އާދިލް ގެ ލޮލަށް ބަލަހައްޓައިން އިން ނަދާ ހިނިތުންވެލަމުން އިސްޖަހާލިއެވެ. އަދި އެހާމެ އަވަހަށް މޫނުމައްޗަށް ވެރިވި ކުލަވަރު ފޮރުވާލަމުން މާކިން އަށް ބަލާލިއެވެ. ” މާކިން.. ކިހިނެއްތަ… އަޑު އެހިން މާލެއަށް ދާ ވާހަކަ..” ނަދާ ގެ ސުވާލަށް މާކިން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” އާން.. އެކޮޅަށް ބަދަލުވާން މިއުޅެނީ..” މާކިން އާދިލް ގެ މޫނަށް ބަލާލަމުން އެއްބުމަ އަރުވާލީ އަނގައިން ނުބުނެ ހުރުމުންނެވެ. އެ މަންޒަރު ނަދާ ގެ ސަމާލުކަން ހޯދިއެވެ. […]
ފުރަތަމަ ނަޒަރުން ހިތް ކަތިލެވުމަކީ މަދުން ނަމަވެސް ވާކަމެކެވެ. ކާކު ކަމެއް ނޭނގި ނަމަވެސް ބޭރު ފުށުން ފެންނަ ރީތިކަމުގެ މައްޗަށް އިންސާނާގެ ހިތް ލެނބުން އެއީ މިހާރު އާކަމެއް ނޫނެވެ. އަޅުގަނޑުގެ ޤަލަމުން މިފަހަރު ކިޔާލަ ދޭން މި އުޅެނީ މިފަދަ ހާދިޘާ އެކެވެ. އާދައިގެ މަތިން މިރޭވެސް އާދަނު އޮފީސް ނިންމާލާފައި ގެޔަށް ދިއައީ ޢިޝާ ނަމާދު ބަންގި ގޮވަން ގާތްވެފައި ހުއްޓައެވެ. ގޭގެ ދޮރުން އެތެރެ ވުމައެކު، މީހާ ސިހިގެން ދިއައީ ދޮންދައިތައާއެކީ […]
އާރާ ލޯމަރާލީ ގަތް ލަދުންނެވެ. އާއިކް އަކީ އޭނާއަށް ވުރެ އުމުރުން ދޮށީ މީހަކަށް ވެފައި އަދި މާލޭގެ މުއްސަންޖަކަށް ވުމުން އޭނާ އިހްސާސްތައް ހިންދައިލަން ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަން އޭނާއަކަށް ނުކުރެވުނެވެ. އާއިކް ފެނުމުން އޭނާގެ ހިތަށް ވާ ގޮތަކީ އޭނާއަށް ބާރުފޯރުވޭ ކަންތައްތަކެއްނޫނެވެ. ވެއްޓިއޮތް އާރާ އޮތީ އާއިކް ގެ ގައިމަތީގައެވެ. އޭނާ އަވަސްއަވަހަށް ތެދުވަމުން މާފައް އެދުނެވެ. އާއިކް ގެ ތުންފަތް މަތީގައި ކުޑަހިނިތުންވުމެއް ދުވެލިއެވެ. އޭނާއަށް އާރާ ހާއްސަވިއެވެ. އެންމެ […]
ދުވަމުން ދުވަމުން ސިޑިން ފޭބި އިރު ކުރިމަތިން ފެނުނީ މާޔާއެވެ. ” އާޝާ ތިރީގަ؟ ކީއްކުރަނީ؟؟؟.” މާޔާ ވަރަށް ހައިރާންވެ ހުރެ އެހިއެވެ. ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. ސުކޫލުގައި ކިޔެވުން ފެށުނީއްސުރެ އަދި މި ނޫނީ އަހަރެން އިންޓަވަލް ގަޑީގައި ތިރިއަށް ނުފައިބަމެވެ. “މާޔާ.. އަހަ.. އަހަރެން ގެ ފޮތެއް ގެއްލިގެން މި.. ސުކޫލަށް އައި ގަޑިގައި ވެއްޓުނުތޯ ބަލާލަން މި އައީ؟؟؟” އަހަރެން ވަރަށް ހާސްވެފައި ހުރެ މާޔާއަށް ވީ ގޮތް ކިޔައިދިނީމެވެ. ސުކޫލުގެ […]
“އަފާފް ޝަރަފްދެކެ ލޯބިވޭދޯ؟” ޝަބާ މަޑުމައިތިރި އަޑަކުން އަހާލިއެވެ. އެއާއެކު އަފާފްގެ ހިތް ހުއްޓުމަކަށް އައިސް މުޅި މީހާ ގަނޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ހިތް ބާރަށް ތެޅެން ފެށިތަނާހެން އޭނައާއި ކޮށްލެވުނު ސުވާލާއިމެދު އަފާފަށް ވިސްނާލެވުނެވެ. އެއަށް ދޭނެ ޖަވާބެއް އޭނަގެ ހިތުގެ އަޑިން އައުމުން އޭނައަށް ހިތާހިތުން ހަޅޭއްލަވައިގަނެވުނީ އެކަން ޤަބޫލުކުރަން ބޭނުމެއްނުވުމުންނެވެ. އަފާފް ޖަވާބެއްނުދީ އިންނަން ފެށިތާ މާ ގިނައިރެއްނުވެ ޝަބާ ލުއި ހީލުމަކުން ހީލި އަޑު އިވުނެވެ. އެއާއެކު […]
“އަހަންނަށް ޖަވާބެއް ދީ މި ދެހަފްތާ ތެރޭ..ރަގަނޅަށް ވިސްނައްޗޭ އިނގޭ..މެހެކްއާއި ދޭތެރޭ..ހެހެ..ތިހެން ކަންބޮޑުވެފައި ހުންނަ އިރު ހާދަ ލޯތްބޭ..” އެލައިޝާގެ މޫނުގައި ހިފައިލުމަށްފަހު އަޒެލް ބުނެލިއެވެ. އަދި ދަނީއޭ ބުނެފައި އެތެރަށް ދާން ދިޔައެވެ. “އަދި ހަނދާން ނެތުނީއޭ..ދީބާ ލައި ނަމްބަރު..އޭރުންނެއްނު އަހަންނަށް ގުޅޭނީ..” ގެޔަށް ވަންނަން ދިޔަ އަޒެލް އެބުރި އައިސް ބުނެލިއެވެ. އެލައިޝާ އެއްޗެކޭ ނުބުނުމުން އަޒެލް އޭނާގެ ފޯން އަތުލައިފައި އެއިން އަޒެލްގެ ނަމްބަރަށް ގުޅައިލިއެވެ. “އިންނާނެ އަހަރެންގެ ނަމްބަރު ސޭވް ކޮއްފަ..ލަވް […]
ޒާރާއަކީ މަންމައާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޒާރާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އާހިލް ކިޔާ ކުއްޖަކާއެވެ. އެހެނަސް އޮންނަނީ އަބަދު ދެމީހުންގެ މެދުގައި މައްސަލަ ޖެހޭގޮތްވެފައެވެ. އާހިލްގެ މިޒާޖު ހުންނަގޮތުންޒާރާވެސް ކޮންމެވެސް ކަމެއް އާހިލްއަށް ސިއްރުކުރަމުންދިޔައެވެ. އޯލެވެލް އިމްތިހާނަށްފަހު ޒާރާ މާލެ އާދެއެވެ. މާލެ އައިސް ޒާރާގެ ސިއްރު އާހިލްއަށް ކިޔައިދެއެވެ. އެކަމުގެ ސަބަބުން އެދެމީހުންގެ ގުޅުމަށް އަސަރުކޮށް ޒާރާއާއި އާހިލްގެ ގުޅުން ނިމިގެން ދެއެވެ. ރުޅިވި ފަހުންވެސް އާހިލް ޒާރާއަށް އެކިއެކި ޖެއްސުންތައް […]
“ވަރަށް ބޭނުން ލީން…” ޔުއާން މަޑުމަޑުން ބުނެލިއެވެ. އެ ބަހަކީ މައިލީން އަށް އޭނާގެ މާޒީ ސިފަވާނޭ ބަހެއްކަން އެނގިހުރެއެވެ. ދެން ކުއްލިއަކަށް އޭނާގެ ރާގު ބަދަލް ވިއެވެ. ” އަހަރެން އެކަމަކު މައިލީން އެއް ބޭނުމެއްނޫން. ތީ އަންހެނުން ގެ ވައްތަރު ނޫން. ތި މައިލީން ގެ ވައްތަރު… ލަދެއް ހަޔާތެއްނެތް މީހަކަށް ވީމަ ވާނީވެސް ތިހެން” މައިލީން ގެ ކަންފަތް ބުޑުގައި ޔުއާން އެންމެ ފަހު ފަހަރަށްވެސް ވަރުގަދަ ބަސްތަކެއް އިއްވައިލައިފިއެވެ. މައިލީން ޔުއާން […]
ކުރިމަތިން ފެންނަމުންދާ މަންޒަރުގެ ސަބަބުން އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އާދެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ އަމިއްލަ އަތުން ކުރަހާފައިވާ ލޯބިވާ ކޮއްކޮގެ ތަސްވީރުގައި އެދަނީ ލޭ ރަތް ކުލަ އުނގުޅެމުންނެވެ. ބިރުން ހުރެވެސް އެ ތަސްވީރުގައި އަތް ޖައްސާލީމެވެ. އެއަށްފަހު އަހަރެންގެ އަތަށް ބަލާލިއިރު އަހަރެންގެ ދެ އަތުގައި ވަނީ ހުސް ލެއެވެ. އަޑުގެ ނެއްތަނަށް ހަޅޭލަވައިގަނެވުނީ އެހީވާނެ މީހަކު ވޭތޯއެވެ. ކުއްލިއަކަށް ދެލޯ ހުޅުވާވެވުނު އިރު އަހަރެންގެ ފޯން އެލާރމް ވަމުންދެއެވެ. […]