3 ވަނަ ބައި ******** ރޭގަނޑުގެ ވަގުތެވެ. ޔުމްނު އޮތީ އެންމެންނަށް ރަނގަޅަށް ނިދެންދެންނެވެ. ބޭނުމަކީ އެންމެން ނިދުމުން އަވީމެންނާއި ބައްދަލުކުރުމެވެ. އެންމެންނަށް ނިދުމުން އަވަހަށް ޓެންޓުން ނިކުމެ ރަށުގެ ތުނޑިއަށް ދިޔައީ އެތާނގައި އަވީމެން ތިބޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ. “ޝިކާ” ޝިކާއަށް އާދެވުމާއެކު އަވީ ގޮވާލުމަށްފަހު ތުން ދަމާލިއެވެ. އަދި ބައްދާލިއެވެ. “އަވީ. ތުންދަމަންޏާ ނައްޓައިގެން ވެއްޓިދާނެ.” ޝިނާން ދިމާކޮށްލިއެވެ. “ތުންގަނޑު ދިގުކަމުން ހީވަނީ މާކަނައެއް ހެން ވިއްޔަ.” އަވީ އަދި ޝިކާގެ އެއްމާބަނޑު ބޭބެ ކަމުގައިވާ ނާލް ވެސް އަވީ ރުޅި އަރުވާލުމަށްޓަކައި ބުންޏެވެ. “ނާލްއަށް ގާރލް ކުދިން ފެންނަނީ މާކަނައެއްގެ ސިފައިގަތަ؟” މިފަހަރު ޔާލް ވެސް މަޑުން ހުންނާކަށް ބޭނުމެއް ނުވިއެވެ. “ޝިކާ އަށް ނޭނގެ ވިއްޔަ ނައްޓައިގެން ވެއްޓޭ ވަރަށް ތުންދަމާކަށް. އޭރުންނެއްނު ފޮޓޮއެއްވެސް ނެގޭނީ” ޝިކާގެ ފިރިމީހާ ވިނާން ޝިކާގެ ތުންފަތު ގައި ހިފާލަމުން ބުންޏެވެ. “އެއަށްވުރެ ރަނގަޅުވާނެ ތިމީހުންގެ އަމިއްލަ ތުންފަތް ވަޅިން ކަނޑާލިއްޔާ” ޝިކާ ވިނާންގެ ކަންފަތުގައި ހިފައި ކުޑަކޮށް އަނބުރާލަމުން ބުނެލިއެވެ. “އައުޗް. ކަންފަތުން ދޫ ކޮށްބަލަ. ޕްލީސް. ސޮރީއޭ.” ވިނާން އެންމެ ފަހުން މާފްކޮށްދިނުމަށް އެދުމުން ޝިކާ އޭނަގެ ކަންފަތުން ދޫ ކޮށްލިއެވެ. “އަދި އެހާ އަވަހަކަށް މާފެއް ނުކުރެވޭނެ އިނގޭ” ޝިކާ ވިނާންްގެ ކަންފަތުން ދޫކޮށްލިތަން ފެނުމުން އަވީ އޭނަގެ ފިރިމީހާ ޝިނާންގެ އަތުގައި ވިކައިގަތީ ކުއްލިއަކަށެވެ. އެއާއެއްކޮށް ޝިނާންއަށް އައުޗްއޭ ކިޔަައި ހަޅޭއްލަވައިގަނެވުނެވެ. “އަވީއާ ޝިކާ މީ އެއްވަރުގެ ދެމީހުން. އެކަކު ކަމެއް ކޮށްފިއްޔާ އަނެކަކުވެސް ވާނެ ކޮންމެސް ކަމެއް ކުރަންް” ފިރިމީހާ ނާލް އަނެއްކާވެސް ދިމާކޮށްލުމުން ޔާލްއަށް މަޑަކުން ނުހުރެވުނެވެ. “ޓްވިންސް ކުދިންނަށްވީ ކޮންމެސް ކަމެއްވީމައެއްނުދޯ. ނާލްއަށް އެވަރުވެސް ނޭނގެ. އެކަމް މީނަމީ އެމީހުންގެ އެއްމާބަނޑު ޓްވިންސް ބްރަދާރ އޯރ. އެއީ ވެސް އަދި ނަމަކަށް.” ޔާލް މިފަހަރު ދިން ރައްދުން ނާލްއަށް ބުނާނެ އެއްޗެއް ނޭންގިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. “އޭރަށް ޔާލްއާ ދިމާލަށް ބުނެވިދާނެ ހަމަ އެހެން. އެއްމާބަނޑު ޓްވިންސް ސިސްޓާއޭ. އެކަމު ހަމަ ނަމަކަށޭ.” ވިނާން އާއި ޝިނާންއަށް އެމީހުންގެ އެއްމާބަނޑު ދައްތައާ ދިމާލަށް މިހެން ބުނެވުނީ އެއްފަހަރާއެވެ. “އެއީ ކީއްވެކަން ބުނެދޭންވީނު. ޔާލް ގާރލްސް ކޮޅަށް ހުންނާތީ މައްސަލައަކަށް ވެގެން އުޅޭއިރު ތިމީހުން ފުރަތަމަ ދިމާކުރަން ފައްޓާތީ ވާގޮތޭ.” ޔާލް މިފަހަރު މިދިން ރައްދު ނިމޭއިރަށް އަވީ އާއި ޝިކާ އަތް ޖަހާލިއެވެ. ވިނާން އާއި ޝިނާންއަށް ވެސް އެއްޗެއްނުބުނެވުނެވެ. “ދެން ހިނގާބަލަ އަހަރެމެންގެ ދަރިން ގެނެސްގެން މޮޅުވަނީ ކޮންބައެއްތޯ ބަލަން. ހަމަ ގައިމުވެސް އަހަރެމެން މޮޅުވާނީ.” އަވީ އުފާވެފައި ހުރެ ބުނެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ގިނަފަހަރު އަވީމެންދޭ ރައްދުތަކުގެ ސަބަބުން ނާލްމެންގެ ބަސްހުއްޓެއެވެ. […]
އެއީ ޔުމްނުއެއް ނޫނެވެ. އެއީ އެހެން ކުއްޖެކެވެ. ޝިކާ އެވެ. ޖިންނީންނާއި އިންސާނުންގެ ބާރު ހުރި އަންހެން ކުއްޖެކެވެ. އެކަމަކު ގޯސް ކުއްޖެއް ނޫނެވެ. ޔުމްނުގެ އެދުމުގެ މަތިން ޝިކާ ޔުމްނުގެ ސިފައަށް ބަދަލުވެ އެގޭގައި ދިރިއުޅެނީއެވެ. ކުރިން އެގޭގައި ޝިކާގެ ދައްތަ އަވީ ވެސް ވަނީ ދެއަހަރު އުޅެފައެވެ. ސަރާ ޝިކާއަށް ބަލައިލުމަށްފަހު އޭނާގެ ވާހަކަ ފެށިއެވެ. ” ޕްރިންސަސް ޝިކާ. އަޅުގަނޑު މިއައީ މިނީޝާ އަދި ކައިނާ ގޮވައިގެން. ގޭގެ އެންމެން ރަނގަޅު. އަދި […]
ހަޤީޤީ ހާދިސާތަކެއް މި ލިޔަނީ މި ކުދިންގެ ހުއްދަ ލިބިގެން. ކަމުދާނެ ކަމަށް އެއްމީދު ކުރަން. ޔުމްނު ދިޔައީ ސްކޫލަށް ދާށެވެ. އޭނާ އެކު މިހާރު އެގޭގައި އުޅޭ ކްލާސް ކުއްޖެއް ކަމަށްވާ ނާއިޝް ވެސް ހުއްޓެވެ. ޔުމްނު ކުރިއަށްވުރެ ބާރަށް ހިގަން ފެށުމުން ނާއިޝް އޭނަގެ އަތުގައި ހިފެހެއްޓިއެވެ. “ދެން. މީނަ ނުބަލާނެ ކޮންމެ ކަމެއް ކުރާކަށްވެސް. މީ ގެއެއް ނޫނޭ. މީ މަގުމައްޗޭ. ނާއިޝް ގަނޑާ” “ސާބަސް މަ ނޫޅެމޭ ކާލާކަށް. މާދަން ހުކުރެއްނު. […]