީހުގެ އަންހެނުންގެ ބައިގަ ސިއްރެއް ނޯންނާނެއެއްނު އެ ޔުމްނުއާ ހެދި؟ ހެހެ…..ކީއްތިކުރަނީ؟ އިންޓަވިއުތައް އަޑުއަހަނީ ދޯ؟” ޝަބާ ދޯ ދެމުން އެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑި އަފާފްގެ ކައިރިއަށް ގެނެސް އެ ގޮނޑީގައި އިށީނެވެ. އަފާފް އަނެއްކާވެސް އިންޓަވިއުއަށް ސަމާލުކަން ދެމުން ހޫންލައްވާލިއެވެ.

 

“ޝަރަފްވެސް އަންނާނެއޭ މި އިންޓަވިއުއަށް. އަހަރެން ބެލިޔަސް އޯކޭތަ؟” ޝަބާ ހިނިތުންވުމަކާއެކީ އަހާލިއެވެ. އިވުނު ނަމަކުން އަނެއްކާވެސް ހަމަޖެހުން ނެތިދިޔަ ހިތަކާއެކީ އަފާފަށް ބޯޖަހާލެވުނެވެ. އޭގެ މާގިނައިރެއްނުވެ އޭރު ހިނގަމުން ދިޔަ އިންޓަވިއު ނިމުމަކަށް އައީ، ބައްޕަ ނުހަނު ފަހުގެ ވިޔަފާރި ޚަބަރަކާ ބެހޭގޮތުން ކުރި ސުވާލަކަށް އެ ކެންޑިޑޭޓަށް ޖަވާބު ނުދެވުމުންނެވެ. އެއަށްފަހު އެ ކެންޑިޑޭޓް އެ ކެބިން އިން ނިކުމެ ދޮރު ލެއްޕިގެން ދިޔަ އަޑު އިވުނެވެ. މާ ގިނައިރެއްނުވެ އަނެއްކާވެސް އެ ދޮރު ހުޅުވުނު އަޑާއެކީ ޝަބާ ވާހަކަ ދެއްކިއެވެ.

 

“އެއޮތް އަންނަނީ ޝަރަފް! ވަރަށް ނަލަ ހެދިލައިގެން ސޫޓެއް ލައިގެން އައީ މާ ޝާ ﷲ!” އޭނައާއި ނުހަނު ގާތުގައިވި ހިތެއްގެ ނާޒުކުކަން ނޭނގި، ޝަބާ އޭނަގެ ކޮއްކޮ ސިފަކޮށްދިނެވެ. ހަމަ އެއާއެކު އަފާފަށް އޭނަގެ ދެލޯ މަރާލެވުނީ، އެ ދެލޯ ހުޅުވައިގެން ހުރެ ނުފެންނަ އެއްޗެއް އޭނައަށް ފެނޭތޯ ކަންނޭނގެއެވެ. ހަމަ ޙަޤީޤަތުގައި ވެސް އެ ސިފަކުރެވުނު މީހަކު ސިކުނޑީގައި ކުރެހިގެން ދިޔަ ތަޞްވީރުން އޭނައަށް ފެނިގެން ދިޔަހެން އޭނައަށް ހީވިއެވެ. ހަމަ އެއާއެކު އޭނައަށް ލޮލަށް ފެންނަނަމައޭ އޭނަގެ ހިތަށްއެރީ އަދި މިހާތަނަށް ދުވަހަކުވެސް ބޭނުންނުވާ މިންވަރަށެވެ. ހިތުގެ ތެޅުން އަވަސްވެ ނޭވާ ކުރުވެގެން ދިޔައީ އެ އެދުން އޭނަގެ މުޅި ވުޖޫދު ވަށާލިހެން ހީވުމުންނެވެ. އެހެނަސް މާގިނައިރެއްނުވެ އޭނައަށް ދެލޯ ހުޅުވާލެވުނީ އޭނައަށް ފެންނަނަމަ އޭނައަށް މިއަދު ކުރެވުނު ފާފައިގެ ބޮޑުކަން އިޙްޞާޞް ކުރެވުމުންނެވެ. އަދި ލޮލުން އެ ކުރެވޭ ފާފައިގެ ނަތީޖާ ނިކުމެގެން އައިސްދާނެ ހުތުރު ގޮތެއް ތަޞައްވުރު ކުރެވުމުންނެވެ. ހަމަ އެއާއެކު އަނެއްކާވެސް އޭނަގެ ލޮލަށް ނުފެންނަ ކަމަށްޓަކައި އޭނައަށް ޙަމްދުކުރެވުނެވެ. އޭގެ ސިކުންތުކޮޅެއްފަހުން އިންޓަވިއު ފެށިގެން ދިޔުމުން އަފާފަށް އޭނަގެ ހުރިހާ ސަމާލުކަމެއް އޭނައަށް އިވެމުން ދިޔަ ބަސްތަކަށްދިނެވެ. ޝަރަފްގެ ފިރިހެންވަންތަ، ސާބިތުކަމެއް އެކުލެވިފައިވި އަޑު އިވުމުން ވެސް އަފާފް އެ ވަގުތުކޮޅުން ފިލަން ބޭނުންވިއެވެ. އެހެނަސް އެވަގުތު ދިޔުމަށްޓަކައި ޝަބާއަށް ދޭނެ ރަނގަޅު ޢުޒުރެއް ނުވިސްނުމުން އަފާފަށް އިންގޮތަށް އިނުން ނޫންކަމެއް ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން އަފާފްގެ ހިތުގައި އުތުރި އަރަމުން ދިޔަ އިޙްޞާޞްތައް އޭނަގެ މޫނުމަތިން ވެސް ފާޅުވާން ފެށިއެވެ. އިސްއުފުލަން ނުކެރިފައި ދޭތެރެ ދޭތެރެއިން އޭނަގެ މޫނު ރަތްވަމުން ދިޔަ މަންޒަރު މާ ގިނައިރެއްނުވެ އޭނަގެ ކައިރީގައި އިން ޝަބާއަށް ވެސް ފާހަގަވާން ފެށިއެވެ. ޝަބާއަށް އަފާފްގެ ރަތްވެފައިވި މޫނު ފެނިގެން ދިޔައީ ޝަރަފާއި ބެހޭގޮތުން އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތެވެ. އެހެނަސް ފެނުނު މަންޒަރުން ޝަބާގެ ދުލުގައި ތަޅުއެޅުވުނެވެ. އެއަށްފަހު ދޭތެރެދޭތެރެއިން އޭނައަށް އަފާފަށް ބެލެމުން ދިޔައީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމަކާއި އެކީގައެވެ.

 

ޝަރަފް އެއްވެސް ޖެހިލުމެއްނެތި ހުސެއިންގެ ހުރިހާ ސުވާލަކަށް އެންމެ ފުރިހަމައަށް ޖަވާބުދީ ނިންމުމުން ހުސެއިން އެންމެ ފަހުން އޭނަގެ އަތުގައި ހުރި ލިޔުންތައް މޭޒުމައްޗަށް ދޫކޮށްލިއެވެ. އެއަށްފަހު އެ ކުންފުންޏާމެދު އެމީހެއްގެ ނަޒަރިއްޔާތު ހުންނަ ގޮތް ދެނެގަތުމަށްޓަކައި އޭނައާއި އަފާފް ރާވައިގެން ހަދާފަ އޮންނަ ސުވާލު ކުރިއެވެ.

 

“ސޯ…..ޝަރަފް ވަރަށް އެކަށީގެންވޭ މި ވަޒީފާއަށް. ދެން އެކަމަކު ވަރަށް ފޫހިދޯ މިގޮތަށް އަންހެނުންނާ ފިރިހެނުން ވަކިން ހުންނަ އޮފީހެއްގަ މަސައްކަތްކުރަންވީމަ؟ އަސްލު އެކަން ބަދަލުކުރަން އަހަރުމެން އެބަ ވިސްނަން. އެއީ ރަނގަޅު ޚިޔާލެއްތަ؟” ހުސެއިން ފުރަތަމަ ފަހަރަށް ދިވެހިން އެކުވެރި ރާގަކަށް ވާހަކަ ދައްކަމުން އަހާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަމުގެ ވަގުތުކޮޅުގެ ތެރެއިން އެ މަންޒަރުން އިވެމުން ދިޔަ އަޑުތައް އަހަން އިން އަފާފަށް އިވެމުން ދިޔައީ ހަމައެކަނި އޭނަގެ ހިތުގެ ތެޅުމުގެ އަޑެވެ. ޝަރަފް ވާހަކަ ދައްކަން ފެށުމުން އޭނަގެ ހިތް ހިނދުކޮޅަކަށް މަޑުޖެހިލިހެން ވެސް އޭނައަށް ހީވިއެވެ.

 

“އަސްލު……އައި ތިންކް އިޓްސް ނޮޓް. މިހާރު މި އޮތްގޮތް މާ ރަނގަޅު. އެއީ އަޅުގަނޑު އޮފީހެއްގަ މަސައްކަތް ކުރި ތަޖުރިބާއާމެދު ވިސްނާފަ މިހެން މިބުނީ. މިގޮތަށް އޮތީމަ ހުރިހާ ސްޓާފުން ވެސް ވޯކަށް މާބޮޑަށް ފޯކަސްޑްވެފަ ޕްރޮޑަކްޓިވްވާނެހެން އަޅުގަނޑަށް ހީވަނީ. ޕްލަސް…..ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް ކަންތައް ކުރީމަދޯ ބަރަކާތް ލިބޭނީ؟” ޝަރަފް ވިސްނުމެއްގައި އިނދެ އެންމެ ފަހު ބަސްތައް ހިނިތުންވުމަކާއެކީ ބުނެލިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނައާއި އެ ސުވާލު ކުރިނަމަ އޭނަ ހުސެއިންގެ ޚިޔާލާއި އެއްބަސްވީހެވެ. އެހެނަސް މިއަދު އޭނައަށް ހެވާއި ނުބައިގެ ތަފާތު ސާފުކޮށް ފެންނާތީ އޭނައަށް ރަނގަޅު ޖަވާބެއް ދެވުނެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ އެ ޖަވާބުން ހުސެއިނާއެކީ އޭނަގެ ހިތާއި ނުހަނު ގާތުގައިވި ފަރާތެއްގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިކަމެވެ. އަފާފްގެ ދެލޯ މެރިގެން ދިޔަ ވަގުތު އެ މޫނުމައްޗަށް ވެރިވީ ފުރިހަމަ ހިނިތުންވުން ފެނިފައި ޝަބާއަށް ދެންވެސް މިވާ އެއްޗެއް ނޭނގިފައި ބަލަން އިނދެވުނެވެ. އޭނައަށް ހީވާ ހީވުމަކީ ޙަޤީޤަތެއްތޯ ދެނެގަންނަން އޭނަ އިނީ ކެތްމަދުވެފައެވެ. ޝަރަފް އެ ސީސީޓީވީގެ ސްކްރީނުން ގެއްލުނުތަނާހެން އޭނައަށް އާދައިގެ އަޑަކުން އަފާފްގެ ނަމުން ގޮވާލެވުނީ އެހެންވެއެވެ. އެހެނަސް އަފާފަށް އެ އަޑު ނުއިވުނު ފަދައެވެ. ޝަބާ އިހުނަށްވުރެ ބާރު އަޑަކުން ގޮވާލުމުން ވެސް އަފާފް އޭނައަށް ބަލައެއްނުލިއެވެ. އެންމެ ފަހުން ޝަބާ އަފާފްގެ އަތުގައި ހިފާލަމުން އޭނަގެ ނަމުން ގޮވާލުމުން އަފާފް ސިހިފައި އޭނައަށް ބަލާލިއެވެ.

 

“ސާބަސް! ކޮންތަނަކަށް ގެއްލިފަތަ އަފޫ ތިއިނީ؟” ޝަބާ އަހާލިއެވެ. އަފާފް ނުތަނަވަސްވެގެންދިޔަ ވަރުން އޭނަގެ ދެލޯ ބޮޑުވެ އޭނަގެ ނިތުން ދާތިކިތައް ހިއްލިއެވެ. ކަމެއްނުވެއޭ ބުނެ އޭނައަށް ނުގުޅޭ ޖަވާބެއް ދެވުނީ އެހެންވެއެވެ. ޝަބާ ސިކުންތުކޮޅެއް ވަންދެން ހިނިތުންވުމެއްގައި އިނދެފައި ވާހަކަ ދެއްކިއެވެ.

 

“އަހަރެން ސުވާލެއް ކުރިއްޔާ އަފާފް ތެދުތެދަށް ޖަވާބު ދޭނަންތަ؟” ޝަބާ އަހާލިއެވެ.

 

“ހެހެ…..އި…އިން ޝާ ﷲ ދެވޭތޯ ބަލާނަން.” އަފާފަށް ވާހަކަ ދެކެވުނީ ކެނޑިކެނޑިގެންނެވެ. ޝަބާ ފުން ނޭވައެއް އެތެރެއަށް ލަމުން އޭނަގެ ސުވާލުކޮށްލިއެވެ.

 

“އަފާފް ޝަރަފްދެކެ ލޯބިވޭދޯ؟” ޝަބާ މަޑުމައިތިރި އަޑަކުން އަހާލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (17)

Next

އަނދިރިވި ހަޔާތް

Next
January 10, 2018

އަނދިރިވި ހަޔާތް

Previews
January 9, 2018

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (17)

29 Comments!

  1. Jana says:
    January 9, 2018 at 11:27 pm

    އައްސަލާމްޢަލައިކުމް. ދެން އޮތްބައި ހުކުރު ދުވަހު އިން ޝާ ﷲ. ވަރަށް ދެރަވޭ މިހެން ބުނަންވީމަ ވެސް. އެކަމަކު ޖަނާ ބިޒީ މިންވަރާއި، ލިޔަން ހުރި އެފްބީ ޕޯސްޓްތަކާމެދު ވިސްނާލީމަ ބުރާސްފަތި ދުވަހާ ހަމައަށް ނުލިޔެވޭނެހެން ހީވާތީ މި ނިންމުން ނިންމަން ޖެހުނީ. އިން ޝާ ﷲ ދެން އަންނަ ހަފްތާގަ އަނެއްކާވެސް ދެދުވަހުން އެއްދުވަހު އަޕްކުރެވޭނެހެން ހީވަނީ ޖަނާގެ ޝެޑިއުލްއަށް ބަލާފަ. ބައެއް ކިޔުންތެރިން ހިތަށް އަރާފާނެ މި އެފްބީ ޕޯސްޓްތައް ނުލިޔެ ހަމައެކަނި ވާހަކަ ލިޔާނަމަ ލިޔެވޭނެ ނޫންހޭ. އެކަމަކު އަސްލު އެ އެފްބީ ޕޯސްޓްތަކަކީ ވެސް ވާހަކައިގެ ބައެއް. ވާހަކައިގައި އުޅޭ މީހުންނަށް ކުރެވޭ އިޙްޞާޞްތަކުގެ ފަހަތުގައިވާ ސަބަބުތައް އެ އެފްބީ ޕޯސްޓްތަކުން ތަފްޞީލުކޮށްދެނީ. އަސްލު ވާހަކަ ރަނގަޅަށް ދޭހަވުމަށް ވެސް އެފްބީ ޕޯސްޓްތައް މުހިއްމުހެން ޖަނާއަށް ހީވަނީ. ހެހެ….ކޮންމެ ގޮތެއްވިޔަސް ހުރިހާ ކިޔުންތެރިން އެފްބީ ޕޯސްޓްތައް ކިޔުމަކީ ޖަނާގެ ވަރަށް ބޮޑު އެދުމެއް. އަލަށް ވާހަކަ ކިޔަން ފެށި ކިޔުންތެރިންވެސް އެކި ބައިތަކުގެ ކޮމެންޓްތަކުގެ ތެރެއިން ޕޯސްޓްތައް ކިޔުން އެދެން އިން ޝާ ﷲ. ކުރީބައިގެ ދިވެހި ޕޯސްޓްތައް ޖަނާ އެންމެ ފުރަތަމަ ދެން ލިޔާނީ އިން ޝާ ﷲ. މާތް ﷲ އަޅަމެން ކުރާ ކޮންމެ ހެޔޮކަމެއްގައި ބަރަކާތް ލައްވާށި! އާމީން!

    1. Shaaa says:
      January 10, 2018 at 12:55 pm

      Varah reethi mi vaahaka keep it up ??

    2. Jana says:
      January 10, 2018 at 11:12 pm

      Alhamdhulillah! 🙂 <3

  2. Afaa says:
    January 9, 2018 at 11:38 pm

    ماشا الله Mivaahaka akii vvv iburatheri vaahaka eh alhugandu ulhumun ves vvvv gina kanthah tha amilla ah islaah kurevey mifadha rangalhu kankan veehaves gina kurumah hiyyvaru libeyy… Adhi goas koh kureveyy kanthah islaahu kurevey ….

    1. Jana says:
      January 10, 2018 at 11:09 pm

      Subhaanallah! hidhaayaiy dhakkavany hama ekani Allah. 🙂 vaki jana ah maa molhah vaahaka liyevunyma eh noon ingey Afaa ah thi faidhaa kury. aharumen kuraa heyo kameggai barakaaiy lavvany hama ekani Allah. :’) Maai Allah alhmen emmennah hidhaayaiy ithuru kohdhevvaashi. Ameen!

  3. Shifa says:
    January 10, 2018 at 12:09 am

    Masha Allah, jaxakillh khaeran

    1. Jana says:
      January 10, 2018 at 11:09 pm

      Baarakallah Feeki! 😀

  4. Addu manje says:
    January 10, 2018 at 5:43 am

    ?…Mibaives varah reethi

    1. Jana says:
      January 10, 2018 at 11:10 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  5. Eyra says:
    January 10, 2018 at 8:21 am

    Varah reethi?

    1. Jana says:
      January 10, 2018 at 11:11 pm

      Alhamdhulillah! <3

  6. Xxxx says:
    January 10, 2018 at 9:30 am

    Maasha Allah v.furihama with v.good messages.may Allah bless your work

    1. Jana says:
      January 10, 2018 at 11:11 pm

      Alhamdhulillah! 🙂 Ameen! May Allah put barakah in every good we do. Ameen!

  7. Aaan says:
    January 10, 2018 at 12:49 pm

    V ibrathiri vaahakae me.V v v v reethi.

    1. Jana says:
      January 10, 2018 at 11:12 pm

      Alhamdhulillah! 🙂

  8. Pinky shifoo says:
    January 10, 2018 at 4:35 pm

    Maasha Allah varah varah furihama mi part vx.. Varah shauguverikamaa eky mi part vx mi kiyaaly.. Ehvx foohi kameh nethi.. Miee varah iburaitheri filaavalhuthakeh dhaskohdhey vaahaka eh.. To be honest mi vaahaka kiyumun alhugandahvx namaadhaa medhu ithurah shauguverivey.. Namaadhaa maa bodahvx gaikohdhey.. N Quran kiyevumahvx ithuru baarakah vegendhey.. Maasha Allah varah varah reethi mi vaahaka.. Varah inthizaaru kurevey mi vaahaka ah.. Jana ah varah varah bodah thanks mihaa reethi adhi ehaame iburaitheri vaahaka eh genesdheythy.. May Allah bless you.. ☺️☺️

    1. Jana says:
      January 10, 2018 at 11:15 pm

      Alhamdhulillah Alhamdhulillah Alhamdhulillah!!! 😀 Shifoo thee hama hahthahaa ves Allah ge iraadhafulhun vee kanthah. ehenveema hurihaa hamdheh libun haqquvegenvany ekalaange ah. evves meehegge hithah thifadha asareh foaruvumuge baareh jana ah libigeneh nuvey. hehe….May Allah bless you more and may He increase all of us in guidance. Ameen! <3

  9. someone says:
    January 10, 2018 at 7:29 pm

    maashaa allah mi storie varah reethi and we readers will wait foe next part and jana
    thikuraa masakkathun gina bayakah hidhaayath libeyne kamah ummeedhu kuran and may allah bless you

    1. Jana says:
      January 10, 2018 at 11:16 pm

      Alhamdhulillah! May Allah bless you more. Ameen! 🙂

  10. Kuda Kamana says:
    January 10, 2018 at 10:14 pm

    masha allah. vaahaka varah varah reethi. may allah bless you

    1. Jana says:
      January 10, 2018 at 11:17 pm

      kuda kamana anekkaaves dheythereakun fenunyma ufaavejje 😀 Alhamdhulillah! May Allah bless you more. Ameen! 🙂 miss you ingey kuda kamana <3

  11. Xaaan says:
    January 11, 2018 at 12:50 pm

    މާޝާﷲ ވަރަށް ރީތީ

    1. Jana says:
      January 11, 2018 at 10:11 pm

      އަލްޙަމްދުލި ﷲ!

  12. Axlee says:
    January 11, 2018 at 1:42 pm

    Masha Allah Jana get vaahaka varah reethi keep it up

    1. Jana says:
      January 11, 2018 at 10:12 pm

      އަލްޙަމްދުލި ﷲ! 🙂

  13. Jana says:
    January 11, 2018 at 10:09 pm

    How many times did you feel low? Thinking that you can never be a good person? Just because of that one sin you did, or that one sin that you can’t happen to get yourself away from? How many times did you feel like your heart just won’t feel anything, when trying to connect with Allah in salah or when making a dua? And you just know that it’s because of a sin you committed. But think to yourself that you are out of Allah’s mercy because you committed a sin after making a serious tawba. In those moments, these are the ayat to remember:

    فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا

    “And said, ‘Ask forgiveness of your Lord. Indeed, He has always been a Perpetual Forgiver. He will send [rain from] the sky upon you in [continuing] showers” Surah Nuh, ayahs 10-11

    This beautiful advice given by Nuh (AS) to his people reveals a few secrets about Isthighfaar (seeking forgiveness from Allah). One of those secrets is hidden inside the word غَفَّارًا. This is one of the names of Allah that means that He is the One Who forgives over and over again. And through Nuh (AS), Allah is letting us know that He swt has always been this way. This means that He has been forgiving us all these years that have passed. He doesn’t punish us right away when we do something that displeases Him. Instead, He kept on covering for us all this time. Then what is it, that makes you think that He won’t forgive you? Especially when you feel bad about the wrong you did and you are willing to take action to change that? Subhaanallah!

    And if you do seek forgiveness with a sincere heart, look at what Allah describes that He will do for you. It says He will send the sky upon you in continuing showers. The obvious meaning of this of course is that He is going to send down rain. And we will get the benefits of the rain like more plants and vegetation if we become a people of isthighfaar. But there can be another meaning of this ayah. How? The word السَّمَاءَ doesn’t just mean sky. It means that which is above. And the thing about our rizq is that we can say that it comes from above. By the permission of Allah. And our rizq is not just about rain. Our health, our wealth, our houses, our jobs, our time, our families, our spouses, our children, all of it is considered as rizq. So what is the ayah saying then? It means that if you turn to Allah, there will be a barakah in your rizq. If you are ill it could be possible that you get cured just because you turned to Allah. If you are having a hard time financially, there will be a barakah in your wealth if you make isthighfaar sincerely. For those of you who think that you are always pressed for time (like myself), there will be barakah in your time if you make isthighfaar. You will get more things done within less time just because you made isthighfaar and took actions to get rid of any bad habits you have. And perhaps even have a better family life, get the spouse you were looking for and have children who become the coolness of your eyes just because of you shed a tear before Allah. And He swt explains this in the next ayah.

    وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا

    “And give you increase in all kinds of wealth and children and provide for you gardens and provide for you rivers.” Surah Nuh, ayah 12

    What then, is preventing us from seeking forgiveness from the Most Generous, and the Ever-Forgiving?

    May Allah make us who constantly seek forgiveness from Him. Ameen!

  14. Jana says:
    January 12, 2018 at 11:07 am

    ތިބާ ދުވަހަކުވެސް ރަނގަޅު މީހަކަށް ނުވާނެ ކަމަށް ހީކޮށް މާޔޫސްވީމު ހެއްޔެވެ؟ އެހެން ހީވާން ޖެހުނު ސަބަބަކީ ތިބާއަށް ކުރެވުނު ފާފައެއް، ނޫނީ ތިބާ ކިތަންމެ ބޭނުންވިޔަސް އެއިން ދުރުނުވެވިގެން އުޅެވޭ ފާފައެއް ހެއްޔެވެ؟ ނަމާދެއް ކުރެވޭ ހިނދުގައާއި ދުޢާއެއް ކުރެވޭ ހިނދު އެއިން ތިބާގެ ހިތަށް އެއްވެސް އަސަރެއް ނުކުރާހެން ތިބާއަށް ހީވީ ކިތައް ފަހަރު ހެއްޔެވެ؟ އެއްވެސް އަސަރެއް ތިބާގެ ހިތަށް ނުކުރަނީ ތިބާ ކުރި ނޫނީ ތިބާއަށް ކުރެވެމުންދާ ފާފައެއްގެ ސަބަބުންކަން ތިބާއަށް އެނގެއެވެ. ތިބާ ބަދަލުވާން ޖެހޭކަން ތިބާއަށް އެނގެއެވެ. އެހެނަސް އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމަށްފަހު ތިބާއަށް ފާފައެއް ކުރެވިފައިވުމުން ތިބާ ﷲ ގެ ރަޙްމަތުން ބޭރުވެފައިވާހެން ތިބާއަށް ހީވާތީ ތިބާގެ ހިތުގައިވަނީ ކުޑަ އުއްމީދެކެވެ. އެފަދަ ވަގުތެއްގައި ހަނދާން ކޮށްލަންޖެހޭ އާޔަތްތަކަކީ މިއީއެވެ.

    فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا

    “ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، އަބަދުވެސް ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް ވެހޭ ގޮތުގައި އުޑު ފޮނުއްވާނެތެވެ.” ސޫރަތް ނޫޙު، 10-11

    ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ މީހުންނަށް ދެއްވި މި ނަޞޭޙަތްކޮޅުން އަހަރުމެންނަށް އިސްތިޣްފާރާއި (ފާފަ ފުއްސެވުމަށް ދުޢާ ކުރުމާއި) ބެހޭ ގޮތުން ސިއްރުތަކެއް އެނގިގެންދެއެވެ. އޭގެ ތެރެއިން އެއް ސިއްރު ފޮރުވިފައިވަނީ غَفَّارًا މި ބަހުގެ ތެރޭގައެވެ. މިއީ ﷲ ގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅެކެވެ. މީގެ މާނައަކީ ގިނަގިނައިން ތަކުރާރުކޮށް ފާފަފުއްސަވާ ރަސްކަލާނގެއެވެ. ނޫޙު ޢަލައިހިއްސަލާމްގެ މި ބަސްފުޅުތަކުގެ ތެރެއިން ﷲ އަބަދުވެސް އެގޮތުގައި ވޮޑިގެންވިކަން އަހަރުމެންނަށް އެނގެއެވެ. މީގެ މާނައަކީ މި ވޭތުވެ އަހަރުތަކުގައި އަހަރުމެންނަށް ކުރެވުނު ހުރިހާ ފާފަތައް ވެސް އެކަލާނގެ ދިޔައީ އެއީ ނުވާ ކަންތައްތަކެއްކަމުގައި ހައްދަވަމުންނެވެ. އަހަރުމެންނަށް ފާފައެއް ކުރެވުނު ކޮންމެ ވަގުތެއްގައި އެކަލާނގެ އަހަރުމެންގެ މައްޗަށް ޢަޒާބެއް ފޮނުއްވާފައެއް ނުވެއެވެ. މި ހުރިހާ ދުވަހުވެސް އެކަލާނގެ ދިޔައީ އަހަރުމެން ކުރަމުން ދިޔަ ފާފަތައް ދެނެވޮޑިގެންވެސް އަހަރުމެން ބޭޒާރުވުމުން ސަލާމަތް ކުރައްވާފައެވެ. ވީއިރު އަހަރުމެންނަށް ކުރެވުނު ފާފައަކާމެދު ހިތާމަ ކުރެވޭ ވަގުތު އެކަލާނގެ އެ ފާފަ ނުފުއްސަވާނެހެން އަހަރުމެންނަށް ހީވަނީ ކީއްވެ ހެއްޔެވެ؟ ސުބްޙާނަ ﷲ!

    ތިބާ އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ ﷲ ތިބާއަށްޓަކައި ކޮށްދެއްވާނެ ކަންތައް ނިކަން ބަލާލާށެވެ. ޖެހިގެން އޮތް އާޔަތުގައި ބުނެވޭގޮތުން ބޯކޮށްވެހޭ ގޮތުގައި އެކަލާނގެ ވަކިން ޚާއްޞަކޮށް ތިބާގެ މައްޗަށް ‘އުޑު’ އޮއްސަވާނެއެވެ. މީގެ ތިލަ މާނައަކީ ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމުގެ ސަބަބުން ވާރޭ ވެހި، ގަސްތައް ފަޅައި އަހަރުމެންނަށް އޭގެ ފައިދާ ލިބޭނެ ކަމެވެ. އެހެނަސް މި އާޔަތުގެ މާނަ އެހެން ގޮތަކަށް ވެސް ނެގިދާނެއެވެ. السَّمَاءَ މީގެ މާނައަކީ ހަމައެކަނި އުޑެއްނޫނެވެ. އެ ބަހުގެ މާނައަކީ މަތީގައިވާ އެއްޗެކެވެ. އަހަރުމެންގެ ރިޒުޤާއި ބެހޭ ގޮތުން އަހަރުމެންނަށް އެނގޭ ކަމަކީ އެ ރިޒުޤު އަންނަނީ މަތިން ކަމެވެ. ﷲ ގެ އިޒުނަފުޅާއި އެކީގަކަމެވެ. އަދި އަހަރުމެންގެ ރިޒުޤުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ވާރެއެއްނޫނެވެ. އެ ރިޒުޤުގެ ތެރޭގައި އަހަރުމެންގެ ޞިއްޙަތާއި، އަހަރުމެންގެ މުދަލާއި، އަހަރުމެންގެ ވަގުތާއި، އަހަރުމެންގެ ވަޒީފާއާއި، އަހަރުމެންގެ ބޯހިޔާވަހިކަމާއި، އަހަރުމެންގެ ޢާއިލާތަކާއި، އަހަރުމެންގެ އަނބިންނާއި ފިރިންނާއި، އަހަރުމެންގެ ދަރިންވެސް ހިމެނެއެވެ. އެހެންވެއްޖެއްޔާ މި އާޔަތުގައި މި ސިފަކުރެވިގެންދަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މީގެ މާނައަކީ އިސްތިޣްފާރުގެ ސަބަބުން އަހަރުމެން ބަލިކޮށް އުޅޭކަމަށްވާނަމަ އަހަރުމެންގެ އެ ޙާލަތު ރަނގަޅުވެގެން ދިޔުމުގެ ފުރުޞަތު އެބައޮތެވެ. އަތްމަތި ދަތިވެފައިވާނަމަ އިޚްލާޞްތެރި އިސްތިޣްފާރެއްގެ ސަބަބަން އަތްމަތި ތަނަވަސްވެގެން ހިނގައިދާނެއެވެ. އަބަދުވެސް ވަގުތެއް ނެތިގެން އުޅޭހެން ހީވާ ނަމަ އިސްތިޣްފާރުގެ ސަބަބުން އެ ވަގުތުގައި ބަރަކާތް ލެއްވިގެން ދެއެވެ. ތިބާއަށް ގިނަ ކަންތައް މަދު ވަގުތުކޮޅެއްގައި ކުރެވިގެން ދާނެއެވެ. އަދި ތިބާގެ ޢާއިލާއާއި ގުޅުން ބަދަހިވެ، ނޫނީ ތިބާ އަބަދުވެސް ބޭނުންވެގެން ހުރި ފަދަ ފިރިއެއް/އަނތްބެއް ލިބި، ތިބާގެ ލޮލުގައި ފިނިކަން ކަމުގައި ވާނެ ދަރިން ލިބިގެންދާނެއެވެ. އެއީ ހަމައެކަނި ތިބާކުރި ފާފައެއްގެ މައްޗަށް ދެރަވެ ﷲ ގެ ޙަޟްރަތަށް ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ކަރުނަ އޮހޮރުމުގެ ސަބަބުންނެވެ. ދެން އޮތް އާޔަތުގައި އެކަލާނގެ މިކަންތައް އިތުރަށް އަހަރުމެންނަށް ތަފްޞީލުކޮށްދެއްވާފައިވެއެވެ.

    وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا

    “އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ” ސޫރަތް ނޫޙު، 12

    ވީމާ އެންމެ ދީލަތިވަންތަ، އަދި ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމުން އަހަރުމެން ހުއްޓުވަނީ ފަހެ ކޮން ޢުޒުރެއް ހެއްޔެވެ؟

    މާތް ﷲ އަޅަމެންނަކީ ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުޢާކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

  15. S says:
    January 12, 2018 at 1:34 pm

    Jana koba stry v wait kurevey eba
    V reethi stry eh mee

  16. Zaaraa says:
    January 12, 2018 at 3:55 pm

    Miadhu up kuraanamy bunyma waitinga ?

Comments are closed.

Next Episodeނޫރު (ތޭވީސްވަނަ ބައި)←


All Right Reserved!